Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - worldAdvertisement
ދުނިޔެ
ފަލަސްތީން އިސްރާޢީލް ހަނގުރާމަ

އިޒްރޭލުން ގާޒާ ހިފުމަށް ފަހު ކަންކުރާނެ ގޮތުގެ ޕްލޭނަކާ މެދު ނަތަންޔާހޫގެ ކޯލިޝަން ކެބިނެޓް ގައި ނުތަނަވަސްކަން އިތުރު ވަނީ

ޕްލޭންގައި ސައުދީ އަރަބިއްޔާ އާ އިޒްރޭލުގެ ގުޅުން "ނޯމަލައިޒް" ކުރުން ހިމެނެން ޖެހޭނެ ކަމަށް ބުނޭ

ރާއްޖެ އެމްވީ | 19 މެއި 2024 | އާދީއްތަ 07:26
ބޮޑު ވަޒީރު ނަތަންޔާހޫގެ ކެބިނެޓް ބައްދަލުވުމެއްގެ ތެރެއިން

ބޮޑު ވަޒީރު ނަތަންޔާހޫގެ ކެބިނެޓް ބައްދަލުވުމެއްގެ ތެރެއިން

ހަނގުރާމައިގެ ފަހުން ގާޒާ ސްޓްރިޕް ހިންގާނެ ގޮތުގެ ޕްލޭނެއް ޖޫން 8 ވަނަ ދުވަހުގެ ކުރިން ބޮޑު ވަޒީރު ނަތަންޔާހޫގެ ކެބިނެޓުން އެކުލަވާ ނުލައިފި ނަމަ ކޯލިޝަން ސަރުކާރުން ވަކިވާނެ ކަމަށް ނަތަންޔާހޫގެ ކެބިނެޓް މިނިސްޓް ބޭނީ ގާންޒް ވިދާޅުވެއްޖެއެވެ.

ހޮނިހިރު ދުވަހު ބޭއްވި ނޫސް ކޮންފަރެންސެއްގައި ގާންޒް ވިދާޅުވީ، ނަތަންޔާހޫގެ ކެބިނެޓުން 6 ނުކުތާ އެއްގެ މައްޗަށް އެކުލެވޭ ޕްލޭނެއް ގާޒާ އާ ބެހޭ ގޮތުން އެކުލަވާލަން ޖެހޭނެ ކަމަށެވެ.

އޭނާގެ ނަޒަރުގައި އެ ޕްލޭންގައި ފުރަތަމަ ހިމަނަން ޖެހޭނީ ހަމާސް އިން ހައްޔަރުކޮށްފައި ތިބި އިޒްރޭލުގެ ހޮސްޓެޖުން އަނބުރާ އިޒްރޭލަށް ރައްދު ކުރާނެ ގޮތެކެވެ.

ދެވަނަ ކަމަކީ ގާޒާ ސްޓްރިޕް އަކީ "ޑީމިލިޓަރައިޒްޑް" ޒޯނެއްގެ ގޮތުގައި ހެދުމެވެ.

ތިންވަނަ ކަމަކީ ގާޒާގެ އެތެރޭގެ ހިންގުން ހަވާލު ކުރާނެ ބަޔަކު ކަނޑައެޅުމެވެ. އެ ގޮތައް ކަނޑައެޅި ކަމުގައި ވިޔަސް އަސްކަރީ އެއްވެސް ބާރެއް އެ ފަރާތަކަށް އޮވެގެން ނުވާނެ ކަމަށާއި އަސްކަރީ ކޮންޓްރޯލް އޮންނަން ޖެހޭނީ އިޒްރޭލުގެ އަތުގައި ކަމަށް އޭނާ ހާމަ ކުރެއްވިއެވެ.

އޭނާ ވިދާޅުވި ގޮތުގައި އެ ޕްލޭންގައި ސައުދީ އަރަބިއްޔާ އާ އިޒްރޭލުގެ ގުޅުން "ނޯމަލައިޒް" ކުރުން ހިމެނެންވާނެއެވެ.

އިޒްރޭލްގެ ޚިޔާލު ހޯދުމުގެ ސާވޭ ތަކުން ދައްކާ ގޮތުގައި ނަތަންޔާހޫގެ ސިޔާސީ އެންމެ ބޮޑު ވާދަ ވެރިއަކީ މިހާރަށް ބަލާއިރު ގާންޒް އެވެ.

އަނެއް ކޮޅުން ނަތަންޔާހޫގެ ދިފާއީ ވަޒީރު ޔޯވް ގެލަންޓް އާ ވެސް ނަތަންޔާހޫ ދެމެދު ވަނީ ޚިޔާލު ތަފާތު ވުން އުފެދިފައެވެ.

ގަލަންޓް ވެސް ބޭނުންފުޅު ވަނީ ހަނގުރާމައިގެ ފަހުން ގާޒާ ސްޓްރިޕް އާ މެދު ދެން ކަންތައް ކުރާނެ ގޮތުގެ ޕްލޭނެއް އޮންނާށެވެ.

ނަތަންޔާހޫގެ ކޯލިޝަންގައި ހިމެނޭ ކަނާތު ފިޔައިގެ ޕާޓީ ތަކުން ބޭނުންވަނީ ގާޒާ އަކީ އިޒްރޭލުގެ ބައެއްގެ ގޮތުގައި ކަނޑައަޅާ އެތަނުގައި ޔަހޫދީން ވަޒަންވެރިވާށެވެ.

ބެންޖަމިން ނަތަންޔާހޫފަލަސްތީން - އިސްރާއީލް ހަމަނުޖެހުންއިޒްރޭލްޣައްޒާ

ކޮމެންޓް

އިތުރަށް ކިޔާލަން

އިޒްރޭލުން ވެސްޓު ބޭންކުގައި ޔަހޫދީން ވަޒަންވެރި ކުރުވުމަށް ގާތްގަނޑަކަށް 800 ގެ އެޅުމުގެ ހުއްދަދީފި

އިޒްރޭލުން ވެސްޓު ބޭންކުގައި ޔަހޫދީން ވަޒަންވެރި ކުރުވުމަށް ގާތްގަނޑަކަށް 800 ގެ އެޅުމުގެ ހުއްދަދީފި

10 ޑިސެމްބަރު 2025
ދުނިޔޭގައި އެންމެ ގިނައިން ނޫސްވެރިން މަރާ ގައުމު ގެ ރެކޯޑް ޖެހިޖެހިގެން ތިންވަނަ އަހަރު އިޒްރޭލަށް!

ދުނިޔޭގައި އެންމެ ގިނައިން ނޫސްވެރިން މަރާ ގައުމު ގެ ރެކޯޑް ޖެހިޖެހިގެން ތިންވަނަ އަހަރު އިޒްރޭލަށް!

10 ޑިސެމްބަރު 2025
އަލް-ގުދުސް ގައި ހުންނަ އަންރުވާ ގެ ކޮމްޕައުންޑަށް އިޒްރޭލު ފުލުހުން ވަދެގަނެފި

އަލް-ގުދުސް ގައި ހުންނަ އަންރުވާ ގެ ކޮމްޕައުންޑަށް އިޒްރޭލު ފުލުހުން ވަދެގަނެފި

09 ޑިސެމްބަރު 2025
އިސްލާޙު ބޭނުން ވަނީ އިސްރާއީލްގެ ސަރުކާރަށް، ފަލަސްޠީނަކަށް ނޫން: ސައުދީގެ އިސް ޑިޕްލޮމަޓް މަނާލް

އިސްލާޙު ބޭނުން ވަނީ އިސްރާއީލްގެ ސަރުކާރަށް، ފަލަސްޠީނަކަށް ނޫން: ސައުދީގެ އިސް ޑިޕްލޮމަޓް މަނާލް

08 ޑިސެމްބަރު 2025
ކަރަޕްޝަންގެ މައްސަލައިގައި އިޒްރޭލުގެ ރައީސް މާފު ދީފި ނަމަ ސިޔާސީ ކަންކަމުން ދުރަށް ނުދާނެ ކަމަށް ނަތަންޔާހޫ ވިދާޅުވެއްޖެ

ކަރަޕްޝަންގެ މައްސަލައިގައި އިޒްރޭލުގެ ރައީސް މާފު ދީފި ނަމަ ސިޔާސީ ކަންކަމުން ދުރަށް ނުދާނެ ކަމަށް ނަތަންޔާހޫ ވިދާޅުވެއްޖެ

08 ޑިސެމްބަރު 2025

އަހަރުތަކުން މިއަދު

24 ޖޫން
"މަރުވެފައިވާ މީހަކު އަނބުރާ އައުން": އިސްރާއީލުން މަރާލި ކަމަށް ބުނި އިރާނުގެ ޤުދުސް ފޯސްގެ އިސްވެރިޔާ ފެނިއްޖެ
20251 އަހަރު ކުރިން
ދުނިޔެ

"މަރުވެފައިވާ މީހަކު އަނބުރާ އައުން": އިސްރާއީލުން މަރާލި ކަމަށް ބުނި އިރާނުގެ ޤުދުސް ފޯސްގެ އިސްވެރިޔާ ފެނިއްޖެ

މޯދީ ހުވާކުރެއްވުމުގެ ރަސްމިއްޔާތަށް ރައީސް ވަޑައިގަތުމަށް ހިނގި ހަރަދުގެ ތަފްސީލެއް ހާމައެއް ނުކުރި
20242 އަހަރު ކުރިން
ރާއްޖެ

މޯދީ ހުވާކުރެއްވުމުގެ ރަސްމިއްޔާތަށް ރައީސް ވަޑައިގަތުމަށް ހިނގި ހަރަދުގެ ތަފްސީލެއް ހާމައެއް ނުކުރި

ޓައިޓަން: "ކޮންމެ ޚަބަރެއްގަ އޮތީ އަހަރެމެން ދެބަފައިންގެ ފޮޓޯއަކަށް ވުމުގެ ފުރުޞަތު"
20233 އަހަރު ކުރިން
ތަފާތު ޚަބަރު

ޓައިޓަން: "ކޮންމެ ޚަބަރެއްގަ އޮތީ އަހަރެމެން ދެބަފައިންގެ ފޮޓޯއަކަށް ވުމުގެ ފުރުޞަތު"

ފެން ލޮނުވެ، ބަސަރާގައި ކަދުރު ހީނަރުވެއްޖެ
20224 އަހަރު ކުރިން
ތަފާތު ޚަބަރު

ފެން ލޮނުވެ، ބަސަރާގައި ކަދުރު ހީނަރުވެއްޖެ

"ކުޑަ ގައުމަކަށްވިޔަސް ރާއްޖެއަކީ އިސްލާމީ އުއްމަތަށް ނަމޫނާ ދައްކާ ހަރުދަނާ ދައުލަތެއް"
20215 އަހަރު ކުރިން
ރާއްޖެ

"ކުޑަ ގައުމަކަށްވިޔަސް ރާއްޖެއަކީ އިސްލާމީ އުއްމަތަށް ނަމޫނާ ދައްކާ ހަރުދަނާ ދައުލަތެއް"

ހިޔާ މަޝްރޫއުގެ ފްލެޓްތަކަށް ކުލީގެ ގޮތުގައި ޖެހެނީ މަހަކަށް 11،000 ރުފިޔާ!
20197 އަހަރު ކުރިން
ރާއްޖެ

ހިޔާ މަޝްރޫއުގެ ފްލެޓްތަކަށް ކުލީގެ ގޮތުގައި ޖެހެނީ މަހަކަށް 11،000 ރުފިޔާ!

ޕެރަޑައިސް ރިސޯޓަށް ބަނގުރާ ބާލަނިކޮށް، ފުލުހުންނާއި ކަސްޓަމްސް އިން ހިފަހައްޓައިފި
20188 އަހަރު ކުރިން
ރާއްޖެ

ޕެރަޑައިސް ރިސޯޓަށް ބަނގުރާ ބާލަނިކޮށް، ފުލުހުންނާއި ކަސްޓަމްސް އިން ހިފަހައްޓައިފި

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު