Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެއަމީން ފައިސަލް ޝަރީއަތް

އަމީން ފައިސަލްގެ ޝަރީއަތް: ދިފާއީ ހެކިބަސް ނެގުން މިއަދު!

8 އޯގަސްޓު 2017 | އަންގާރަ 03:48

ރައީސް ޔާމީން އާރަށުގައި އެކަހެރި ކުރި މައްސަލަ

އަޒުމޫން އަހުމަދު
އަޒުމޫން އަހުމަދު | 8 އޯގަސްޓު 2017 | އަންގާރަ 03:48
ކުރީގެ ޑިފެންސް މިނިސްޓަރު އަމީން ފައިސަލް

ކުރީގެ ޑިފެންސް މިނިސްޓަރު އަމީން ފައިސަލް

ރައްޔިތުންގެ މަޖިލީހުގެ މުލަކު ދާއިރާގެ މެންބަރުކަމުގައި ރައީސް އަބްދުﷲ ޔާމީން ހުންނަވަނިކޮށް، އާރަށުގައި ބަންދުކުރި މައްސަލާގައި، އޭރުގެ ޑިފެންސް މިނިސްޓަރު އަމީން ފައިސަލްގެ މައްޗަށް ހިންގާ ޝަރީއަތުގައި ދިފާއީ ހެކި ބަސް ނެގުމަށް އަޑުއެހުމެއް ތާވަލުކޮށްފި އެވެ.

ދިފާއީ ހެކި ބަސް ނެގުމަށް އަޑުއެހުމެއް ތާވަލުކޮށްފައިވަނީ މިއަދު ހެނދުނު 11:00 އަށެވެ.

Advertisement - newsAdvertisement

ދިފާއީ ހެކި ބަސް ނެގުމަށް ބުރާސްފަތި ދުވަހަށް ވެސް އަޑުއެހުމެއް ތާވަލުކުރި އެވެ. ނަމަވެސް، އެހެން ދުވަހެއްގެ އަޑުއެހުމެއްގައި ހެކި ބަސް ދިނުމަށް ހެއްކަކު އެދުމުން އެ އަޑުއެހުން ވަނީ ކެންސަލް ކޮށްފަ އެވެ.

އަމީން ފައިސަލްގެ ދިފާއީ ހެކީންގެ ގޮތުގައި ހުށަހަޅާފައިވަނީ ކުރީގެ ޑިފެންސް މިނިސްޓަރު މޫސާ އަލީ ޖަލީލާއި، އެއިރު އެމްއެންޑީއެފްގެ ލީގަލް ހެޑަކަށް ހުންނެވި ލެފްޓިނަންޓް ކާނަލް ޒުބައިރު އަހުމަދު މަނިކު އެވެ.

މޫސާ އަލީ ޖަލީލު ހެއްކެއްގެ ގޮތުގައި ހުށަހެޅީ، އެ ހާދިސާގެ ގިނަ މައުލޫމާތިތަކެއް އޭނާއަށް އެނގިވަޑައިގަންނަވާނެތީއެވެ. ޒުބައިރު ހާޒިރުކުރަނީ އެ މައްސަލައިގައި ރައީސް ޔާމީނަށް ހިމާޔަތް ދިނުމަށްކުރި ކަންތައްތަކީ ގާނޫނީ ގޮތުން ކުރެވިދާނެ ކަންތައްތަކެއްތޯ ބެލުމަށެވެ.

މީގެ އިތުރުން، އެ މައްސަލައާ ގުޅިގެން ޝަރީއަތަށް ބައެއް ކަންކަން ސާފުކޮށްދިނުމަށް ރައީސް ޔާމީން ހާޒިރުކޮށްދިނުމަށް ވެސް އަމީން ފައިސަލްގެ ފަރާތުން އެދިފައިވެއެވެ.

އެ މައްސަލައިގައި ދައުލަތުން ހުށަހެޅި ހެކީންގެ ހެކި ބަސް ނަގާ މިހާރު ވަނީ ނިމިފަ އެވެ. ދައުލަތުން ހުށަހެޅި ތިން ހެކިންގެ ތެރެއިން ދެ ހެކިން ވަނީ ސިއްރުކޮށްފަ އެވެ. ސިއްރު ހެކިންގެ ތެރެއިން އެކަކު ހެކި ބަސް ދިނުމަށް އިއުތިރާޒް ކުރިއިރު، ފާޅުގައި ހެކި ބަސް ދީފައި ވަނީ ކުރީގެ ޕްރޮސެކިއުޓަރ ޖެނެރަލް އަހުމަދު މުއިއްޒު އެވެ.

އަމީން ފައިސަލްގެ މައްޗަށް ޓެރަރިޒަމްގެ ދައުވާ ކޮށްފައި ވަނީ ކުރީގެ ރައީސް މުހައްމަދު ނަޝީދުގެ ވެރިކަމުގައި އޭރުގެ މުލަކު ދާއިރާގެ މެމްބަރު އަދި މިހާރުގެ ރައީސުލްޖުމްހޫރިއްޔާ އަބްދުﷲ ޔާމީނަށް ހިމާޔަތް ދިނުމަށް ކަމަށް ބުނެ އާރަށުގައި ބެހެއްޓި މައްސަލައިގަ އެވެ. ނަމަވެސް އެ ދައުވާއަށް އަމީން ފައިސަލް ވަނީ އިންކާރުކުރައްވާފަ އެވެ.

ޔާމީން ބަންދުކުރި މައްސަލައިގައި ރައީސް ނަޝީދުގެ މައްޗަށް ވެސް ވަނީ ޓެރަރިޒަމުގެ ދައުވާ ވަނީ އުފުލާފަ އެވެ. ރައީސް ނަޝީދުގެ މައްޗަށް ފެބްރުއަރީ 27 ވަނަ ދުވަހު ދައުވާ އުފުލިއިރު، ދެ ދުވަހެއްގެ މަތިން އަޑުއެހުން ތާވަލުކުރި އެވެ. ނަމަވެސް ރާއްޖެއިން ބޭރުގައި ހުންނެވި ރައީސް ނަޝިދާ ޗިޓް ހަވާލުނުކުރެވިގެން އަޑުއެހުންތައް ވަނީ ކެންސަލް ކޮށްފަ އެވެ.

އެންމެ ހިނގާ

1

"އަދަބުވެރިކަން ނެތުމުގެ" ސަބަބުން ދަނބިދަރިފުޅުގެ ޝާހީ ލަގަބުތައް ބުރޫނާއީގެ ރަސްގެފާނު އަތުލައްވައިފި

2

އެމެރިކާއާއި އީރާނުގެ މަޝްވަރާތައް މަރުތަޅުއެޅިފައި - އެންމެ ފަހުގެ ތަފުސީލު

3

ނައިބު ރައީސް ހުސައިން މުހައްމަދު ލަތީފް ދިރިއުޅުއްވާ ހިލާލީ ގެޔަށް މަހަކު 3 ލައްކައަށް ވުރެ ގިނަ ރުފިޔާ ހަރަދުވާކަން ހާމަވެއްޖެ!

4

އީރާނުގެ އަސްކަރީ ގާބިލިއްޔަތު އިއާދަކުރަމުންދާ ހަލުވި މިނުގެ ސަބަބުން އިސްރާއީލަށް ސިހުން: ޖެރޫސަލަމް ޕޯސްޓް

5

ޓްރަމްޕަށް އީރާން ހަނގުރާމައިގައި ނާކާމިޔާބީތައް ފުނިޖެހެނީ

އިތުރަށް ކިޔާލަން

29 ޖެނުއަރީ 2017

ފިޔާޒުގެ ޝަރީއަތް: ދައުލަތުގެ ހެކިންގެ ހެކިބަސް ނަގައި ނިންމައިފި

29 ޖެނުއަރީ 2017
ފިޔާޒުގެ ޝަރީއަތް: ދައުލަތުގެ ހެކިންގެ ހެކިބަސް ނަގައި ނިންމައިފި
28 ޖެނުއަރީ 2017

ހަތް މަހަށް ފަހު ރާއްޖެޓީވީގެ ސީއޯއޯ ފިޔާޒުގެ ޝަރީއަތް މާދަމާ ފަށަނީ

28 ޖެނުއަރީ 2017
ހަތް މަހަށް ފަހު ރާއްޖެޓީވީގެ ސީއޯއޯ ފިޔާޒުގެ ޝަރީއަތް މާދަމާ ފަށަނީ
26 ޖެނުއަރީ 2017

އިބްތިހާލު މަރުގެ މައްސަލާގައި އިހުމާލުވި ދައުލަތުގެ ފަސް މުވައްޒަފުންގެ ޝަރީއަތް އާދިއްތަ ދުވަހު!

26 ޖެނުއަރީ 2017
އިބްތިހާލު މަރުގެ މައްސަލާގައި އިހުމާލުވި ދައުލަތުގެ ފަސް މުވައްޒަފުންގެ ޝަރީއަތް އާދިއްތަ ދުވަހު!
20 ޖެނުއަރީ 2017

ސަރުކާރުގެ މުވައްޒަފުންނަށް ހާއްސަކޮށްގެން ހުޅުމާލޭގައި ހައުސިން ޔުނިޓްތަކެއް އަޅަން އަމީން ކޮންޓްރަކްޝަންސްއާ ހަވާލު ކޮށްފި

20 ޖެނުއަރީ 2017
ސަރުކާރުގެ މުވައްޒަފުންނަށް ހާއްސަކޮށްގެން ހުޅުމާލޭގައި ހައުސިން ޔުނިޓްތަކެއް އަޅަން އަމީން ކޮންޓްރަކްޝަންސްއާ ހަވާލު ކޮށްފި
18 ޖެނުއަރީ 2017

ވިސްނުން ހުރީ މި މަހުގެ ތެރޭގައި ވިސާމްގެ ޝަރީއަތް ނިންމާލަން: ގާޒީ

18 ޖެނުއަރީ 2017
ވިސްނުން ހުރީ މި މަހުގެ ތެރޭގައި ވިސާމްގެ ޝަރީއަތް ނިންމާލަން: ގާޒީ
17 ޖެނުއަރީ 2017

ވިސާމްގެ ޝަރީއަތް: ހެކި ބަސް ނެގުން މާދަމާ!

17 ޖެނުއަރީ 2017
ވިސާމްގެ ޝަރީއަތް: ހެކި ބަސް ނެގުން މާދަމާ!
16 ޖެނުއަރީ 2017

ޝުމްބާގެ ޝަރީއަތް ކުރިއަށް ނުގެންދާތާ 11 މަސް، އަދިވެސް ޖަލުގައި

16 ޖެނުއަރީ 2017
ޝުމްބާގެ ޝަރީއަތް ކުރިއަށް ނުގެންދާތާ 11 މަސް، އަދިވެސް ޖަލުގައި
13 ޖެނުއަރީ 2017

މާލޭ ސިޓީ ކައުންސިލްގެ މެމްބަރު ޒައިދުލް އަމީން ހައްޔަރުކޮށް، ބަންދަށް 15 ދުވަސް ޖަހައިފި

13 ޖެނުއަރީ 2017
މާލޭ ސިޓީ ކައުންސިލްގެ މެމްބަރު ޒައިދުލް އަމީން ހައްޔަރުކޮށް، ބަންދަށް 15 ދުވަސް ޖަހައިފި
12 ޖެނުއަރީ 2017

ކައުންސިލް އިންތިހާބު ހިލާލުމަށް ހިންގާ ޖަރީމާތަކާ ދެކޮޅު ހަދަންޖެހޭ: އަމީން އިބްރާހިމް

12 ޖެނުއަރީ 2017
ކައުންސިލް އިންތިހާބު ހިލާލުމަށް ހިންގާ ޖަރީމާތަކާ ދެކޮޅު ހަދަންޖެހޭ: އަމީން އިބްރާހިމް
08 ޖެނުއަރީ 2017

ޔާމީން ބަންދުކުރި މައްސަލައިގެ ޝަރީއަތް: ވަކީލަކު ހަމަޖެއްސުމަށް އަމީން ފައިސަލް އަށް ހަތް ދުވަސް!

08 ޖެނުއަރީ 2017
ޔާމީން ބަންދުކުރި މައްސަލައިގެ ޝަރީއަތް: ވަކީލަކު ހަމަޖެއްސުމަށް އަމީން ފައިސަލް އަށް ހަތް ދުވަސް!
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް