Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ތަފާތު ޚަބަރުއާމިރު ޚާން

އާމިރްހާނުގެ ދެމަފިރިންނަށް ސްވައިން ފްލޫ ޖެހިއްޖެ

އެދެމަފިރިންނަށް އޫރު ރޯގާ ޖެހުމުން ވަނީ ފަރުވާ ދީފައި

ތަހާރަތު މުހައްމަދު ވަހީދު
ތަހާރަތު މުހައްމަދު ވަހީދު | 9 އޯގަސްޓު 2017 | ބުދަ 07:37
އާމިރުޚާންގެ ދެމަފިރިން

އާމިރުޚާންގެ ދެމަފިރިން

ބޮލީވުޑްގެ ތަރި އާމިރުޚާނާއި އަންހެނުން ކިރަން ރާއޯއަށް އޫރު ރޯގާ ޖެހިއްޖެއެވެ.

ޚަބަރުތައް ބުނާ ގޮތުގައި އެދެމަފިރިންނަށް އޫރު ރޯގާ ޖެހުމުން ވަނީ ފަރުވާ ދީފައެވެ. ފަރުވާ ދިނީ މުބާއީގައި އެ ދެމަފިރިން ދިރިއުޅޭ ގޭގައެވެ.

އުމުރުން 52 އަހަރުގެ އެކްޓަރ އާމިރު ޚާންގެ ދެމަފިރިންނަށް އޫރު ރޯގާ ޖެހުނުކަން އެނގުނީ އެ ދެމަފިރިންގެ އެންޖީއޯ ކަމަށްވާ ޕާނީ ފައުންޑޭޝަންގެ އަހަރީ ޖަލްސާ "ސަތިއަމޭވް ޖަޔަތޭ ވޯޓާ ކަޕް 2017" ގެ ރަސްމިއްޔާތުގައި ބައިވެރި ނުވެވުނީ ރޯގާގެ ސަބަބުން ކަމަށް ބުނުމުންނެވެ. އެ ވީޑިއޯ ކޮންފަރެންސް މެދުވެރިކޮށް އޭނާ ބުނީ އެ ހަފުލާ އަށް ހާޒިރު ނުވެވުނީ އޫރު ރޯގާ ޖެހިގެން ކަމަށެވެ.

ރިޕޯޓްތައް ބުނާ ގޮތުގައި އާމިރުގެ އަންހެނުން ކިރަން އަށް އޫރު ރޯގާ ޖެހުނީ އާމިރަށް ރޯގާ ޖެހުނު ފަހުންނެވެ. އަދި އެއީ އާމިރުގެ އެންމެ ފަހުގެ ފިލްމު ކަމަށްވާ "ތަގްސް އޮފް ހިންދުސްތާން" ގެ ޝޫޓިން ނިންމާލުމަށް ފަހު އިންޑިއާއަށް އައިތާ މާގިނަ ދުވަސްތަކެއް ނުވަނީހެވެ.

ޕާނީ ފައުންޑޭޝަންއަކީ އިންޑިއާ އަށް ދިމާވެފައިވާ ސާފު ބޯފެނުގެ މައްސަލަ އަށް ހޭލުންތެރިކަން އުފައްދަން އާމިރާއި ކިރަން ގުޅިގެން އުފައްދާފައިވާ ޖަމިއްޔާއެކެވެ.

އިތުރަށް ކިޔާލަން

25 ސެޕްޓެމްބަރު 2023

ސޮފީއާ ލޮރޭން ވެއްޓިގެން އިމަރޖެންސީ ސަރޖަރީއެއް ހަދަން ޖެހިއްޖެ

25 ސެޕްޓެމްބަރު 2023
ސޮފީއާ ލޮރޭން ވެއްޓިގެން އިމަރޖެންސީ ސަރޖަރީއެއް ހަދަން ޖެހިއްޖެ
12 މެއި 2020

ރަށެއްގައި ހައްޔަރުވާން ޖެހިއްޖެނަމަ ބޭނުން ވަނީ ކަރީނާ އާއިއެކު ދުވަސް ހޭދަކުރަން: ކާތިކް

12 މެއި 2020
ރަށެއްގައި ހައްޔަރުވާން ޖެހިއްޖެނަމަ ބޭނުން ވަނީ ކަރީނާ އާއިއެކު ދުވަސް ހޭދަކުރަން: ކާތިކް
28 ޖޫން 2018

ބައްޕަ، ޖޯގެ ޖަނާޒާގެ ކަންތަކުގައި މައިކަލް ޖެކްސަންގެ ކޮއްކޮ ޖެނެޓް އާއި ދަރިފުޅު ޕެރިސް މައްސަލަ ޖެހިއްޖެ!

28 ޖޫން 2018
ބައްޕަ، ޖޯގެ ޖަނާޒާގެ ކަންތަކުގައި މައިކަލް ޖެކްސަންގެ ކޮއްކޮ ޖެނެޓް އާއި ދަރިފުޅު ޕެރިސް މައްސަލަ ޖެހިއްޖެ!
14 އޯގަސްޓު 2017

އެންމެ ފަހުން "ސްޓޫޑަންޓް އޮފް ދަ އިޔާ 2" އަށް ތަރިން ހަމަޖެހިއްޖެ

14 އޯގަސްޓު 2017
އެންމެ ފަހުން "ސްޓޫޑަންޓް އޮފް ދަ އިޔާ 2" އަށް ތަރިން ހަމަޖެހިއްޖެ
21 ޖުލައި 2017

އެކްޓަރު ސީތާރާމް ޕަންޗަލް އަށް ކެންސަރު ޖެހިއްޖެ

21 ޖުލައި 2017
އެކްޓަރު ސީތާރާމް ޕަންޗަލް އަށް ކެންސަރު ޖެހިއްޖެ
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު