Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެ
ގުދަނުގައި ރޯވުން

އަލިފާނުގެ ހާދިސާގައި އެޑްމިޓްކުރި މީހާ އިތުރު ފަރުވާއަށް ބޭރަށް!

މިހާދިސާއާ ގުޅިގެން އައިޖީއެމްއެޗުގައި އެޑްމިޓްކޮށްފައިވަނީ 5 މީހުން

ފާތިމަތު ޝަނާ މުހައްމަދު
ފާތިމަތު ޝަނާ މުހައްމަދު, ރާއްޖެ އެމްވީ | 9 އޯގަސްޓު 2017 | ބުދަ 06:01
އަލިފާނުގެ ހާދިސާގައި ފަޔަރ ފައިޓަރުން ހަރަކާއިތެރިވަނީ

އަލިފާނުގެ ހާދިސާގައި ފަޔަރ ފައިޓަރުން ހަރަކާއިތެރިވަނީ

އަލިފާނުގެ ހާދިސާގައި އަނިޔާވި އައިޖީއެމްއެޗުގެ އައިސީޔޫގައި އެޑްމިޓްކޮށްފައިވާ މީހާ އިތުރު ފަރުވާއަށް ބޭރަށް ފޮނުވައިފި އެވެ.

އައިޖީއެމްއެޗްގެ ޕަބްލިކް ރިލޭޝަންސް އެންޑް މީޑިޔާ ޔުނިޓްގެ ޑިރެކްޓަރ އަހުމަދު މައުސޫމު ވިދާޅުވީ، މިދިޔަ ހޮނިހިރު ދުވަހުގެ ރޭ ހިނގި އަލިފާނުގެ ހާދިސާއާ ގުޅިގެން އައިޖީއެމްއެޗުގައި މިވަގުތު އެޑްމިޓްގައި ތިބީ ފަސް މީހުން ކަމަށާއި މިހަދިސާގައި އައިސީޔޫގައި ފަރުވާ ދެމުންދިޔަ މީހާއަށް އިތުރު ފަރުވާ ދިނުމަށް ބޭރަށް ގެންގޮސްފައިވާ ކަމަށެެވެ. އިތުުރުފަރުވާއަށް ބޭރަށް ގެންގޮސްފައިވަނީ، އަމީން ކޮންސްޓްރަކްޝަނުގެ ފަރާތުންނެވެ.

ހޮސްޕިޓަލުގައި އެޑްމިޓްކޮށްފައި ފަސް މީހުންގެ ހާލު ވެސް ރަގަޅުވަމުން އަންނަ ކަމަށް އައިޖީއެމްއެޗުން ބުނެ އެވެ. މިހާދިސާގައި ގިނަ މީހުންނަށް އަނިޔާވެފައި ވަނީ އިމާރާތުން ފުންމާލުމުގެ ސަބަބުން، ހަށިގަނޑުގެ ބައެއް ގުނަވަންތައް ބިންދައިގެން ދިއުމުންނެވެ. އެގޮތުން އައިޖީއެމްއެޗުގައި ފަރުވާދެމުންދާ ތިން މީހެއްގެ މައިބަދަ ގުޑާފައިވާ ކަމަށް އަމީން ކޮންސްޓްރަކްޝަނުން ބުނެ އެވެ.

އައިސީޔޫގައި ފަރުވާދެމުން ދިޔަ މީހާގެ މޫނާއި އަތް ފިހިފައިވާ އިރު ދުމުގެ ސަބަބުން އޭނާގެ ނޭވާލާ ނިޒާމަށް އަސަރުކޮށްފައިވާ ކަމަށް އައިޖީއެމްއެޗުން މީގެ ކުރިން ވަނީ ބުނެފަ އެވެ.

މިހާދިސާގައި މުޅި ޖުމްލަ 31 މީހަކު ހޮސްޕިޓަލަށް ގެންގޮސް ފަރުވާ ދީފައިވާ އިރު، ހުޅުމާލޭގައި މިހާރު ފަރުވާދެމުން ދަނީ ދެ މީހުންނަށެވެ. އެދެމީހުންނަށް ފަރުވާ ދެމުންދަނީ ފްރެކްޗާތަކަކަށް ކަމަށާއި ހާލު ރަގަޅުވަމުން އަންނަ ކަމަށް ހުޅުމާލޭ ހޮސްޕިޓަލް ހިންގާ އާސަންދަ ކުންފުނީގެ މީޑިއާ އޮފިޝަލް އާޝިޔާ ސޯލިހް ވިދާޅުވި އެވެ.

ހުޅުމާލޭގައި ހުންނަ އަމީން ކޮންސްޓްރަކްޝަންގެ ގުދަނާއި ލޭބާ ކްއާޓާޒް ހުންނަ އިމާރާތުގައި ހޮނިހިރު ދުވަހުގެ ރޭ 12:18 ހާއިރު ހިނގި އަލިފާނުގެ މި ހާދިސާގައި ސަލާމަތްވުމަށްޓަކާއި ގިނަ ބަޔަކު އިމާރާތުން ވަނީ ފުއްމާލާފަ އެވެ. އިމާރާތުން ފުއްމާލަންޖެހުނީ، އަލިފާން ރޯވެފައިވަނީ ސިޑިއާވީ ދިމާލުގައި ވުމުން ކަމަށް އަމީން ކޮންސްޓްރަކްޝަނުން ރާއްޖެއެމްވީއަށް މައުލޫމާތުދީފައި ވެއެވެ.

ލޭބާ ކުއާޓާޒްގައި އުޅޭ ބައެއް ބިދޭސީން ބުނި ގޮތުގައި އަލިފާން ރޯވިއިރު އެންމެން ނިދާފައި ތިބި އިރު ގިނަ މީހުންނަށް ހޭލެވުނީ ދުމުގެ ސަބަބުން ނޭވާ ހާސްވެގެންނެވެ.

ޒަހަމްވި ގިނަ މީހުންނަކީ ބިދޭސީ މީހުންނެވެ. މިމީހުންގެ ތެރޭގައި ހިމެނެނީ އިންޑިއާގެ ރައްޔިތުންނާއި ބަންގްލަދޭޝްގެ ރައްޔިތުންނެވެ. މި އިމާރާތަކީ އަމީން ކޮންސްޓްރަކްޝަނުގެ ސީނިޔާ ސްޓާފުންތަކަކަށް ހާއްސަ ލެބާ ކުއާޓާޒް އެކެެވެ. އެގޮތުން ގިނައިން މިހާދިސާގައި އަނިޔާލިބިފައި ވަނީ އިންޖިނިޔަރުންނާއި ސުޕަވައިޒަރުންނަށެވެ.

މި އިމާރާތުގައި އަލިފާން ރޯވި ވަކި ސަބަބެއް ނޭނގެ އެވެ. މި މައްސަލަ މޯލްޑިވްސް ޕޮލިސް ސަރވިސް އިން އަންނަނީ ތަހުޤީގު ކުރަމުންނެވެ.

ކޮމެންޓް

Like & Win

Giveaway
Powered by: Radient Heat Waters
Kent Grand Plus

Kent Grand Plus

Tap

އިތުރަށް ކިޔާލަން

ޑެންގީ ހުން އިތުރުވެފައިވާ ކަމަށް ތަފާސް ހިސާބުތަކުން ދައްކާ: އެޗްޕީއޭ

ޑެންގީ ހުން އިތުރުވެފައިވާ ކަމަށް ތަފާސް ހިސާބުތަކުން ދައްކާ: އެޗްޕީއޭ

24 ޖެނުއަރީ 2017
ރިސޯޓުގައި މަރުވި މީހާގެ މަރުގެ ތަހުގީގަށް ބްލަޑް ސާންޕަލް ނަގައިފި

ރިސޯޓުގައި މަރުވި މީހާގެ މަރުގެ ތަހުގީގަށް ބްލަޑް ސާންޕަލް ނަގައިފި

21 ޖެނުއަރީ 2017
ތިލަފުއްޓަށް ދަތުރުކުރި ދޯންޏެއްގައި އަލިފާނުގެ ހާދިސާއެއް ހިނގައިފި

ތިލަފުއްޓަށް ދަތުރުކުރި ދޯންޏެއްގައި އަލިފާނުގެ ހާދިސާއެއް ހިނގައިފި

21 ޖެނުއަރީ 2017
ޓެރަރިސްޓް ޖަމާއަތެއްގެ އިސް މީހެއް ކަމަށް ބުނެ ހައްޔަރުކުރި މީހާގެ މައްޗަށް ދައުވާ ކޮށްފި

ޓެރަރިސްޓް ޖަމާއަތެއްގެ އިސް މީހެއް ކަމަށް ބުނެ ހައްޔަރުކުރި މީހާގެ މައްޗަށް ދައުވާ ކޮށްފި

14 ޖެނުއަރީ 2017
ޑރ. ނާޒުގެ މިޕްސްޓާރ އިން އިތުރު ތިން ހިދްމަތެއް ދޭން ފަށައިފި

ޑރ. ނާޒުގެ މިޕްސްޓާރ އިން އިތުރު ތިން ހިދްމަތެއް ދޭން ފަށައިފި

12 ޖެނުއަރީ 2017

އަހަރުތަކުން މިއަދު

14 މާރިޗު
ޕޮޓޭޓޯ ޕޭން ކޭކް
20251 އަހަރު ކުރިން
ލައިފް ސްޓައިލް

ޕޮޓޭޓޯ ޕޭން ކޭކް

ގަމު ފެނަކައިގެ 17 މުވައްޒަފުން ވަޒީފާއިން ވަކިކޮށްފި
20242 އަހަރު ކުރިން
ރާއްޖެ

ގަމު ފެނަކައިގެ 17 މުވައްޒަފުން ވަޒީފާއިން ވަކިކޮށްފި

ޒުވާން ފޯވަޑް އިލާން ޔޫއޭއީގެ އަލްއައިން އަށް
20233 އަހަރު ކުރިން
ކުޅިވަރު

ޒުވާން ފޯވަޑް އިލާން ޔޫއޭއީގެ އަލްއައިން އަށް

މަސްތުވާތަކެއްޗާއެކު އިންޑިއާ ފިރިހެނަކު ކަނޑުމަތިން ފުލުހުންގެ ބެލުމުގެ ދަށަށް
20224 އަހަރު ކުރިން
ރާއްޖެ

މަސްތުވާތަކެއްޗާއެކު އިންޑިއާ ފިރިހެނަކު ކަނޑުމަތިން ފުލުހުންގެ ބެލުމުގެ ދަށަށް

އަނދިރީގައި - ރާއްޖެޓީވީގެ ރަމަޟާން މަހުގެ ހާއްސަ ޕްރޮގްރާމް!
20215 އަހަރު ކުރިން
ރާއްޖެ

އަނދިރީގައި - ރާއްޖެޓީވީގެ ރަމަޟާން މަހުގެ ހާއްސަ ޕްރޮގްރާމް!

ފަހު ވަގުތު ގާސިމް ގިނިކަންޏާ، ލިބެން ހުރި ވޯޓު ވެސް ގެއްލެނީ!
20197 އަހަރު ކުރިން
ރިޕޯޓު

ފަހު ވަގުތު ގާސިމް ގިނިކަންޏާ، ލިބެން ހުރި ވޯޓު ވެސް ގެއްލެނީ!

މިފަހަރު މިރުސް ފެނަށް މާބޮޑު ސަމާލުކަމެއް ނުލިބުނު! ރައްޔިތުން ޖެހީ ހަޖޫ!
20188 އަހަރު ކުރިން
ރިޕޯޓު

މިފަހަރު މިރުސް ފެނަށް މާބޮޑު ސަމާލުކަމެއް ނުލިބުނު! ރައްޔިތުން ޖެހީ ހަޖޫ!

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު