Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - worldAdvertisement
ދުނިޔެރަޝިޔާ އިންތިޚާބު

ޕުޓިން ރަޝިއާގެ ރައީސް ކަމުގެ 5 ވަނަ ދައުރު ފައްޓަވައިފި

ވިލާތުގެ އިއްތިހާދުންނާއި އެމެރިކާއިން ބުނެފައިވަނީ ރަޝިއާގައި ބޭއްވުނު ރިޔާސީ އިންތިޚާބު ގަބޫލު ނުކުރާކަމަށް

ރާއްޖެ އެމްވީ | 12 މެއި 2024 | އާދީއްތަ 17:33
ރަޝިއާގެ ރައީސް ވްލޭޑްމިއަރ ޕުޓިން

ރަޝިއާގެ ރައީސް ވްލޭޑްމިއަރ ޕުޓިން

ރަޝިއާގެ ރައީސް ކަމުގެ މަގާމަށް 5 ވަނަ ދައުރަކަށް މިހާރުގެ ރައީސް ވިލެޑިމިއަރ ޕުޓިން ހުވާކުރައްވައިފިއެވެ.

މާޗް މަހު ރަޝިއާގައި ބޭއްވި ރިޔާސީ އިންތިޚާބުގައި އޭނާ ވަނީ ބޮޑު މެޖޯރިޓީއެއް ހޯއްދަވާ، 6 އަހަރުގެ އިތުރު ރިޔާސީ ދައުރެއް ކަށަވަރު ކުރައްވާފައެވެ.

ރިޔާސީ 6 ވަނަ ދައުރު ފުރިހަމަ ކުރައްވާ ނިމޭއިރު ޕުޓިންގެ އުމުރުފުޅުން 77 އަހަރު ފުރިހަމަވާނެއެވެ.

އިތުރު ރިޔާސީ ދައުރަކަށް ޕުޓިން ހަވާލުވެވަޑައިގެންނެވި އިރު ރަޝިޔާގެ އިދިކޮޅު ލީޑަރެއް ހުރިނަމަ އިންތިޚާބުގެ ކުރިން ވަނީ މަރުވެފައި ނުވަތަ ޖަލަށް ލެވިފައި ނުވަތަ އިންތިޚާބުގައި ވާދަކުރުން މަނާކޮށްފައެވެ. ދެންތިބި އިދިކޮޅު އެހެން ލީޑަރުން ވަނީ ގައުމުން ބޭރުގައި އަމިއްލައަށް އަރުވާލެވިފައެވެ.

ކްރެމްލިންގައި އަންގާރަ ދުވަހު ބޭއްވި ޚާއްސަ ރަސްމިއްޔާތުގައި ބައިވެރިވެފައިވަނީ ރަޝިޔާ ސިފައިންގެ އިސްވެރިންނާއި ޕުޓިން އަށް ތާއީދު ކުރާ ސިޔާސީ އިސްފަރާތްތަކުންނެވެ. މި ރަސްމިއްޔާތައް އެމެރިކާ އަށާއި ޔޫރަޕިއަން ޔޫނިއަންގެ މަންދޫބުންނަށް ދައުވަތު ދީފައިވީ ނަމަވެސް ބައިވެރިވެފައެއް ނުވެއެވެ. ވިލާތުގެ އިއްތިހާދުންނާއި އެމެރިކާއިން ބުނެފައިވަނީ ރަޝިއާގައި ބޭއްވުނު ރިޔާސީ އިންތިޚާބު ގަބޫލު ނުކުރާކަމަށެވެ.

ޕުޓިން ރަޝިއާގެ ރައީސް ކަމާ ފުރަތަމަ ހަވާލުވެ ވަޑައިގަތުމަށް ބޭއްވުނު ރަސްމިއްޔާތު އޮތީ 2000 ވަނަ އަހަރުއެވެ. އެއީ އިންތިޚާބަކުން ރަޝިޔާގައި ވެރިކަން ހަވާލު ކުރެވުނު ފުރަތަމަ ފަހަރެވެ. އެ ރަސްމިއްޔާތުގައި ޕުޓިން އެކަން ސިފަކުރެއްވީ، ޒަމާނީ ޑިމޮކްރަޓިކް ދައުލަތަކަށް ރަޝިޔާ ވެވިދާނޭ ކަމުގެ ހެއްކެއްގެ ގޮތުގައެވެ.

އޭގެ 24 އަހަރު ފަހުންވެސް ރަޝިޔާގެ އެންމެ ބާރުގަދަ މަގާމުގައި ހުންނެވީ ޕުޓިން އެވެ. ކޮންމެ ފަހަރަކު ދައުރު ހަމަވުމުން ގާނޫނު އަސާސީއަށް ބަދަލު ގެނެސް ގެންދެވީ ދައުރުގެ މުއްދަތު ދިގު ކުރައްވަމުންނެވެ. ޕުޓިންގެ ފުރަތަމަ ދައުރު ފެއްޓެވީ 4 އަހަރުންނެވެ. މިހާރު ހަވާލުވެ ވަޑައިގަތީ 6 އަހަރުގެ ރިޔާސީ ދައުރަކަށެވެ.

ރަޝިއާވްލަޑިމިއަރ ޕުޓިން

އިތުރަށް ކިޔާލަން

09 ޑިސެމްބަރު 2025

އެމެރިކާގެ ހުށަހެޅުން ޒެލެންސްކީ ވިދާޅުވެފައި ނެތުމުން، ޓްރަމްޕް ހިތްހަމަ ނުޖެހިއްޖެ

09 ޑިސެމްބަރު 2025
އެމެރިކާގެ ހުށަހެޅުން ޒެލެންސްކީ ވިދާޅުވެފައި ނެތުމުން، ޓްރަމްޕް ހިތްހަމަ ނުޖެހިއްޖެ
06 ޑިސެމްބަރު 2025

އިންޑިއާ އިން ބޭނުންވާ މިންވަރަކަށް ތެޔޮ ފޯރުކޮށްދިނުމަށް ޕުޓިން ހުންނެވީ ތައްޔާރަށް

06 ޑިސެމްބަރު 2025
އިންޑިއާ އިން ބޭނުންވާ މިންވަރަކަށް ތެޔޮ ފޯރުކޮށްދިނުމަށް ޕުޓިން ހުންނެވީ ތައްޔާރަށް
06 ޑިސެމްބަރު 2025

ސުލްޙައިގެ މަޝްވަރާ ތަކަށް އެއްބަސްވި ނަަމަވެސް، ޕުޓިން ހައްޔަރު ކުރުމުގެ އަމުރު ދެމި އޮންނާނެ

06 ޑިސެމްބަރު 2025
ސުލްޙައިގެ މަޝްވަރާ ތަކަށް އެއްބަސްވި ނަަމަވެސް، ޕުޓިން ހައްޔަރު ކުރުމުގެ އަމުރު ދެމި އޮންނާނެ
05 ޑިސެމްބަރު 2025

ރަޝިޔާ ގެ ރައީސް ޕުޓިން އިންޑިއާ އަށް ވަޑައިގަތުމުން މަރުހަބާ ދަންނަވަން ބޮޑު ވަޒީރު މޯދީ އެއަރޕޯޓަށް

05 ޑިސެމްބަރު 2025
ރަޝިޔާ ގެ ރައީސް ޕުޓިން އިންޑިއާ އަށް ވަޑައިގަތުމުން މަރުހަބާ ދަންނަވަން ބޮޑު ވަޒީރު މޯދީ އެއަރޕޯޓަށް
04 ޑިސެމްބަރު 2025

އެމެރިކާގެ އޮފިޝަލުންނާ އެކު ބޭއްވި ބައްދަލުވުން ވަރަށް ބޭނުންތެރި: ޕުޓިން

04 ޑިސެމްބަރު 2025
އެމެރިކާގެ އޮފިޝަލުންނާ އެކު ބޭއްވި ބައްދަލުވުން ވަރަށް ބޭނުންތެރި: ޕުޓިން
04 ޑިސެމްބަރު 2025

ހަނގުރާމަ ނިންމަން ޕުޓިން ބޭނުންވޭ، އެމެރިކާ އިން ޔުކްރެއިން އާއެކު އައު މަޝްވަރާ ތަކެއް ބާއްވަން ތައްޔާރު: ޓްރަމްޕް

04 ޑިސެމްބަރު 2025
ހަނގުރާމަ ނިންމަން ޕުޓިން ބޭނުންވޭ، އެމެރިކާ އިން ޔުކްރެއިން އާއެކު އައު މަޝްވަރާ ތަކެއް ބާއްވަން ތައްޔާރު: ޓްރަމްޕް
04 ޑިސެމްބަރު 2025

އެމެރިކާގެ ބައެއް ހުށަހެޅުންތައް ޕުޓިން ޤަބޫލު ކުރައްވައިފި

04 ޑިސެމްބަރު 2025
އެމެރިކާގެ ބައެއް ހުށަހެޅުންތައް ޕުޓިން ޤަބޫލު ކުރައްވައިފި
02 ޑިސެމްބަރު 2025

ޔުކްރެއިން ހަނގުރާމަ ނިންމުމުގެ އުންމީދު ބޮޑު ކަމަށް ވައިޓް ހައުސް އިން ބުނެފި

02 ޑިސެމްބަރު 2025
ޔުކްރެއިން ހަނގުރާމަ ނިންމުމުގެ އުންމީދު ބޮޑު ކަމަށް ވައިޓް ހައުސް އިން ބުނެފި
28 ނޮވެމްބަރު 2025

ޑިސެމްބަރު ހަތަރު ވަނަ ދުވަހު ޕުޓިން އިންޑިއާ އަށް ވަޑައިގަންނަވަނީ

28 ނޮވެމްބަރު 2025
ޑިސެމްބަރު ހަތަރު ވަނަ ދުވަހު ޕުޓިން އިންޑިއާ އަށް ވަޑައިގަންނަވަނީ
27 ނޮވެމްބަރު 2025

ރަޝިޔާ އިން ކުރިމަތިވާނެ ނުރައްކަލަކަށް ފްރާންސް ފަސް ޖެހިގެން ނުވާނެ: މެކްރޮން

27 ނޮވެމްބަރު 2025
ރަޝިޔާ އިން ކުރިމަތިވާނެ ނުރައްކަލަކަށް ފްރާންސް ފަސް ޖެހިގެން ނުވާނެ: މެކްރޮން
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު