Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރިޕޯޓުސަރުކާރު ޖަވާބުދާރީ ކުރުން

ޤާނޫނު ހަދާ ބާރުގެ ވެރިޔަކަށް، ވެރިކަން ކުރާ ބާރުގެ އިސް އެޑްވައިޒަރު، ޖަވާބުދާރީ ކުރުވޭނެތަ؟

މަޖިލީހުގެ ރައީސަކަށް މި ހުންނެވީ ވެރިކަން ހިންގުމުގެ ބާރުގެ ވެރިޔާގެ ޚާއްސަ އެޑްވައިޒަރު

ލައިޝާ އަހްމަދު
ލައިޝާ އަހްމަދު | 25 މެއި 2024 | ހޮނިހިރު 10:25
ރައީސް މުއިއްޒު އަދި ޕީއެންސީގެ ޗެއާޕާސަން އަބްދުއްރަޙިމް

ރައީސް މުއިއްޒު އަދި ޕީއެންސީގެ ޗެއާޕާސަން އަބްދުއްރަޙިމް

ސަރުކާރު ޖަވާބުދާރީކުރުވުމުގައި އެންމެ ގިނަ މަސައްކަތްތަކެއް މިހާތަނަށް ކޮށްފައިވަނީ ނިމިދިޔަ 19 ވަނަ ރައްޔިތުންގެ މަޖިލީހުގައިކަން އެއީ ދެބަސްވެވެން ނެތް ހަގީގަތެކެވެ. އެގޮތުން 19  ވަނަ ރައްޔިތުންގެ މަޖިލީހަކީ ރައްޔިތުންގެ ފުރިހަމަ އިތުބާރާއެކު އެމްޑީޕީއަށް ސުޕަރމެޖޯރިޓީ ދީގެން ހިނގަމުން ދިޔަ މަޖިލީހެކެވެެ.

އެމްޑީޕީން ރައްޔިތުންގެ މަޖިލީހުގައި މިދިޔަ ފަސް އަހަރު އަދާކުރި ދައުރަށް ބަލާއިރު، އެމްޑީޕީގެ ސަރުކާރު އޮތްއިރު ވެސް 19 ވަނަ ރައްޔިތުންގެ މަޖިލިސް ވެގެންދިޔައީ ދިވެހި ތާރީޚުގައި މިވީ ހިސާބަށް ސަރުކާރު ޖަވާބު ދާރީކުރުވުމަށް އެންމެ ގިނަ މަސައްކަތްކުރި މަޖިލީހަށެވެ.

އެމްޑީޕީގެ ވެރިކަމެއް އޮވެމެ، ސަރުކާރު ތެރޭގައި ހުރި ރައްޔިތުންގެ ކަންބޮޑުވުންތަކާ ގުޅިފައިވާ ކަންކަން ހަމައަށް ގެނެސްދީ އެކަމުގެ އަޑުއުފުލާ ޖަވާބުދާރީކުރުވުމުގެ މަސައްކަތް ރައްޔިތުންގެ މަޖިލީހުން ވަނީ ކޮށްފައެވެ.

އެ އުސޫލުން މަޖިލީހުގެ ކޮމިޓީތަކަށް، ޙާޒިރުކުރަން ޖެހުނު ކޮންމެ ބޭފުޅަކު ޙާޒިރުކޮށް، ސުވާލު އުފެދިފައިވާ ކަންކަން ބަލަމުން ދިޔަ މަންޒަރު ލައިވްކޮށް ރައްޔިތުންނަށް ދިޔައީ ފެންނަމުންނެވެ.

19 ވަނަ ރައްޔިތުންގެ މަޖިލީހަށް ހުށަހެޅޭ ކުއްލި މައްސަލަތަކާއި، އެ މައްސަލަ ތަކާއި ގުޅިގެން ހުޅުވާލި ބަޙުސްގެ މަރުހަލާ ތަކަށް ބަލާއިރުވެސް، ފެންނާން އޮތީ، ރައްޔިތުންނަށް ލިބިދޭންޖެހޭ އަސާސީ ޚިދުމަތްތައް ނުފެށި ލަސްވަމުންދާ ކޮންމެ ކަމެއްގެ ކަންބޮޑުވުން، މަޖިލީހަށް އޮތް މިންވަރެވެ. ސަރުކާރު ޖަވާބުދާރީ ކުރުވުމުގައި، މަޖިލިސް ސާބިތުވެފައި އޮތް ހަރުދަނާ ކަމެވެ. 

އެހެންނަމަވެސް، 2023 ވަނަ އަހަރު ސަރުކާރު ބަދަލުވެގެންދިޔުމާއެކު މިހާރު ފެންނަމުންދަނީ ރައްޔިތުންގެ މަޖިލީހުގެ ބާރުތައް ޤަބޫލު ކުރުމާ ދުރު ސަރުކާރެެކެވެ. އޭގެ އެއް ހެއްކަކީ ވަޒީރަކަށް ރުހުން ނުދިނުމަކީ މަޖިލީހަށް ލިބިގެންވާ ބާރެއް ނޫންކަމަށް ސަރުކާރުން ދެކި، ވެރިކަމަށް އައިގޮތަށް އަމަލުކުރި ގޮތެވެ.

މިއަދުގެ ސަރުކާރުން ރައްޔިތުންގެ މަޖިލީހަށް ޤާނޫނު އަސާސީން ލިބިދީފައިވާ ބާރުތައް އެއީ ލިބިފައިވާ ބާރުތަކެއްގެ ގޮތުގައި ނުދެކޭކަމަށް އެތައް ބަޔަކު ދަނީ ބުނަމުންނެވެ.

ކަން އެހެން އޮއްވައި، ސަރުކާރު ހިންގާ ޕާޓީއަށް އައު މަޖިލީހުގެ ސުޕަރ މެޖޯރިޓީވެސް ލިބިފައިވާއިރު، އަދިވެސް ފެންނަމުންދަނީ އިތުރު މެމްބަރުން ޕާޓީއާ ގުޅުވުމަށް ސަރުކާރުން މަސައްކަތް ކުރާ މަންޒަރެވެ. މިއަދު ގިނަ މީހުން އުފައްދަމުންދާ ސުވާލަކީ 20 ވަަނަ މަޖިލީހަށް ސަރުކާރު ޖަވާބުދާރީ ކުރެވޭނެބާއެވެ؟ ކުރާނެބާއެވެ؟

އަނެއްކޮޅުން، މިއަދު މަޖިލީހުގެ ރައީސަކަށް ހުވާ ކުރައްވަން ހުރި ބޭފުޅާ ވިދާޅުވަމުން ގެންދަވަނީ ހުރިހާ ކަމެއްވެސް ހިނގާނީ ރައީސުލްޖުމްހޫރިއްޔާ އަންގަވާ މަގުން ކަމަށެވެ. މަޖިލީހަކީ ދައުލަތުގެ އެއް ބާރަށްވާއިރު، މަޖިލީހުގެ ރައީސަކަށް މި ހުންނެވީ ދައުލަތުގެ އަނެއް ބާރު ކަމަށްވާ ވެރިކަން ހިންގުމުގެ ބާރުގެ ވެރިޔާގެ ޚާއްސަ އެޑްވައިޒަރެވެ. އެހެންކަމުން މި ދެބާރު އެއްބާރު އަނެއްބާރު ޖަވާބުދާރީ ކުރުވާނެ މިންވަރާމެދު ސުވާލު އުފެދެއެވެ.

ހަމަ ގައިމުވެސް ދިވެހި ރައްޔިތުން ބޭނުންވަނީ ދެފުއް ފެންނަ ގޮތަކަށް އަދި ކަންކަމުގައި ޖަވާބުދާރީ ކުރުވޭނެ ގޮތަކަށް ކަންކަން އޮތުމަށެވެ. ޚާއްސަކޮށް ވެރިކަން ކުރާ މައި ޕާޓީގެ މެޖޯރިޓީ އޮތް މަޖިލީހަކުން ސަރުކާރު ޖަވާބުދާރީ ކުރުވުމަށް މަސައްކަތް ކުރުމަކީ 3 ބާރު ވަކިވެފައި އޮންނަ ނިޒާމެއް ޙަޤީޤީ މާނައިގައި ފެންނަމުންދާ ކަމުގެ ހެއްކަކަށްވެސް ވާނެއެވެ.  

އިތުރަށް ކިޔާލަން

08 މެއި 2017

ޑިގުގަނޑަކުން ވެރިކަން: ހެޔޮފުޅުކަމުން ލާހޫރެނީ!

08 މެއި 2017
ޑިގުގަނޑަކުން ވެރިކަން: ހެޔޮފުޅުކަމުން ލާހޫރެނީ!
23 އެޕްރީލު 2017

ޔާމީނުގެ މަރާއެކު ސިހުމާއި ބިރުވެރިކަން!

23 އެޕްރީލު 2017
ޔާމީނުގެ މަރާއެކު ސިހުމާއި ބިރުވެރިކަން!
19 އެޕްރީލު 2017

ތިޔަތިބީ ޣައިރު ގާނޫނީ އަމުރަކަށް ތަބާވެވިފައި! ދެން ހަދާނީ ކިހިނެއް؟

19 އެޕްރީލު 2017
ތިޔަތިބީ ޣައިރު ގާނޫނީ އަމުރަކަށް ތަބާވެވިފައި! ދެން ހަދާނީ ކިހިނެއް؟
01 އެޕްރީލު 2017

ފާރިސް އަމިއްލަ ބޮޑުބޭބެއާ ދެކޮޅަށް: މަޤުޞަދަކީ ވެރިކަންތަ؟

01 އެޕްރީލު 2017
ފާރިސް އަމިއްލަ ބޮޑުބޭބެއާ ދެކޮޅަށް: މަޤުޞަދަކީ ވެރިކަންތަ؟
11 މާރިޗު 2017

މައުމޫނަށް ރައްކާތެރިކަން ހޯދައިދިނުމަށް ޤާނޫނުހެދި ވެރިން މިއަދު މި ކުރަނީ ކޮންކަމެއް!

11 މާރިޗު 2017
މައުމޫނަށް ރައްކާތެރިކަން ހޯދައިދިނުމަށް ޤާނޫނުހެދި ވެރިން މިއަދު މި ކުރަނީ ކޮންކަމެއް!
28 ފެބުރުއަރީ 2017

ގުރުއާން ހިތުދަސްކުރި އޯޓިސްޓިކް ކުއްޖާ: އާދަޔާ ޚިލާފު ވާހަކަތަކެއް، ހިތްދަތި ތަޖުރިބާތަކެއް، މިހާރު އުފާވެރިކަން!

28 ފެބުރުއަރީ 2017
ގުރުއާން ހިތުދަސްކުރި އޯޓިސްޓިކް ކުއްޖާ: އާދަޔާ ޚިލާފު ވާހަކަތަކެއް، ހިތްދަތި ތަޖުރިބާތަކެއް، މިހާރު އުފާވެރިކަން!
25 ފެބުރުއަރީ 2017

ރާއްޖޭގައި ޗައިނާއަށް ތިލަފަތް ބަރުވަނީ، އިންޑިއާ ހަދާނީ ކިހިނެއް؟

25 ފެބުރުއަރީ 2017
ރާއްޖޭގައި ޗައިނާއަށް ތިލަފަތް ބަރުވަނީ، އިންޑިއާ ހަދާނީ ކިހިނެއް؟
23 ފެބުރުއަރީ 2017

ޗައިނާގެ އެހީ: އެކުވެރިކަން ބާ؟ ނޫނީ އިގްތިސާދީ ގޮތުން އަޅުވެތި ކުރުން ބާ؟

23 ފެބުރުއަރީ 2017
ޗައިނާގެ އެހީ: އެކުވެރިކަން ބާ؟ ނޫނީ އިގްތިސާދީ ގޮތުން އަޅުވެތި ކުރުން ބާ؟
18 ފެބުރުއަރީ 2017

ސިޔާސަތެއް ނެތް ވެރިކަން!

18 ފެބުރުއަރީ 2017
ސިޔާސަތެއް ނެތް ވެރިކަން!
20 ޖެނުއަރީ 2017

ރާއްޖޭގެ ވެރިކަން ކޮންޓްރޯލް ކުރަނީ ވިޔަފާރިވެރިން

20 ޖެނުއަރީ 2017
ރާއްޖޭގެ ވެރިކަން ކޮންޓްރޯލް ކުރަނީ ވިޔަފާރިވެރިން
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު