Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެވަޒީފާއާ ބެހޭ ޓްރައިބިއުނަލް

ވަޒީފާއާ ބެހޭ ޓްރައިބިއުނަލްގެ މެންބަރުންނަށް 6 މަހުގެ މެޓަރނިޓީ ލީވް ލިބޭކަމަށް އުސޫލުގައިވެސް ހިމަނައި، އައު އުސޫލަށް އަމަލުކުރަން ފަށައިފި

11 މެއި 2024 | ހޮނިހިރު 08:15

މީގެ ކުރިން އަމަލުކުރަމުން ދިޔަ އުސޫލު ވަނީ އުވާލާފައި

ލައިޝާ އަހްމަދު
ލައިޝާ އަހްމަދު | 11 މެއި 2024 | ހޮނިހިރު 08:15
ވަޒީފާއާބެހޭ ޓްރައިބިއުނަލް

ވަޒީފާއާބެހޭ ޓްރައިބިއުނަލް

ވަޒީފާއާބެހޭ ޓްރައިބިއުނަލްގެ މެންބަރުންގެ ސުލޫކީ މިންގަނޑު ބަހައްޓަންޖެހޭ ގޮތުގެ އައު އުސޫލަށް އަމަލުކުރަން ފަށައިފިއެވެ.

މި އުސޫލަށް އަމަލު ކުރަން ފެށުމާއެކު، 25 އޯގަސްޓު 2021 ގައި ސަރުކާރުގެ ގެޒެޓުގައި ޝާއިއުކޮށް އަމަލުކުރަމުންދިޔަ އުސޫލާއި އެ އުސޫލަށް 2023 ވަނަ އަހަރުގެ އޭޕްރީލް މަހު ގެނައި އިސްލާޙު ވަނީ އުވިގެން ގޮސްފައެވެ.

Advertisement - newsAdvertisement

އެ އިސްލާޙަކީ ވިހެއުމާ ގުޅިގެން ދޭ ޗުއްޓީގެ ގޮތުގައި ވަޒީފާއާބެހޭ ޓްރައިބިއުނަލްގެ އަންހެން މެންބަރުންނަށް ލިބިދެވޭނީ 6 މަސްދުވަހުގެ ޗުއްޓީއެއްކަމަށް ބަޔާންކޮށް އޭރު ގެނައި އިސްލާޙެކެވެ.

އުސޫލަށް އޭރު އިސްލާޙު ގެނެސްފައިި ވަނީ ވިހެއުމާ ގުޅިގެން ޗުއްޓީ އިތުރުކޮށް ނުދިންކަމަށް ބުނެ ވަޒީފާއާ ބެހޭ ޓްރައިބިއުނަލްގެ މެމްބަރު މަރިޔަމް ޝަމްއާ އިބްރާހީމް ސޯޝަލް މީޑިއާގައި ކަންބޮޑުވުން ފާޅު ކުރައްވާފައިވަނިކޮށެވެ.

މިހާރު އެ އިސްލާޙު އުވާލައި އަލުން ވަޒީފާއާބެހޭ ޓްރައިބިއުނަލްގެ މެންބަރުންގެ ސުލޫކީ މިންގަނޑު ބަހައްޓަންޖެހޭ ގޮތުގެ އުސޫލު އާންމުކޮށްފައިވާއިރު، އަލަށް އަމަލުކުރަން ފެށި އުސޫލުގައިވެސް ވަނީ ވިހެއުމާ ގުޅިގެން ދޭ ޗުއްޓީގެ ގޮތުގައި ވަޒީފާއާބެހޭ ޓްރައިބިއުނަލްގެ އަންހެން މެންބަރުންނަށް ލިބިދެވޭނީ 6 މަސްދުވަހުގެ ޗުއްޓީއެއްކަމަށް ބަޔާންކޮށްފައެވެ. އެއީ ބަންދު ދުވަސްތައް ހިމަނައިގެންނެވެ.

ވަޒީފާ އާއި ބެހޭ ޓްރައިބިއުނަލް

އެންމެ ހިނގާ

1

ސްޕޯޓްސް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު ލަތީފް ކުއްލި ގޮތަކަށް މަޤާމުން ވަކިކޮށްފި

2

"އަދަބުވެރިކަން ނެތުމުގެ" ސަބަބުން ދަނބިދަރިފުޅުގެ ޝާހީ ލަގަބުތައް ބުރޫނާއީގެ ރަސްގެފާނު އަތުލައްވައިފި

3

އެމެރިކާއާއި އީރާނުގެ މަޝްވަރާތައް މަރުތަޅުއެޅިފައި - އެންމެ ފަހުގެ ތަފުސީލު

4

އީރާނުގެ އަސްކަރީ ގާބިލިއްޔަތު އިއާދަކުރަމުންދާ ހަލުވި މިނުގެ ސަބަބުން އިސްރާއީލަށް ސިހުން: ޖެރޫސަލަމް ޕޯސްޓް

5

ލިންކަން މަނަވަރުގައި އެމެރިކާ ސިފައިން ކަނޑަށް ފުންމާލައިގެން އަމިއްލަ އަށް މަރުވާން އުޅުނު ރިޕޯޓުތަކާ އެކު އިތުރު ކަންބޮޑުވުން އުފެދިއްޖެ

އިތުރަށް ކިޔާލަން

04 ފެބުރުއަރީ 2023

ޝަމްއާ މީޑިއާތަކުގައި ދެއްކި ވާހަކަތައް ވަޒީފާއާ ބެހޭ ޓްރައިބިއުނަލުން ދޮގުކޮށްފި

04 ފެބުރުއަރީ 2023
ޝަމްއާ މީޑިއާތަކުގައި ދެއްކި ވާހަކަތައް ވަޒީފާއާ ބެހޭ ޓްރައިބިއުނަލުން ދޮގުކޮށްފި
10 އޯގަސްޓު 2021

ވަޒީފާއާބެހޭ ޓްރަބިއުނަލްގެ މެންބަރުކަމަށް ރިޝްފާ ދެވަނަ ދައުރަކަށް އައްޔަންކޮށްފި

10 އޯގަސްޓު 2021
ވަޒީފާއާބެހޭ ޓްރަބިއުނަލްގެ މެންބަރުކަމަށް ރިޝްފާ ދެވަނަ ދައުރަކަށް އައްޔަންކޮށްފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް