Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެމަދަނީން ގެނައުން

މަދަނީންގެ ގޮތުގައި އައީ އެ އުޅަނދުތައް އުފެއްދި ކުންފުނީގެ މީހުން: ސަރުކާރު

11 މެއި 2024 | ހޮނިހިރު 11:04

ސިވިލިއަނުން ތިބެގެން ރާއްޖޭގެ މިނިވަންކަމަށް ގެއްލުންވާނެ ކަމަކަށް ނުފެނޭ

އަމްނާ އިމާދު
އަމްނާ އިމާދު | 11 މެއި 2024 | ހޮނިހިރު 11:04
ނޫސްވެރިންގެ ބައްދަލުވުމުގައި ޑިފެންސް މިނިސްޓަރު މުހައްމަދު ޣައްސާން މައުމޫން ވާހަކަދައްކަވަނީ

ނޫސްވެރިންގެ ބައްދަލުވުމުގައި ޑިފެންސް މިނިސްޓަރު މުހައްމަދު ޣައްސާން މައުމޫން ވާހަކަދައްކަވަނީ

އަސްކަރީ އުޅަނދުތައް އޮޕަރޭޓް ކުރަން ރާއްޖެއަށް މަދަނީންގެ ގޮތުގައި އައީ އެ އުޅަނދުތައް އުފެއްދި ކުންފުނީގެ މީހުން ކަމަށް ސަރުކާރުން ބުނެފިއެވެ.

ހޮނިހިރު ދުވަހު ރައީސް އޮފީހުގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ފޮރިން މިނިސްޓަރު މޫސާ ޒަމީރު ވިދާޅުވީ ސިވިލިއަނުން ތިބެގެން ރާއްޖޭގެ މިނިވަންކަމަށް ގެއްލުންވާނެކަމަށް ސަރުކާރަށް ނުފެންނަ ކަމަށާއި، ނަމަވެސް ރައްޔިތުންނަށް އެގޮތަށް ފެނިއްޖެނަމަ ސަރުކާރުން އެކަމާ ފުންކޮށް ވިސްނާނެ ކަމަށެވެ.

Advertisement - newsAdvertisement

މިނިސްޓަރު ޒަމީރު ވިދާޅުވީ އިންޑިއާގެ ސިފައިންގެ ފަރާތުން ދިގު މުއްދަތަކަށް ތިބޭ ކަމަށްވާނަމަ ރާއްޖޭގެ މިނިވަންކަމާއި ސިޔާދަތަށް ގެއްލުންވާނެ ކަމަށް ނިންމީ ރައްޔިތުން ކަމަށެވެ.

ރާއްޖޭގައި މަދަނީން ތިބުމާއި ގުޅޭގޮތުން ޑިފެންސް މިނިސްޓަރު މުހައްމަދު ޣައްސާން މައުމޫން ވިދާޅުވީ ސިވިލިއަނުން ތިބުމުން ރާއްޖޭގެ ކޮމާންޑް އެންޑް ކޮންޓްރޯލް ދިވެހި ސިފައިންގެ އަތުގައި އޮންނާނެ ކަމަށެވެ.

އަދި މިއާއެކު ނޫސްވެރިން ވަނީ ކުރިން އެކަން އޮތީ ކިހިނެއްތޯ ސުވާލު ދަންނަވާފައެވެ.

އެ ސުވާލުގެ ޖަވާބުގައި މިނިސްޓަރު ޣައްސާން ވިދާޅުވީ، ކޮމާންޑް އެންޑް ކޮންޓްރޯލްގެ ވާހަކަ ދައްކަވަން ޖެހިވަޑައިގެންނެވި ސަބަބަކީ ދިވެހީންގެ ހުއްދަ ނެތި މިދިޔަ ސަރުކާރުގައި ފްލައިޓެއް ދުއްވާފައިވާތީ ކަމަށެވެ.

މީގެ އިތުރުން، މަދަނީން ރިޕޯޓު ކުރަންޖެހެނީ ކޮން ބަޔަކަށްތޯ ތަކުރާރުކޮށް ނޫސްވެރިން ސުވާލު ދެންނެވުމުން މިނިސްޓަރު ޣައްސާން ވިދާޅުވީ، އެއީ މަދަނީންކަން އެމްއެންޑީއެފަށް ޔަގީން ކުރެވޭ ކަމަށާއި، އެމީހުން ޖަވާބުދާރީވާނީ ވެސް ދިވެހި ސިފައިންނަށް ކަމަށެވެ.

އިންޑިޔާ ސިފައިންގެ މައްސަލައިންޑިއާ ސިފައިން ޣައްސާން މައުމޫން

އެންމެ ހިނގާ

1

އާރްޑީސީން މަގު ކޮނުމުގެ ތެރޭގައި ފާރެއް ވެއްޓި އުމުރުން ދުވަސްވީ މީހަކު "ވަޅުލެވިއްޖެ"

2

ޓްރަމްޕް ފަދަ ރައީސްއަކާ އީރާން އަށް ކުރިމަތިލާާން ޖެހިފައި ނުވޭ، އީރާންގެ ވެރިކަން ބަދަލުވާން ޖެހޭ: ރޫބިއޯ

3

އިދިކޮޅުން ދޭ އިންޒާރުތަކަކީ ހަގީގީ ނުރައްކަލުގެ ގޮތުގައި ބަލާނަން: އީރާންގެ ވަގުތީ ޑިފެންސް މިނިސްޓަރު

4

ޓްރަމްޕްގެ "ތިންވަނަ ހަނގުރާމަ" ވެސް ނާކާމިޔާބުވެ އެމެރިކާ ބަލިވެއްޖެ: އީރާނުގެ ލީޑަރުގެ އެޑްވައިޒަރ

5

މޮޅުވެވެން ނެތް، އަދި ބަލިވެވެން ވެސް ނެތް ހަނގުރާމައެއްގައި އެމެރިކާގެ ރައީސް ތާށިވެފައި!

އިތުރަށް ކިޔާލަން

05 ޑިސެމްބަރު 2025

މަސްތުވާތަކެތީގެ ބޮޑެއް ކަމަށް ބުނެ އައްޑޫ އިން ހައްޔަރު ކުރި ނަދީމް އަކީ މުއިއްޒު ސަރުކާރުގެ ބޮޑުންނާއި ގާތް ފަރާތެއް

05 ޑިސެމްބަރު 2025
މަސްތުވާތަކެތީގެ ބޮޑެއް ކަމަށް ބުނެ އައްޑޫ އިން ހައްޔަރު ކުރި ނަދީމް އަކީ މުއިއްޒު ސަރުކާރުގެ ބޮޑުންނާއި ގާތް ފަރާތެއް
02 އޮކްޓޯބަރު 2025

ހުކުރުދުވަހުގެ އިރުއޮއްސި ހަޔަކުން ފެށިގެން ހުރިހާ ފުލުހުން ރެޑް އެލާޓަށް

02 އޮކްޓޯބަރު 2025
ހުކުރުދުވަހުގެ އިރުއޮއްސި ހަޔަކުން ފެށިގެން ހުރިހާ ފުލުހުން ރެޑް އެލާޓަށް
17 ސެޕްޓެމްބަރު 2025

ސަރުކާރުގެ ޑިފެންސަށް ނުކުންނެވި ޑިފެންސް މިނިސްޓަރަށް މީކާއީލް ގެ ވަރުގަދަ ސުވާލުތަކެއް

17 ސެޕްޓެމްބަރު 2025
ސަރުކާރުގެ ޑިފެންސަށް ނުކުންނެވި ޑިފެންސް މިނިސްޓަރަށް މީކާއީލް ގެ ވަރުގަދަ ސުވާލުތަކެއް
09 އޮކްޓޯބަރު 2024

ސިފައިންނާއެކު އިންޑިއާގެ އަސްކަރީ އުޅަނދުތަކެއް ގެންނަން ސަރުކާރުން އެއްބަސްވެއްޖެ

09 އޮކްޓޯބަރު 2024
ސިފައިންނާއެކު އިންޑިއާގެ އަސްކަރީ އުޅަނދުތަކެއް ގެންނަން ސަރުކާރުން އެއްބަސްވެއްޖެ
18 މެއި 2024

ފުރަތަމަ ޓާމުގައި ސަރުކާރުގެ ރިޕޯޓު ކާޑު: ފާހެއް ނުވޭ!

18 މެއި 2024
ފުރަތަމަ ޓާމުގައި ސަރުކާރުގެ ރިޕޯޓު ކާޑު: ފާހެއް ނުވޭ!
17 މެއި 2024

މަތިންދާ ބޯޓާއި ހެލިކޮޕްޓަރުގެ ބަދަލުގައި ޑްރޯން، މަގްސަދު ހާސިލްކުރުމުގައި ފައިދާ ބޮޑީ ކޯއްޗެއް؟

17 މެއި 2024
މަތިންދާ ބޯޓާއި ހެލިކޮޕްޓަރުގެ ބަދަލުގައި ޑްރޯން، މަގްސަދު ހާސިލްކުރުމުގައި ފައިދާ ބޮޑީ ކޯއްޗެއް؟
13 މެއި 2024

ކުރިން ކަމުނުދިޔަ އިންޑިއާ ރާޑަރު ސިސްޓަމާއި ގުޅޭގޮތުން މިނިސްޓަރު ސާފު ޖަވާބެއް ނުދެއްވި

13 މެއި 2024
ކުރިން ކަމުނުދިޔަ އިންޑިއާ ރާޑަރު ސިސްޓަމާއި ގުޅޭގޮތުން މިނިސްޓަރު ސާފު ޖަވާބެއް ނުދެއްވި
12 މެއި 2024

"ކުރިން ބުނި އެތި ކެންސަލް!"

12 މެއި 2024
"ކުރިން ބުނި އެތި ކެންސަލް!"
11 މެއި 2024

ސިވިލް މީހުން ގެނެސްފައިވަނީ ރާއްޖެއިން އެދިގެން އެއްބަސްވުމެއްގެ ތެރެއިން!

11 މެއި 2024
ސިވިލް މީހުން ގެނެސްފައިވަނީ ރާއްޖެއިން އެދިގެން އެއްބަސްވުމެއްގެ ތެރެއިން!
11 މެއި 2024

އިންޑިއާއިން އެއްވެސް އިރެއްގައި ގިނަ އަދަދެއްގެ ސިފައިން ބައިތިއްބަން ބޭނުން ނުވޭ - ޒަމީރު

11 މެއި 2024
އިންޑިއާއިން އެއްވެސް އިރެއްގައި ގިނަ އަދަދެއްގެ ސިފައިން ބައިތިއްބަން ބޭނުން ނުވޭ - ޒަމީރު
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް