Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - sportsAdvertisement
ކުޅިވަރު
ޗެލްސީ

މުސްތަޤުބަލެއް ނުފެނޭ، މިތިބީ މާޔޫސްވެފައި: ޕޮޗެޓީނޯ

އަންނަ ސީޒަންގައި ޗެލްސީ އެހެން ދިމާލެއްގައި އޮންނަން ބޭނުންވާ ނަމަ، ރަނގަޅު ނިންމުންތަކެއް ނިންމަން ޖެހޭ

ޝައިހާން ޒަރީރް
ޝައިހާން ޒަރީރް, ރާއްޖެ އެމްވީ | 24 އެޕްރީލު 2024 | ބުދަ 07:25
ޗެލްސީގެ ކޯޗު މައުރީސިއޯ ޕޮޗެޓީނޯ

ޗެލްސީގެ ކޯޗު މައުރީސިއޯ ޕޮޗެޓީނޯ

މިވަގުތު އޮތް ޙާލަތަށް ބަލާއިރު، ޗެެލްސީގެ މުސްތަޤުބަލެއް ނުފެންނަ ކަމަށާއި، އެންމެން ވެސް ތިބީ ބޮޑު މާޔޫސްކަމެއްގެ ތެރޭގައި ކަމަށް އެ ޓީމުގެ ކޯޗު މައުރީސިއޯ ޕޮޗެޓީނޯ ބުނެފި އެވެ.

އޭނާ މިހެން ބުނީ އިނގިރޭސި ޕްރިމިއާ ލީގުގައި އާސެނަލާ ދެކޮޅަށް ކުޅެ، ޗެލްސީ ބަލިވި މެޗަށްފަހު ނޫސްވެރިންނާ ވާހަކަ ދައްކަމުންނެވެ. އާސެނަލްގެ އަމިއްލަ ދަނޑުގައި ކުޅުނު މެޗުން ޗެލްސީ ބަލިވެފައި ވަނީ 5-0 ގެ ބޮޑު ތަފާތަކުންނެވެ.

އެ މެޗަށްފަހު ވާހަކަ ދައްކަމުން ޕޮޗެޓީނޯ ބުނީ، އަންނަ ސީޒަންގައި ޗެލްސީ އެހެން ދިމާލެއްގައި އޮންނަން ބޭނުންވާ ނަމަ، ރަނގަޅު ނިންމުންތަކެއް ނިންމަން ޖެހޭ ކަމަށެވެ. ޚާއްސަކޮށް ޓީމުގެ ކުރިމަގަށް ވިސްނައި، އެންމެ ރަނގަޅު ކަންތައްތައް ދެނެގަނެ، އެ މަގުން މަސައްކަތް ކުރަން ޖެހޭ ކަމުގައި ވެސް އޭނާ ވަނީ ބުނެފަ އެވެ.

މީގެ އިތުރުން އޭނާ ބުނީ ޗެލްސީގެ މުސްތަޤުބަލާމެދު އެއްޗެއް ބުނަން މިހާރު ނޭންގޭ ކަމަށެވެ. މެޗުން ލިބުނީ ލަދުވެތި ނަތީޖާއެއްކަން ފާހަގަކޮށް ޕޮޗެޓީނޯ ބުނީ، އެންމެން ވެސް ތިބީ ވަރަށް ބޮޑު މާޔުސްކަމެއްގެ ތެރޭގައި ކަމަށެވެ. އޭނާ ފާހަގަ ކުރި ގޮތުގައި ޙާލަތު ބަދަލު ކުރެވޭނީ ގިނަ މަސައްކަތްތަކެއް ވެސް ކޮށްގެންނެެވެ.

އިތުރަށް ޕޮޗެޓީނޯ ބުނީ، އެންމެ ފަހުން ސިޓީއާ ދެކޮޅަށް ކުޅުނު މެޗުގައި ދެއްކި ކަހަލަ ކުޅުމެއް ކުރިއަށް އޮތް ތަނުގައި ދައްކަން ޖެހޭނެ ކަމަށެވެ. އޭގެ ބަދަލުގައި އާސެނަލާ ދެކޮޅަށް ދެއްކި ކަހަލަ ކުޅުމެއް ދައްކައިފި ނަމަ، ޗެލްސީ އަށް ޔޫރަޕުގައި ކުޅުން ހައްގު ނޫން ކަމަށް ވެސް އޭނާ ބުންޏެވެ.

މިވަގުތު ޗެލްސީ އޮތީ ލީގު ތާވަލްގެ ނުވަ ވަނައިގަ އެވެ. އެއީ މިހާތަނަށް ކުޅުނު 32 މެޗުން 47 ޕޮއިންޓު ހޯދައިގެންނެވެ. ޗެލްސީގެ ނަތީޖާތައް އިންތިހާ އަށް ދަށްވެފައިވާއިރު، ޕޮޗެޓީނޯ އަށް އަންނަނީ ފާޑުކިޔުންތައް އަމާޒުވަމުންނެވެ.

ޗެލްސީމައުރީސިއޯ ޕޮޗެޓީނޯ

ކޮމެންޓް

އިތުރަށް ކިޔާލަން

އެޓަލަންޓާ އަތުން ޗެލްސީ ބަލިވެއްޖެ

އެޓަލަންޓާ އަތުން ޗެލްސީ ބަލިވެއްޖެ

10 ޑިސެމްބަރު 2025
ލީޑްސް ޔުނައިޓެޑުން ޗެލްސީ ބަލިކޮށްފި

ލީޑްސް ޔުނައިޓެޑުން ޗެލްސީ ބަލިކޮށްފި

04 ޑިސެމްބަރު 2025
ޗެލްސީ އިން ބާސެލޯނާ ލަދު ގަންނަވާލައިފި

ޗެލްސީ އިން ބާސެލޯނާ ލަދު ގަންނަވާލައިފި

26 ނޮވެމްބަރު 2025
ފަހު ވަގުތު ޗެލްސީ އަތުން ބަލިވެ ލިވަޕޫލް އަށް ޖެހިޖެހިގެން ތިން ވަނަ ބަލި

ފަހު ވަގުތު ޗެލްސީ އަތުން ބަލިވެ ލިވަޕޫލް އަށް ޖެހިޖެހިގެން ތިން ވަނަ ބަލި

05 އޮކްޓޯބަރު 2025
އަމިއްލަ ދަނޑުގައި ބްރައިޓަން އަތުން ޗެލްސީ ބަލިވެއްޖެ

އަމިއްލަ ދަނޑުގައި ބްރައިޓަން އަތުން ޗެލްސީ ބަލިވެއްޖެ

28 ސެޕްޓެމްބަރު 2025

އަހަރުތަކުން މިއަދު

17 ޖޫން
އިރާނާ ދެކޮޅަށް އިސްރާއީލަށް އަސްކަރީ އެހީތެރިކަން ނުދިނުމަށް އެމެރިކާ އަށް ރަޝިޔާ އިން އިންޒާރު ދީފި
20251 އަހަރު ކުރިން
ދުނިޔެ

އިރާނާ ދެކޮޅަށް އިސްރާއީލަށް އަސްކަރީ އެހީތެރިކަން ނުދިނުމަށް އެމެރިކާ އަށް ރަޝިޔާ އިން އިންޒާރު ދީފި

އަގު ބޮޑު ވެލާ ރިސޯޓުގައި ރައީސްގެ ދެކަނބަލުން ޗުއްޓީ ހޭދަ ކުރެއްވުމާ ބެހޭ ގޮތުން ސަރުކާރުގެ އަދި ރިސޯޓުގެ ބަހެއްވެސް ނެތް
20242 އަހަރު ކުރިން
ރާއްޖެ

އަގު ބޮޑު ވެލާ ރިސޯޓުގައި ރައީސްގެ ދެކަނބަލުން ޗުއްޓީ ހޭދަ ކުރެއްވުމާ ބެހޭ ގޮތުން ސަރުކާރުގެ އަދި ރިސޯޓުގެ ބަހެއްވެސް ނެތް

ނޮވެމްބަރު ތިނެއްގެ އުދުވާނީ ހަމަލާގެ މޭސްތިރިޔާ ލުތުފީއަށް އިއްވި ހުކުމް ތަންފީޒުކޮށް ނިމިއްޖެ
20233 އަހަރު ކުރިން
ރާއްޖެ

ނޮވެމްބަރު ތިނެއްގެ އުދުވާނީ ހަމަލާގެ މޭސްތިރިޔާ ލުތުފީއަށް އިއްވި ހުކުމް ތަންފީޒުކޮށް ނިމިއްޖެ

 މަޝްހޫރު ލަވަކިއުންތެރިޔާ ބިއޮންސޭ އައު އަލްބަމެއް ނެރެނީ
20224 އަހަރު ކުރިން
ތަފާތު ޚަބަރު

މަޝްހޫރު ލަވަކިއުންތެރިޔާ ބިއޮންސޭ އައު އަލްބަމެއް ނެރެނީ

 ނަފްރަތުގެ އަމަލުތަކުގެ ބިލު ދީނާ ޚިލާފެއްނޫން
20215 އަހަރު ކުރިން
ރިޕޯޓު

ނަފްރަތުގެ އަމަލުތަކުގެ ބިލު ދީނާ ޚިލާފެއްނޫން

ރައީސް ޔާމީން ދެކެ ލޯބިވާ މިންވަރު ބެލުމުގެ ބައްދަލުވުމުގައި ފަނޑިޔާރު އަބްދުﷲ ދީދީ!
20197 އަހަރު ކުރިން
ރިޕޯޓު

ރައީސް ޔާމީން ދެކެ ލޯބިވާ މިންވަރު ބެލުމުގެ ބައްދަލުވުމުގައި ފަނޑިޔާރު އަބްދުﷲ ދީދީ!

ޔާމީނުގެ މައްޗަށް މައުމޫން މުޖައްރިބު ނަތީޖާއެއް ނެރޭނެ
20188 އަހަރު ކުރިން
ރިޕޯޓު

ޔާމީނުގެ މައްޗަށް މައުމޫން މުޖައްރިބު ނަތީޖާއެއް ނެރޭނެ

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު