Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ތަފާތު ޚަބަރުއަރޖެންޓީނާގެ ބަސް ޑްރައިވަރު

ފައްސި ޖަޒުބާތުތައް ބަންޑުންކޮށްލާ، އެންމެ އުފާވެރި ބަސް ޑްރައިވަރާ ބައްދަލުވެއްޖެ؟

23 އެޕްރީލު 2024 | އަންގާރަ 07:50

މަސައްކަތުގެ ސީރިއަސްކަން ކިތަންމެ ބޮޑުވި ކަމުގައި ވީ ނަމަވެސް، އޭނާގެ ޑިއުޓީ ގަޑިއަކީ އުފަލާ، ހިތްހަމަޖެހުން ފުރިފައިވާ ގަޑިއެއް

ޢާއިޝާ ރީމާ ވަޙީދު
ޢާއިޝާ ރީމާ ވަޙީދު | 23 އެޕްރީލު 2024 | އަންގާރަ 07:50
ރޮހީލިއޯގެ ބަސް ރޫޓުން ދަތުރުކުރާ ހުރިހާ ފަސެންޖަރުންނަށް އޭނާ މަރުޙަބާ ކިޔައެވެ. ކޮންމެ ހިނިތުންވުމަކީވެސް ހާދަހާވާ އަގުހުރި ޖަޒުބާތެއް

ރޮހީލިއޯގެ ބަސް ރޫޓުން ދަތުރުކުރާ ހުރިހާ ފަސެންޖަރުންނަށް އޭނާ މަރުޙަބާ ކިޔައެވެ. ކޮންމެ ހިނިތުންވުމަކީވެސް ހާދަހާވާ އަގުހުރި ޖަޒުބާތެއް

އާންމު ދިރިއުޅުމުގެ ޙާލަތު ހުންނަ ގޮތުން، އަހަރެމެންގެ ތެރެއިން ގިނަ މީހުންނަކީ ކޮންމެވެސް ހިސާބަކުން، އާންމު ޚިދުމަތުގެ ބޭނުން ހިފަންޖެހިފައި ތިބޭ ބައެކެވެ. އެކި ބޭނުންތަކުގައި އާންމު ޚިދުމަތުގެ މަންފާ ލިބިގަންނަން މަޖުބޫރުވިއެއް ކަމަކު، އެ ޚިދުމަތް ދޭން ތިބޭ ބައެއްގެ ސަބަބުން ޚިދުމަތް ނުހޯދާ، އިތުރު ތަކުލީފެއް އުފުލައިގެންވިއަސް އެ މުހުތާދެއް ފިލުވާލެވޭ ބެލޭ ގޮތްވެއެވެ. އަދާ ކުރަންޖެހޭ ވަޒީފާގެ ބުރަކަމާއި، ލިބޭ އާމްދަނީއިން ދިރިއުޅުމުގެ ޚަރަދުތައް ދެކޮޅު ޖައްސާލެވޭ ވަރުނުވުމާއި، މަސައްކަތުގެ މާހައުލުގައި ބޯވަމުންދާ ވިހަ ދުންގަނޑުގެ ސަބަބުން، ކަސްޓަމަރުންނަށް ޚިދުމަތް ދޭ އިރު ރުޅިއައިސް ރަތްވެފައި ތިބޭ މީހުން ފެންނުމަކީ މި ދެންނެވި ފަދައިން އަމަލު ކުރަން މަޖުބޫރުވާ އެއް ސަބަބެވެ.

ވަގުތު ކުޑަތަންވެ، ހަލަބޮލިވެފައި ވާ އަދުގެ ދުނިޔޭގައި، އެއް ތަނުން އަނެއް ތަނަށް ދިއުމަށްޓަކައި ދަތުރުފަތުރުގެ އާންމު ޚިދުމަތުގެ ބޭނުން ހިފަންޖެހޭ ފަހަރު މަދެއް ނޫނެވެ. ތޮއްޖެހި، ފިތި ބާރުވެފައި އޮންނަ ވެއްޓެއްގައި، ދެ އަތަށް ކިރެމުން ފިރުކެމުން ދުއްވަންޖެހި، މަގުތައް އޮންނަލެއް ދޯދިޔާކަމުގެ އުޅަނދަށް ލިބޭ ގެއްލުންތަކުގެ ބޯހާސް ކަމާއެކު ތަންމިނަށް ތުންދެމިފައި ތިބޭ ޑްރައިވަރުން ފެންނަލެއްވެސް މަދެއް ނޫނެވެ. ކޮންމެ ފަދަ ޙާލެއްގައި ދިރިއުޅެން ޖެހުނު ކަމުގައި ވީ ނަމަވެސް، ޚިދުމަތް ލިބިގަންނަން އަންނަ ފަރާތްތަކަށް އެންމެ ފުރިހަމައަށް އެ ކަންތައް ކޮށްދީ ނިންމުމަށް ގަދަ އަޅާ މަސައްކަތް ކުރާ މީހުންވެސް އުޅެއެވެ. ރޮހީލިއޯ ލޯޕޭޒްއަކީ، ފަހުން މި ދެންނެވި ފަދަ އެކަކެވެ.

ރޮހީލިއޯއަކީ އަރޖެންޓީނާގެ ބަސް ޑްރައިވަރެކެވެ. މަސައްކަތުގެ ސީރިއަސްކަން ކިތަންމެ ބޮޑުވި ކަމުގައި ވީ ނަމަވެސް، އޭނާގެ ޑިއުޓީ ގަޑިއަކީ އުފަލާ، ހިތްހަމަޖެހުން ފުރިފައިވާ ގަޑިއެކެވެ. އޭނާގެ ތަޢާރަފެއް ދެމުން ރޮހީލިއޯ އަބަދުވެސް ބުނަނީ، އެއީ "އެކުވެރި ރޮހީލިއޯ" ކަމަށެވެ. އެކަން އޭނާ ސާބިތުވެސް ކޮށްދެއެވެ. އޭނާގެ އުފާވެރި، ސަކަ މިޒާޖަކީ ބޮއިނަސް އައިރީޒްގެ އެތައް ބަޔަކަށް މިއަދު ފަރިތަ ޖަޒުބާތެކެވެ.

ރޮހީލިއޯގެ ބަސް ރޫޓުން ދަތުރުކުރާ ހުރިހާ ފަސެންޖަރުންނަށް އޭނާ މަރުޙަބާ ކިޔައެވެ. ކޮންމެ ހިނިތުންވުމަކީވެސް ހާދަހާވާ އަގުހުރި ޖަޒުބާތެކެވެ. ބަސް ސްޓޭޝަންތަކަށް ދަތުރު ކުރާ އިރު، އެ ސްޓޭޝަންތަކުގެ ނަން، ލަވައެއްގެ ސިފައިގައި ފަސެންޖަރުންނަށް އަންގައިދެއެވެ. ބަސް ދަތުރުގައި އޭނާއާއެކު ދެން ބައިވެރިވާ އިތުރު މުވައްޒަފުންވެސް، ފަސެންޖަރުންނަށް ތަޢާރަފުކޮށްދީ ހަދައެވެ.

ރޮހީލިއޯގެ ނަޒަރުގައި އޭނާ އަދާ ކުރާ ވަޒީފާގެ ހަމަ އެކަނި ޒިންމާއަކީ އެއްތަނުން އަނެއް ތަނަށް މީހުން އުފަލައިދިނުމެއް ނޫނެވެ. ރޮހީލިއޯގެ ބަސް ރޫޓު ކަމަށް ވާ، ރޫޓު 152 އިން ދަތުރު ކުރާ ކޮންމެ މީހެއްގެ ދިރިއުޅުމާއި، ދިރިއުޅުމަށް އެމީހަކު ދެކެމުން އަންނަ ފޮނި ހުވަފެންތައް ޙަޤީޤަތަކަށް ހެދުމަށް އެހީވެދިނުމަކީވެސް ރޮހީލިއޯ ޤަބޫލުކުރާ ގޮތުގައި އޭނާ ކޮށްދޭން ޖެހޭ ކަމެކެވެ. ރޫޓު 152 އަކީ، އާޖެންޓީނާގައި ފުޓުބޯޅައަށް މަޝްހޫރުވެފައި ވާ ބޮކާ ނެއިބަރހުޑްއާއި، ސިޓީގެ އުތުރުގެ ސަރަޙައްދު ގުޅާލަދޭ ރާސްތާއެވެ. އެހެން ގޮތަކަށް ދަންނަވާނަމަ، ބޮކާ ޖޫނިއަރޒް ސްޓޭޑިއަމްއާއި، އާޖެންޓީނާގެ ރިޔާސީ ގަނޑުވަރު ހުންނަ ސަރަޙައްދު ގުޅާލަދޭ ރޫޓުއެވެ.

ރޮހީލިއޯގެ ބަހުގައި ދަތުރުކުރާ ބައެއް މީހުންނަކީ، ޤަވައިދުން އޭނާގެ ސޯޝަލް މީޑިއާ އެކައުންޓްތައްވެސް ފޮލޯރ ކުރަމުންދާ މީހުންނެވެ. ދުވަހުގެ ޝެޑިއުލް ރާވާފައި އޮތް ގޮތާއި، ދަތުރު މަތީގައި ފަސެންޖަރުން ނަގައިދޭ ފޮޓޯއާއި ވީޑިއޯތައްވެސް އެ އެކައުންޓްތަކުގައި ހިއްސާ ކޮށްފައި ހުރެއެވެ.

މިހާރު ޢުމުރުން 56 އަހަރު ފުރިފައި ހުރި ރޮހީލިއޯ، ރޫޓު 152 އިން ބަސް ދުއްވަން ފެށީ 1990 ވަނަ އަހަރުއެވެ. އޭގެ ފަހުން އަދާ ޖެހުނުއިރުވެސް އޭނާގެ ރޫޓަކީ، ރޫޓު 152 އެވެ. ރޮހީލިއޯގެ ދިރިއުޅުން، ބޮއިނަސް އައިރީޒްއަށް ބަދަލު ކުރީ ސާނަވީ ތަޢުލީމު ފުރިހަމަ ކުރުމަށެވެ. ނަމަވެސް އޭނާގެ ބޭބެ، ބަސް ޑްރައިވަރެއްގެ ގޮތުގައި އަދާ ކުރަމުން ދިޔަ ވަޒީފާގެ ކަންކަން ފެނި، އެކަމަށް ހިތު ލޯބި ޖެހުނީއެވެ.

ރޮހީލިއޯގެ މޫނުމަތިން ފެންނަ އުފާވެރި ކަމާއި، ހިތްހަމަޖެހުމާއި ފައްސި ޖަޒުބާތުތަކަކީ، އަރޖެންޓީނާގެ އަދުގެ ޙާލަތާ މާ ގުޅޭ ސިފަތަކަކަށް ނުވެދާނެއެވެ. އަރޖެންޓީނާގައި އިންތިހާ ފަޤީރުކަން ދަނީ ހައްތަހާ އިތުރު ވަމުންނެވެ. 2023 ވަނަ އަހަރުގެ ފަހު 6 މަސްދުވަހުގެ ތެރޭގައި އެ ނިސްބަތް ވަނީ، އާބާދީގެ 41.7 ޕަސެންޓަށް އަރާފައެވެ. އަރޖެންޓިނާގެ ބާޒާރުތަކުގައި ތަކެތީގެ އަގު އެހާމެ ބޮޑެވެ. އިންފްލޭޝަން ރޭޓް ވަނީ ގާތްގަނޑަކަށް 300 ޕަސެންޓަށް އުފުލިފައެވެ. ޚަރަދުތައް ކޮންޓްރޯޅް ކުރުމަށްޓަކައި ސަރުކާރުން އަޅަމުންދާ ބައެއް ފިޔަވަޅުތަކުގެ ސަބަބުން، މިދިޔަ ޑިސެމްބަރު މަހުން ފެށިގެން އެކަނިވެސް، އާންމު މުއައްސަސާތަކުން 15000 އެއްހާ ވަޒީފާ ވަނީ އުވާލާފައެވެ.

އާޖެންޓީނާ ބަސް ޑްރައިވަރ

އިތުރަށް ކިޔާލަން

06 ނޮވެމްބަރު 2017

މިސް އާތަކަށް ފިލިޕީންސްގެ ކަރެން އިބަސްކޯ

06 ނޮވެމްބަރު 2017
މިސް އާތަކަށް ފިލިޕީންސްގެ ކަރެން އިބަސްކޯ
28 އޮކްޓޯބަރު 2017

އެއިންސްޓެއިންގެ "އުފާވެރިކަމުގެ ސިއްރު" ލިޔެފައިވާ ނޯޓް ދޮޅު މިލިއަން ޑޮލަރަށް ނީލަން ކިޔައިފި

28 އޮކްޓޯބަރު 2017
އެއިންސްޓެއިންގެ "އުފާވެރިކަމުގެ ސިއްރު" ލިޔެފައިވާ ނޯޓް ދޮޅު މިލިއަން ޑޮލަރަށް ނީލަން ކިޔައިފި
05 އޮކްޓޯބަރު 2017

ރާއްޖެ ޕްލަސްގައި އަލަށް ދެ ޑްރާމާ ސީރީޒްއެއް ދެއްކުމަށް އެއްބަސްވުމުގައި ސޮއި ކޮށްފި

05 އޮކްޓޯބަރު 2017
ރާއްޖެ ޕްލަސްގައި އަލަށް ދެ ޑްރާމާ ސީރީޒްއެއް ދެއްކުމަށް އެއްބަސްވުމުގައި ސޮއި ކޮށްފި
09 އޯގަސްޓު 2017

ސްޓާޓް-އަޕް ޕްރޮގްރާމް ޕްރޮމޯޓް ކުރަން ރިތިކް 100 ކްރޯޑް ރުޕީސްގެ އެއްބަސްވުމަކަށް

09 އޯގަސްޓު 2017
ސްޓާޓް-އަޕް ޕްރޮގްރާމް ޕްރޮމޯޓް ކުރަން ރިތިކް 100 ކްރޯޑް ރުޕީސްގެ އެއްބަސްވުމަކަށް
23 ޖުލައި 2017

ބަސްނާހާތީ ޖަސްޓިން ބީބާ ޗައިނާއަށް އެރުން މަނާ

23 ޖުލައި 2017
ބަސްނާހާތީ ޖަސްޓިން ބީބާ ޗައިނާއަށް އެރުން މަނާ
05 އެޕްރީލު 2017

އިންޑިއަން އައިޑޮލް ކާމިޔާބުކުރި ރޭވަންތު ބޭނުންވަނީ ހިންދީ ބަސް ދަސްކުރަން

05 އެޕްރީލު 2017
އިންޑިއަން އައިޑޮލް ކާމިޔާބުކުރި ރޭވަންތު ބޭނުންވަނީ ހިންދީ ބަސް ދަސްކުރަން
21 މާރިޗު 2017

އިންޖީނުލީ އެއްޗެހި ނުދުއްވަން އެއްބަސްވާ ޖަޕާނުގެ މުސްކުޅިންނަށް އެމީހުންގެ ޖަނާޒާއިން 15 ޕަސެންޓް ޑިސްކައުންޓް ދެނީ

21 މާރިޗު 2017
އިންޖީނުލީ އެއްޗެހި ނުދުއްވަން އެއްބަސްވާ ޖަޕާނުގެ މުސްކުޅިންނަށް އެމީހުންގެ ޖަނާޒާއިން 15 ޕަސެންޓް ޑިސްކައުންޓް ދެނީ
16 މާރިޗު 2017

"ބަދްރިނާތުކީ ދުލްހަނިޔާ"ގެ ކާމިޔާބީ އާއި ގުޅިގެން ބެލުނތެރިނަށް އުފާވެރި ޚަބަރެއް!

16 މާރިޗު 2017
"ބަދްރިނާތުކީ ދުލްހަނިޔާ"ގެ ކާމިޔާބީ އާއި ގުޅިގެން ބެލުނތެރިނަށް އުފާވެރި ޚަބަރެއް!
26 ފެބުރުއަރީ 2017

"އަމާނާތް" ބަލަން ބޭނުންވެފައި ތިބި ފަރާތްތަކަށް އުފާވެރި ޚަބަރެއް

26 ފެބުރުއަރީ 2017
"އަމާނާތް" ބަލަން ބޭނުންވެފައި ތިބި ފަރާތްތަކަށް އުފާވެރި ޚަބަރެއް
22 ފެބުރުއަރީ 2017

"ދިޔާ އޯރު ބާތީ ހަމް"ގެ ފޭނުންނަށް އުފާވެރި ޚަބަރެއް

22 ފެބުރުއަރީ 2017
"ދިޔާ އޯރު ބާތީ ހަމް"ގެ ފޭނުންނަށް އުފާވެރި ޚަބަރެއް
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް