ކ. މާލެ
|
26 މެއި 2024 | އާދީއްތަ 20:55
މިއީ މި ފާއިތުވި 4 މަހެއްހާ ދުވަހުގެ ތެރޭގައި އިޒްރޭލުގެ މެދުތެރެއަށް ހަމާސް އިން ހަމަލާ ދިން ފުރަތަމަ ފަހަރު
މިއީ މި ފާއިތުވި 4 މަހެއްހާ ދުވަހުގެ ތެރޭގައި އިޒްރޭލުގެ މެދުތެރެއަށް ހަމާސް އިން ހަމަލާ ދިން ފުރަތަމަ ފަހަރު
ބީބީސީ
ފަލަސްތީން އިސްރާޢީލް ހަނގުރާމަ
ހަމާސް އިން ތެލްއަވީވް ސަރަހައްދަށް ރޮކެޓް ހަމަލާއެއް ދީފި
އިޒްރޭލުން ބުނެފައިވަނީ 13 ރޮކެޓް ދެކުނު ގާޒާގެ ރަފާއިން އިޒްރޭލަށް އަމާޒުކޮށް ފޮނުވާލި ކަމަށް

އިޒްރޭލްގެ މެދުތެރެއިން ތެލްއަވީވް ސަރަހައްދަށް ވަރުގަދަ ރޮކެޓް ހަމަލާއެއް ދީފި ކަމަށް ހަމާސް އިން ބުނެފިއެވެ.

އިޒްރޭލުން ބުނެފައިވަނީ 13 ރޮކެޓް ދެކުނު ގާޒާގެ ރަފާއިން އިޒްރޭލަށް އަމާޒުކޮށް ފޮނުވާލި ކަމަށާއި އޭގެ ތެރެއިން ގިނަ ރޮކެޓްތަކަށް އިޒްރޭލުގެ އަސްކަރިއްޔާއިން ހުރަސް އެޅި ކަމަށެވެ. މި ހަމަލާގައި އެއްވެސް މީހަކަށް އަނިޔާ ނުވާ ކަމަށްވެސް އިޒްރޭލުން ބުނެފައިވެއެވެ.

މިއީ މި ފާއިތުވި 4 މަހެއްހާ ދުވަހުގެ ތެރޭގައި އިޒްރޭލުގެ މެދުތެރެއަށް ހަމާސް އިން ހަމަލާ ދިން ފުރަތަމަ ފަހަރެވެ.

ރޮކެޓް ހަމަލާއާ ގުޅިގެން އިޒްރޭލުގެ ބައެއް ސިޓީތަކުން ސައިރެންގެ އަޑު އިވިފައިވެއެވެ.

އިޒްރޭލްގެ މީޑިއާ އިން ވަނީ ހަލާކުވެފައިވާ މިސައިލެއްގެ ބައިތަކެއް ދައްކާފައެވެ.

ރޮކެޓް ވެއްޓުމުން އުފެދުނު ކަމަށް ބެލޭ ބޮޑު ވަޅުގަނޑެއްގެ މަންޒަރުތަކެއް ވެސް އާއްމު ވެފައިވެއެވެ.

އިޒްރޭލުގެ މެދުތެރޭ ސަރަހައްދަށް ހަމަލާ ދިންކަން ހަމާސްގެ އަސްކަރީ ވިންގު ކަމުގައިވާ އިއްޒުއްދީން އަލް ގަސަމް ބްރިގޭޑްސް އިން ހާމަ ކުރީ އެމީހުންގެ ޓެލެގްރާމް ޗެނެލްގައެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 5 ދުވަަސް ކުރިން
ރިވިއު ކުރީ: ނާޒުމީ ސައީދު
- ކޮމެންޓް