Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރާއްޖެ
އެމްއެމްޕީއާރުސީގެ އެމްޑީ މަގާމުން ވަކިކުރުން

އެމްއެމްޕީއާރުސީގެ އެމްޑީ ފާތިމަތު ތައުފީޤު މަގާމުން ވަކިކޮށްފި، ސަރުކާރުގެ ބަހެއް ނުލިބޭ

ހީނާއަށް ގުޅުމުން ޖަވާބެއް ދެއްވުމަށް ދެކޮޅު ހެއްދެވި

އަމްނާ އިމާދު
އަމްނާ އިމާދު, ރާއްޖެ އެމްވީ | 22 މެއި 2024 | ބުދަ 10:54
އެމްއެމްޕީއާރުސީގެ އެމްޑީ މަގާމުގައި ހުންނެވި ފާތިމަތު ތައުފީޤު

އެމްއެމްޕީއާރުސީގެ އެމްޑީ މަގާމުގައި ހުންނެވި ފާތިމަތު ތައުފީޤު

މޯލްޑިވްސް މާކެޓިން އެންޑް ޕަބްލިކް ރިލޭޝަން ކޯޕަރޭޝަން (އެމްއެމްޕީއާރުސީ) ގެ މެނޭޖިން ޑިރެކްޓަރުގެ މަގާމުގައި ހުންނެވި ފާތިމަތު ތައުފީޤު އެ މަޤާމުން ވަކިކޮށްފިއެވެ.

އޭނާ މަޤާމުން ވަކިކޮށްފައިވަނީ ބުދަ ދުވަހު ކަމަށް ބައެއް މީޑީއާތަކުގައި ރިޕޯޓުކޮށްފައިވެއެވެ.

Advertisement - newsAdvertisement

މިކަމާއި ގުޅޭގޮތުން މައުލޫމާތު ސާފުކުރުމަށް ރައީސް އޮފީހުގެ ޗީފް ސްޕޯކްސްޕަރސަން ހީނާ ވަލީދަށް ގުޅުމުން އޭނާ ވަނީ ޖަވާބެއް ދެއްވުމަށް ދެކޮޅު ހައްދަވައި، ޕްރައިވެޓައިޒޭޝަން އެންޑް ކޯޕްރަޓައިޒޭޝަން ބޯޑު (ޕީސީބީ)އަށް ގުޅުމަށް ވިދާޅުވެފައެވެ. ޕީސީބީން ފޯނު ނުނަގާ ކަމަށާއި، މައުލޫމާތު ކަށަވަރުވެފައިވާގޮތް ނުވާ ކަމަށާއި، ސަރުކާރުގެ ކުންފުނިތަކަށް އެމްޑީން އައްޔަން ކުރައްވަނީ ރައީސުލްޖުމްހޫރިއްޔާއަށްވެފައި، އަދި ވަކިކުރައްވަނީ ވެސް ރައީސުލްޖުމްހޫރިއްޔާ ބޭނުންފުޅު ވެގެން ކަމަށްވާތީ، މިކަމާއި ގުޅޭގޮތުން ސަރުކާރުގެ އިސްތަރުޖަމާނުގެ ހައިސިއްޔަތުން ހީނާ ޖަވާބެއް ދެއްވުމަށް ތަކުރާރުކޮށް އެދުމުން ވެސް ވަރަށް ރުންކުރުކަމާއެކު ޕީސީބީއަށް ގުޅަން ވިދާޅުވެ ފޯނުވަނީ ކަނޑުއްވާލައްވާފައެވެ.

މި މައްސަލައިގައި މިހާތަނަށް ޕީސީބީގެ ބަހެއް ވަނީ ލިބޭގޮތް ނުވެފައެވެ.

އެމްއެމްޕީއާރުސީގެ އެމްޑީ ކަމަށް ފާތިމަތު އައްޔަންކުރެއްވީ މިދިޔަ އަހަރުގެ ޑިސެމްބަރު 17 ގައެވެ.

މީގެ އިތުރުން އެމްއެމްޕީއާރްސީގެ ޗެއަރޕާސަން އާއިޝާ ނޫރައިން ޖަނާހު ވެސް ވަނީ މަޤާމުން އިސްތިއުފާ ދެއްވާފައެވެ. އެކަމާ ގުޅޭގޮތުން ޕީސީބީން ބުނީ، ނޫރައިންގެ އިސްތިއުފާގެ ސިޓީ 21 މެއި 2024 ގައި ލިބިފައިވާ ކަމަށެވެ. ބައެއް އިދިކޮޅު ފަރާތްތަކުން ތުހުމަތުކުރާ ގޮތުގައި ފާތިމަތާއި ނޫރައިންއާ ދެމެދު ވަނީ މައްސަލަތަކެއް ޖެހިފައެވެ. އަދި ނޫރައިންނާއި، ޓޫރިޒަމް މިނިސްޓަރު އިބްރާހީމް ފައިސަލާއި ވެސް މައްސަލަތަކެއް ޖެހިފައިވާ ކަމަށް ތުހުމަތުކޮށްފައިވެއެވެ. ބައެއް މީޑިއާތަކުގައި ރިޕޯޓުކޮށްފައިވާ ގޮތުގައި ނޫރައިން އިސްތިއުފާ ދެއްވާފައިވަނީ މިނިސްޓަރު ފައިސަލުގެ ޖެއްސުންކުރުމާއި ފުރައްސާރައަށް ކެތްނުކުރެއްވިގެން ކަމަށް ރިޕޯޓުކޮށްފައިވެއެވެ.

އެމްއެމްޕީއާރްސީފާތުމަތު ތައުފީގު

ކޮމެންޓް

އިތުރަށް ކިޔާލަން

އެމްއެމްޕީއާރުސީގެ ބޮޑު ހިޔާނާތުގެ މައްސަލައިގައި ރައީސްގެ އާއިލާގެ ވަކީލު އާޒިމާ އަށް ކުރި ދައުވާތައް އަނބުރާ ގެންގޮސްފި

އެމްއެމްޕީއާރުސީގެ ބޮޑު ހިޔާނާތުގެ މައްސަލައިގައި ރައީސްގެ އާއިލާގެ ވަކީލު އާޒިމާ އަށް ކުރި ދައުވާތައް އަނބުރާ ގެންގޮސްފި

25 ނޮވެމްބަރު 2025
ދާއޫދުގެ ގާނޫނީ ޓީމުގެ ރައްދު ނާޒިމް އަށް: ދާއޫދަށް އަމާޒުކޮށް ތި ދެއްކެވީ އެއްވެސް އަސާސެއް ނެތް ދޮގު ވާހަކަތަކެއް

ދާއޫދުގެ ގާނޫނީ ޓީމުގެ ރައްދު ނާޒިމް އަށް: ދާއޫދަށް އަމާޒުކޮށް ތި ދެއްކެވީ އެއްވެސް އަސާސެއް ނެތް ދޮގު ވާހަކަތަކެއް

14 އޮކްޓޯބަރު 2025
ކޮރަޕްޝަންގެ ތުހުމަތުކުރެވުނު ދާއޫދު ޗުއްޓީއަށް، ހުޅުމާލެ ޕޮލިސް ވަގުތީގޮތުން ޓޫފޯއާ ހަވާލުކޮށްފި

ކޮރަޕްޝަންގެ ތުހުމަތުކުރެވުނު ދާއޫދު ޗުއްޓީއަށް، ހުޅުމާލެ ޕޮލިސް ވަގުތީގޮތުން ޓޫފޯއާ ހަވާލުކޮށްފި

14 އޮކްޓޯބަރު 2025
އަދީބުގެ އެމްޓީޑީ ހިންގި އޮފީހުގެ ކުލި ނުދައްކައިގެން ތަނުގެ ވެރިފަރާތުން ކޯޓަށް

އަދީބުގެ އެމްޓީޑީ ހިންގި އޮފީހުގެ ކުލި ނުދައްކައިގެން ތަނުގެ ވެރިފަރާތުން ކޯޓަށް

30 ސެޕްޓެމްބަރު 2025
ކޮރަޕްޝަނުން ގެއްލޭ ފައިސާ ހޯދަން ކަމަށް ބުނެ އެސެޓް ރިކަވަރީ ގާނޫނެއް ހަދަނީ

ކޮރަޕްޝަނުން ގެއްލޭ ފައިސާ ހޯދަން ކަމަށް ބުނެ އެސެޓް ރިކަވަރީ ގާނޫނެއް ހަދަނީ

26 ސެޕްޓެމްބަރު 2025

އަހަރުތަކުން މިއަދު

14 ޖޫން
އީރާނުގެ ވަރުގަދަ ހަމަލާއެއް - ހައިފާ އާއި ތެލް އަވީވް އަށް މިސައިލްގެ ވާރޭ ވެހެނީ
20251 އަހަރު ކުރިން
ދުނިޔެ

އީރާނުގެ ވަރުގަދަ ހަމަލާއެއް - ހައިފާ އާއި ތެލް އަވީވް އަށް މިސައިލްގެ ވާރޭ ވެހެނީ

ސިޑްސް ކޮންފަރެންސަށް ރާއްޖޭން 16 ބޭފުޅުންގެ ވަފްދެއް ދިޔަ، ޚަރަދަށް 3.8 މިލިއަން ރުފިޔާ
20242 އަހަރު ކުރިން
ރާއްޖެ

ސިޑްސް ކޮންފަރެންސަށް ރާއްޖޭން 16 ބޭފުޅުންގެ ވަފްދެއް ދިޔަ، ޚަރަދަށް 3.8 މިލިއަން ރުފިޔާ

ރާއްޖެއިން މަދުން ފެންނަ ކަމަށް ބުނެވެން ނެތް ''ގޯޝަރ'' ބަލީގެ ހަގީގަތަކީ ކޮބާ؟
20233 އަހަރު ކުރިން
ރިޕޯޓު

ރާއްޖެއިން މަދުން ފެންނަ ކަމަށް ބުނެވެން ނެތް ''ގޯޝަރ'' ބަލީގެ ހަގީގަތަކީ ކޮބާ؟

ދިރާގު ފައިބަރ އިންޓަނެޓްގެ ހިދުމަތް ފެހެންދޫ އަށް
20224 އަހަރު ކުރިން
ވިޔަފާރި-އިގްތިސާދު

ދިރާގު ފައިބަރ އިންޓަނެޓްގެ ހިދުމަތް ފެހެންދޫ އަށް

އިތުރު ފީޗާތަކާއެކު ބީއެމްއެލްގެ އައު އެޕް ތައާރަފްކުރަނީ
20215 އަހަރު ކުރިން
ވިޔަފާރި-އިގްތިސާދު

އިތުރު ފީޗާތަކާއެކު ބީއެމްއެލްގެ އައު އެޕް ތައާރަފްކުރަނީ

ޖޭއެސްސީގެ މައްސަލަ އަށް ހިޔާލު ފާޅުކޮށް ޓްވީޓް ކުރެވުނީ އޮޅުމަކުން: ފެނަކަ
20197 އަހަރު ކުރިން
ރާއްޖެ

ޖޭއެސްސީގެ މައްސަލަ އަށް ހިޔާލު ފާޅުކޮށް ޓްވީޓް ކުރެވުނީ އޮޅުމަކުން: ފެނަކަ

އިންޑިއާ ހޭލައިފި، ދިވެހި ސަރުކާރަށް ކެތްވާނެ؟
20188 އަހަރު ކުރިން
ރިޕޯޓު

އިންޑިއާ ހޭލައިފި، ދިވެހި ސަރުކާރަށް ކެތްވާނެ؟

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު