Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރާއްޖެޑްރަގް ވިޔަފާރި

އިންޓަނޭޝަނަލް ޓަރމިނަލުން ޤަވާއިދާ ޚިލާފަށް ޑޮމެސްޓިކަށް ގެންދިޔަ ލަގެޖެއްގައި 5 ކިލޯ ޑްރަގް

އޭނާ 15 ދުވަހަށް ބަންދުކޮށްފައިވަނީ މުޖުތަމައުގެ ސަލާމަތާއި ރައްކާތެރިކަމަށް ބަލާފައި

ލައިޝާ އަހްމަދު
ލައިޝާ އަހްމަދު | 26 މެއި 2024 | އާދީއްތަ 09:13
ވެލާނާ އިންޓަރނޭޝަނަލް އެއާޕޯޓުތެރެ (ފައިލް ފޮޓޯ) - އޭނާ ވަނީ 15 ދުވަހަށް ބަންދުކުރުމަށް އަމުރުކޮށްފައި

ވެލާނާ އިންޓަރނޭޝަނަލް އެއާޕޯޓުތެރެ (ފައިލް ފޮޓޯ) - އޭނާ ވަނީ 15 ދުވަހަށް ބަންދުކުރުމަށް އަމުރުކޮށްފައި

ވެލާނާ އިންޓަނޭޝަނަލް ޓަރމިނަލުން ޤަވާއިދާ ޚިލާފަށް ޑޮމެސްޓިކަށް ގެންދިޔަ ލަގެޖެއްގެ ތެރެއިން 5 ކިލޯގެ ޑްރަގް ފެނުނު މައްސަލައިގައި ހައްޔަރުކުރި މީހަކު ބަންދު ކުރުމަށް ކްރިމިނަލް ކޯޓުން އަމުރުކޮށްފިއެވެ.

މި މައްސަލައިގައި ހައްޔަރުކޮށްފައިވަނީ 32 އަހަރުގެ ދިވެހި ފިރިހެނެކެވެ. އޭނާގެ މައްޗަށް ތުހުމަތު ކޮށްފައިވަނީ އެއާޕޯޓް އިންޓަނޭޝަނަލް ޓާމިނަލުން ޑޮމެސްޓިކް ޓާމިނަލަށް ލަގެޖެއް ބޭރު ކުރުމުގައި ޤަވައިދާ ޚިލާފަށް އަމަލުކޮށްފައިވާ ކަމަށެވެ.

އަދި މި މައްސަލައިގައި އޭނާ ބޭރުކުރި ލަގެޖުން 5 ކިލޯގެ މަސްތުވާތަކެތި ފެނިފައިވާކަމަށްވެސް ބުނެފައިވެއެވެ.

އެހެންނަމަވެސް އޭނާ ވަނީ އެ ތުހުމަތުތައް ދޮގުކޮށްފައެވެ. އޭނާ ބުނެފައިވަނީ ތުހުމަތު ކުރެވޭ މައްސަލައިގައި ހިމެނޭ އެއްވެސް ފަރާތަކާ އޭނާ މުއާމަލާތު ކޮށްފައިނުވާނެ ކަމަށާއި، އޭނާ ގެންދިޔަ ލަގެޖަކީ މީހަކު ބުނެގެން ގެންދިޔަ އެއްޗެއް ކަމަށެވެ.

އޭގައި މަސްތުވާތަކެތި ހުރިކަން ނޭނގޭކަމަށްވެސް އޭނާ ބުނެފައިވެއެވެ.

އެހެންނަމަވެސް އޭނާގެ އަމަލުތައް ހުރިގޮތަށް ބަލާއިރު، އޭނާ އަމަލުކޮށްފައިވަނީ އެއާޕޯޓުގައި ކަނޑައެޅިފައިވާ އުސޫލުތަކާއި ޤަވާއިދާ ޚިލާފަށްކަން އެނގިގެންދާކަމަށް ކޯޓު އަމުރުގައި ބުނެފައިވެއެވެ.

ކޯޓު އަމުރުގައި ބުނެފައިވަނީ އޭނާގެ މައްޗަށް ތުހުމަތު ކުރެވޭ މިންވަރަށް ހެކި ހުށަހެޅިފައިވާކަމަށް ބެލެވޭ ކަމަށެވެ. އެގޮތުން ހެކިންގެ ބަޔާންތަކާއި، ސީސީޓީވީ ފުޓޭޖް ސްނެޕް ޝޮޓްތަކާއި، ތަހުލީލު ރިޕޯޓުތަކާއި، ސީން އޮފް ކްރައިމް އޮފިސަރސް ރިޕޯޓާއި، އަދިވެސް އިތުރު ހެކި ޤަރީނާ ހުށަހެޅިފައިވެއެވެ.

އޭނާ 15 ދުވަހަށް ބަންދުކޮށްފައިވަނީ މުޖުތަމައުގެ ސަލާމަތާއި ރައްކާތެރިކަމަށް ބަލާފައެވެ.

އިތުރަށް ކިޔާލަން

12 އެޕްރީލު 2017

ގާސިމް ހައްޔަރުކުރީ އިމްތިޔާޒް ގާނޫނާ ޚިލާފަށް ކަމަށް ކަނޑައަޅައި، ގާސިމް ދޫކޮށްލައިފި

12 އެޕްރީލު 2017
ގާސިމް ހައްޔަރުކުރީ އިމްތިޔާޒް ގާނޫނާ ޚިލާފަށް ކަމަށް ކަނޑައަޅައި، ގާސިމް ދޫކޮށްލައިފި
10 އެޕްރީލު 2017

ގާސިމް ހައްޔަރުކުރީ ގާނޫނާ ޚިލާފަށް ކަމަށް ކުރާ ތުހުމަތަށް ޕީޖީން ވެސް ބަހެއް ނުބުނި!

10 އެޕްރީލު 2017
ގާސިމް ހައްޔަރުކުރީ ގާނޫނާ ޚިލާފަށް ކަމަށް ކުރާ ތުހުމަތަށް ޕީޖީން ވެސް ބަހެއް ނުބުނި!
09 އެޕްރީލު 2017

ގާސިމް ހައްޔަރުކުރީ ގާނޫނާ ޚިލާފަށް ކަމަށް ކުރާ ތުހުމަތަށް ފުލުހުން ބަހެއް ނުބުނި!

09 އެޕްރީލު 2017
ގާސިމް ހައްޔަރުކުރީ ގާނޫނާ ޚިލާފަށް ކަމަށް ކުރާ ތުހުމަތަށް ފުލުހުން ބަހެއް ނުބުނި!
09 އެޕްރީލު 2017

ޤާނޫނާ ޚިލާފަށް ޤާސިމް ހައްޔަރުކުރެވިގެން، ރައީސް ޔާމީން އުޅުއްވަނީ ބޮލަށް ތެޔޮ އަރައިގެން: ރިޔާޒް

09 އެޕްރީލު 2017
ޤާނޫނާ ޚިލާފަށް ޤާސިމް ހައްޔަރުކުރެވިގެން، ރައީސް ޔާމީން އުޅުއްވަނީ ބޮލަށް ތެޔޮ އަރައިގެން: ރިޔާޒް
01 މާރިޗު 2017

އަދީބު ބޭރުކުރަން ވިޕްލައިނާ ޚިލާފަށް ދިން ހަމައެކަނި ވޯޓު ދެވުނީތީ ފަޚުރުވެރިވަން: ނާޝިދު

01 މާރިޗު 2017
އަދީބު ބޭރުކުރަން ވިޕްލައިނާ ޚިލާފަށް ދިން ހަމައެކަނި ވޯޓު ދެވުނީތީ ފަޚުރުވެރިވަން: ނާޝިދު
01 މާރިޗު 2017

ހެލްތުން ގަވާއިދާ ޚިލާފަށް 16 މިލިއަނަށްވުރެ ގިނަ ރުފިޔާ ބޭނުންކުރިގޮތް ބެލުމަށް ރިޔާޒް މަޖިލީހަށް ހުށަހަޅައިފި

01 މާރިޗު 2017
ހެލްތުން ގަވާއިދާ ޚިލާފަށް 16 މިލިއަނަށްވުރެ ގިނަ ރުފިޔާ ބޭނުންކުރިގޮތް ބެލުމަށް ރިޔާޒް މަޖިލީހަށް ހުށަހަޅައިފި
25 ފެބުރުއަރީ 2017

ދެއްވަދޫ ކައުންސިލުން ގަވައިދާ ޚިލާފަށް އެތައް ލައްކަ ރުފިޔާއެއް ޚަރަދު ކޮށްފި

25 ފެބުރުއަރީ 2017
ދެއްވަދޫ ކައުންސިލުން ގަވައިދާ ޚިލާފަށް އެތައް ލައްކަ ރުފިޔާއެއް ޚަރަދު ކޮށްފި
25 ޖެނުއަރީ 2017

ކަސްޓަމުން 2015 ވަނަ އަހަރު ޤަވާއިދާއެއްގޮތައް ހަރުމުދާ ބަލަހައްޓާފައެއް ނުވޭ: އޮޑިޓް ރިޕޯޓް

25 ޖެނުއަރީ 2017
ކަސްޓަމުން 2015 ވަނަ އަހަރު ޤަވާއިދާއެއްގޮތައް ހަރުމުދާ ބަލަހައްޓާފައެއް ނުވޭ: އޮޑިޓް ރިޕޯޓް
25 ޖެނުއަރީ 2017

ނަޝީދު ސަރުކާރުގައި ފިޝަރީޒް މިނިސްޓްރީން ޤަވާއިދާ ޚިލާފަށް ވަޒީފާ ދިން ވާހަކައަކީ ދޮގެއް: އޭސީސީ

25 ޖެނުއަރީ 2017
ނަޝީދު ސަރުކާރުގައި ފިޝަރީޒް މިނިސްޓްރީން ޤަވާއިދާ ޚިލާފަށް ވަޒީފާ ދިން ވާހަކައަކީ ދޮގެއް: އޭސީސީ
17 ޖެނުއަރީ 2017

އިންތިޚާބުގައި ބައިވެރި ނުވީ ޤާނޫނާ ޚިލާފަށް ހިންގާ ޖަރީމާއެއްގައި ދައުރެއް ނުބޭއްވުމަށް: އަދާލަތު

17 ޖެނުއަރީ 2017
އިންތިޚާބުގައި ބައިވެރި ނުވީ ޤާނޫނާ ޚިލާފަށް ހިންގާ ޖަރީމާއެއްގައި ދައުރެއް ނުބޭއްވުމަށް: އަދާލަތު
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު