Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • ލައިފް ސްޓައިލް
ރިޕޯޓު
އިޒްރޭލަށް ހަތިޔާރު ދިނުން މަޑުޖައްސާލުން

އެމެރިކާއިން އިސްރާއީލަށް 2000 ޕައުންޑްގެ ބޮން ދިނުން މަޑުޖައްސާލީ ކީއްވެ؟

އެއް މިލިއަނަށްވުރެ ގިނަ ރެފިއުޖީން ރަފާގައި ތިބި އިރު، އެމެރިކާގެ އޮފިޝަލުން ކަންބޮޑުވަނީ އެފަދަ ބާރުގަދަ ބޮމުގެ ސަބަބުން ބޮޑެތި ގެއްލުންތަކެއް އެސިޓީގައި ތިބި އާއްމުންނަށް ލިބިދާނެތީކަމަށް ބުނޭ

އަހްމަދު ދާއޫދު
އަހްމަދު ދާއޫދު, ރާއްޖެ އެމްވީ | 10 މެއި 2024 | ހުކުރު 14:54
އެމެރިކާގެ ދިފާއީ ވަޒީރު ލޮއިޑް އޮސްޓިން

އެމެރިކާގެ ދިފާއީ ވަޒީރު ލޮއިޑް އޮސްޓިން

ޣައްޒާގައި ހުރި ހަމާސްގެ ބިމު އަޑީ ޓަނަލްތަކަށް އަމާޒުކޮށް އިޒްރޭލުން ހަމަލާދިނުމަށް ބަރޯސާވެފައި ވަނީ އެމެރިކާއިން ފޯރުކޮށްދޭން އެއްބަސްވި 2000 ޕައުންޑްގެ ބާރުގަދަ ބޮމުގެ މައްޗަށެވެ. އެކަމަކު މިހާރު އެ ޑެލިވަރީތައް އޮތީ ހުއްޓިފައެވެ.

އޭގެ ތެރެއިން 1800 ބޮމުގެ ޝިޕްމަންޓާއި 500 ޕައުންޑްގެ 1700 ބޮމުގެ ޝިޕްމަންޓެއް މަޑުޖައްސާލައިފާވާ ކަމަށް އެމެރިކާގެ އޮފިޝަލުން ބުނެއެވެ. އެމެރިކާއިން މިގޮތަށް ނިންމާފައި މިވަނީ ޣައްޒާގެ ދެކުނުގެ ސިޓީއެއް ކަމަށްވާ ރަފާއަށް އިސްރާއީލުން ހަމަލާދޭން ފަށާފައިވާ ވާތީ ކަމަށް އެމެރިކާއިން ބުނެއެވެ.

އެއް މިލިއަނަށްވުރެ ގިނަ ރެފިއުޖީން ރަފާގައި ހިމާޔަތް ހޯދަމުންދާއިރު، އެމެރިކާގެ އޮފިޝަލުން ކަންބޮޑުވަނީ އެފަދަ ބާރުގަދަ ބޮމުގެ ސަބަބުން ބޮޑެތި ގެއްލުންތަކެއް އެސިޓީގައި ތިބި އާއްމުންނަށް ލިބިދާނެތީއެވެ. އިންސާނީ ހައްގުތަކަށް މަސައްކަތް ކުރާ ޖަމާއަތްތަކުން މީގެކުރިންވެސް ބުނަމުން އައީ އިޒްރޭލުން ބާރުގަދަ ބޮންތައް ބޭނުންކުރުމުގެ ސަބަބުން އާންމުންގެ ގިނަބައެއްގެ ފުރާނަ ނުޙައްގުން ގެއްލިފައިވާ ކަމަށެވެ.

އެމެރިކާގެ ޑިފެންސް ސެކްރެޓަރީ ލޮއިޑް އޮސްޓިން ސެނެޓުގެ ޕެނަލެއްގައި ބުދަ ދުވަހު ވިދާޅުވީ ރަފާ ފަދަ އާބާދީ ބޮޑު ސަރަހައްދަކަށް ބޭނުންވާނީ ކުދި އަދި އެއަށްވުރެ އާދައިގެ ހަތިޔާރު ކަމަށެވެ. ނަމަވެސް އެ ނިންމުމަކީ ފައިނަލް ނިންމުމެއް ނޫންކަން އޭނާ ވަނީ ސާފުކޮށް ދީފައެވެ.

އޮސްޓިން ވިދާޅުވީ އިޒްރޭލަށް ދިފާއުވުމުގެ ވަސީލަތްތައް ހުރިކަން ކަށަވަރު ކުރުމަށް ޓަކައި ކުރަންޖެހޭ ކަންކަން ކުރަމުން ގެންދާނެ ކަމަށެވެ.

އިޒްރޭލުން ބުނީ އެ ނިންމުމާ މެދު މާޔޫސްވެފައިވާ ކަމަށާއި އެއީ ރައީސް ޖޯ ބައިޑަންއަށް ސިޔާސީ ގޮތުން ޕްރެޝަރު ކޮށްގެން ނިންމި ނިންމުމެއް ކަމަށެވެ. ދިފާއީ ބައެއް ތަޖުރިބާކާރުން ބުނަނީ މިއީ ވަރަށް ބޮޑަށް ސިމްބޮލިކް ފިޔަވަޅެއް ކަމަށާއި ނަމަވެސް އެމެރިކާ އާއި އިޒްރޭލާ ދެމެދު އޮތް ގުޅުމަށް އިތުރު މައްސަލަތަކެއް ކުރިމަތިވާނެ ކަމުގެ އިޝާރާތެއް ލިބިގެންދާނެ ކަމަށެވެ.

އިޒްރޭލުގެ ނޭޝަނަލް ސެކިއުރިޓީ ކައުންސިލްގެ ކުރީގެ ޑެޕިއުޓީ ހެޑް އިޓަމާރް ޔާރް ވިދާޅުވި ގޮތުގައި މިއީ (އިސްރާއީލުގެ ބޮޑުވަޒީރު ބެންޖަމިން) ނަތަންޔާހޫއަށް ދިން ޑިޕްލޮމެޓިކް މެސެޖެކެވެ.

ދެވަނަ ބޮޑު ހަނގުރާމައިގެ ފަހުން އެމެރިކާއިން އެގައުމުގެ މަތިންދާބޯޓުތަކުން 2،000 ޕައުންޑްގެ ބޮން ވައްޓާލި ނަމަވެސް، މިހާރު ހުރި ވާޝަންތަކަކީ ވިއެޓްނާމް ހަނގުރާމައިގެ ވާޝަން ތަކެކެވެ. މިއީ އެއާ ޑްރޮޕްޑް މިއުނިޝަނެކެވެ. މިއީ އެމެރިކާގެ އިންވެންޓްރީގައި ހުރި އެންމެ ބޮޑު އެއް ހަތިޔާރު ކަމަށް ފައުންޑޭޝަން ފޯ ދަ ޑިފެންސް އޮފް ޑިމޮކްރަސީސް ސެންޓާ އޮން މިލިޓަރީ އެންޑް ޕޮލިޓިކަލް ޕަވާގެ ސީނިއާ ރިސާޗް އެނަލިސްޓެއް ކަމަށްވާ ރަޔަން ބްރޮބްސްޓް ވިދާޅުވިއެވެ.

2،000 ޕައުންޑްގެ މި ބޮމުގެ ތަފާތު ވައްތަރުތައް ހުރެއެވެ. ބައެއް ވައްތަރުތައް ފަރުމާކޮށްފައި ވަނީ ބިމުގެ އަޑީގައި ހުންނަ އަމާޒުތަކަށް ހަމަލާދިނުމަށެވެ. އަނެއް ބައި ވައްތަރުތައް ފަރުމާކޮށްފައިވަނީ ބިމުން މަތީގައި ތަންތަން ގޮއްވާލައި ބޮޑެތި ގެއްލުންތަކެއް ލިބޭ ގޮތަށެވެ. ވޭރިއަންޓަށް ބެލުމަށްފަހު، އަދި އިމިއުނިޝަން އޯޕަން ނުވަތަ އާބަން އޭރިއާއަކަށް ވައްޓާލިޔަސް، އޭގެ ބްލާސްޓް ރެޑިއަސް މޭލެއްގެ ހަތަރުބައިކުޅަ އެއްބަޔަށް ވުރެ ދުރަށް ހުންނައިރު، އެ ރޭޑިޔަސްގެ ތެރޭގައި ހިމެނޭ މީހުންނަށާއި، ތަކެއްޗަށް ވަރަށް ބޮޑަށް ގެއްލުންދޭނެއެވެ.

މި ބޮންތައް ފަރުމާކޮށްފައިވާގޮތުން ހަނގުރާމަވެރިންގެ ޖެޓަކުން ބިންމައްޗަށް ވައްޓާލުމުގެ ބަދަލުގައި، އެ ހަތިޔާރަކީ ބޭނުންވެއްޖެ ކޮންމެ އަމާޒަކަށް ވެސް މަގުދައްކައިދޭ ކިޓެއެއް އެކުލެވޭ ހަތިޔާރެކެވެ. މި ކިޓުތަކުން ހަތިޔާރުތައް އިތުރަށް ފުރިހަމަކޮށްދޭ އިރު، ބޮޑު އާބާދީއެއް އޮތް މާހައުލެއްގައި ނަމަ އޭގެ އަމާޒުތަކަށް ވާޞިލްކޮށްދިނުމުގައި މިކިޓްގެ ދައުރު ވަރަށް ބޮޑުވާނެއެވެ.

އެމެރިކާގެ ފައިޓާ ޖެޓްތަކާއި ބޮން ގޮއްވާ މީހުންނާއި ޑްރޯންތަކުން ވެސް މިހަތިޔާރު ކޮށްޓްރޯލްކޮށް ގޮއްވާލަން ބޭނުން ވެއްޖެ ކޮންމެ ހިނދެއްގައި ރިމޯޓްކޮށް ގޮއްވާލެވޭނެއެވެ.

އެމެރިކާއިން ޔޫކްރޭނަށް ހަތިޔާރު ފޯރުކޮށްދޭން ފެށީ 2022 ވަނަ އަހަރު ކަމަށްވާއިރު، މިއީ ޔޫކްރެއިންގެ މަތިންދާބޯޓުތަކުން ވެސް ލޯންޗް ކުރެވިދާނެ ތަންކޮޅެއް މޮޑިފައިޑް ވާޝަނެއް ކަމަށް ރިޕޯޓްތައް ބުނެއެވެ. އޮކްޓޯބަރު މަހުގެ ހަތްވަނަ ދުވަހު ހަމާސް ޖަމާއަތުން އިޒްރޭލަށް ދިން ހަމަލާއަށްފަހު އެމެރިކާއިން ވަނީ އިޒްރޭލުގެ ދިފާއުގައި އެހީތެރިވުމުގެ ގޮތުން އިޒްރޭލަށް 2000 ޕައުންޑްގެ ހަތިޔާރު ފޯރުކޮށްދީފައެވެ.

އިޒްރޭލުގެ އަސްކަރިއްޔާއިން ޣައްޒާގައި ބޭނުންކުރަނީ ކޮން ބާވަތެއްގެ ބޮމެއްކަމެއް އަދި ކޮންވައްތަރެއްގެ އާޓިލަރީއެއް ކަމެއް ހާމަކޮށްފައެއް ނުވެއެވެ. ނަމަވެސް ސައިޓުން ފެނުނު ބްލާސްޓް ބައިތަކާއި ސްޓްރައިކް ފުޓޭޖްގެ އެނަލިސިސްތަކަށް ބަލާއިރު، ވަށާލާފައިވާ އެންކްލޭވްއަށް ވައްޓާލި ބޮމުގެ ބޮޑު ބަޔަކީ އެމެރިކާއިން އުފައްދާފައިވާ ބޮންތަކެއްކަން ތަޖުރިބާކާރުންނަށް ޔަޤީންވެއެވެ. އެ މީހުން ބުނަނީ އެއީ އެމެރިކާގެ 2000 ޕައުންޑްގެ ބޮންކަމަށާއި، އެ ހަމަލާތަކުގައި އާބާދީ ބޮޑު ސަރަހައްދުތަކުގައި އެތައް ސަތޭކަ ބަޔަކު މަރުވެފައިވާ ކަމަށެވެ.

ބްރޮބްސްޓް ވިދާޅުވީ 2000 ޕައުންޑްގެ މި ބޮންތައް ބޭނުންކުރާނީ ރަފާގައި ހަމާސްގެ ޓަނަލް ނެޓްވޯކަށް ހަމަލާ ދިނުމުގައި އިޒްރޭލަށް އެހީތެރިވުމަށް ކަމަށެވެ.

އިޒްރޭލުން ޣައްޒާގައި ހަތިޔާރު ބޭނުންކުރުމާ ބެހޭ ގޮތުން ސްޓޭޓް އެންޑް ޑިފެންސް ޑިޕާޓްމަންޓްގެ މިނިވަން ޓާސްކް ފޯހެއްގައި މަސައްކަތް ކުރެއްވި ހަތިޔާރުގެ މާހިރެއް ކަމަށްވާ އަދި ރިޓަޔާޑް އެމެރިކަން އެއާފޯސް މާސްޓާ ސާޖަންޓް ބްރަޔަންޓް ވިދާޅުވީ، ހަތިޔާރު ފޯރުކޮށްދިނުމުގައި އެމެރިކާއިން އެނިންމި ނިންމުމަކީ އިޒްރޭލަށް ވަރަށް ބޮޑު ގެއްލުމަކަށް ވާނެ ކަމެއް ކަމަށެވެ.

ބްރަޔަންޓް ވިދާޅުވީ 2،000 ޕައުންޑާއި 500 ޕައުންޑްގެ މި ބޮމަކީ އިޒްރޭލުން ހަތް މަސް ދުވަހުގެ ހަނގުރާމައިގެ ކެމްޕޭނުގައި ބޭނުންކުރި މައިގަނޑު ހަތިޔާރުތައް ކަމަށެވެ.

ސްޓޭޓް އެންޑް ޑިފެންސް ޑިޕާޓްމަންޓްތަކުގެ މިނިވަން ޓާސްކްފޯހުން މިދިޔަ މަހު އެކުލަވާލި ރިޕޯޓެއްގައި ބުނެފައި ވަނީ ހަނގުރާމައިގެ ފުރަތަމަ ހަ މަސް ދުވަހުގެ ތެރޭގައި ޣައްޒާއަށް ތިން ލައްކަ ބޮން ވައްޓާލާފައިވާ ކަމަށް ނުވަތަ ބަޑި ޖަހާފައިވާ ކަމަށް އެމެރިކާގެ މަސްދަރުތަކުން އެ ޖަމާއަތުގެ މެމްބަރަކަށް އަންގާފައިވާ ކަމަށެވެ.

އެއް މިލިއަނަށް ވުރެ ގިނަ މީހުން ހިޔާވަހިކަން ހޯދާފައިވާ ރަފާގައި 2،000 ޕައުންޑްގެ ބޮން ބޭނުން ކުރުމުގެ ފުރުސަތު އޮތުމަކީ، އެ ނިކަމެތި ރައްޔިތުން ދާނެ އިތުރު ތަނެއް ނެތްއިރު، އެމެރިކާ ސަރުކާރުގެ ވަރަށް ބޮޑު ކަންބޮޑުވުމެކެވެ.

އެ އަޑުއެހުމުގައި އޮސްޓިން ވަނީ 2،000 ޕައުންޑްގެ ބޮމަކީ ރަފާގެ އޮޕަރޭޝަނަށް އެންމެ ރަނގަޅު ވަސީލަތްތޯ ސުވާލު އުފައްދަވައިފައެވެ.

އެމެރިކާގެ މި ނިންމުމަށް އިޒްރޭލުން ވަނީ ވަރުގަދަ ރައްދެއް ދީފައެވެ. އިޒްރޭލުގެ ޗެނަލް 13 ޓީވީ ނިއުސްއަށް ދެއްވި އިންޓަވިއުއެއްގައި އދ.އަށް ކަނޑައަޅާފައވާ އެގައުމުގެ ސަފީރު ގިލާޑް އެރްދާން ވަނީ މި ނިންމުން މަޑުޖައްސާލުމަކީ ވަރަށް މާޔޫސްކުރުވަނިވި ނިންމުމެއް ކަމަށް ސިފަކުރައްވާފައެވެ. އޭނާ ލަފާ ދެއްވީ އެނިންމުން ނިންމާފައި އެވަނީ ކޮންގްރެސްގެ ފަރާތުން ބައިޑަންއަށް ސިޔާސީ ގޮތުން ޕްރެޝަރު ކުރުމާއި ކެމްޕަސް މުޒާހަރާތަކާއި ކުރިއަށް އޮތް އިންތިހާބާ ގުޅިގެން ކަމަށެވެ.

ދުނިޔެޣައްޒާއެމެރިކާ

ކޮމެންޓް

އިތުރަށް ކިޔާލަން

އެޕްސްޓީން އާއި ރައީސް ޓްރަމްޕް ގެ ގާތް ގުޅުން ހާމަވާ އިތުރު ފޮޓޯ ތަކެއް ރިލީޒްކޮށްފި

އެޕްސްޓީން އާއި ރައީސް ޓްރަމްޕް ގެ ގާތް ގުޅުން ހާމަވާ އިތުރު ފޮޓޯ ތަކެއް ރިލީޒްކޮށްފި

13 ޑިސެމްބަރު 2025
ޓްރަމްޕްގެ ގޯލްޑް ކާޑު ހޯދަން އެއް މިލިއަން ޑޮލަރު ބޭނުންވޭ

ޓްރަމްޕްގެ ގޯލްޑް ކާޑު ހޯދަން އެއް މިލިއަން ޑޮލަރު ބޭނުންވޭ

11 ޑިސެމްބަރު 2025
އިސްލާޙު ބޭނުން ވަނީ އިސްރާއީލްގެ ސަރުކާރަށް، ފަލަސްޠީނަކަށް ނޫން: ސައުދީގެ އިސް ޑިޕްލޮމަޓް މަނާލް

އިސްލާޙު ބޭނުން ވަނީ އިސްރާއީލްގެ ސަރުކާރަށް، ފަލަސްޠީނަކަށް ނޫން: ސައުދީގެ އިސް ޑިޕްލޮމަޓް މަނާލް

08 ޑިސެމްބަރު 2025
ހަމާސް ގެ ހަތިޔާރު ފަލަސްތީނު ދައުލަތައް ހަވާލުކުރަން ތައްޔާރު ކަމަށް ބުނެފި

ހަމާސް ގެ ހަތިޔާރު ފަލަސްތީނު ދައުލަތައް ހަވާލުކުރަން ތައްޔާރު ކަމަށް ބުނެފި

07 ޑިސެމްބަރު 2025
އެމެރިކާގެ ނަން ނުބައިކޮށް ވިދާޅުވެވި، ބައިޑަން އަށް ބޮޑު ލަދުވެތި ކަމެއް

އެމެރިކާގެ ނަން ނުބައިކޮށް ވިދާޅުވެވި، ބައިޑަން އަށް ބޮޑު ލަދުވެތި ކަމެއް

07 ޑިސެމްބަރު 2025

އަހަރުތަކުން މިއަދު

14 ޖެނުއަރީ
މިނިސްޓަރ އިހްސާން އިންނެވީ ޑީއެންއާރުގެ މީޓީން ރޫމުގައި: މުވައްޒަފުން
20251 އަހަރު ކުރިން
ރާއްޖެ

މިނިސްޓަރ އިހްސާން އިންނެވީ ޑީއެންއާރުގެ މީޓީން ރޫމުގައި: މުވައްޒަފުން

ބޭކަރީއެއްގެ ޝެފަކު ތައްޔާރުކުރި ކާއެއްޗަކަށް ފާޑުކިއުމުން ޙަމަލާދިން މައްސަލައިގައި ޝެފް 7 އަހަރަށް ޖަލަށް
20242 އަހަރު ކުރިން
ރާއްޖެ

ބޭކަރީއެއްގެ ޝެފަކު ތައްޔާރުކުރި ކާއެއްޗަކަށް ފާޑުކިއުމުން ޙަމަލާދިން މައްސަލައިގައި ޝެފް 7 އަހަރަށް ޖަލަށް

ބަރަބޯ އޮށުގެ ފައިދާ
20233 އަހަރު ކުރިން
ރިޕޯޓު

ބަރަބޯ އޮށުގެ ފައިދާ

11 ފަންނާނުންނާއެކު ޕެޓްރޯލް އޮފިސީ ސެލެބްރިޓީ ރޭސް ލޯންޗުކޮށްފި
20224 އަހަރު ކުރިން
ރާއްޖެ

11 ފަންނާނުންނާއެކު ޕެޓްރޯލް އޮފިސީ ސެލެބްރިޓީ ރޭސް ލޯންޗުކޮށްފި

ރާއްޖޭގެ އެންމެ ބޮޑު ރިސޯޓް، ރެއަކަށް 80،000 ޑޮލަރު
20215 އަހަރު ކުރިން
ވިޔަފާރި-އިގްތިސާދު

ރާއްޖޭގެ އެންމެ ބޮޑު ރިސޯޓް، ރެއަކަށް 80،000 ޑޮލަރު

އަރިހުގައި ހުންނަވައި ލަތީފު މަޅާލަން އަތް ނެންގެވުމުން ކޮސްވެއްޖެ!؟
20197 އަހަރު ކުރިން
ރިޕޯޓު

އަރިހުގައި ހުންނަވައި ލަތީފު މަޅާލަން އަތް ނެންގެވުމުން ކޮސްވެއްޖެ!؟

66.38 މިލިއަން ޑޮލަރު: ދިވެހި ދައުލަތުން ކުރި އެންމެ ބޮޑު ވައްކަން
20188 އަހަރު ކުރިން
ރިޕޯޓު

66.38 މިލިއަން ޑޮލަރު: ދިވެހި ދައުލަތުން ކުރި އެންމެ ބޮޑު ވައްކަން

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު