Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެ
އިންޑިއާގެ ރާޑަރު ސިސްޓަމް

ކުރިން ކަމުނުދިޔަ އިންޑިއާ ރާޑަރު ސިސްޓަމާއި ގުޅޭގޮތުން މިނިސްޓަރު ސާފު ޖަވާބެއް ނުދެއްވި

ރާއްޖޭގެ ސަރަހައްދު ބަލަހައްޓަން އެކި ވަސީލަތްތައް ބޭނުންކުރޭ

އަމްނާ އިމާދު
އަމްނާ އިމާދު, ރާއްޖެ އެމްވީ | 13 މެއި 2024 | ހޯމަ 08:28
ނޫސްވެރިންގެ ބައްދަލުވުމުގައި ޑިފެންސް މިނިސްޓަރު މުހައްމަދު ޣައްސާން މައުމޫން ވާހަކަދައްކަވަނީ

ނޫސްވެރިންގެ ބައްދަލުވުމުގައި ޑިފެންސް މިނިސްޓަރު މުހައްމަދު ޣައްސާން މައުމޫން ވާހަކަދައްކަވަނީ

ކުރިން ކަމުނުދިޔަ އިންޑިއާ ރާޑަރު ސިސްޓަމާއި ގުޅޭގޮތުން ޑިފެންސް މިނިސްޓަރު މުހައްމަދު ޣައްސާން މައުމޫން ސީދާ ޖަވާބެއް ނުދެއްވައި، ދިފާއު ކުރައްވައިފިއެވެ.

މިދިޔަ ހޮނިހިރު ދުވަހު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ނޫސްވެރިއަކު ވަނީ ރާއްޖޭގައި އިންޑިއާ ސިފައިންނާއި ގުޅިގެން ބަހައްޓާފައި ހުރި ރާޑަރުތަކާއި ގުޅޭގޮތުން ސުވާލުކޮށްފައެވެ. ނޫސްވެރިޔާ ބުނެފައިވަނީ ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ވެރިކަމުގައި 10ށް ވުރެ ގިނަ ރާޑަރު ސިސްޓަމްތައް ރާއްޖޭގެ އެކި ހިސާބުތަކުގައި ބަހައްޓާފައިވާ ކަމަށާއި، އެ ރާޑާ ސިސްޓަމްތަކުން އިންޑިއާ އަސްކަރިއްޔާއަށް ޑައިރެކްޓް އިންފޮމޭޝަން ލިބެމުންދިޔަކަން ޔާމީންގެ ސަރުކާރުގައި އަޅުއްވާފައިވާ ފިޔަވަޅުތަކުން އެނގެން އެބަހުރި ކަމަށެވެ. އޭރު އެގޮތަށް މީޑީއާތަކުގައި ރިޕޯޓުކޮށްފައިވާކަން ނޫސްވެރިޔާ ފާހަގަކުރިއެވެ. އަދި މިހާރު އެ ރާޑަރުތައް ޝަޓްޑައުންކޮށްފައިވޭތޯ ނުވަތަ ނުވޭތޯ ނޫސްވެރިޔާ ސުވާލުކޮށްފައިވެއެވެ.

Advertisement - newsAdvertisement

މިސުވާލަށް ޖަވާބު ދެއްވަމުން ޑިފެންސް މިނިސްޓަރު މުހައްމަދު ޣައްސާން މައުމޫން ވިދާޅުވީ ރާއްޖޭގެ ސަރަހައްދު ބަލަހައްޓަން އެކި ވަސީލަތްތައް ބޭނުންކުރާ ކަމަށެވެ. އެކި މަރުހަލާތަކުގައި ކުރާ މިމަސައްކަތުގައި ރާޑަރުތަކާއި، ސެޓްލައިޓް އިމޭޖިން އަދި ޔޫއޭވީސް ބޭނުންކުރަމުންދާ ކަމަށް މިނިސްޓަރު ޣައްސާން ވިދާޅުވިއެވެ.

މިނިސްޓަރު ޣައްސާން ވިދާޅުވީ އޮޕަރޭޝަންގައި ވަކި ވަސީލަތެއް ބޭނުންކުރާކަން ހާމަކުރުމަކީ ރަނގަޅު ކަމެއް ނޫން ކަމަށެވެ. އަދި ވިދާޅުވީ ރާއްޖޭގައި ހުރި އެއްވެސް ރާޑާ ސިސްޓަމެއް ހިންގާކަށް ބޭރުގެ ބަޔަކު ނުތިބޭނެ ކަމަށެވެ.

އިންޑިއާ ރާޑަރު ސިސްޓަމްތަކާއި ގުޅޭގޮތުން މިއަދު ސަރުކާރުގައި ތިއްބެވި ބޭފުޅުން ވަނީ އިދިކޮޅުގައި ތިއްބެވިއިރު ހަގީގަތާއި ހިލާފު ގިނަ ވާހަކަތައް ދައްކަވާފައެވެ. އެކަމުގެ ސަބަބުން ރާއްޖޭގެ މިނިވަންކަމާއި އިސްތިގުލާލަށް ނެދެވޭ އަސަރުކުރާ ކަމަށް ވިދާޅުވެފައިވެއެވެ. 27 މާރިޗު 2022 ގައި އިންޑިއާގެ އެހީގައި ގާއިމުކުރި ރާޑަރު ސިސްޓަމް އިފްތިތާހުކުރުމާއި ގުޅިގެން ސަރުކާރަށް ވަރަށް ބޮޑަށް ފާޑު ވިދާޅުވެފައިވެއެވެ. ނަމަވެސް އޭރު ވެސް އެމްއެންޑީއެފުން ބުނެފައިވަނީ މި ސިސްޓަމްގެ ސަބަބުން ދިފާއީ ބާރުގެ ގާބިލުކަން އިތުރަށް ފުޅާވެ، މަސްއޫލިއްޔަތާއި ވާޖިބު އަދާ ކުރުމަށް އިތުރު ލުއި ފަސޭހަތަކެއް ލިބޭނެ ކަމަށެވެ. އަދި ރާއްޖޭގެ އިގްތިސާދީ ކަނޑުގެ ސަރަހައްދުގެ ސަލާމަތާއި ރައްކާތެރިކަން ކަށަވަރުކުރުމަށާއި އަދި މެރިޓައިމް ސާރޗް އެންޑް ރެސްކިޔު އޮޕަރޭޝަންތަކުގެ އިތުރު ކުރިއެރުންތައް ލިބޭނެ ކަމަށެވެ.

އިންޑިއާ ސިފައިން ިއިންޑިއާ-ރާއްޖެ ޣައްސާން މައުމޫން

ކޮމެންޓް

Like & Win

Giveaway
Powered by: Radient Heat Waters
Kent Grand Plus

Kent Grand Plus

Tap

އިތުރަށް ކިޔާލަން

މަސްތުވާތަކެތީގެ ބޮޑެއް ކަމަށް ބުނެ އައްޑޫ އިން ހައްޔަރު ކުރި ނަދީމް އަކީ މުއިއްޒު ސަރުކާރުގެ ބޮޑުންނާއި ގާތް ފަރާތެއް

މަސްތުވާތަކެތީގެ ބޮޑެއް ކަމަށް ބުނެ އައްޑޫ އިން ހައްޔަރު ކުރި ނަދީމް އަކީ މުއިއްޒު ސަރުކާރުގެ ބޮޑުންނާއި ގާތް ފަރާތެއް

05 ޑިސެމްބަރު 2025
ހުކުރުދުވަހުގެ އިރުއޮއްސި ހަޔަކުން ފެށިގެން ހުރިހާ ފުލުހުން ރެޑް އެލާޓަށް

ހުކުރުދުވަހުގެ އިރުއޮއްސި ހަޔަކުން ފެށިގެން ހުރިހާ ފުލުހުން ރެޑް އެލާޓަށް

02 އޮކްޓޯބަރު 2025
ސަރުކާރުގެ ޑިފެންސަށް ނުކުންނެވި ޑިފެންސް މިނިސްޓަރަށް މީކާއީލް ގެ ވަރުގަދަ ސުވާލުތަކެއް

ސަރުކާރުގެ ޑިފެންސަށް ނުކުންނެވި ޑިފެންސް މިނިސްޓަރަށް މީކާއީލް ގެ ވަރުގަދަ ސުވާލުތަކެއް

17 ސެޕްޓެމްބަރު 2025
އިންޑިއާ-ރާއްޖެ ސިފައިން ގުޅިގެން "އެކްސަސައިޒް އެކުވެރިން" ފަށައިފި

އިންޑިއާ-ރާއްޖެ ސިފައިން ގުޅިގެން "އެކްސަސައިޒް އެކުވެރިން" ފަށައިފި

03 ފެބުރުއަރީ 2025
ރާއްޖޭގެ ތަރައްގީއަށް އިންޑިއާގެ އެހީތެރިކަން އަބަދުވެސް ލިބޭނެ: ސަފީރު މުނޫ މަހާވަރު

ރާއްޖޭގެ ތަރައްގީއަށް އިންޑިއާގެ އެހީތެރިކަން އަބަދުވެސް ލިބޭނެ: ސަފީރު މުނޫ މަހާވަރު

06 ޑިސެމްބަރު 2024

އަހަރުތަކުން މިއަދު

23 ފެބުރުއަރީ
ރެފްކޫލް އިން ރޯދަމަހަށް ވީޑިއޯ ކޮންޓެންޓް އުފެއްދުމުގެ މުބާރާތެއް ބާއްވަނީ
20251 އަހަރު ކުރިން
ވިޔަފާރި-އިގްތިސާދު

ރެފްކޫލް އިން ރޯދަމަހަށް ވީޑިއޯ ކޮންޓެންޓް އުފެއްދުމުގެ މުބާރާތެއް ބާއްވަނީ

ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ޞާލިިހުގެ އަރިހުން މަސްވެރި އަލިބެ މައާފަށް އެދިއްޖެ
20242 އަހަރު ކުރިން
ރާއްޖެ

ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ޞާލިިހުގެ އަރިހުން މަސްވެރި އަލިބެ މައާފަށް އެދިއްޖެ

ޖޫސް ޓައިމަށް ހަމާލާދިނުން: ފުނޑުފުނޑުކޮށްލީ އުމުރުން ދުވަސްވީ މީހެއްގެ މުޅި ދިރިއުޅުން
20233 އަހަރު ކުރިން
ރިޕޯޓު

ޖޫސް ޓައިމަށް ހަމާލާދިނުން: ފުނޑުފުނޑުކޮށްލީ އުމުރުން ދުވަސްވީ މީހެއްގެ މުޅި ދިރިއުޅުން

ރަޝިއާއިން ޔޫކްރޭން ހިފަން ބޭނުންވާ ސަބަބު: ޕުޓިން ބޭނުންފުޅުވަނީ ކޮންކަމެއް؟
20224 އަހަރު ކުރިން
ރިޕޯޓު

ރަޝިއާއިން ޔޫކްރޭން ހިފަން ބޭނުންވާ ސަބަބު: ޕުޓިން ބޭނުންފުޅުވަނީ ކޮންކަމެއް؟

ޑރ. އަލީ ލަތީފްގެ ދައްތަ ފާތިމަތު އަބްދުﷲ ލަތީފް ނިޔާވެއްޖެ
20215 އަހަރު ކުރިން
ރާއްޖެ

ޑރ. އަލީ ލަތީފްގެ ދައްތަ ފާތިމަތު އަބްދުﷲ ލަތީފް ނިޔާވެއްޖެ

ޝިމާ ގެއްލުނު ހާދިސާ ޑިންގީ ދުއްވި ފަޒީލްގެ ދުލުން
20197 އަހަރު ކުރިން
ރިޕޯޓު

ޝިމާ ގެއްލުނު ހާދިސާ ޑިންގީ ދުއްވި ފަޒީލްގެ ދުލުން

ފުލުހުންގެ ބެލުމުގެދަށުގައި، ފުލުހުންގެ ވެހިކަލްގައި އިން މީހަކަށް ބަޔަކު އަނިޔާކުރާ ވީޑިއޯ އެއް އާންމުވެއްޖެ
20188 އަހަރު ކުރިން
ރާއްޖެ

ފުލުހުންގެ ބެލުމުގެދަށުގައި، ފުލުހުންގެ ވެހިކަލްގައި އިން މީހަކަށް ބަޔަކު އަނިޔާކުރާ ވީޑިއޯ އެއް އާންމުވެއްޖެ

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު