Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެ
އެމްޑީޕީ ބޮޑު އެއްވުން

ހުކުރުދުވަހުގެ އިރުއޮއްސި ހަޔަކުން ފެށިގެން ހުރިހާ ފުލުހުން ރެޑް އެލާޓަށް

މި ނިންމުން ނިންމާފައިވަނީ ފުލުހުންނާއި ސިފައިންގެ އިސްވެރިން ބޭއްވި ކުއްލި ބައްދަލުވުމަކަށް ފަހު

ފަޒީލް އަބްދުލް ލަތީފް
ފަޒީލް އަބްދުލް ލަތީފް, ރާއްޖެ އެމްވީ | 2 އޮކްޓޯބަރު 2025 | ބުރާސްފަތި 17:37
ފުލުހުން ހިންގި އޮޕަރޭޝަނެއްގެ ތެރެއިން

ފުލުހުން ހިންގި އޮޕަރޭޝަނެއްގެ ތެރެއިން

އެމްޑީޕީން މާލޭގައި ބާއްވާ ބޮޑު އެއްވުމާ ދިމާކޮށް، ހުކުރު ދުވަހުގެ އިރުއޮއްސި ހަޔަކުން ފެށިގެން ހުރިހާ ފުލުހުން ރެޑް އެލާޓްގައި ތިބުމަށް އަންގައިފިއެވެ.

ރާއްޖެއެމްވީ އަށް މައުލޫމާތު ލިބިފައިވާގޮތުން މި އެންގުން އައިސްފައިވަނީ، އެމްޑީޕީން ބާއްވާ އެއްވުމާ ގުޅިގެން ފުލުހުންނާއި ސިފައިންގެ އިސްވެރިން ބޭއްވި ކުއްލި ބައްދަލުވުމަކަށް ފަހުގައެވެ.

Advertisement - newsAdvertisement

ބުރާސްފަތި ދުވަހު ސިފައިންގެ މައި އިދާރާ ބަންޑާރަކޮށީގައި ބޭއްވުނު މި މުހިންމު ބައްދަލުވުމުގައި ހޯމް މިނިސްޓަރު އަލީ އިހުސާން އާއި ޑިފެންސް މިނިސްޓަރު ޣައްސާން މައުމޫންގެ އިތުރުން ސަލާމަތީ ބާރުތަކުގެ އެންމެ އިސް ވެރިން ބައިވެރިވެވަޑައިގަތެވެ. މި ބައްދަލުވުމުގައި އެމްޑީޕީގެ އެއްވުމާ ގުޅިގެން ދިމާވެދާނެ އެކި ހާލަތްތަކުގައި އަޅާނެ ފިޔަވަޅުތަކާމެދު މަޝްވަރާކޮށް، މުހިންމު ނިންމުންތަކެއް ނިންމާފައިވާ ކަމަށް މަޢުލޫމާތު ލިބެއެވެ.

އެމްޑީޕީން ދަނީ ހުކުރު ދުވަހުގެރޭ ބާއްވާ މި ބޮޑު އެއްވުމަށް ފުރިހަމައަށް ތައްޔާރުވަމުންނެވެ. އަނެއްކޮޅުން އެއްވުމުގައި ގިނަބަޔަކު ބައިވެރިވާނެ ކަމުގެ ބިރަށް ރައީސް މުއިއްޒުގެ ސަރުކާރުން ދަނީ ދުރާލާ ފިޔަވަޅުތައް އަޅަމުންނެވެ. އެގޮތުން، ހުކުރު ދުވަހަކީ ރަސްމީ ބަންދު ދުވަހެއް ކަމުގައިވިޔަސް، އެއްވުމަށް ދާން ބޭނުންވާ ފަރާތްތަކަށް ހުރަސްއެޅުމުގެ ގޮތުން ސަރުކާރުގެ ކުންފުނިތަކާއި އިދާރާތަކުން އެދުވަހު އެކި ހަރަކާތްތައް ބޭއްވުމަށް ރާވައި، މުވައްޒަފުންނަށް އެކަމުގައި ބައިވެރިވުމަށް އަންގަމުންދާކަން ފާހަގަކުރެވެއެވެ. މީގެ އިތުރުން ބޮޑު އެއްވުމަށް ކުޑަތަންވެފައި ވަނިކޮށް އެމްޑިޕީގެ އެކައުންޓްތައް ފްރީޒްކުރަން ރައީސް މުއިއްޒުގެ ސަރުކާރުން ވަނީ ކޯޓުގައި އެދިފައެވެ.

ނަމަވެސް މިހާރުވެސް ރާއްޖޭގެ އެކި ކަންކޮޅުތަކުން ގިނަ އަދަދެއްގެ ރައްޔިތުން ވަނީ އެއްވުމުގައި ބައިވެރިވުމަށްޓަކައި މާލެ އައިސްފައެވެ. އަދާލަތު ޕާޓީން ވެސް ވަނީ މި އެއްވުމުގައި ރަސްމީކޮށް ބައިވެރިވާން ނިންމާފައެވެ. އަދި ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ސޯލިހު އަދި ކުރީގެ ރައީސް މުހައްމަދު ނަޝީދު ވެސް ވަނީ ވީހާވެސް ގިނަ ރައްޔިތުން މި އެއްވުމުގައި ބައިވެރިވުމަށް ގޮވާލައްވާފައެވެ.

އެމްޑީޕީޕޮލިސްއަލީ އިޙްސާންޣައްސާން މައުމޫންއިބްރާހިމް މުހައްމަދު ސާލިހުމުހައްމަދު ނަޝީދު

ކޮމެންޓް

އިތުރަށް ކިޔާލަން

މަޢުރޫފް ހައްޔަރުކުރީ އަނިޔާވެރިކޮށް، އޭނާ ވަގުތުން ދޫކޮށްލާން ގޮވާލަން: އެމްޑީޕީ ގެ ޕީޖީ

މަޢުރޫފް ހައްޔަރުކުރީ އަނިޔާވެރިކޮށް، އޭނާ ވަގުތުން ދޫކޮށްލާން ގޮވާލަން: އެމްޑީޕީ ގެ ޕީޖީ

11 ޑިސެމްބަރު 2025
މަސްވެރިންގެ މުޒާހަރާގެ ތެރެއިން 2 ދޯންޏާއި 3 މީހަކު ފުލުހުންގެ ބެލުމުގެ ދަށަށް ގެނެސްފި، މެންބަރ މައުރޫފު ވެސް ހިމެނޭ

މަސްވެރިންގެ މުޒާހަރާގެ ތެރެއިން 2 ދޯންޏާއި 3 މީހަކު ފުލުހުންގެ ބެލުމުގެ ދަށަށް ގެނެސްފި، މެންބަރ މައުރޫފު ވެސް ހިމެނޭ

11 ޑިސެމްބަރު 2025
ލައިވް ކުރަމުން ދިޔަ މަސްވެރިންގެ މުޒާހަރާ މެދު ކަނޑާލަން ފުލުހުން އަންގައިގެން ރާއްޖެޓީވީގެ ލައިވް މެދުކަނޑާލައިފި

ލައިވް ކުރަމުން ދިޔަ މަސްވެރިންގެ މުޒާހަރާ މެދު ކަނޑާލަން ފުލުހުން އަންގައިގެން ރާއްޖެޓީވީގެ ލައިވް މެދުކަނޑާލައިފި

11 ޑިސެމްބަރު 2025
އިހުތިޖާޖު ކުރަމުންދާ މަސްދޯނި ތަކަށް ފުލުހުން އަރައިފި

އިހުތިޖާޖު ކުރަމުންދާ މަސްދޯނި ތަކަށް ފުލުހުން އަރައިފި

11 ޑިސެމްބަރު 2025
ސުލްހަވެރިކަމާ އެކު އިހުތިޖާޖު ކުރާ މަސްވެރިންނަށް ބިރު ދައްކައިގެން ހުއްޓުވޭނެ ކަމަށް ވިސްނުމަކީ ވަރަށް ބޮޑު ގޯހެއް: މައުރޫފް ޒާކިރު

ސުލްހަވެރިކަމާ އެކު އިހުތިޖާޖު ކުރާ މަސްވެރިންނަށް ބިރު ދައްކައިގެން ހުއްޓުވޭނެ ކަމަށް ވިސްނުމަކީ ވަރަށް ބޮޑު ގޯހެއް: މައުރޫފް ޒާކިރު

11 ޑިސެމްބަރު 2025

އަހަރުތަކުން މިއަދު

15 މެއި
ކައުންސިލްތަކުން ބްލޮކް ގްރާންޓް ނަގައިގެން ދަނީ ބެންކޮކަށް، ރައްޔިތުންނަށް ފައިދާވާ އެއްވެސް ކަމެއް ނުކުރޭ: ރައީސް މުއިއްޒު
20251 އަހަރު ކުރިން
ރާއްޖެ

ކައުންސިލްތަކުން ބްލޮކް ގްރާންޓް ނަގައިގެން ދަނީ ބެންކޮކަށް، ރައްޔިތުންނަށް ފައިދާވާ އެއްވެސް ކަމެއް ނުކުރޭ: ރައީސް މުއިއްޒު

ޕޫޓިންގެ ޔޫކްރެއިން ހަނގުރާމަ އަށް ޝީ އަގުދައްކަވަނީ!
20242 އަހަރު ކުރިން
ރިޕޯޓު

ޕޫޓިންގެ ޔޫކްރެއިން ހަނގުރާމަ އަށް ޝީ އަގުދައްކަވަނީ!

މިސްކީނު ހިފަހައްޓާލި ތިނަދޫގެ މޮޅު ޑިފެންޑަރު
20233 އަހަރު ކުރިން
މީހުން

މިސްކީނު ހިފަހައްޓާލި ތިނަދޫގެ މޮޅު ޑިފެންޑަރު

ތަނެއްގައި ވަޒީފާ އަދާކުރުމަކީ، އެތަނުގެ ހުރިހާ ވަސީލަތެއް އިމެއް ނެތި ބޭނުންކުރެވޭނެ ސަބަބެއް ނޫން: ޕީޖީ އޮފީސް
20224 އަހަރު ކުރިން
ރާއްޖެ

ތަނެއްގައި ވަޒީފާ އަދާކުރުމަކީ، އެތަނުގެ ހުރިހާ ވަސީލަތެއް އިމެއް ނެތި ބޭނުންކުރެވޭނެ ސަބަބެއް ނޫން: ޕީޖީ އޮފީސް

އައު ކައިވެނިފުޅަކަށް އިނގިރޭސި ރާނީ ތައްޔާރުވެވަޑައިގަންނަވަނީ
20215 އަހަރު ކުރިން
ތަފާތު ޚަބަރު

އައު ކައިވެނިފުޅަކަށް އިނގިރޭސި ރާނީ ތައްޔާރުވެވަޑައިގަންނަވަނީ

ވަޅޯމަސް ފްރައިޑް ރައިސް
20197 އަހަރު ކުރިން
ލައިފް ސްޓައިލް

ވަޅޯމަސް ފްރައިޑް ރައިސް

ތަރާވީޙް ނަމާދު
20188 އަހަރު ކުރިން
އިސްލާމް

ތަރާވީޙް ނަމާދު

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު