Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - sportsAdvertisement
ކުޅިވަރުރެއާލް މެޑްރިޑު

ބެލިންހަމް މިހާރު ފިޓުވެއްޖެ: އަންޗެލޮޓީ

4 މެއި 2024 | ހޮނިހިރު 06:40

އަންޗެލޮޓީ ބުނީ، މިދިޔަ ހަފުތާގައި ބެލިންހަމް މުޅިން ފިޓު ނޫން ކަމަށާއި، ބެލިންހަމް ހުރީ ކޮންމެ ވެސް ވަރަކަށް ބަލިވެފައި ކަމަށް

ޝައިހާން ޒަރީރް
ޝައިހާން ޒަރީރް | 4 މެއި 2024 | ހޮނިހިރު 06:40
ރެއާލަށް ކުޅެމުން އަންނަ ބެލިންހަމް

ރެއާލަށް ކުޅެމުން އަންނަ ބެލިންހަމް

ރެއާލް މެޑްރިޑަށް ކުޅެމުން އަންނަ އިންގްލެންޑުގެ ޒުވާން ކުޅުންތެރިޔާ، ޖޫޑް ބެލިންހަމް މިހާރު ފިޓުވެއްޖެ ކަމަށް އެ ކުލަބުގެ ކޯޗު ކާލޯ އަންޗެެލޮޓީ ބުނެފި އެވެ.

އޭނާ މިހެން ބުނީ، ސްޕެނިޝް ލީގުގައި ރެއާލުން ކާޑިޒްއާ ދެކޮޅަށް ކުޅޭ މެޗުގެ ކުރިން އޮތް ނޫސްވެރިންގެ ބައްދަލުވުމައި ވާހަކަ ދައްކަމުންނެވެ.

އަންޗެލޮޓީ ބުނީ، މިދިޔަ ހަފުތާގައި ބެލިންހަމް މުޅިން ފިޓު ނޫން ކަމަށާއި، ބެލިންހަމް ހުރީ ކޮންމެ ވެސް ވަރަކަށް ބަލިވެފައި ކަމަށެވެ. ސަބަބަކީ އޭނާ އަށް ވައިރަހެއްގެ އުނދަގޫ ކުރުން ކަމަށާއި، އޭރު އޭނާ އެކަމުން މުޅިން ރަނގަޅު ނުވާ ކަމަށެވެ. އެހެން ނަމަވެސް، މިހާރު ބެލިންހަމް ހުރީ މުޅިން ފިޓުވެފައި ކަމަށް އަންޗެލޮޓީ ބުންޏެވެ.

އެންމެ ފަހުން ސްޕެނިޝް ލީގުގައި ރެއާލުން، ރެއާލް ސޮސިއެޑާޑާ ދެކޮޅަށް ކުޅުނު މެޗުގައި ބެލިންހަމް ނުކުޅެ އެވެ. އޭގެ ފަހުން ޔުއެފާ ޗެމްޕިއަންސް ލީގުގެ ސެމީ ފައިނަލްގެ ފުރަތަމަ ލެގުގައި ބަޔާން މިއުނިކާ ދެކޮޅަށް ކުޅުނު މެޗުގައި ބެލިންހަމް ކުޅެނެވެ. އެ މެޗުގެ ފުރަތަމަ 11 ގައި ހިމެނިގެން އޭނާ ކުޅުނު ނަމަވެސް، ވަކި ހިސާބަކުން ވަނީ ބަދަލުކޮށްފަ އެވެ.

ޖަރުމަނުގެ ބޮރޫޝިއާ ޑޯޓްމަންޑު ދޫކޮށްލުމަށްފަހު، ރެއާލަށް ބަދަލުވެ ބެލިންހަމް އަންނަނީ އެކުލަބުގައި މޮޅު ކުޅުމެއް ދައްކަމުންނެވެ. މިހާތަނަށް އޭނާ ވަނީ ރެއާލަށް ކުޅެދިން 37 މެޗުން 21 ލަނޑު ޖަހައިފަ އެވެ.

ރެއާލް މެޑްރިޑްޖޫޑް ބެލިންހަމްކާލޯ އަންޗެލޮޓީ

އިތުރަށް ކިޔާލަން

11 ޑިސެމްބަރު 2025

ފަހަތުން އަރައި ސިޓީ އިން ރެއާލް ބަލިކޮށްފި

11 ޑިސެމްބަރު 2025
ފަހަތުން އަރައި ސިޓީ އިން ރެއާލް ބަލިކޮށްފި
09 ޑިސެމްބަރު 2025

ވަޒީފާ އިން ވަކި ކޮށްފާނެ ކަމުގެ ބިރެއް އަލޮންސޯގެ ނެތް

09 ޑިސެމްބަރު 2025
ވަޒީފާ އިން ވަކި ކޮށްފާނެ ކަމުގެ ބިރެއް އަލޮންސޯގެ ނެތް
08 ޑިސެމްބަރު 2025

ސެލްޓަ އަތުން ބަލިވެ ފަރަގު ކުޑަ ކުރަން ލިބުނު ފުރުސަތު ރެއާލް އިން ނަގާލައިފި

08 ޑިސެމްބަރު 2025
ސެލްޓަ އަތުން ބަލިވެ ފަރަގު ކުޑަ ކުރަން ލިބުނު ފުރުސަތު ރެއާލް އިން ނަގާލައިފި
04 ޑިސެމްބަރު 2025

އެމްބާޕޭގެ ދެ ލަނޑާ އެކު ބިލްބާއޯ ބަލިކޮށް، ރެއާލް އިން ފަރަގު ކުޑަ ކޮށްފި

04 ޑިސެމްބަރު 2025
އެމްބާޕޭގެ ދެ ލަނޑާ އެކު ބިލްބާއޯ ބަލިކޮށް، ރެއާލް އިން ފަރަގު ކުޑަ ކޮށްފި
02 ޑިސެމްބަރު 2025

އަލޮންސޯ ބުނީ ރެއާލް އިން މަސައްކަތް ކުރި ކަމަށާއި، ފުރުސަތު ނުގެއްލޭ ކަމަށް

02 ޑިސެމްބަރު 2025
އަލޮންސޯ ބުނީ ރެއާލް އިން މަސައްކަތް ކުރި ކަމަށާއި، ފުރުސަތު ނުގެއްލޭ ކަމަށް
27 ނޮވެމްބަރު 2025

އެމްބާޕާގެ ހަތަރު ލަނޑާ އެކު ރެއާލް މޮޅުވެއްޖެ

27 ނޮވެމްބަރު 2025
އެމްބާޕާގެ ހަތަރު ލަނޑާ އެކު ރެއާލް މޮޅުވެއްޖެ
05 ނޮވެމްބަރު 2025

ރެއާލް ބަލިކޮށް، ލިވަޕޫލް އަށް ހަމަޖެހުމެއް

05 ނޮވެމްބަރު 2025
ރެއާލް ބަލިކޮށް، ލިވަޕޫލް އަށް ހަމަޖެހުމެއް
28 އޮކްޓޯބަރު 2025

އަލޮންސޯ ހުރީ ހިތްހަމަ ޖެހިގެން، ކުޅުންތެރިންގެ އިތުބާރު ހިފެހެއްޓޭނެ

28 އޮކްޓޯބަރު 2025
އަލޮންސޯ ހުރީ ހިތްހަމަ ޖެހިގެން، ކުޅުންތެރިންގެ އިތުބާރު ހިފެހެއްޓޭނެ
27 އޮކްޓޯބަރު 2025

ބާސެލޯނާ ބަލިކޮށް، ރެއާލް އަށް ފަސް ޕޮއިންޓުގެ ލީޑެއް

27 އޮކްޓޯބަރު 2025
ބާސެލޯނާ ބަލިކޮށް، ރެއާލް އަށް ފަސް ޕޮއިންޓުގެ ލީޑެއް
20 އޮކްޓޯބަރު 2025

ގެޓާފޭ އަތުން ހޯދި އުނދަގޫ މޮޅާ އެކު، ރެއާލް އެއް ވަަނަ އަށް

20 އޮކްޓޯބަރު 2025
ގެޓާފޭ އަތުން ހޯދި އުނދަގޫ މޮޅާ އެކު، ރެއާލް އެއް ވަަނަ އަށް
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް