Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - sportsAdvertisement
ކުޅިވަރު
ޗެލްސީ

ކުޅުންތެރިން ކުށްވެރި ކުރާކަށް ޕޮޗެޓީނޯ ބޭނުމެއް ނުވޭ!

ޕޮޗެޓީނޯ ބުނީ، އޭނާގެ ކުޅުންތެރިންނާ ދެކޮޅަށް ބޭނުން ކުރަމުންދާ ބަސްތަކަކީ އެންމެ ރަނގަޅު ބަސަތަކެއް ނޫން ކަމަށް

ޝައިހާން ޒަރީރް
ޝައިހާން ޒަރީރް, ރާއްޖެ އެމްވީ | 25 އެޕްރީލު 2024 | ބުރާސްފަތި 00:01
ޗެލްސީގެ ފަރިތަކުރުމެއްގައި ޕޮޗެޓީނޯ

ޗެލްސީގެ ފަރިތަކުރުމެއްގައި ޕޮޗެޓީނޯ

ޗެލްސީގެ ނަތީޖާތައް ދަށްވެފައިވީ ނަމަވެސް، ކުޅުންތެރިން ކުށްވެރި ކުރަން ބޭނުން ނުވާ ކަމަށް އެ ޓީމުގެ ކޯޗު މައުރީސިއޯ ޕޮޗެޓީނޯ ބުނެފި އެވެ.

އޭނާ މިހެން ބުނީ އިނގިރޭސި ޕްރިމިއާ ލީގުގައި އާސެނަލާ ދެކޮޅަށް ޗެލްސީން ކުޅުނު މެޗަށްފަހު އެވެ. އާސެނަލްގެ ދަނޑުގައި ކުޅުނު މެޗުން ޗެލްސީ ވަނީ ލަދުވެތި ބައްޔަކުން ބަލިވެފަ އެވެ.

އެ މެޗަށްފަހު ވާހަކަ ދައްކަމުން ޕޮޗެޓީނޯ ބުނީ، އޭނާގެ ކުޅުންތެރިންނާ ދެކޮޅަށް ބޭނުން ކުރަމުންދާ ބަސްތަކަކީ އެންމެ ރަނގަޅު ބަސަތަކެއް ނޫން ކަމަށެވެ. ޚާއްސަކޮށް އެ ބަސްތަކަކީ ކުޅުންތެރިން ތިބި ގޮތް ސިފަ ކޮށްދޭން އެންމެ އެކަށީގެންވާ ބަސްތަކެއް ނޫން ކަމަށް ވެސް އޭނާ ބުންޏެވެ.

މީގެ އިތުރުން ޕޮޗެޓީނޯ ބުނީ، ޗެލްސީގެ ކުޅުންތެރިން ކުށްވެރި ކުރަން އޭނާ ބޭނުން ނުވާ ކަމަށާއި، އެކަން ނުވެސް ކުރާނެ ކަމަށެވެ. ޚާއްސަކޮށް ޗެލްސީ އަށް އައިސް ތިބި ޒުވާން ކުޅުންތެރިންގެ ކުށެކޭ ނުބުނެވޭނެ ކަމަށް ވެސް އޭނާ ބުންޏެވެ. އެއީ އެ ކުޅުންތެރިން ޗެލްސީ އަށް އައިއިރު ވެސް ކުލަބު އޮތީ ގޯސް ޙާލަތެއްގައި ކަމަށާއި، ޗެލްސީ އަށް އައިސް އެ ކުޅުންތެރިން އެތައް މަސައްކަތެއް ކުރާތީ ކަމަށް ވެސް އޭނާ ބުންޏެވެ.

ޕޮޗެެޓީނޯ ދެކޭ ގޮތުގައި ކުޅުންތެރިން ކުށްވެރިކޮށްގެން ކުރިއަކަށް ވެސް ނުދެވޭނެ އެވެ. ކުށްވެރި ކުރުމުގެ ބަދަލުގައި ކުރަން ޖެހޭ ކަމަކީ، އެކުގައި އެންމެން އެކަތި ގަނޑެއްގެ ގޮތުގައި މަސައްކަތް ކުރުން ކަމަށް ވެސް އޭނާ ވަނީ ބުނެފަ އެވެ. ޕޮޗެޓީނޯ ބުނީ އޭނާގެ ކުޅުންތެރިން ކުރަމުން އަންނަ މަސައްކަތް އެންމެ ގާތުން ފެންނާނީ އޭނާ އަށް ކަމަށާއި، ކުޅުންތެރިންގެ މަސައްކަތަށް ހިތްވަރު ދޭން ބޭނުންވާ ކަމަށެވެ.

ޗެލްސީގެ ނަތީޖާތައް ދަށްވެފައިވާއިރު، މިވަގުތު އެ ޓީމު އޮތީ އިނގިރޭސި ޕްރިމިއާ ލީގު ތާވަލްގެ ނުވަ ވަނައިގަ އެވެ.

ޗެލްސީމައުރީސިއޯ ޕޮޗެޓީނޯ

ކޮމެންޓް

އިތުރަށް ކިޔާލަން

އެޓަލަންޓާ އަތުން ޗެލްސީ ބަލިވެއްޖެ

އެޓަލަންޓާ އަތުން ޗެލްސީ ބަލިވެއްޖެ

10 ޑިސެމްބަރު 2025
ލީޑްސް ޔުނައިޓެޑުން ޗެލްސީ ބަލިކޮށްފި

ލީޑްސް ޔުނައިޓެޑުން ޗެލްސީ ބަލިކޮށްފި

04 ޑިސެމްބަރު 2025
ޗެލްސީ އިން ބާސެލޯނާ ލަދު ގަންނަވާލައިފި

ޗެލްސީ އިން ބާސެލޯނާ ލަދު ގަންނަވާލައިފި

26 ނޮވެމްބަރު 2025
ފަހު ވަގުތު ޗެލްސީ އަތުން ބަލިވެ ލިވަޕޫލް އަށް ޖެހިޖެހިގެން ތިން ވަނަ ބަލި

ފަހު ވަގުތު ޗެލްސީ އަތުން ބަލިވެ ލިވަޕޫލް އަށް ޖެހިޖެހިގެން ތިން ވަނަ ބަލި

05 އޮކްޓޯބަރު 2025
އަމިއްލަ ދަނޑުގައި ބްރައިޓަން އަތުން ޗެލްސީ ބަލިވެއްޖެ

އަމިއްލަ ދަނޑުގައި ބްރައިޓަން އަތުން ޗެލްސީ ބަލިވެއްޖެ

28 ސެޕްޓެމްބަރު 2025

އަހަރުތަކުން މިއަދު

16 މެއި
އައިޖީއެމްއެޗުން އުކުޅުވަޅުގެ އޮޕަރޭޝަނެއް ކުރި މީހެއްގެ ލޮލުގެ ފެނުން ގެއްލި، ނުކުޅެދުންތެރި މީހަކަށް ބަދަލުވި މައްސަލައެއް
20251 އަހަރު ކުރިން
ރާއްޖެ

އައިޖީއެމްއެޗުން އުކުޅުވަޅުގެ އޮޕަރޭޝަނެއް ކުރި މީހެއްގެ ލޮލުގެ ފެނުން ގެއްލި، ނުކުޅެދުންތެރި މީހަކަށް ބަދަލުވި މައްސަލައެއް

އިންތިހާ ތައްޔާރީ ކާބޯތަކެތިން ހަށިގަނޑަށް ވަނީ ގެއްލުންތަ؟ ނޫނީ ފައިދާތަ؟
20242 އަހަރު ކުރިން
ތަފާތު ޚަބަރު

އިންތިހާ ތައްޔާރީ ކާބޯތަކެތިން ހަށިގަނޑަށް ވަނީ ގެއްލުންތަ؟ ނޫނީ ފައިދާތަ؟

12 މެމްބަރުންނާއި އިތުރު ބައެއް ފަރާތްތައް އެމްޑީޕީ އިން ވަކިވެއްޖެ
20233 އަހަރު ކުރިން
ރާއްޖެ

12 މެމްބަރުންނާއި އިތުރު ބައެއް ފަރާތްތައް އެމްޑީޕީ އިން ވަކިވެއްޖެ

އަނެއްކާވެސް ބައްޔަކާމެދު ކަންބޮޑުވުން ފެތުރެން ފަށައިފި
20224 އަހަރު ކުރިން
ރިޕޯޓު

އަނެއްކާވެސް ބައްޔަކާމެދު ކަންބޮޑުވުން ފެތުރެން ފަށައިފި

ބިލް ގޭޓްސްގެ ގިރިޓީކަން ކެނޑި "ކޫޑިކަން" ފާޅުވާން ފަށައިފި
20215 އަހަރު ކުރިން
ތަފާތު ޚަބަރު

ބިލް ގޭޓްސްގެ ގިރިޓީކަން ކެނޑި "ކޫޑިކަން" ފާޅުވާން ފަށައިފި

އަބްދުރަހީމް ފައުންޑޭޝަން ހިމެނޭ ގޮތަށް ވެމްކޯއިން ގިނަ އަދަދެއްގެ ފައިސާ ކުންފުނިތަކަށް ދޫކޮށްފައިވޭ: އާދަމް މުހައްމަދު
20197 އަހަރު ކުރިން
ރާއްޖެ

އަބްދުރަހީމް ފައުންޑޭޝަން ހިމެނޭ ގޮތަށް ވެމްކޯއިން ގިނަ އަދަދެއްގެ ފައިސާ ކުންފުނިތަކަށް ދޫކޮށްފައިވޭ: އާދަމް މުހައްމަދު

ސެއްޅި ބޭސް
20188 އަހަރު ކުރިން
ވާހަކަަ

ސެއްޅި ބޭސް

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު