Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެމަޖިލިސް އިންތިޚާބުގެ އިންތިޒާމްތައް

ވޯޓަރސް ޓަރންއައުޓް ރަނގަޅު، މިއީ އީސީގެ ލީޑަރޝިޕް އަށް ތައުރީފް ހައްގު ކަމެއް - އޮބްޒަރވަރުން

22 އެޕްރީލު 2024 | ހޯމަ 12:52

އީސީ އަށް ރާއްޖެއިން ބޭރުގެ އޮބްޒަރވަރުންގެ ޓީމުން ވަނީ ވަރަށް ބޮޑަށް ތައުރީފްކޮށްފަ

ނަޒާހަތު އިބްރާހިމް ރަޝީދު
ނަޒާހަތު އިބްރާހިމް ރަޝީދު | 22 އެޕްރީލު 2024 | ހޯމަ 12:52
މަޖިލިސް އިންތިޚާބު 2024

މަޖިލިސް އިންތިޚާބު 2024

މަޖިލިސް އިންތިޚާބު 2024ގެ ވޯޓަރސް ޓަރންއައުޓް ވަރަށް ރަނގަޅުކަމަށާއި މިއީ ރާއްޖޭގެ އިލެކްޝަންސް ކޮމިޝަންގެ ލީޑަރޝިޕަށް ތައުރީފް ހައްގު ކަމެއްކަމަށް އެ އިންތިޚާބު އޮބްޒަރވްކުރި ރާއްޖެއިން ބޭރުގެ ފަރާތްތަކުން ބުނެފިއެވެ.

މި އިންތިޚާބުގައި ފާހަގަކުރެވުނު ކަންތައްތަކާއި ގުޅޭގޮތުން ހޯމަ ދުވަހު ރާއްޖެއިން ބޭރުގެ އޮބްޒަރވަރުންގެ ޓީމުން ވަނީ ނޫސްވެރިންގެ ބައްދަލުވުމެއް ބާއްވާފައެވެ. އެ ބައްދަލުވުމުގައި ފިލިޕިންސްގެ އިލެކްޝަންސް ކޮމިޝަނަރ ނެލްސަން ޖީ ސެލިސް ވިދާޅުވީ ގިނަ އަދަދެއްގެ ބަޔަކު ވޯޓުލާން ނުުމެފައި ވުމަކީ ފާހަގަކޮށްލެވޭ ކަމެއް ކަމަށެވެ. ރިޔާސީ އިންތިޚާބަށް ވުރެ ނިސްބަތުން މަދު ބަޔަކު ވޯޓުލާން ނުކުތް ނަމަވެސް މި މަޖިލިސް އިންތިޚާބުގައި ވޯޓުލީ މީހުންގެ އަދަދަކީ އެކަށީގެންވާ ފަދަ ރަނގަޅު އަދެއް ކަމަށް އޭނާ ވަނީ ވިދާޅުވެފައެވެ. އޭނާ ވަނީ އެކަން އެގޮތަށް ހިނގީ އީސީން ވެސް އެކަށީގެންވާ ފަދަ މަސައްކަތްތަކެއް ކުރުމުގެ ސަބަބުންކަމަށް ޤަބޫލުކުރައްވާ ކަމަށް ވިދާޅުވެފައެވެ. އަދި ރާއްޖޭގެ އީސީގެ މަސައްކަތްތަކުން އެ ޓީމަށް ވެސް ވަރަށް ގިނަ ކަންކަން ދަސްވި ކަމަށް އޭނާ ވިދާޅުވިއެވެ. އެގޮތުން ރީ ރެޖިސްޓްރޭޝަންގެ މަރުހަލާ ކުރިއަށް ގެންގޮސްފައި ވަނީ ވަރަށް ހަރުދަނާކޮށް ކަމަށާއި އެއީ އެހެން ޤައުމުތަކަށް ނަމޫނާ އެއް ކަމަށް އޭނާ ވިދާޅުވިއެވެ.

Advertisement - newsAdvertisement

އޭނާ އިތުރަށް ވިދާޅުވީ މަޖިލިސް އިންތިޚާބުގެ އިންތިޒާމްތައް ވަރަށް ފުރިހަމަ ކަމަށެވެ. އަދި އިންތިޚާބުގައި ޓެކްނޮލޮޖީގެ ބޭނުން ހިފާފައިވާ ގޮތް ވެސް ވަރަށް ރަނގަޅު ކަމަށް އޭނާ ވިދާޅުވިއެވެ. އެގޮތުން ވޯޓުލާ މީހާ އަކީ ކާކުކަން ދެނެގަތުމާއި، ވޯޓުލާ މީހުންގެ އަދަދު އަޕްޑޭޓްކޮށް އަދާހަމަކުރުމުގައި ގެންގުޅެފައިވާ ނިޒާމް ވަރަށް އަވަސްވެފައި ފުރިހަމަކަމަށް އޭނާ ވިދާޅުވިއެވެ. އެކަން އެގޮތަށް ހިނގާފައި ވަނީ އީސީން ޓެކްނޮލޮޖީގެ ބޭނުންކޮށްގެން އިންތިޚާބުގެ ކަންކަން ހަމަޖައްސާފައިވުމުން ކަމަށް އޭނާ ވިދާޅުވިއެވެ.

ރާއްޖެއިން ބޭރުގެ އޮބްޒަރވަރުންގެ ޓީމުން ވަނީ ވަރަށް ބޮޑަށް އިލެކްޝަންސް ކޮމިޝަނަށް ތައުރީފްކޮށްފައެވެ.

ރައްޔިތުންގެ މަޖިލިސް

އެންމެ ހިނގާ

1

ޔޫއެސްއެސް އަބްރަހަމް ލިންކަންގައި ހިނގި ނުރައްކާތެރި ހަމަނުޖެހުމެއްގައި ހަތް މީހުން މަރުވެއްޖެ

2

ތުރުކީން ޓްރަމްޕް ފުރާވަޑައިގަންނަވާއިރު ކޮނޑުމަތީގައި ފޮނުވާލާ މިސައިލަކުން ހަމަލާދޭން އޮތީ ރާވާފައި: ރިޕޯޓް

3

ސްޕޯޓްސް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު ލަތީފް ކުއްލި ގޮތަކަށް މަޤާމުން ވަކިކޮށްފި

4

އެމެރިކާގެ އަސްކަރިއްޔާގެ އިންޒާރުތަކަށް އިޖާބަ ނުދީ އޮމާން ކަނޑުން ދަތުރުކުރި ބޯޓަކަށް ހަމަލާ ދީފި

5

ސީރިއާގެ ކުރީގެ ރައީސް ބައްޝާރުލް އަސަދު އާއި އޭނާގެ އަރިސް އާތިފް ނަޖީބު މަރާލަން ހުކުމްކޮށްފި

އިތުރަށް ކިޔާލަން

28 އޮކްޓޯބަރު 2025

މިނިސްޓަރު ސައީދަށް އެނގޭ އެކައްޗެއް ވެސް ނެތީތަ؟ ބަންކަރިން އިން ލިބުނު އާމްދަނީ ނޭނގުނުތާ ދެވުނު ވަޒީފާގެ އަދަދު ވެސް ނޭނގުނު!

28 އޮކްޓޯބަރު 2025
މިނިސްޓަރު ސައީދަށް އެނގޭ އެކައްޗެއް ވެސް ނެތީތަ؟ ބަންކަރިން އިން ލިބުނު އާމްދަނީ ނޭނގުނުތާ ދެވުނު ވަޒީފާގެ އަދަދު ވެސް ނޭނގުނު!
28 އޮކްޓޯބަރު 2025

ކުރީ ސަރުކާރުން މާލޭ ރައްޔިތުންނަށް ދިން ގޯތިތައް ވެސް މުއިއްޒު ސަރުކާރުން އަތުލަން އުޅޭ ކަމުގެ އިޝާރާތެއް

28 އޮކްޓޯބަރު 2025
ކުރީ ސަރުކާރުން މާލޭ ރައްޔިތުންނަށް ދިން ގޯތިތައް ވެސް މުއިއްޒު ސަރުކާރުން އަތުލަން އުޅޭ ކަމުގެ އިޝާރާތެއް
27 އޮކްޓޯބަރު 2025

އިބިލީހުގެ ކައިވެންޏަށް ވީ ޓެކްސީ ލައިނުގެ ޚިދުމަތް، މި ފަހަރު ބަހަނާ އަކީ ރާއްޖެއަށް ލޮނުގެ އަސަރު ކުރާތީ ވެހިކަލް މޮޑިފައި ކުރަން ޖެހުން

27 އޮކްޓޯބަރު 2025
އިބިލީހުގެ ކައިވެންޏަށް ވީ ޓެކްސީ ލައިނުގެ ޚިދުމަތް، މި ފަހަރު ބަހަނާ އަކީ ރާއްޖެއަށް ލޮނުގެ އަސަރު ކުރާތީ ވެހިކަލް މޮޑިފައި ކުރަން ޖެހުން
22 އޮކްޓޯބަރު 2025

ދިވެހިންނާ ކައިވެނިކޮށްގެން ރާއްޖޭގައި ދިރިއުޅޭ ބިދޭސީންނަށް އާސަންދަ ދޭން ހުށަހެޅި ގަރާރު ކޮމިޓީއަށް

22 އޮކްޓޯބަރު 2025
ދިވެހިންނާ ކައިވެނިކޮށްގެން ރާއްޖޭގައި ދިރިއުޅޭ ބިދޭސީންނަށް އާސަންދަ ދޭން ހުށަހެޅި ގަރާރު ކޮމިޓީއަށް
21 އޮކްޓޯބަރު 2025

"ރައްޔިތުންނަށް ކަމެއް ކޮށްދޭކަށް ލާރިއެއް ނުހުރޭ، ޑްރޯން އެތެރެކޮށްގެން ވަގު ލާރި ހަދަން ވީމަ ލާރި ހުރޭ"

21 އޮކްޓޯބަރު 2025
"ރައްޔިތުންނަށް ކަމެއް ކޮށްދޭކަށް ލާރިއެއް ނުހުރޭ، ޑްރޯން އެތެރެކޮށްގެން ވަގު ލާރި ހަދަން ވީމަ ލާރި ހުރޭ"
21 އޮކްޓޯބަރު 2025

އެސްއީޒެޑް ގާނޫނަށް ހުށަހެޅި އިސްލާހަކީ ރަނގަޅު އިންވެސްޓަރުންގެ ޝައުގުވެރިކަން ރާއްޖެއަށް ގެއްލޭގޮތަށް އޮތް ބިލެއް: މައުރޫފް

21 އޮކްޓޯބަރު 2025
އެސްއީޒެޑް ގާނޫނަށް ހުށަހެޅި އިސްލާހަކީ ރަނގަޅު އިންވެސްޓަރުންގެ ޝައުގުވެރިކަން ރާއްޖެއަށް ގެއްލޭގޮތަށް އޮތް ބިލެއް: މައުރޫފް
20 އޮކްޓޯބަރު 2025

މިއަދު އެންސްޕާ އަދި އާސަންދައިގެ ޚިދުމަތް ލިބެނީ މި ސަރުކާރުގެ ވެރިންނާއި މަޖިލިސް މެމްބަރުން ގާތު ސަލާން ޖަހައިގެން: މެމްބަރު ސަމީރު

20 އޮކްޓޯބަރު 2025
މިއަދު އެންސްޕާ އަދި އާސަންދައިގެ ޚިދުމަތް ލިބެނީ މި ސަރުކާރުގެ ވެރިންނާއި މަޖިލިސް މެމްބަރުން ގާތު ސަލާން ޖަހައިގެން: މެމްބަރު ސަމީރު
09 އޮކްޓޯބަރު 2025

ޚުދުމުޚްތާރުކަމާއި އަނިޔާވެރިކަން އިސްނުކުރުމަށް އަދާލަތު ޕާޓީން ސަރުކާރަށް ގޮވާލައިފި

09 އޮކްޓޯބަރު 2025
ޚުދުމުޚްތާރުކަމާއި އަނިޔާވެރިކަން އިސްނުކުރުމަށް އަދާލަތު ޕާޓީން ސަރުކާރަށް ގޮވާލައިފި
17 ސެޕްޓެމްބަރު 2025

މަޖިލީހުން މީޑިއާ ކޮންޓްރޯލް ބިލު ފާސްކުރީ ގަވައިދާ ޚިލާފަށް, އެ ގާނޫނަށް އެއްވެސް މީހަކު ތަބާވާކަށް ނުޖެހޭނެ: ރޮޒައިނާ

17 ސެޕްޓެމްބަރު 2025
މަޖިލީހުން މީޑިއާ ކޮންޓްރޯލް ބިލު ފާސްކުރީ ގަވައިދާ ޚިލާފަށް, އެ ގާނޫނަށް އެއްވެސް މީހަކު ތަބާވާކަށް ނުޖެހޭނެ: ރޮޒައިނާ
09 ސެޕްޓެމްބަރު 2025

ނޯޓިސް ދިނުމުން ފަސް މެންބަރުން ވެސް މާލީ ބަޔާން ހުށަހަޅައިފި

09 ސެޕްޓެމްބަރު 2025
ނޯޓިސް ދިނުމުން ފަސް މެންބަރުން ވެސް މާލީ ބަޔާން ހުށަހަޅައިފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް