Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - sportsAdvertisement
ކުޅިވަރު
ޔުއެފާ ޗެމްޕިއަންސް ލީގު

އަންޗެލޮޓީ ހުރީ އިތުރު ފައިނަލެއްގެ އުންމީދުގައި

ބަޔާންގައި ވަރަށް ހުނަރުވެރި، މޮޅު އަދި ނުރައްކާތެރި ސްޓައިކަރުން އެބަ ތިބި

ޝައިހާން ޒަރީރް
ޝައިހާން ޒަރީރް, ރާއްޖެ އެމްވީ | 8 މެއި 2024 | ބުދަ 07:33
ރެއާލް މެޑްރިޑުގެ ކޯޗު ކާލޯ އަންޗެލޮޓީ

ރެއާލް މެޑްރިޑުގެ ކޯޗު ކާލޯ އަންޗެލޮޓީ

ސްޕެއިންގެ ރެއާލް މެޑްރިޑާއެކު، ޔުއެފާ ޗެެމްޕިއަންސް ލީގުގެ އިތުރު ފައިނަލަކަށް ދިޔުމުގެ އުންމީދުގައި ހުރި ކަމަށް އެ ޓީމުގެ ކޯޗު ކާލޯ އަންޗެލޮޓީ ބުނެފި އެވެ.

އޭނާ މިހެން ބުނީ، ޗެމްޕިއަންސް ލީގުގެ ސެމީ ފައިނަަލްގެ ދެ ވަނަ ލެގުގައި ޖަރުމަނުގެ ބަޔާން މިއުނިކާ ދެކޮޅަށް، ރެއާލްގެ އަމިއްލަ ދަނޑުގައި ކުޅޭ މެޗުގެ ކުރިން އޮތް ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަ ދައްކަމުންނެވެ. ސެމީ ފައިނަލްގެ ފުރަތަމަ ލެގުގައި ބަޔާންގެ ދަނޑުގައި ކުޅުނު މެޗު އެއްވަރުވީ 2-2 އިންނެެވެ. އެހެންކަމުން، ފައިނަލްގެ ޖާގަ ލިބޭނީ ރެއާލް ދަނޑުގައި ކުޅޭ މެޗުން މޮޅުވާ ޓީމަކަށެވެ.

އަންޗެލޮޓީ ބުނީ، ބަޔާނާ ދެކޮޅަށް ކުޅުނު ފުރަތަމަ ލެގުން ރެއާލްގެ ކުޅުންތެރިން އަދި އޭނާ އަށް ވެސް ގިނަ ކަންތައްތަކެއް ދަސްވި ކަމަށެވެ. އެހެންކަމުން އަމިއްލަ ދަނޑުގައި ކުޅޭ ދެ ވަނަ ލެގާ ކުރިމަތިލާނީ އެކަންކަމަށް ސަމާލުކަން ދީގެން، ވަރަށް ފުރިހަމަ އަށް ތައްޔާރުވެގެން ކަމަށް ވެސް އޭނާ ބުންޏެވެ.

ބަޔާންގައި ތިބި ކުޅުންތެރިންނާ ގުޅޭ ގޮތުން ވާހަކަ ދައްކަމުން އަންޗެލޮޓީ ބުނީ، އެ ޓީމުގައި ވަރަށް ހުނަރުވެރި، މޮޅު އަދި ނުރައްކާތެރި ސްޓައިކަރުން ތިބި ކަމަށެވެ. އެ ކުޅުންތެރިންނާމެދު ސަމާލުވާން ޖެހޭނެކަން ފާހަގަކޮށް އަންޗެލޮޓީ ބުނީ، ރެއާލަށް ރަނގަޅަށް ކުޅެވޭނެ ކަމަށާއި، އެމީހުންގެ މައްޗަށް ކުރި ވެސް ހޯދޭނެ ކަމަށެވެ.

އަންޗެލޮޓީ ވަނީ ރެއާލާއެކު ޗެމްޕިއަންސް ލީގު ދެ ފަހަރު ކާމިޔާބު ކޮށްފަ އެވެ. އޭނާ ބުނީ ޗެމްޕިއަންސް ލީގުގެ ފައިނަލަކީ ކޮންމެ ކުޅުންތެރިޔަކު ވެސް އަދި ކޯޗަކު ވެސް ހުންނަން ބޭނުންވާ ވަރުގެ، މުހިންމު އަދި ޝައުޤުވެރި މެޗެއް ކަމަށެވެ. އެހެންކަމުން އޭނާ ބޭނުން ވަނީ ޗެމްޕިއަންސް ލީގުގެ އިތުރު ފައިނަލެއްގައި ހުންނަން ކަމަށް ވެސް އަންޗެލޮޓީ ވަނީ ބުނެފަ އެވެ.

ރެއާލް އަކީ މިހާތަނަށް އެންމެ ގިނަ ފަހަރު ޗެމްޕިއަންސް ލީގު ކާމިޔާބު ކޮށްފައިވާ ޓީމެވެ. މިހާތަނަށް ރެއާލުން ވަނީ 14 ފަހަރު ޗެމްޕިއަންސް ލީގު ކާމިޔާބު ކޮށްފަ އެވެ. އެންމެ ފަހުން އެ ޓީމުން ޗެމްޕިއަންސް ލީގު ކާމިޔާބު ކުރީ 2022 ވަނަ އަހަރު އެވެ. އެ ފަހަރުގެ މުބަރާތް ރެއާލުން ކާމިޔާބު ކުރީ ލިވަޕޫލް ބަލި ކުރުމަށްފަހު އެވެ.

ޔުއެފާ ޗެމްޕިއަންސް ލީގުރެއާލް މެޑްރިޑްކާލޯ އަންޗެލޮޓީ

ކޮމެންޓް

އިތުރަށް ކިޔާލަން

ފަހަތުން އަރައި ސިޓީ އިން ރެއާލް ބަލިކޮށްފި

ފަހަތުން އަރައި ސިޓީ އިން ރެއާލް ބަލިކޮށްފި

11 ޑިސެމްބަރު 2025
ހަ ވަނަ މޮޅާ އެކު އާސެނަލް އެއް ވަނައިގައި

ހަ ވަނަ މޮޅާ އެކު އާސެނަލް އެއް ވަނައިގައި

11 ޑިސެމްބަރު 2025
ފަހު ވަގުތު އިންޓަ އަތުން މޮޅުވެ ލިވަޕޫލް އަށް ހަމަ ނޭވާއެއް

ފަހު ވަގުތު އިންޓަ އަތުން މޮޅުވެ ލިވަޕޫލް އަށް ހަމަ ނޭވާއެއް

10 ޑިސެމްބަރު 2025
އެޓަލަންޓާ އަތުން ޗެލްސީ ބަލިވެއްޖެ

އެޓަލަންޓާ އަތުން ޗެލްސީ ބަލިވެއްޖެ

10 ޑިސެމްބަރު 2025
ފަހަތުން އަރައި ބާސެލޯނާ އިން ފްރޭންކްފާޓް ބަލިކޮށްފި

ފަހަތުން އަރައި ބާސެލޯނާ އިން ފްރޭންކްފާޓް ބަލިކޮށްފި

10 ޑިސެމްބަރު 2025

އަހަރުތަކުން މިއަދު

23 ޖޫން
ފޯނުން ގުޅުއްވައި ރައީސް ޞާލިހު ރައީސް ނަޝީދަށް މަރުހަބާ ވިދާޅުވެއްޖެ
20251 އަހަރު ކުރިން
ރާއްޖެ

ފޯނުން ގުޅުއްވައި ރައީސް ޞާލިހު ރައީސް ނަޝީދަށް މަރުހަބާ ވިދާޅުވެއްޖެ

13.7 ބިލިއަން ރުފިޔާ ނެގީ އެމްއެމްއޭ އިން، މިއީ ހަމަ ފައިސާ ޗާޕްކުރުން - ކުރީގެ ރައީސް ޔާމީން
20242 އަހަރު ކުރިން
ރާއްޖެ

13.7 ބިލިއަން ރުފިޔާ ނެގީ އެމްއެމްއޭ އިން، މިއީ ހަމަ ފައިސާ ޗާޕްކުރުން - ކުރީގެ ރައީސް ޔާމީން

"ޓައިޓަން ސަބްމަރސިބަލް ގޮވި ގޮވުމަކީ ރަހުމަތެއް"
20233 އަހަރު ކުރިން
ރިޕޯޓު

"ޓައިޓަން ސަބްމަރސިބަލް ގޮވި ގޮވުމަކީ ރަހުމަތެއް"

ޔޫކްރެއިން-ރަޝިއާ ހަނގުރާމައަށް 4 މަސް: ޔޫކްރެއިނަށް އީޔޫގެ މެމްބަރުކަން. ރަޝިއާއަށް ސިއެވިއެރޮޑެނެސްކް؟
20224 އަހަރު ކުރިން
ރިޕޯޓު

ޔޫކްރެއިން-ރަޝިއާ ހަނގުރާމައަށް 4 މަސް: ޔޫކްރެއިނަށް އީޔޫގެ މެމްބަރުކަން. ރަޝިއާއަށް ސިއެވިއެރޮޑެނެސްކް؟

ނަޝީދުއަށް ލިބިވަޑައިގެންނެވި އެންމެ ޒަޚަމެއް ފިޔަވައި އެހެން ހުރިހާ ޒަޚަމެއް ފަސޭހަވެއްޖެ
20215 އަހަރު ކުރިން
ރާއްޖެ

ނަޝީދުއަށް ލިބިވަޑައިގެންނެވި އެންމެ ޒަޚަމެއް ފިޔަވައި އެހެން ހުރިހާ ޒަޚަމެއް ފަސޭހަވެއްޖެ

ސުޕްރީމް ކޯޓުގެ ފަނޑިޔާރުންގެެ އަދަދު 7 އަށް ބަދަލުކުރަނީ
20197 އަހަރު ކުރިން
ރާއްޖެ

ސުޕްރީމް ކޯޓުގެ ފަނޑިޔާރުންގެެ އަދަދު 7 އަށް ބަދަލުކުރަނީ

އިންޑިއާއިން ރާއްޖެއަށް ދިން ވިޔަފާރީގެ އިންޒާރު، ވަރަށް ހިތްދަތި!
20188 އަހަރު ކުރިން
ރިޕޯޓު

އިންޑިއާއިން ރާއްޖެއަށް ދިން ވިޔަފާރީގެ އިންޒާރު، ވަރަށް ހިތްދަތި!

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު