Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރާއްޖެހެލިކޮޕްޓަރުގެ މައްސަލަ

ޣައްސާންގެ ވާހަކަ އިންޑިއާ ސަރުކާރުން ދޮގުކުރުމާއެކު، އެކަން ހިނގިކަމަށް ބުނާ ލިޔުމެއް ލީކުކޮށްލައިފި

ލީކުވެފައިވާ ބަޔާނަކީ ސައްހައެއްޗެއް ކަމެއް ނުވަތަ ނޫންކަމެއް ކަށަވަރުކޮށްދީފައިނުވޭ

ޙުސައިން މަޚްތޫމް
ޙުސައިން މަޚްތޫމް | 15 މެއި 2024 | ބުދަ 11:26
އިންޑިއާއިން ދީފައިވާ ހެލިކޮޕްޓަރު

އިންޑިއާއިން ދީފައިވާ ހެލިކޮޕްޓަރު

ތިމަރަފުއްޓަށް ޖެއްސި ހެލިކޮޕްޓަރުގެ ދަތުރާއި ބެހޭ ލިޔުމެއް ލީކުކޮށްލައިފިއެވެ.

ލީކްކޮށްލާފައިވާ މި ލިޔުމަކީ އެމްްއެންޑީއެފުން ފޮނުވާފައިވާ މި ސިޓީއެކެވެ. މި ސިޓީގައި ވަނީ ތިމަރަފުއްޓަށް ހެލިކޮޕްޓަރެއް ހުއްދަ ނުހޯދައި 2019 ގައި ޖެއްސި ކަމަށް ބުނާ ވާހަކައެވެ. ކޯސްޓް ގާޑުގެ ކޮމަޑާންޓް ކާނަލް މުހައްމަދު ސަލީމްގެ ނަމުގައި ފޮނުވާފައިވާ މި ސިޓީ ފޮނުވާފައިވަނީ ލ. ކައްދޫގައި ހުންނަ އިންޑިއަން ނޭވަލް ކޮންޓިންޖެންޓްގެ ކޮމާންޑަރަށެވެ.

ލީކުވެފައިވާ މި ސިޓިގައި ބުނެފައިވަނީ 9 އޮކްޓޫބަރުގައި ހެލިކޮޕްޓަރު ތިމަރައްފުއްޓަށް ޖައްސާފައިވަނީ ހުއްދަ ނުހޯދާ ކަމަށެވެ. އަދި ހެލިކޮޕްޓަރު ޖެއްސިކަން ޔަގީންކޮށްދީފައިވަނީ ސީނިއަރ ޕައިލަޓް ލެފްޓިނެންޓް ކޮމާންޑަރު ވިނޯ އަދި އެއާޕޯޓުގެ އޮފިޝަލުން ކަމަށެވެ. އަދި މިފަދަ ކަމަކުން ގައުމީ ސަލާމަތާއި ގައުމުގެ ހަމަޖެހުމަށް އަސަރުކޮށްފާނެ ކަމަށް ބުނެފައިވެއެވެ.

އަދި މި ސަބަބުތަކަށްޓަކައި ކުރިއަށް އޮތްތަނުގައި އެފަދަ ކަންކަން ހިނގުން ހުއްޓުވުމަށް އެމްއެންޑީއެފް ކޯސްޓްގާޑުން އެދެނީ އައިއެންސީ އިން ފަސް ކަމަކާ އެއްގޮތަށް އަމަލުކުރުމަށް ވަނީ އަންގާފައެވެ. އެގޮތުން ދަތުރު ކުރުމުގެ ކުރިން ހުއްދަ ހޯދުމާއި، އެއަރޕޯޓްތަކަށް ނުޖެއްސުމާއި، އޮޕަރޭޝަންގެ 24 ގަޑި އިރު ކުރިން ޕްލޭންކޮށްފައިވާ ޝެޑިއުލެއް ދިނުން އަދި ބަދަލެއް އައިސްފިނަމަ އެކަން އެންގުމާއި، ދަތުރުތަކުގައި އެމްއެންޑީއެފްގެ އޮފިޝަލުން ގެންދިއުމާއި، ޖެއްސުމަށްފަހު ދަތުރުގެ މައުލޫމާތު ދިނުން ހިމެނެއެވެ.

މިފަދަ ލިޔުމެއް ލީކުކޮށްލާފައިވަނީ ރާއްޖޭގައި ތިބި އިންޑިއާ ސިފައިން، ދިވެހި ސިފައިންގެ ހުއްދަ ނެތި ތިމަރަފުއްޓަށް ހެލިކޮޕްޓަރުގައި ދަތުރުކުރި ކަމަށް ޑިފެންސް މިނިސްޓަރު ޣައްސާން މައުމޫން ދެއްކެވި ވާހަކަ އިންޑިއާ ސަރުކާރުން ދޮގުކުރުމާއި ގުޅިގެންނެވެ.

ރާއްޖޭގައި ތިބި ހުރިހާ އިންޑިއާ ސިފައިން ފޮނުވާލިކަން ހާމަކޮށް އެކަމުގެ ތަފްސީލުދިނުމަށް ރައީސް އޮފީހުގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ޑިފެންސް މިނިސްޓަރު ޣައްސާން ވިދާޅުވީ ދިވެހިންގެ ހުއްދަނެތި ހެލިކޮޕްޓަރެއް އޮތީ އެއިރު ދުއްވާފައި ކަމަށެވެ. އަދި އެއީ ތިމަރަފުއްޓަށް ހެލިކޮޕްޓަރު ލޭންޑްކުރި އިންސިޑެންޓެއް ކަމަށް ޣައްސާން ވިދާޅުވިއެވެ.

މި ވާހަކަތަކާއި ގުޅިގެން އިންޑިއާ ހައިކޮމިޝަނުން ބުނެފައިވަނީ އެއީ 2019 ވަނަ އަހަރުގެ އޮކްޓޯބަރު 9 ދުވަހު ކުރި ދަތުރެއް ކަމަށެވެ. އަދި ވައިގެ ޕްލެޓްފޯމްތައް އަބަދު ވެސް ބޭނުންކުރީ އެއްބަަސްވެފައިވާ ގޮތަށް ދިވެހި ސިފައިންގެ ބެލުމުގެ ދަށުން ހުއްދަ ލިބިގެން ކަމަށާއި، އޮކްޓޯބަރު 9 ވަނަ ދުވަހުގެ ދަތުރަކީ ވެސް އެމްއެންޑީއެފްގެ ހުއްދައާ އެކު ކުރި ދަތުރެއް ކަމަށް ބުނެފައިވެއެވެ.

މީގެ އިތުރުން އެ ދުވަހު އެމަޖެންސީގައި ތިމަރަފުށީ އެއާޕޯޓަށް ޖެއްސީ ވެސް ހުއްދަތަކާއެކު ކަމަށް ބަޔާނުގައިވެއެވެ. އެއީ ކުއްލި ހާލަތެއްގެ ސަބަބުން ބޯޓާއި ބޯޓުގެ ކްރޫގެ ސަލާމަތަށް ވިސްނައި ނެގި ފިޔަވަޅެއް ކަމަށް ވެސް ހައިކޮމިޝަނުން ނެރުނު ބަޔާނުގައި ބުނެފައިވެއެވެ. އަދި ތިމަރަފުއްޓަށް ހެލިކޮޕްޓަރު ޖެއްސީ އެއާ ޓްރެފިކް ކޮންޓްރޯލް (އޭޓީސީ)ގެ ހުއްދަ ލިބިގެން ކަމަށް ވެސް ބަޔާނުގައި ބުނެފައިވެއެވެ.

ލީކުވެފައިވާ ލިޔުމާއި ގުޅިގެން އެއީ ސައްހަ އެއްޗެއްތޯ ނުވަތަ ނޫންތޯ ސުވާލުކުރުމުން އެމްއެންޑީއެފުން ބުނީ އެކަމާއި ގުޅިގެން މައުލޫމާތު ސާފުކޮށްފައި ހާމަކުރާނެ ކަަމަށެވެ. ނަމަވެސް ބައެއް ނޫސްތަކުގައި މި ލިޔުން ސައްހަ ނޫންކަމަށް ބުނެފައިވެއެވެ.

މިނިސްޓަރ އޮފް ޑިފެންސް މުޙައްމަދު ޣައްސާން މައުމޫންއިންޑިއާ

އިތުރަށް ކިޔާލަން

15 ޑިސެމްބަރު 2025

ރާހުލް ގާންދީއާ ބައްދަލުކޮށް، މެސީ ހަދިޔާ ކުރީ އާޖެންޓީނާގެ 10 ނަންބަރު ޖާޒީއެއް

15 ޑިސެމްބަރު 2025
ރާހުލް ގާންދީއާ ބައްދަލުކޮށް، މެސީ ހަދިޔާ ކުރީ އާޖެންޓީނާގެ 10 ނަންބަރު ޖާޒީއެއް
14 ޑިސެމްބަރު 2025

މެސީގެ އިންޑިއާ ދަތުރު، ދަނޑުގައި ހިނގި ހަމަ ނުޖެހުން ތަކަށް ޗީފް މިނިސްޓަރު މަމަތާ ބެނާޖީ މައާފަށް އެދިވަޑައިގެންފި

14 ޑިސެމްބަރު 2025
މެސީގެ އިންޑިއާ ދަތުރު، ދަނޑުގައި ހިނގި ހަމަ ނުޖެހުން ތަކަށް ޗީފް މިނިސްޓަރު މަމަތާ ބެނާޖީ މައާފަށް އެދިވަޑައިގެންފި
13 ޑިސެމްބަރު 2025

މެސީ އިންޑިއާ އަށް، އެތައް ސަތޭކަ ބަޔަކު މަރުޙަބާ ކިޔަން ނިކުތް

13 ޑިސެމްބަރު 2025
މެސީ އިންޑިއާ އަށް، އެތައް ސަތޭކަ ބަޔަކު މަރުޙަބާ ކިޔަން ނިކުތް
11 ޑިސެމްބަރު 2025

އަޚްލާގީ ޕްރޮގްރާމު ފުރިހަމަ ކުރަންދެން ދަރިވަރު ސަސްޕެންޑް ކޮށްފި

11 ޑިސެމްބަރު 2025
އަޚްލާގީ ޕްރޮގްރާމު ފުރިހަމަ ކުރަންދެން ދަރިވަރު ސަސްޕެންޑް ކޮށްފި
02 ޑިސެމްބަރު 2025

ސްރީލަންކާ އަށް އެހީ ފޯރުކޮށްދިނުމަށް އިންޑިއާ އިން ހުރަސް އެޅި ކަމަށް ޕާކިސްތާނުން ބުނެފި

02 ޑިސެމްބަރު 2025
ސްރީލަންކާ އަށް އެހީ ފޯރުކޮށްދިނުމަށް އިންޑިއާ އިން ހުރަސް އެޅި ކަމަށް ޕާކިސްތާނުން ބުނެފި
17 ނޮވެމްބަރު 2025

ބަންގްލަދޭޝްގެ ކުރީގެ ބޮޑުވަޒީރު ޝައިޚް ހަސީނާ މަރަން ހުކުމް ކޮށްފި

17 ނޮވެމްބަރު 2025
ބަންގްލަދޭޝްގެ ކުރީގެ ބޮޑުވަޒީރު ޝައިޚް ހަސީނާ މަރަން ހުކުމް ކޮށްފި
17 ނޮވެމްބަރު 2025

އިންޑިޔާ ގައި މާބަނޑު މީހުންގެ ހޮސްޕިޓަލެއްގެ ސީސީޓީވީ ހެކްކޮށްގެން ވަގަށް ނެގި ގިނަ އަދަދެއްގެ ވީޑިއޯތަކެއް ޓެލެގްރާމްގައި ވިއްކައިފި

17 ނޮވެމްބަރު 2025
އިންޑިޔާ ގައި މާބަނޑު މީހުންގެ ހޮސްޕިޓަލެއްގެ ސީސީޓީވީ ހެކްކޮށްގެން ވަގަށް ނެގި ގިނަ އަދަދެއްގެ ވީޑިއޯތަކެއް ޓެލެގްރާމްގައި ވިއްކައިފި
15 ނޮވެމްބަރު 2025

އިންޑިއާގެ ކަޝްމީރުގެ ޕޮލިސް ސްޓޭޝަނެއްގައި އެއްޗެއް ގޮވައި 7 މީހަކު މަރުވެ، 27 މީހަކު ޒަހަމްވެއްޖެ

15 ނޮވެމްބަރު 2025
އިންޑިއާގެ ކަޝްމީރުގެ ޕޮލިސް ސްޓޭޝަނެއްގައި އެއްޗެއް ގޮވައި 7 މީހަކު މަރުވެ، 27 މީހަކު ޒަހަމްވެއްޖެ
11 ނޮވެމްބަރު 2025

އިންޑިއާގެ ރެޑް ފޯޓް ގައި ގޮއްވާލި ކާރުގެ ވެރިމީހާ ހައްޔަރު ކޮށްފި

11 ނޮވެމްބަރު 2025
އިންޑިއާގެ ރެޑް ފޯޓް ގައި ގޮއްވާލި ކާރުގެ ވެރިމީހާ ހައްޔަރު ކޮށްފި
10 ނޮވެމްބަރު 2025

ދިއްލީގެ މަޝްހޫރު ރެޑް ފޯޓް ކައިރީގައި ކާރެއް ގޮއްވާލުމުން އެތައް ބަޔަކު މަރުވެ، ގިނަ ބަޔަކު ޒަޚަމް ވެއްޖެ

10 ނޮވެމްބަރު 2025
ދިއްލީގެ މަޝްހޫރު ރެޑް ފޯޓް ކައިރީގައި ކާރެއް ގޮއްވާލުމުން އެތައް ބަޔަކު މަރުވެ، ގިނަ ބަޔަކު ޒަޚަމް ވެއްޖެ
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު