Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެ
ތިމަރަފުއްޓަށް ހެލިކޮޕްޓަރު ޖެއްސި މައްސަލަ

ހެލިކޮޕްޓަރު ޖެއްސި މައްސަލައިގައި ލީކުކޮށްލި ލިޔުމުގައި ސޮއިނުހިމެނޭތީ އެއީ ސައްހަ ލިޔުމެއް ނޫން: އެމްއެންޑީއެފް

މި ސިޓީގައި ވަނީ ތިމަރަފުއްޓަށް ހެލިކޮޕްޓަރެއް ހުއްދަ ނުހޯދައި 2019 ގައި ޖެއްސި ކަމަށް ބުނާ ވާހަކަ

އަމްނާ އިމާދު
އަމްނާ އިމާދު, ރާއްޖެ އެމްވީ | 17 މެއި 2024 | ހުކުރު 12:57
ރާއްޖޭގައި ދުއްވާ ހެލިކޮޕްޓަރެއް

ރާއްޖޭގައި ދުއްވާ ހެލިކޮޕްޓަރެއް

ތިމަރަފުއްޓަށް ޖެއްސި ހެލިކޮޕްޓަރުގެ ދަތުރާއި ބެހޭ ގޮތުން ލީކުކޮށްލި ލިޔުމުގައި ސޮއިނުހިމެނޭތީ އެއީ ސައްހަ ލިޔުމެއް ނޫން ކަމަށް އެމްއެންޑީއެފުން ބުނެފިއެވެ.

ރާއްޖެއެމްވީއަށް އެމްއެންޑީއެފްގެ އިސް އޮފިޝަލެއް ވިދާޅުވީ އެ ލިޔުމުގައި އެމްއެންޑީއެފްގެ އެއްވެސް ބޭފުޅެއްގެ ސޮއި ނެތް ކަމަށާއި، އެހެންކަމުން އެއީ ސައްހަ ސިޓީއެއް ކަމަށް ނުބެލެވޭނެ ކަމަށެވެ.

Advertisement - newsAdvertisement

ލީކްކޮށްލާފައިވާ މި ލިޔުމަކީ އެމްްއެންޑީއެފުން ފޮނުވާފައިވާ ސިޓީއެއް ކަމަށް ބައެއް ފަރާތްތަކުން ބުނެއެވެ. މި ސިޓީގައި ވަނީ ތިމަރަފުއްޓަށް ހެލިކޮޕްޓަރެއް ހުއްދަ ނުހޯދައި 2019 ގައި ޖެއްސި ކަމަށް ބުނާ ވާހަކައެވެ. ކޯސްޓް ގާޑުގެ ކޮމަޑާންޓް ކާނަލް މުހައްމަދު ސަލީމްގެ ނަމުގައި ފޮނުވާފައިވާ މި ސިޓީ ފޮނުވާފައިވަނީ ލ. ކައްދޫގައި ހުންނަ އިންޑިއަން ނޭވަލް ކޮންޓިންޖެންޓްގެ ކޮމާންޑަރަށެވެ.

ލީކުވެފައިވާ މި ސިޓިގައި ބުނެފައިވަނީ 9 އޮކްޓޫބަރުގައި ހެލިކޮޕްޓަރު ތިމަރައްފުއްޓަށް ޖައްސާފައިވަނީ ހުއްދަ ނުހޯދާ ކަމަށެވެ. އަދި ހެލިކޮޕްޓަރު ޖެއްސިކަން ޔަގީންކޮށްދީފައިވަނީ ސީނިއަރ ޕައިލަޓް ލެފްޓިނެންޓް ކޮމާންޑަރު ވިނޯ އަދި އެއާޕޯޓުގެ އޮފިޝަލުން ކަމަށެވެ. އަދި މިފަދަ ކަމަކުން ގައުމީ ސަލާމަތާއި ގައުމުގެ ހަމަޖެހުމަށް އަސަރުކޮށްފާނެ ކަމަށް ބުނެފައިވެއެވެ.

އަދި މި ސަބަބުތަކަށްޓަކައި ކުރިއަށް އޮތްތަނުގައި އެފަދަ ކަންކަން ހިނގުން ހުއްޓުވުމަށް އެމްއެންޑީއެފް ކޯސްޓްގާޑުން އެދެނީ އައިއެންސީ އިން ފަސް ކަމަކާ އެއްގޮތަށް އަމަލުކުރުމަށް ވަނީ އަންގާފައެވެ. އެގޮތުން ދަތުރު ކުރުމުގެ ކުރިން ހުއްދަ ހޯދުމާއި، އެއަރޕޯޓްތަކަށް ނުޖެއްސުމާއި، އޮޕަރޭޝަންގެ 24 ގަޑިއިރު ކުރިން ޕްލޭންކޮށްފައިވާ ޝެޑިއުލެއް ދިނުން އަދި ބަދަލެއް އައިސްފިނަމަ އެކަން އެންގުމާއި، ދަތުރުތަކުގައި އެމްއެންޑީއެފްގެ އޮފިޝަލުން ގެންދިއުމާއި، ޖެއްސުމަށްފަހު ދަތުރުގެ މައުލޫމާތު ދިނުން ހިމެނެއެވެ.

މިފަދަ ލިޔުމެއް ލީކުކޮށްލާފައިވަނީ ރާއްޖޭގައި ތިބި އިންޑިއާ ސިފައިން، ދިވެހި ސިފައިންގެ ހުއްދަ ނެތި ތިމަރަފުއްޓަށް ހެލިކޮޕްޓަރުގައި ދަތުރުކުރި ކަމަށް ޑިފެންސް މިނިސްޓަރު ޣައްސާން މައުމޫން ދެއްކެވި ވާހަކަ އިންޑިއާ ސަރުކާރުން ދޮގުކުރުމާއި ގުޅިގެންނެވެ.

ރާއްޖޭގައި ތިބި ހުރިހާ އިންޑިއާ ސިފައިން ފޮނުވާލިކަން ހާމަކޮށް އެކަމުގެ ތަފްސީލުދިނުމަށް ރައީސް އޮފީހުގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ޑިފެންސް މިނިސްޓަރު ޣައްސާން ވިދާޅުވީ ދިވެހިންގެ ހުއްދަނެތި ހެލިކޮޕްޓަރެއް އޮތީ އެއިރު ދުއްވާފައި ކަމަށެވެ. އަދި އެއީ ތިމަރަފުއްޓަށް ހެލިކޮޕްޓަރު ލޭންޑްކުރި އިންސިޑެންޓެއް ކަމަށް މިނިސްޓަރު ޣައްސާން ވިދާޅުވިއެވެ.

މި ވާހަކަތަކާއި ގުޅިގެން އިންޑިއާ ހައިކޮމިޝަނުން ބުނެފައިވަނީ އެއީ 2019 ވަނަ އަހަރުގެ އޮކްޓޯބަރު 9 ދުވަހު ކުރި ދަތުރެއް ކަމަށެވެ. އަދި ވައިގެ ޕްލެޓްފޯމްތައް އަބަދު ވެސް ބޭނުންކުރީ އެއްބަަސްވެފައިވާ ގޮތަށް ދިވެހި ސިފައިންގެ ބެލުމުގެ ދަށުން ހުއްދަ ލިބިގެން ކަމަށާއި، އޮކްޓޯބަރު 9 ވަނަ ދުވަހުގެ ދަތުރަކީ ވެސް އެމްއެންޑީއެފްގެ ހުއްދައާ އެކު ކުރި ދަތުރެއް ކަމަށް ބުނެފައިވެއެވެ.

މީގެ އިތުރުން އެ ދުވަހު އެމަޖެންސީގައި ތިމަރަފުށީ އެއާޕޯޓަށް ޖެއްސީ ވެސް ހުއްދަތަކާއެކު ކަމަށް ބަޔާނުގައިވެއެވެ. އެއީ ކުއްލި ހާލަތެއްގެ ސަބަބުން ބޯޓާއި ބޯޓުގެ ކްރޫގެ ސަލާމަތަށް ވިސްނައި ނެގި ފިޔަވަޅެއް ކަމަށް ވެސް ހައިކޮމިޝަނުން ނެރުނު ބަޔާނުގައި ބުނެފައިވެއެވެ. އަދި ތިމަރަފުއްޓަށް ހެލިކޮޕްޓަރު ޖެއްސީ އެއާ ޓްރެފިކް ކޮންޓްރޯލް (އޭޓީސީ)ގެ ހުއްދަ ލިބިގެން ކަމަށް ވެސް ބަޔާނުގައި ބުނެފައިވެއެވެ.

އެމްއެންޑީއެފްހެލިކޮޕްޓަރު

ކޮމެންޓް

އިތުރަށް ކިޔާލަން

ހޮނިހިރު ދުވަހުގެ ރޭ ތިނަދޫ އަށް ކުރި ވިއްސާރާ ގައި ފެންބޮޑުވެ ގެތަކަށް ގެއްލުން ލިބިއްޖެ

ހޮނިހިރު ދުވަހުގެ ރޭ ތިނަދޫ އަށް ކުރި ވިއްސާރާ ގައި ފެންބޮޑުވެ ގެތަކަށް ގެއްލުން ލިބިއްޖެ

07 ޑިސެމްބަރު 2025
ލ ގަމު އިންޖީނު ގޭގައި އަލިފާނުގެ ހާދިސާއެއް ހިނގައިފި

ލ ގަމު އިންޖީނު ގޭގައި އަލިފާނުގެ ހާދިސާއެއް ހިނގައިފި

03 ޑިސެމްބަރު 2025
ރައީސްގެ ސެކިއުރިޓީ އަށް ނެގި ކާރު އެކްސިޑެންޓުވުން: އެންގީ ސޯޝަލް މީޑިއާގައި ޖެހި ޕޯސްޓު ނަގަން، އަދިވެސް ޒިންމާ ނަގަން ދެކޮޅު!

ރައީސްގެ ސެކިއުރިޓީ އަށް ނެގި ކާރު އެކްސިޑެންޓުވުން: އެންގީ ސޯޝަލް މީޑިއާގައި ޖެހި ޕޯސްޓު ނަގަން، އަދިވެސް ޒިންމާ ނަގަން ދެކޮޅު!

30 ނޮވެމްބަރު 2025
ރައީސްގެ ސެކިއުރިޓީ އަށް ހުޅުދޫ އިން ކުއްޔަށް ނެގި ކާރަށް ލިބުނު ގެއްލުމަށް އެމްއެންޑީއެފް އިން ޒިންމާ އެއް ނުވި!

ރައީސްގެ ސެކިއުރިޓީ އަށް ހުޅުދޫ އިން ކުއްޔަށް ނެގި ކާރަށް ލިބުނު ގެއްލުމަށް އެމްއެންޑީއެފް އިން ޒިންމާ އެއް ނުވި!

29 ނޮވެމްބަރު 2025
އެމްއެންޑީއެފުން ކުރިއަށް ގެންދާ އެކްސަސައިޒް "ޖައްރާފާ" ފަށައިފި

އެމްއެންޑީއެފުން ކުރިއަށް ގެންދާ އެކްސަސައިޒް "ޖައްރާފާ" ފަށައިފި

23 ނޮވެމްބަރު 2025

އަހަރުތަކުން މިއަދު

4 ފެބުރުއަރީ
އެމްޑީޕީ އަކީ އެކަކު އަނެކެއްގެ ކިބައިން ހިތްވަރު ލިބިގެން ގައުމުގެ ހައްގުގައި ނުކުންނަ ހިތްވަރު ގަދަ ބަޔަކަށް ކިޔާ ނަމެކެވެ!
20251 އަހަރު ކުރިން
ރިޕޯޓު

އެމްޑީޕީ އަކީ އެކަކު އަނެކެއްގެ ކިބައިން ހިތްވަރު ލިބިގެން ގައުމުގެ ހައްގުގައި ނުކުންނަ ހިތްވަރު ގަދަ ބަޔަކަށް ކިޔާ ނަމެކެވެ!

ޝަރުތުހަމަނުވާ 59 އިންސައްތަ މީހުންނަށް ފްލެޓު ދީފައިވޭ: އޭސީސީ
20242 އަހަރު ކުރިން
ރާއްޖެ

ޝަރުތުހަމަނުވާ 59 އިންސައްތަ މީހުންނަށް ފްލެޓު ދީފައިވޭ: އޭސީސީ

ރޯމާ ދުވާލު މަސްތުވާތަކެތި އިންޖެކްޓްކުރުމުގައި!
20233 އަހަރު ކުރިން
ރިޕޯޓު

ރޯމާ ދުވާލު މަސްތުވާތަކެތި އިންޖެކްޓްކުރުމުގައި!

ރައީސް ޔާމީނަށް ރައްޔިތުންގެ ތާއީދު ނެތްކަން ހާމަވެއްޖެ: އެމްޓީޑީ
20224 އަހަރު ކުރިން
ރާއްޖެ

ރައީސް ޔާމީނަށް ރައްޔިތުންގެ ތާއީދު ނެތްކަން ހާމަވެއްޖެ: އެމްޓީޑީ

މަގޭ ރިޕޯޓް: މިވަރުވީމަ ދެން ބަނީ އިސްރާއިލް މީހުނަކާ ތަފާތެއް ކޮބާހެއްޔެވެ؟
20215 އަހަރު ކުރިން
ރިޕޯޓު

މަގޭ ރިޕޯޓް: މިވަރުވީމަ ދެން ބަނީ އިސްރާއިލް މީހުނަކާ ތަފާތެއް ކޮބާހެއްޔެވެ؟

މުނާސަބުކޮށް ހެދުން ތުރުކުރެއްވުމުގައި ރާއްޖޭގެ ފަސްޓްލޭޑީ ވަރަށް ޔުނީކް!
20197 އަހަރު ކުރިން
ރިޕޯޓު

މުނާސަބުކޮށް ހެދުން ތުރުކުރެއްވުމުގައި ރާއްޖޭގެ ފަސްޓްލޭޑީ ވަރަށް ޔުނީކް!

ރައީސުލްޖުމްހޫރިއްޔާގެ ނާއިބާއި ސަރުކާރުގެ ބައެއް ވެރިން ގެއްލިއްޖެ
20188 އަހަރު ކުރިން
ރިޕޯޓު

ރައީސުލްޖުމްހޫރިއްޔާގެ ނާއިބާއި ސަރުކާރުގެ ބައެއް ވެރިން ގެއްލިއްޖެ

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު