Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރާއްޖެޕީޖީއޭ

މަސީހު އިސްތިއުފާދެއްވުމަށް ޕީޖީއޭ އިން "ހަނދާންކޮށްދީފި"

7 އޯގަސްޓު 2017 | ހޯމަ 14:18

މެންބަރުންނަށް ގޯނާ ނުކުރުމަށް ވަނީ ގޮވާލާފަ

އިސްމާއިލް ނާއިލް ނަޝީދު
އިސްމާއިލް ނާއިލް ނަޝީދު | 7 އޯގަސްޓު 2017 | ހޯމަ 14:18
ރައްޔިތުންގެ މަޖިލީހުގެ ރައީސް ޢަބްދުﷲ މަސީޙު އިބްރާހިމް: މެންބަރުންގެ ތާޢީދުނެތްނަމަ އިސްތިޢުފާ ދިނުމަށް ޤާނޫނުގައި ބުނެފައިވާކަން ޕީޖީއޭއިން ވަނީ ހަނދާންކޮށްދީފައި

ރައްޔިތުންގެ މަޖިލީހުގެ ރައީސް ޢަބްދުﷲ މަސީޙު އިބްރާހިމް: މެންބަރުންގެ ތާޢީދުނެތްނަމަ އިސްތިޢުފާ ދިނުމަށް ޤާނޫނުގައި ބުނެފައިވާކަން ޕީޖީއޭއިން ވަނީ ހަނދާންކޮށްދީފައި

ރައްޔިތުންގެ މަޖިލީހުގެ ރައީސް، ނުވަތަ މަޖިލިސް ރައީސްގެ ނައިބުގެ މައްޗަށް އިތުބާރު ނެތް ކަމަށް މަޖިލީހުގެ އަގުލަބިއްޔަތު މެންބަރުން ނިންމާ ހިސާބުން އެފަރާތްތަކުން އިސްތިއުފާ ދެއްވުމަކީ، ދިވެހި ރާއްޖޭގެ ޤާނޫނުތަކުގައި ލިޔެފައިވާ ގޮތް ކަން، ޕާލިމެންޓޭރިއަންސް ފޯ ގްލޯބަލް އެކްޝަން (ޕީޖީއޭ) އިން "ހަނދާން ކޮށްދީފި" އެވެ.

142 ޤައުމުގެ ޤާނޫނު ހަދާ މަޖިލީސްތަކުގެ މެންބަރުން ހިމެނޭ، ޕާލިމެންޓޭރިއަނުންގެ ބައިނަލްއަޤުވާމީ އެންމެ ބޮޑު ޖަމިއްޔާ، ޕީޖީއޭ އިން ނެރުނު ބަޔާނެއްގައި ބުނެފައި ވަނީ، ރާއްޖޭގެ ރައްޔިތުންގެ މަޖިލީހުގެ މެންބަރުންނާއި ދެކޮޅަށް އެކި ކަހަލަ ތުޙުމަތުކޮށް، ބައެއް މެންބަރުން ހައްޔަރުކޮށް، ދުސްތޫރީ އަދި ޑިމޮކްރެޓިކް ނިޒާމާއި ދެކޮޅަށް ގިނަ ކަންތައްތަކެއް ހިންގާތީ ކަންބޮޑުވާ ކަމަށެވެ.

ދިވެހިރާއްޖޭގެ ޤާނޫނުއަސާސީގެ 21، 27، 28، 30، 32، 42، 45، އަދި 58 ގައި ކަށަވަރު ކޮށްދޭ ހައްޤުތައް އެންމެ ފުރިހަމައަށް، ހުރިހާ ރައްޔިތުންނަށް ހަމަހަމައަށް ކަށަވަރު ކޮށްދިނުމަށް މި ބaޔާނުގައި ވަނީ ގޮވާލާފައެވެ.

އަދި ރައްޔިތުންގެ މަޖިލީހުގެ ރައީސް، ނުވަތަ މަޖިލިސް ރައީސްގެ ނައިބުގެ މައްޗަށް އިތުބާރު ނެތް ކަމަށް މަޖިލީހުގެ އަގުލަބިއްޔަތު މެންބަރުން ނިންމާ ހިސާބުން އެފަރާތްތަކުން އިސްތިއުފާ ދެއްވުމަކީ، ދިވެހި ރާއްޖޭގެ ޤާނޫނުތަކުގައި ކަން ކުރުމަށް ކަނޑައަޅާފައިވާ ގޮތްކަން ޕީޖީއޭގެ ބަޔާނުގައި ވަނީ ފާހަގަ ކޮށްފައެވެ.

މީގެ އިތުރުން، ރައްޔިތުންގެ މަޖިލީހުގެ އެކި މެންބަރުންނާއި، ސިޔާސީ އެކި ފަރާތްތަކާއި ދެކޮޅަށް ސަރުކާރުން މިހާރު ހިންގަމުންދާ އެކި އަމަލުތައް ކުށްވެރިކޮށް، އެ އަމަލުތައް ހުއްޓާލުމަށް މި ބަޔާނުގައި ގޮވާލާފައިވެއެވެ.

އަދި ހަމަ މިއާއިއެކު، 60 އަހަރަށްވުރެ ގިނަ ދުވަހަށް ފަހު، މަރުގެ ޙުކުމް ތަންފީޒުކުރަން އަލުން ފެށުމަށް ސަރުކާރުން ނިންމާފައިވާއިރު، ޝަރުޢީ ނިޒާމު އަދިވެސް އެންމެ ފުރިހަމައަށް މިނިވަންވެފައި ނުވުމާއި، އެ ނިޒާމަށް އިސްލާހީ ބަދަލުތަކެއް ގެންނަން ޖެހޭތީ، މިހާރު އޮތް ހާލަތުގައި މަރުގެ ޙުކުމް ތަންފީޒު ކުރުމާއި މެދު ޕީޖީއޭއިން ވަނީ ކަންބޮޑުވުން ފާޅުކޮށްފައެވެ.

ޤާނޫނުހަދާ މަޖިލީސްތަކުގެ ބައިނަލްއަޤުވާމީ އެންމެ ބޮޑު ޖަމުޢިއްޔާއިން މިފަދަ ބަޔާނެއް ނެރެފައިވާއިރު، ރައްޔިތުންގެ މަޖިލީހުގެ 4 މެންބަރުން ޖަލަށްލައި، އެ މަޖިލީހުގެ ގިނަ މެންބަރުންތަކެއްގެ މައްޗަށް ޖިނާއީ ތުޙުމަތުކޮށް، މަޖިލީހުގެ 4 މެންބަރުންގެ ޕާސްޕޯޓް ވަނީ ހިފަހައްޓާފައެވެ.

އިތުރަށް ކިޔާލަން

14 މާރިޗު 2017

މިއީ ހަމައެކަނި މަސީހުގެ މައްޗަށް ނަގާ ވޯޓެއް ނޫން: ރައީސް ޔާމީން

14 މާރިޗު 2017
މިއީ ހަމައެކަނި މަސީހުގެ މައްޗަށް ނަގާ ވޯޓެއް ނޫން: ރައީސް ޔާމީން
12 މާރިޗު 2017

މަސީހުގެ އިތުބާރު ނެތްކަމުގެ މައްސަލަ މިމަހުގެ 27 އަށް ތާވަލްކޮށްފި

12 މާރިޗު 2017
މަސީހުގެ އިތުބާރު ނެތްކަމުގެ މައްސަލަ މިމަހުގެ 27 އަށް ތާވަލްކޮށްފި
11 މާރިޗު 2017

މަސީހު މަގާމުން ވަކިކުރެވޭ ވަރަށް ވޯޓް ހަމަވެއްޖެ:ފާރިސް

11 މާރިޗު 2017
މަސީހު މަގާމުން ވަކިކުރެވޭ ވަރަށް ވޯޓް ހަމަވެއްޖެ:ފާރިސް
09 މާރިޗު 2017

މަޖިލީސް ވާވެފައިވާ ތަނަކަށް ހެދީ މަސީހު، އޭނާ ބޭރުކުރާނަން: ގަފޫރު

09 މާރިޗު 2017
މަޖިލީސް ވާވެފައިވާ ތަނަކަށް ހެދީ މަސީހު، އޭނާ ބޭރުކުރާނަން: ގަފޫރު
08 މާރިޗު 2017

މަޖިލީހުގެ ރައީސް ކަމުން މަސީހު ބޭރުކުރަން ފުރިހަމައަށް ތާއީދު ކުރަން: ރައީސް މައުމޫން

08 މާރިޗު 2017
މަޖިލީހުގެ ރައީސް ކަމުން މަސީހު ބޭރުކުރަން ފުރިހަމައަށް ތާއީދު ކުރަން: ރައީސް މައުމޫން
08 މާރިޗު 2017

މަސީހު ބޭރުކުރުން ލާޒިމް، ބޮޑު މެޖޯރިޓީއެއް އެބައޮތް: ފާރިސް

08 މާރިޗު 2017
މަސީހު ބޭރުކުރުން ލާޒިމް، ބޮޑު މެޖޯރިޓީއެއް އެބައޮތް: ފާރިސް
08 މާރިޗު 2017

މަސީހުގެ އިތުބާރުގެ ނެތްކަމުގެ މައްސަލަ މަޖިލީހަށް ހުށަހަޅައިފި

08 މާރިޗު 2017
މަސީހުގެ އިތުބާރުގެ ނެތްކަމުގެ މައްސަލަ މަޖިލީހަށް ހުށަހަޅައިފި
07 މާރިޗު 2017

މަޖިލީހުގެ ރައީސް މަސީހު އިތުބާރު ނެތްކަމުގެ ވާހަކަތަކާ އެކު މަޖިލިސް މެދު ކެނޑިއްޖެ!

07 މާރިޗު 2017
މަޖިލީހުގެ ރައީސް މަސީހު އިތުބާރު ނެތްކަމުގެ ވާހަކަތަކާ އެކު މަޖިލިސް މެދު ކެނޑިއްޖެ!
22 ފެބުރުއަރީ 2017

މަސީހުގެ އިތުބާރު ނެތް ކަމުގެ މައްސަލަ ފެއިލްކޮށްލާނަން: ނިހާން

22 ފެބުރުއަރީ 2017
މަސީހުގެ އިތުބާރު ނެތް ކަމުގެ މައްސަލަ ފެއިލްކޮށްލާނަން: ނިހާން
06 ޖެނުއަރީ 2017

ނިމިގެންދިޔަ އަހަރަކީ މުހިންމު ގާނޫނު ތަކެއް ފާސްކުރެވުނު އަހަރެއް: މަސީހު

06 ޖެނުއަރީ 2017
ނިމިގެންދިޔަ އަހަރަކީ މުހިންމު ގާނޫނު ތަކެއް ފާސްކުރެވުނު އަހަރެއް: މަސީހު
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް