Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - worldAdvertisement
ދުނިޔެ
އިންޑިއާގެ އާއްމު އިންތިޚާބު

އިންޑިއާގެ އާއްމު އިންތިޚާބުގެ 6 ވަނަ ފޭސްގެ ވޯޓުލުން ނިމިއްޖެ

އިންޑިއާގެ އާއްމު އިންތިޚާބުގައި 543 މެމްބަރުން ގާނޫނު ހަދާ މަޖިލީހަށް 5 އަހަރުގެ ދައުރަކަށް އިންތިޚާބު ކުރާނެ

ރާއްޖެ އެމްވީ | 25 މެއި 2024 | ހޮނިހިރު 16:05
ހޮނިހިރު ދުވަހު ހެދުނު 7:00 ގައި ވޯޓުލުން ފެށުނު އިރު، ވޯޓުލާ މަރުކަޒުތައް ކައިރީގައި ވޯޓުލުމަށް މީހުން ކިއު ހަދަމުން ގޮސްފައިވޭ

ހޮނިހިރު ދުވަހު ހެދުނު 7:00 ގައި ވޯޓުލުން ފެށުނު އިރު، ވޯޓުލާ މަރުކަޒުތައް ކައިރީގައި ވޯޓުލުމަށް މީހުން ކިއު ހަދަމުން ގޮސްފައިވޭ

ފޭސްތަކަކަށް ބަހާލައިގެން ކުރިއަށްދާ ދުނިޔޭގެ އެންމެ ބޮޑު ޑިމޮކްރަސީގެ ގޮތުގައި ބެލޭ އިންޑިއާގެ އާއްމު އިންތިޚާބުގެ 6 ވަނަ ފޭސްގެ ވޯޓުލުން ހޮނިހިރު ދުވަހު ކުރިއަށް ގެންގޮސްފިއެވެ.

ހޮނިހިރު ދުވަހު ހެދުނު 7:00 ގައި ވޯޓުލުން ފެށުނު އިރު، ވޯޓުލާ މަރުކަޒުތައް ކައިރީގައި ވޯޓުލުމަށް މީހުން ކިއު ހަދަމުން ގޮސްފައިވެއެވެ.

އެތައް މިލިއަން މީހުން ހޮނިހިރު ދުވަހު ވޯޓުލީ ކަމަށް ރިޕޯޓުތައް ބުނެފައިވެއެވެ. މިފަހަރުގެ އިންތިޚާބުގެ ފޯރި ގަދަވެފައިވަނީ، ބޮޑުވަޒީރު މޯދީ އަށް 3 ވަނަ ދައުރެއް ނުދިނުމަށް އިދިކޮޅު ފަރާތްތަކުން ގުޅިގެން ކެމްޕޭން ވަރުގަދަ ކޮށްފައިވުމާއެކުގައެވެ.

އިންތިޚާބުގެ ފުރަތަމަ ފޭސްގައި މޯދީގެ ކެމްޕޭން ފެނިގެން ގޮސްފައިވަނީ އިދިކޮޅު ފަރާތްތަކަށް ވުރެ މާ ވަރުގަދަ ކޮށް ކަމަށް ވިޔަސް ފަހުގެ ފޭސްތަކުގައި އިދިކޮޅު ފަރާތްތަކުގެ ކެމްޕޭން ހަރަކާތްތައް ފާހަގަ ކުރެވޭ ވަރަށް ރަނގަޅުވެގެން ދިޔަކަން އިންޑިއާގެ ސިޔާސީ މަސްރަހް ދިރާސާ ކުރާ ފަރާތްތަކުން ފާހަގަ ކުރެއެވެ.

ހޮނިހިރު ދުވަހު ވޯޓުލުން ކުރިއަށް ދިޔައީ ވަރަށް ގަދަ ހޫނުގައެވެ. އިންޑިއާގެ ވެރިރަށް ނިއުދިއްލީގެ ފިނިހޫނު މިން މެންދުރު ގަޑީގައި 43 ޑިގުރީގައި ހުރި އިރު މޫސުމާ ބެހޭ އިދާރާއިން ވަނީ ވެރިރަށް ދިއްލީ އާއި ދިއްލީގެ ކައިރި ސަރަހައްދުތަކުގައި ހޫނު ގަދަވާނެ ކަމުގެ އިންޒާރުދީ "ރެޑް އެލަރޓް" ނެރެފައެވެ.

އިންޑިއާގެ އާއްމު އިންތިޚާބުގައި 543 މެމްބަރުން ގާނޫނު ހަދާ މަޖިލީހަށް 5 އަހަރުގެ ދައުރަކަށް އިންތިޚާބު ކުރާނެއެވެ. މި އިންތިޚާބުގައި ގާތްގަނޑަކަށް 970 މިލިއަން މީހުންނަށް ވޯޓު ލުމުގެ ހައްގު ލިބިފައިވެއެވެ. އެއީ ދުނިޔޭގެ އާބާދީގެ 10 އިން ސައްތައެވެ.

ހޮނިހިރު ދުވަހުގެ ވޯޓު ކުރިއަށް ދިޔައީ 58 ދާއިރާއެއްގައެވެ. އޭގެ ތެރޭގައި ވެރިރަށް ނިއުދިއްލީގެ 7 ދާއިރާވެސް ހިމެނެއެވެ. ހޮނިހިރު ދުވަހުގެ ވޯޓުލުން ނިމުމުން 543 ދާއިރާގެ ތެރެއިން 89.5 އިންސައްތަ ދާއިރާގެ ވޯޓުލުން ވަނީ ނިމިފައެވެ.

ބާކީ 57 ގޮނޑިއަށް މެމްބަރުން އިންތިޚާބު ކުރުން އޮންނާނީ ޖޫން 1 ގައެވެ. އެއާއެކު 6 ހަފްތާގެ މުއްދަތައް ކުރިއަށް ގެންދާ އިންތިޚާބު ނިމުމަކަށް އަންނާނެއެވެ. ހުރިހާ ދާއިރާއެއްގެ ވޯޓު ގުނުން އޮންނާނީ ޖޫން 4 ވަނަ ދުވަހުއެވެ.

މި އިންތިޚާބު މޯދީ ކާމިޔާބު ކުރައްވައިފި ނަމަ އެމަނިކުފާނު ވެވަޑައިގަންނަވާނީ އިންޑިއާގެ ފުރުތަމަ ބޮޑުވަޒީރު ޖަވާހިރުލާލް ނެހުރޫގެ ފަހުން އިންޑިއާގައި ޖެހިޖެހިގެން 3 ދައުރު ކާމިޔާބު ކުރެއްވި ބޮޑުވަޒީރު ކަމުގައެވެ.

ކޮމެންޓް

އިތުރަށް ކިޔާލަން

ޕާކިސްތާނަށް އިންޑިއާގެ ޖާސޫސްގެ މައްޗަށް މަރުގެ ހުކުމް ތަންފީޒްކުރެވޭ ގޮތެއް ނުވި

ޕާކިސްތާނަށް އިންޑިއާގެ ޖާސޫސްގެ މައްޗަށް މަރުގެ ހުކުމް ތަންފީޒްކުރެވޭ ގޮތެއް ނުވި

17 މެއި 2017
ޖަލަށް ހުކުމްކުރި އިންޑިއާގެ ފަނޑިޔާރަކު ފިލައިފި

ޖަލަށް ހުކުމްކުރި އިންޑިއާގެ ފަނޑިޔާރަކު ފިލައިފި

13 މެއި 2017
އިންޑިއާގެ ޑޮކްޓަރުންނަށް މާޝަލް އާޓް ދަސްކޮށްދެނީ

އިންޑިއާގެ ޑޮކްޓަރުންނަށް މާޝަލް އާޓް ދަސްކޮށްދެނީ

10 މެއި 2017
އިންޑިއާގެ ހިންދޫންތަކެއް މުސްލިމުން ދެ ޒުވާނުން މަރާލައިފި

އިންޑިއާގެ ހިންދޫންތަކެއް މުސްލިމުން ދެ ޒުވާނުން މަރާލައިފި

02 މެއި 2017
ޖޫން 8ގައިި އާއްމު އިންތިޚާބު ބޭއްވުމަށް ގާނޫނުހަދާ މަޖިލީހުން ތާއީދުކޮށްފި

ޖޫން 8ގައިި އާއްމު އިންތިޚާބު ބޭއްވުމަށް ގާނޫނުހަދާ މަޖިލީހުން ތާއީދުކޮށްފި

19 އެޕްރީލު 2017

އަހަރުތަކުން މިއަދު

21 މެއި
ސްޕޯޓްސް މިނިސްޓްރީއަށް އިތުރު ޕޮލިޓިކަލް ޑިރެކްޓަރެއް!
20251 އަހަރު ކުރިން
ރާއްޖެ

ސްޕޯޓްސް މިނިސްޓްރީއަށް އިތުރު ޕޮލިޓިކަލް ޑިރެކްޓަރެއް!

އުދުހެމުން ދިޔަ ގުޑުގުޑާ ދޫނިތަކެއްގައި ޖެހި އެމިރޭޓްސް ބޯޓަކަށް ގެއްލުން ވެއްޖެ
20242 އަހަރު ކުރިން
ދުނިޔެ

އުދުހެމުން ދިޔަ ގުޑުގުޑާ ދޫނިތަކެއްގައި ޖެހި އެމިރޭޓްސް ބޯޓަކަށް ގެއްލުން ވެއްޖެ

މޭރީ ހަށިގަނޑު ހޮސްޕިޓަލަށް ގެންދިޔަފަހުން މާވިންއާއި ލަމްހާ އެކުގައި ތިބެގެން ފޯނުން އެއްޗެއް ބެލި: ހެކިވެރިޔާ
20233 އަހަރު ކުރިން
ރާއްޖެ

މޭރީ ހަށިގަނޑު ހޮސްޕިޓަލަށް ގެންދިޔަފަހުން މާވިންއާއި ލަމްހާ އެކުގައި ތިބެގެން ފޯނުން އެއްޗެއް ބެލި: ހެކިވެރިޔާ

ޕީޕީއެމްގެ ކުރީސަފުގައި އުޅުނު ސްޓެޕް އައްޔަ، އިންޑިއާ އައުޓް ހަރަކާތާ ދުރަށް
20224 އަހަރު ކުރިން
ރާއްޖެ

ޕީޕީއެމްގެ ކުރީސަފުގައި އުޅުނު ސްޓެޕް އައްޔަ، އިންޑިއާ އައުޓް ހަރަކާތާ ދުރަށް

ހަމަލާއާ ގުޅިގެން ހައްޔަރުކުރި ފާތިހުއަކީ މީގެ ކުރިން ފުލުހުންގެ ވަޒީފާގައި ހުރި މީހެއް
20215 އަހަރު ކުރިން
ރާއްޖެ

ހަމަލާއާ ގުޅިގެން ހައްޔަރުކުރި ފާތިހުއަކީ މީގެ ކުރިން ފުލުހުންގެ ވަޒީފާގައި ހުރި މީހެއް

ރިޔާސީ އިންތިހާބާ ގުޅިގެން ނުދައްކާ ހުރި ވާހަކަތަކެއް އަކްރަމް ތިލަ ކޮށްދެއްވައިފި
20197 އަހަރު ކުރިން
ރާއްޖެ

ރިޔާސީ އިންތިހާބާ ގުޅިގެން ނުދައްކާ ހުރި ވާހަކަތަކެއް އަކްރަމް ތިލަ ކޮށްދެއްވައިފި

500 މޭލު ދުރުން ފެށި ކެމްޕޭނުން ވެސް ބަޔަކު މޭ ކަރައިފި!؟
20188 އަހަރު ކުރިން
ރިޕޯޓު

500 މޭލު ދުރުން ފެށި ކެމްޕޭނުން ވެސް ބަޔަކު މޭ ކަރައިފި!؟

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު