Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރާއްޖެސަރުކާރު ހިންގުން

ރައީސް މުއިއްޒަށް އެނގިވަޑައިނުގެން މި ސަރުކާރުގައި ކިތަންމެ ބޮޑުކަމެއްވެސް ހިނގާފާނެ - ހަސަން ލަތީފް

ރައީސް މުއިއްޒު ވިދާޅުވިޔަސް، ވިދާޅުވާހާ ކޮންމެ އެއްޗަކީ ތެދުފުޅަކަށް ވެދާނެ ކަމަށް ގަބޫލުނުކުރައްވަން

ޙުސައިން މަޚްތޫމް
ޙުސައިން މަޚްތޫމް | 22 މެއި 2024 | ބުދަ 06:47
ހެންވޭރު ހުޅަނގު ދާއިރާގެ މެންބަރު ހަސަން ލަތީފް

ހެންވޭރު ހުޅަނގު ދާއިރާގެ މެންބަރު ހަސަން ލަތީފް

ރައީސް މުއިއްޒަށް އެނގިވަޑައިނުގެން މި ސަރުކާރުގައި ކިތަންމެ ބޮޑުކަމެއްވެސް ހިނގާފާނެ ކަމަށާއި، އެމަނިކުފާނު ވިދާޅުވާ ހުރިހާ ވާހަކައަކީ ތެދުފުޅުކަށް ނުވެދާނެކަމަށް ހެންވޭރު ހުޅަނދު ދާއިރާގެ މެންބަރު ހަސަން ލަތީފް ވިދާޅުވެއްޖެއެވެ.

ރާއްޖެޓީވީގެ ފަލަސުރުހީ ޕްރޮގްރާމުގައި ވާހަކަދައްކަވަމުން މެންބަރު ހަސަން ލަތީފް ވިދާޅުވީ ހަމަ ހަގީގަތުގައި ވެސް ރައީސުލްޖުމްހޫރިއްޔާ ހުންނެވީ ރައީސުލްޖުމްހޫރިއްޔާއަކަށް ނޫން ކަމަށެވެ. އަދި ރައީސް މުއިއްޒަށް އެނގިވަޑައިނުގެން މި ސަރުކާރުގައި ކިތަންމެ ބޮޑުކަމެއްވެސް ހިނގާފާނެ ކަމަށާއި، އެކަން ފުރިހަމައަށް ގަބޫލުކުރައްވާ ކަމަށެވެ. އަދި ރައީސް މުއިއްޒު ވިދާޅުވިޔަސް، ވިދާޅުވާހާ ކޮންމެ އެއްޗަކީ ތެދުފުޅަކަށް ވެދާނެ ކަމަށް ގަބޫލުނުކުރައްވާ ކަމަށާއި އެކަމުގެ ވެސް އެތައް ބައިވަރު ސަބަބުތަކެއް އެބަހުރި ކަމަށެވެ.

މެންބަރު ހަސަން ވިދާޅުވީ މިވެނިއެވެނި ކަމެއް ހިނގި ގޮތެއް އެމަނިކުފާނަށް އެނގިވަޑައިނުގަންނަވާ ކަމަށް ރައީސް މުއިއްޒު ވިދާޅުވި ނަމަވެސް އެއީ ރައީސް މުއިއްޒަށް އެކަން އެނގިވަޑައިނުގެން ހުންނަވާނެ ސަބަބެއް ނޫން ކަމަށެވެ. އެއީ އެހެން އޮންނަ ކަމެއް ނޫން ކަމަށާއި، ނަމަވެސް ހަގީގަތުގައިވެސް ރައީސް މުއިއްޒަށް ސަރުކާރުގެ ތެރޭގައި ހިނގާ ކަންކަން އެނގިވަޑައިނުގެން ވެސް ހުންނަވާފާނެކަމަށް މެންބަރު ހަސަން ވިދާޅުވިއެވެެ.

މެންބަރު ހަސަން ވިދާޅުވީ ބައެއް ކަހަލަ ގާނުނީ ކަންކަމުގައި ނިންމަވާ ނިންމެވުން ވެސް މިފަދަ ކަންކަމުގެ ތެރޭގައި ހުންނަ ކަމަށެވެ. މިކަމަށް އިޝާރާތްކުރައްވާ މެންބަރު ހަސަން ވިދާޅުވީ ގާނޫނެއް ތަސްދީގުނުކުރައްވާ މަޑުކޮށްލަވައިގެން ރައީސް މުއިއްޒު ހުންނެވި ކަމަށާއި، އެއީވެސް ދެވަނަ ފަހަރަށް ރައްޔިތުންގެ މަޖިލީހުން އެ ބިލު ފާސްކުރުމުން ކަމަށް ވެސް މެންބަރު ހަސަން ވިދާޅުވިއެވެ.

މެންބަރު ހަސަން ލަތީފް އިޝާރާތް ކުރައްވާފައިވަނީ ރައްޔިތުންގެ މަޖިލީހުގެ އިންތިހާބު ރޯދައިގެ ފަހުން ބޭއްވުމަށް އިންތިޚާބުތަކާބެހޭ އާންމު ޤާނޫނަށް އިސްލާޙް ގެނައުމުގެ ގާނޫނަށް ގެނައި އިސްލާހުގެ ވާހަކައެވެ. ރޯދަ މަހުގެ ތެރޭގައި އިންތިހާބު ބާއްވާނަމަ އެކަމުގައި ހުރި ހުރަސްތައް ގިނަކަމުން މަޖިލީހުން ނިންމީ ރޯދަ މަސް ނިމި 10 ދުވަސް ފަހުން އިންތިހާބު ބާއްވާށެވެ.

ނަަމަވެސް އިންތިޚާބުތަކާބެހޭ އާންމު ޤާނޫނަށް އިސްލާޙް ގެނައުމުގެ ބިލު ފުރަތަމަ ފޮނުވާލުމުން، ދެ ހަފްތާ ވަންދެން އެ ބިލު ތަސްދީގުނުކުރައްވާ ބޭއްވުމަށްފަހު އަލުން އަނބުރާ މަޖިލީހަށް ރައީސް މުއިއްޒު ފޮނުއްވިއެވެ. އަދި އަނެއްކާވެސް ބިލު އޮތް ގޮތަށް މަޖިލީހުން ފާސްކޮށް ގާނޫނަކަށް ބަދަލުކުރިއެވެ. ނަމަވެސް ދެވަނަ ފަހަރަށް ފޮނުވުމުން ވެސް ގާނޫނު ތަސްދީގުނުކުރައްވާ އެތައް ދުވަހެއް ވަންދެން މަޑުކުރައްވައިގެން ހުންނެވިއެވެ.

ރައީސުލްޖުމްހޫރިއްޔާ، ޑރ. މުޙައްމަދު މުޢިއްޒުހަސަން ލަތީފް

އިތުރަށް ކިޔާލަން

13 ޑިސެމްބަރު 2025

އާދިއްތަ ދުވަހުން ފެށިގެން، މިފްކޯއިން މަސްވެރިންނަށް ތެޔޮ ވިއްކާނީ އެވްރެޖްކޮށް 51 ލާރި އަގުހެޔޮކޮށް: ރައީސް މުއިއްޒު

13 ޑިސެމްބަރު 2025
އާދިއްތަ ދުވަހުން ފެށިގެން، މިފްކޯއިން މަސްވެރިންނަށް ތެޔޮ ވިއްކާނީ އެވްރެޖްކޮށް 51 ލާރި އަގުހެޔޮކޮށް: ރައީސް މުއިއްޒު
13 ޑިސެމްބަރު 2025

ރައީސް މުއިއްޒު ގެ ދެކަނބަލުން ދުވާފަރަށް ވަޑައިގެންފި

13 ޑިސެމްބަރު 2025
ރައީސް މުއިއްޒު ގެ ދެކަނބަލުން ދުވާފަރަށް ވަޑައިގެންފި
13 ޑިސެމްބަރު 2025

މަސްވެރިންގެ ކަންބޮޑުވުންތަކަށް ބީރު ކަންފަތެއް ދެއްވާ، ރައީސް މުޢިއްޒު މަސްވެރިންގެ ދުވަސް ފާހަގަ ކުރެއްވުމަށް ދުވާފަރަށް ވަޑައިގެންފި

13 ޑިސެމްބަރު 2025
މަސްވެރިންގެ ކަންބޮޑުވުންތަކަށް ބީރު ކަންފަތެއް ދެއްވާ، ރައީސް މުޢިއްޒު މަސްވެރިންގެ ދުވަސް ފާހަގަ ކުރެއްވުމަށް ދުވާފަރަށް ވަޑައިގެންފި
09 ޑިސެމްބަރު 2025

ދުވާފަރު ގައި ގަވާއިދާ ޚިލާފަށް ދޫކޮށްފައި އޮތް ބިމެއް ގައި ޕީއެންސީ އިން ޖަގަހައެއް ހަދައިފި

09 ޑިސެމްބަރު 2025
ދުވާފަރު ގައި ގަވާއިދާ ޚިލާފަށް ދޫކޮށްފައި އޮތް ބިމެއް ގައި ޕީއެންސީ އިން ޖަގަހައެއް ހަދައިފި
09 ޑިސެމްބަރު 2025

ރައީސް މުޢިއްޒުގެ ރައްޔިތުންގެ ބައްދަލުވުން: ފުރުސަތު ހޯދަން ޖެހުނީ ހަޅޭ ޖަހައި، އިހުތިޖާޖު ކޮށްގެން

09 ޑިސެމްބަރު 2025
ރައީސް މުޢިއްޒުގެ ރައްޔިތުންގެ ބައްދަލުވުން: ފުރުސަތު ހޯދަން ޖެހުނީ ހަޅޭ ޖަހައި، އިހުތިޖާޖު ކޮށްގެން
08 ޑިސެމްބަރު 2025

ގޮނޑި ގެއްލޭ އިސްލާހު ފާސްކުރީ ރައްޔިތުންގެ ނިންމުމަށް އިހުތިރާމް ކުރުމަށް ކަމަށް ރައީސް ވިދާޅުވުމުން މެންބަރު އަބްދުއްރަޙްމާންގެ ސުވާލެއް

08 ޑިސެމްބަރު 2025
ގޮނޑި ގެއްލޭ އިސްލާހު ފާސްކުރީ ރައްޔިތުންގެ ނިންމުމަށް އިހުތިރާމް ކުރުމަށް ކަމަށް ރައީސް ވިދާޅުވުމުން މެންބަރު އަބްދުއްރަޙްމާންގެ ސުވާލެއް
08 ޑިސެމްބަރު 2025

ހަފްތާއަކު ހަތަރު ރޭ ބޯޅަ ކުޅެން އާރަށަށް ވަޑައިގެންނެވޭ، ރައްޔިތަކާ ބައްދަލު ކުރައްވަން ވަގުތެއް ނެތް!

08 ޑިސެމްބަރު 2025
ހަފްތާއަކު ހަތަރު ރޭ ބޯޅަ ކުޅެން އާރަށަށް ވަޑައިގެންނެވޭ، ރައްޔިތަކާ ބައްދަލު ކުރައްވަން ވަގުތެއް ނެތް!
08 ޑިސެމްބަރު 2025

ރައީސް މުއިއްޒު ގެ މެނިފެސްޓޯ އަކީ ގައުމީ ތަރައްގީގެ ޕްލޭން ކަމަށް ވިދާޅުވެ، މެނިފެސްޓޯ ގައި ހުރި ވައުދު ތަކަކީ ޕްލޭނު ގައި ހުންނާނެ ވައުދުތައް ކަމަށް ވިދާޅުވެއްޖެ

08 ޑިސެމްބަރު 2025
ރައީސް މުއިއްޒު ގެ މެނިފެސްޓޯ އަކީ ގައުމީ ތަރައްގީގެ ޕްލޭން ކަމަށް ވިދާޅުވެ، މެނިފެސްޓޯ ގައި ހުރި ވައުދު ތަކަކީ ޕްލޭނު ގައި ހުންނާނެ ވައުދުތައް ކަމަށް ވިދާޅުވެއްޖެ
08 ޑިސެމްބަރު 2025

ރައްޔިތުންގެ ޚިޔާލު ނުހޯދާ ކަންކަން ކުރައްވަމުން، މި ހުންނެވީ ރައްޔިތުންގެ ފަޅީގައި ކަމަށް ރައީސް މުއިއްޒު ވިދާޅުވާތީ އާއްމު މީހެއްގެ ކަންބޮޑުވުން!

08 ޑިސެމްބަރު 2025
ރައްޔިތުންގެ ޚިޔާލު ނުހޯދާ ކަންކަން ކުރައްވަމުން، މި ހުންނެވީ ރައްޔިތުންގެ ފަޅީގައި ކަމަށް ރައީސް މުއިއްޒު ވިދާޅުވާތީ އާއްމު މީހެއްގެ ކަންބޮޑުވުން!
07 ޑިސެމްބަރު 2025

އިސް ރަށްވެއްސެއްގެ ޝުޢޫރު: އިސް ފަޑީގައި ވައްކަމާއި ޚިޔާނާތްތެރިކަމުގެ މައްސަލަތައް އޮތް މީހުން ތިބުމުގެ ކަންބޮޑުވުން

07 ޑިސެމްބަރު 2025
އިސް ރަށްވެއްސެއްގެ ޝުޢޫރު: އިސް ފަޑީގައި ވައްކަމާއި ޚިޔާނާތްތެރިކަމުގެ މައްސަލަތައް އޮތް މީހުން ތިބުމުގެ ކަންބޮޑުވުން
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު