Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - worldAdvertisement
ދުނިޔެފަލަސްތީން އިސްރާޢީލް ހަނގުރާމަ

ގާޒާގެ ކުވޭތީ ހޮސްޕިޓަލް ހުސްކުރަން އިޒްރޭލް ސިފައިން އަންގައިފި

މި އަމުރާއެކު މަދު ގަޑީއިރެއްގެ ތެރޭގައި ގާޒާގެ ސިއްހީ ނިޒާމް މުޅިން ހުއްޓުމަކަށް އަންނާނެ ކަމަށް ގާޒާގެ ހެލްތު މިނިސްޓްރީން ވަނީ ބުނެފައި

ރާއްޖެ އެމްވީ | 13 މެއި 2024 | ހޯމަ 16:30
ރަފާގައި ހުންނަ ކުވައިތު ހޮސްޕިޓަލް

ރަފާގައި ހުންނަ ކުވައިތު ހޮސްޕިޓަލް

ގާޒާގެ ކުވޭތީ ހޮސްޕިޓަލުގައި މަސައްކަތް ކުރާ އޮފިޝަލުންނަށް އެތަން ދޫކޮށް ދިއުމަށް އިޒްރޭލް ސިފައިން އަންގައިފި ކަމަށް ގާޒާގެ ހެލްތް މިނިސްޓްރީން ބުނެފިއެވެ.

އިޒްރޭލްގެ ހަރުކަށި މި އަމުރާއެކު ގާޒާގެ ހެލްތް މިނިސްޓްރީން ބުނެފައިވަނީ، މަދު ގަޑީއިރެއްގެ ތެރޭގައި ގާޒާގެ ސިއްހީ ނިޒާމް މުޅިން ހުއްޓުމަކަށް އަންނާނެ ކަމަށެވެ.

ގާޒާގެ މަސްރަހު ހޫނުވަމުންދާއިރު، އުތުރު ގާޒާގެ ޖަބާލިއާ ސަރަހައްދުގައި ގަދަޔަށް ހަނގުރާމަ ދަނީ ހިނގަމުންނެވެ. ވައިގެ މަގުންނާއި އެއްގަމު މަގުން އެ ސަރަހައްދަށް އިޒްރޭލް ސިފައިން ގެންދަނީ ހަމަލާތައް ދެމުންނެވެ.

ހަނގުރާމަ ހޫނުވަމުން ދިއުމާއެކު ފުރާނަ ސަލާމަތް ކުރަން ރަފާ ސިޓީ ދޫކޮށް ދާ މީހުންގެ އަދަދު ދަނީ އިތުރުވަމުންނެވެ. އދ އިން ބުނެފައިވަނީ 360،000ށް ވުރެ ގިނަ މީހުން ރަފާ ދޫކޮށް މިހާތަނަށް ހިނގައްޖެ ކަމުގައެވެ. އިޒްރޭލުން ގެންދަނީ ރަފާ ސިޓީގެ އިތުރުން ގާޒާގެ އުތުރު ސަރަހައްދުތަކަށް ވެސް ހަމަލާތައް ދެމުންނެވެ.

އަނެއްކޮޅުން، ދެކުނު އެފްރިކާއިން އިންޓަރނޭޝަނަލް ކޯޓު އޮފް ޖަސްޓިސްއަށް އިޒްރޭލްގެ ބޮޑުވަޒީރާއި އަސްކަރިއްޔާގެ ވެރިން ގާޒަގައި ހިންގާފައިވާ އިންސާނިއްޔަތާ ޚިލާފް ޖަރީމާތައް ތަހުގީގް ކުރުމަށް ހުށަހަޅާފައިވާ މައްސަލައަށް މިސްރުން ރަސްމީކޮށް ތަދައްހުލް ވާނެ ކަމަށް އެ ގައުމުން ވަނީ ބުނެފައެވެ.

ހުސްވި އަހަރުގެ އޮކްޓޯބަރ މަހުގެ 7 ވަނަ ދުވަހުން ފެށިގެން އިޒްރޭލުން ގާޒާ އަށް ދެމުން ގެންދާ ހަމަލާ ތަކުގައި މިހާތަނަށް 35،091 މީހުން މަރުވެފައިވެއެވެ. 78،827 މީހުން ޒަޚަމްވެފައިވެއެވެ.

ފަލަސްތީން - އިސްރާއީލް ހަމަނުޖެހުންޣައްޒާރަފާ ސިޓީކުވޭތީ ހޮސްޕިޓަލް

އިތުރަށް ކިޔާލަން

25 ޑިސެމްބަރު 2025

ހަނގުރާމަ ހުއްޓާލުމުގެ އެއްބަސްވުމާ ޚިލާފުވެ އިޒްރޭލުން ޣައްޒާ އަށް ހަމަލާ ދީިފި

25 ޑިސެމްބަރު 2025
ހަނގުރާމަ ހުއްޓާލުމުގެ އެއްބަސްވުމާ ޚިލާފުވެ އިޒްރޭލުން ޣައްޒާ އަށް ހަމަލާ ދީިފި
25 ޑިސެމްބަރު 2025

ބޭރުގެ ބާރެއްގެ އަތްމައްޗަށް ހަމާސް އިން ހަތިޔާރު ދޫކޮށް ނުލާނެ: އުސާމާ ހަމްދާން

25 ޑިސެމްބަރު 2025
ބޭރުގެ ބާރެއްގެ އަތްމައްޗަށް ހަމާސް އިން ހަތިޔާރު ދޫކޮށް ނުލާނެ: އުސާމާ ހަމްދާން
21 ޑިސެމްބަރު 2025

ޣައްޒާ ގެ ސުލްހައިގެ އެއްބަސްވުމުގެ ފުރަތަމަ ފިޔަވަހި ކާމިޔާބު ކަމަށް އެމެރިކާ އިން ބުނި ނަމަވެސް އިޒްރޭލުން ހިންގާ ޖަރީމާތަކަށް ހުއްޓުމެއް ނެތް

21 ޑިސެމްބަރު 2025
ޣައްޒާ ގެ ސުލްހައިގެ އެއްބަސްވުމުގެ ފުރަތަމަ ފިޔަވަހި ކާމިޔާބު ކަމަށް އެމެރިކާ އިން ބުނި ނަމަވެސް އިޒްރޭލުން ހިންގާ ޖަރީމާތަކަށް ހުއްޓުމެއް ނެތް
20 ޑިސެމްބަރު 2025

އިޒްރޭލުން ޣައްޒާ ގެ ސްކޫލް އިމާރާތަކަށް ހަމަލާދީ ފަލަސްތީނުގެ ހަތް މީހުން ޝަހީދު ކޮށްލައިފި

20 ޑިސެމްބަރު 2025
އިޒްރޭލުން ޣައްޒާ ގެ ސްކޫލް އިމާރާތަކަށް ހަމަލާދީ ފަލަސްތީނުގެ ހަތް މީހުން ޝަހީދު ކޮށްލައިފި
08 ޑިސެމްބަރު 2025

އިސްލާޙު ބޭނުން ވަނީ އިސްރާއީލްގެ ސަރުކާރަށް، ފަލަސްޠީނަކަށް ނޫން: ސައުދީގެ އިސް ޑިޕްލޮމަޓް މަނާލް

08 ޑިސެމްބަރު 2025
އިސްލާޙު ބޭނުން ވަނީ އިސްރާއީލްގެ ސަރުކާރަށް، ފަލަސްޠީނަކަށް ނޫން: ސައުދީގެ އިސް ޑިޕްލޮމަޓް މަނާލް
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު