Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރިޕޯޓު
ދިއްދޫ އަށް ކުރި ވިއްސާރަ

އައީ ފޯނުކޯލެއް: ލިބުނީ މުޅި ދިރިއުޅުން ފަހަތަށް ސޮއްސައިލި ޚަބަރު!

14 ވަނަ ދުވަހުގެ ރޭ ކުރި ވިއްސާރައިގައި މުޅި ޖުމުލަ 12 ގެއަށް ގެއްލުންވެފައިވޭ

ނަޒާހަތު އިބްރާހިމް ރަޝީދު
ނަޒާހަތު އިބްރާހިމް ރަޝީދު, ރާއްޖެ އެމްވީ | 15 މެއި 2024 | ބުދަ 13:58
ދިއްދޫ އަށް ކުރި ވިއްސާރައިގައި ގެއްލުން ލިބުނު ބައެއް ގޭގެ

ދިއްދޫ އަށް ކުރި ވިއްސާރައިގައި ގެއްލުން ލިބުނު ބައެއް ގޭގެ

ނޯޓް: މި ރިޕޯޓްގައި ބޭނުންކޮށްފައިވާ އާއްމުންގެ ނަންތަކަކީ އަސްލު ނަންތަކެއް ނޫނެވެ. އެ މީހުންގެ ނަން ބަދަލުކޮށްފައި ވަނީ ހާދިސާގައި ގެއްލުން ލިބުނު މީހުންނަކީ ކޮބައިކަން އެނގެން އެ މީހުން ނޭދޭތީ ޝަހުސު ރައްކާތެރިކޮށްދިނުމުގެ ގޮތުންނެވެ.

14 ވަނަ ދުވަހުގެ ރޭގެ ދަންވަރުގެ ވަގުތު ދިއްދޫ އަށް އުފަން ހަސަން އަރީފް (އަސްލު ނަމެއް ނޫން) އަށް އައީ ފޯނުކޯލެކެވެ. އެ ފޯނު ކޯލާ އެކު އޭނާ އަށް ލިބުނީ ކުއްލި ސިހުމެކެވެ. އެ ފޯނު ކޯލު އައި އިރު އޭނާ ހުރީ ދިއްދޫ ކައިރީގައި އޮތް ފަޅު ރަށެއްގައެވެ. ފަޅު ރަށް ދޫކޮށް ވީ އެންމެ އަވަހަށް ރަށާއި ދިމާއަށް ދިއުމަށް އޭނާ އަށް މަޖުބޫރުކުރުވިއެވެ.

އަރީފް "ރާއްޖެ އެމްވީ" އާއި ހިއްސާކުރަމުން އެ ދިޔަ ވާހަކަތަކަކީ 14 ވަނަ ދުވަހު ދިއްދޫ އަށް ކުރި ވިއްސާރައިގައި އޭނާގެ އަނބިމީހާ އާއި ދަރިންނަށް ކުރިމަތިވި ހާލަތުގެ ވާހަކައެވެ. އޭނާ ކިޔާދިން ގޮތުން ބޯކޮށް ވާރޭ ވެހި ވައިގަދަވުމުގެ ސަބަބުން ގޭގެ ފުރާޅު އެއްކޮށް އެއްލާލިކަން އެނގުނީ އޭނާ އަށް ގުޅި ފުލުހެއްގެ ފަރާތުންނެވެ. ގަދަ އަޑުފަށްގަނޑެއް އިވުނުކަން އަނބިމީހާގެ ފަރާތުން އެނގުނު ނަމަވެސް އޭރު ވެގެން އުޅޭ ކަމުގެ ބޮޑުކަން ތަސައްވުރެއް ނުކުރެވެއެވެ.

ވިއްސާރައާއެކު ވައިގަދަވެ އަރީފްގެ މުޅި ދިރިއުޅުން އެތައް ދުވަހެއް ފަހަތަށް ޖައްސާލައިފިއެވެ. އެތައް ދުވަހެއްގެ ބުރަ މަސައްކަތުުން އާރާސްތުކުރި ދިރިއުޅުން ކުޑަ ވަގުތުކޮޅެއްގެ ތެރޭގައި ފަހަތަށް ސޮއްސާލީއެވެ. މިހާދިސާގައި އޭނާގެ ގޭގެ ފުރާޅު އެއްކޮށް ވަނީ އެއްލާލާފައެވެ. އަދި ގޭގައި ހުރި ފަރުނީޗަރުތަކަށް ވެސް ބޮޑެތި ގެއްލުންތަކެއް ވަނީ ވެފައެވެ. ދެ ކޮޓަރީގެ ބެޑްރޫމްސެޓާއި އަލަމާރިއަށް ފެންވަދެ ބޭނުން ނުކުރެވޭ ވަރަށް ވަނީ ހަލާކުވެފައެވެ. ސަތަރި އަޅައިގެން ކޮންމެވެސް ވަރަކަށް ފަރުނީޗަރުތައް ސަލާމަތްކުރެވޭވަރުވި ނަމަވެސް ބައެއް އެއްޗެހި ވަނީ ބޭނުން ނުކުރެވޭ ވަރަށް ހަލާކުވެފައެވެ. ސީލިގުން ބޮޑު ބައެއް ހަލާކުވެ އެކަމުގެ ސަބަބުން ގެއަށް ބޮޑެތި ގެއްލުންތަކެއް ވަނީ ލިބިފައެވެ.

އަރީފަށް އެންމެ ބޮޑު ސިހުމަކަށްވީ، ހާދިސާ ހިނގި ވަގުތު އޭނާގެ މުޅި އާއިލާ ގޭތެރޭގައި ތިބުމެވެ. މި ހާދިސާގައި ފުރާޅު އެއްލާލާ، އޭސީ އާއި ފަންކާ އަށް ފެން އެޅި ކަރަންޓު މައްސަލަ ޖެހެން މެދުވެރިވާން ނެގީ ކުޑަ ވަގުތުކޮޅެކެވެ. އިރާދަކުރެއްވީތީ ރަށުގެ އާއްމުންނާއި ކަމާއި ބެހޭ ފަރާތްތަކުގެ އެހީ އާއެކު އޭނާގެ އާއިލާ ވަރަށް އަވަހަށް ގެއިން ނެރެ، ސަލާމަތްތެރި ހިސާބަކަށް ގެންދެވުނެވެ. އެހެންނަމަވެސް މި ހާދިސާގެ ޚަބަރު އިވުނު ވަގުތަކީ އޭނާގެ އާއިލާއާ މެދު ވިސްނާ، ނޭވާ ހިފަހައްޓާލަން ޖެހުނު ވަގުތެއްކަން އޭނާގެ ވާހަކައިން އެނގެއެވެ. އެއްވެސް މީހަކަށް ހާދިސާގައި ގެއްލުންވެފައި ނުވާކަމީ އޭނާ އަށް ލިބޭ ވަރަށް ބޮޑު ހިތްހަމަޖެހުމެކެވެ. އެހެންނަމަވެސް ބޯ ވިއްސާރައިގެ ކެރިގަނޑު ބަނަކޮށްލީ ހީވެސް ނުކުރާ ފަދަ ހިތާމަވެރި ގޮތަަކަށެވެ.

އެތައް ދުވަހެއްގެ ބުރަ މަސައްކަތުން ދިއުޅޭ ގެ، ގެވަންތަ ހިތްގައިމު ތަނަކަށް ހެދި ނަމަވެސް ވިއްސާރައިގައި އޭނާގެ ގެ ހަފުސްކޮށްލައިފިއެވެ. ކަރަންޓު ޖެހެނީ އަލުން ލާށެވެ. ގޭތެރެއަށް ބޭނުންވާ ސާމާނުގެ ތެރޭގައި އަލުން ހޯދަން ޖެހޭ އެއްޗެހި އެހާ ގިނައެވެ. މިވަގުތު ޓިނު ގެނެސް، ގޭތެރެ ހިޔާކުރުމަށް ވަގުތީ ގޮތުން ހައްލެއް ގެނައި ނަމަވެސް އޭނާގެ ދިރިއުޅުން އަލުން ނަގާ ކުރިން ހުރި ހިސާބަށް ގެންދަން އެތައް ދުވަހެއް ނަގާނެއެވެ.

އަރީފްއާ އެއްފަދަ އަކުން ހައްވާ ފިރާޝާ (އަސްލު ނަމެއް ނޫން) ގެ ފްލެޓަށް ވެސް ވަނީ ބޮޑެތި ގެއްލުންތަކެއް ވެފައެވެ. އޭނާގެ ގޭގެ ފުރާޅުވެސް ވަނީ އެއްކޮށް އެއްލާލާފައެވެ. ނަސީބު ރަނގަޅުކަމުން ހާދިސާ ހިނގި ވަގުތު އެ ފްލެޓްގައި އެއްވެސް މީހެއް ނެތެވެ. އެއީ ފްލެޓްގެ އާބާތުރަ ފިލުވުމަށްޓަކައި އެތަން ހުސްކޮށްފައިވާތީއެވެ. އެ ގޭގެ ފުރާޅު އެއްލާލުމުގެ އިތުރުން ސީލިންގު ވެސް ވަނީ އެއްކޮށް ފޫގޮސްފައެވެ. އަދި ވާރޭ ވެހުމުގެ ސަބަބުން ވަނީ ކަރަންޓު މައްސަލަ ޖެހި މުޅިން އަލުން އެ މަސައްކަތް ކުރަން މަޖުބޫރު ވެފައެވެ.

ދިއްދޫ ކައުންސިލުން ރާއްޖެ އެމްވީ އަށް މައުލޫމާތު ދެމުން ބުނީ 14 ވަނަ ދުވަހުގެރޭ ކުރި ވިއްސާރައިގައި މުޅި އެކު 12 ގެއަކަށް ގެއްލުންވެފައިވާ ކަމަށެވެ. އަދި ބޮޑެތި ގެއްލުން ލިބުނީ 4 ގެއަކަަށް ކަމަށެވެ. އެ ގެތަކަށް ލުބުނު ގެއްލުމުގެ މައުލޫމާތު އެއްކޮށް އިދާރާތަކާއި ހިއްސާކުރުމުގެ މަސައްކަތް އަދިވެސް ދަނީ ކުރަމުންނެވެ. ފިރާޝާ އަދި އަރީފްގެ ގެއަށް ލިބުނު ގެއްލުމަށް އެކަނި ބަލާލިއަސް ލިބުނު ގެއްލުމުގެ އަދަދު 3 ލައްކަ ރުފިޔާއާ ގާތްކުރެއެވެ.

ހއ.ދިއްދޫރާއްޖެއަށް މިހާރު ކުރަމުންދާ ވިއްސާރަ

ކޮމެންޓް

Like & Win

Giveaway
Powered by: Radient Heat Waters
Kent Grand Plus

Kent Grand Plus

Tap

އިތުރަށް ކިޔާލަން

ޝާހިދުގެ ޗެލެންޖެއް ރައީސް މުއިއްޒުއަށް: 2026 ގައި ކައުންސިލް އިންތިހާބުގެ ކުރިން ދިއްދޫގައި އެއަރޕޯޓް އަޅައިގެން ވަޑައިނުގެންނެވޭނެ

ޝާހިދުގެ ޗެލެންޖެއް ރައީސް މުއިއްޒުއަށް: 2026 ގައި ކައުންސިލް އިންތިހާބުގެ ކުރިން ދިއްދޫގައި އެއަރޕޯޓް އަޅައިގެން ވަޑައިނުގެންނެވޭނެ

30 ޖެނުއަރީ 2025
ޚިޔާލު ފާޅުކުރުމުގެ ހައްގު ރައްޔިތުންނަށް ދޭން ނުކެރޭ ވެރިޔަކު މަޤާމުގައި ދެމިހުރުމުގެ ހައިސިއްޔަތެއް ނެތް: ފައްޔާޒް

ޚިޔާލު ފާޅުކުރުމުގެ ހައްގު ރައްޔިތުންނަށް ދޭން ނުކެރޭ ވެރިޔަކު މަޤާމުގައި ދެމިހުރުމުގެ ހައިސިއްޔަތެއް ނެތް: ފައްޔާޒް

28 ޖެނުއަރީ 2025
ދިއްދޫ ގައި ދަމާފައިވާ 'ބަހުލޫލު' ޖަހާފައިވާ ބެނަރ ނަގަން ފުލުހުން އަންގައިފި

ދިއްދޫ ގައި ދަމާފައިވާ 'ބަހުލޫލު' ޖަހާފައިވާ ބެނަރ ނަގަން ފުލުހުން އަންގައިފި

27 ޖެނުއަރީ 2025
އާގުބޯޓު ފަހަރު ޚިދުމަތް ހޯދަން އަންނަ މަންޒަރު ބައްލަވާލައްވަން މުއިއްޒު ތިލަދުންމައްޗަށް! ބަންކަރިންގ އަށް ގެނައި އުޅަނދުފަހަރު ތިލަފުށީ ފަޅުގައި އޮވެ ދަބަރަށް ވަނީ!

އާގުބޯޓު ފަހަރު ޚިދުމަތް ހޯދަން އަންނަ މަންޒަރު ބައްލަވާލައްވަން މުއިއްޒު ތިލަދުންމައްޗަށް! ބަންކަރިންގ އަށް ގެނައި އުޅަނދުފަހަރު ތިލަފުށީ ފަޅުގައި އޮވެ ދަބަރަށް ވަނީ!

27 ޖެނުއަރީ 2025
 މުއިއްޒު ހއ. ދިއްދޫ އަށް ވަޑައިގަންނަވާއިރު އިދިކޮޅު ސިޔާސީ ހަރަކާތްތައް ހިންގާ ފަރާތްތަކަށް ފުލުހުން މެދުވެރިކޮށް ބިރު ދައްކަނީ

މުއިއްޒު ހއ. ދިއްދޫ އަށް ވަޑައިގަންނަވާއިރު އިދިކޮޅު ސިޔާސީ ހަރަކާތްތައް ހިންގާ ފަރާތްތަކަށް ފުލުހުން މެދުވެރިކޮށް ބިރު ދައްކަނީ

27 ޖެނުއަރީ 2025

އަހަރުތަކުން މިއަދު

9 މާރިޗު
ކްރީމީ މެންގޯ ކޮކްޓެއިލް
20251 އަހަރު ކުރިން
ލައިފް ސްޓައިލް

ކްރީމީ މެންގޯ ކޮކްޓެއިލް

ރޯދަމަސް ފެށެން އެއްދުވަސް، ފެނަކަ ކުންފުނީގައި 8 އަހަރު އުޅުނު މުވައްޒަފަކު ކަނޑާލައިފި
20242 އަހަރު ކުރިން
ރާއްޖެ

ރޯދަމަސް ފެށެން އެއްދުވަސް، ފެނަކަ ކުންފުނީގައި 8 އަހަރު އުޅުނު މުވައްޒަފަކު ކަނޑާލައިފި

ޔުނައިޓެޑް މާމޮޅު، ދެ ވަނަ ގޯލާއެކު މެޗު ނިމިއްޖެ: ޕެލެގްރީނީ
20233 އަހަރު ކުރިން
ކުޅިވަރު

ޔުނައިޓެޑް މާމޮޅު، ދެ ވަނަ ގޯލާއެކު މެޗު ނިމިއްޖެ: ޕެލެގްރީނީ

ރަށް ދެކެ ލޯބިވާ ޑޮކްޓަރު
20224 އަހަރު ކުރިން
މީހުން

ރަށް ދެކެ ލޯބިވާ ޑޮކްޓަރު

ކުރީގެ ރައީސް މައުމޫނު އިދިކޮޅާ ގުޅެން ނިންމެވިކަމުގެ އަޑުތަކެއް!
20215 އަހަރު ކުރިން
ރާއްޖެ

ކުރީގެ ރައީސް މައުމޫނު އިދިކޮޅާ ގުޅެން ނިންމެވިކަމުގެ އަޑުތަކެއް!

ސަރުކާރު ކޯލިޝަން އެބަ އޮތް، އެކަމަކު ތާއިދު ކުރަނީ ޕީޕީއެމް/ޕީއެންސީއަށް: ގާސިމް
20197 އަހަރު ކުރިން
ރާއްޖެ

ސަރުކާރު ކޯލިޝަން އެބަ އޮތް، އެކަމަކު ތާއިދު ކުރަނީ ޕީޕީއެމް/ޕީއެންސީއަށް: ގާސިމް

ޖެނަރަލް ޝިޔާމްގެ ގެކޮޅުގެ އޭސީ ހަދަން ދެކޮޅު ހެދި ދެ އޮފިސަރަކަށް ފިޔަވަޅު އަޅައިފި
20188 އަހަރު ކުރިން
ރާއްޖެ

ޖެނަރަލް ޝިޔާމްގެ ގެކޮޅުގެ އޭސީ ހަދަން ދެކޮޅު ހެދި ދެ އޮފިސަރަކަށް ފިޔަވަޅު އަޅައިފި

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު