Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރާއްޖެ
މަޖިލިސް 2024

ޤައިދީންނަށް ވޯޓު ލެވޭތީ އިންޑިއާގެ އީސީގެ ކުރީގެ ޗީފްގެ ތައުރީފް، ވިދާޅުވީ އިންޑިއާއިންވެސް އެކަން ފަށަންޖެހޭކަމަށް

ޚާއްސަ އެހީއަށް ބޭނުންވާ މީހުންނަށް އިންތިޚާބުގައި ހަމަޖެހިފައިވާ އިންތިޒާމުތައްވެސް ފުރިހަމަ

ލައިޝާ އަހްމަދު
ލައިޝާ އަހްމަދު, ރާއްޖެ އެމްވީ | 22 އެޕްރީލު 2024 | ހޯމަ 09:10
އިންޑިއާގެ އިލެކްޝަންސް ކޮމިޝަނުގެ ކުރީގެ ޗީފް ޑރ ޝަހާބުއްދީން ޔައުޤޫބް ގުރައިޝީ

އިންޑިއާގެ އިލެކްޝަންސް ކޮމިޝަނުގެ ކުރީގެ ޗީފް ޑރ ޝަހާބުއްދީން ޔައުޤޫބް ގުރައިޝީ

ރާއްޖޭގައި ޖަލު ބަންދުގައި ތިބޭ މީހުންނަށް ވޯޓު ލެވޭތީ އިންޑިއާގެ އިލެކްޝަންސް ކޮމިޝަނުގެ ކުރީގެ ޗީފް ޑރ ޝަހާބުއްދީން ޔައުޤޫބް ގުރައިޝީ އެކަމަށް ތައުރީފް ކުރައްވައިފިއެވެ.

މަޖިލިސް އިންތިޚާބު އޮބްޒަރވް ކުރައްވަން ރާއްޖެ ވަޑައިގެން އުޅުއްވާ އިންޑިއާގެ އިލެކްޝަންސް ކޮމިޝަނުގެ ކުރީގެ ޗީފް ރާއްޖެޓީވީއާ ވާހަކަ ދައްކަވަމުން ވިދާޅުވީ، ޖުމުލަކޮށް ރާއްޖޭގެ އިންތިޚާބު ދިޔައީ ނުހަނު އޮމާންކަމާއެކު ކަމަށެވެ.

Advertisement - newsAdvertisement

އިންތިޚާބުގައި ޙަރަކާތްތެރިވި އޮފިޝަލުންނަށްވެސް އޭނާ ވަނީ ތައުރީފް ކުރައްވާފައެވެ.

އޭގެ އިތުރުން، ޚާއްސަ އެހީއަށް ބޭނުންވާ މީހުންނަށް އިންތިޚާބުގައި ހަމަޖެހިފައިވާ އިންތިޒާމުތައްވެސް ފުރިހަމަކަމަށް އޭނާ ވިދާޅުވިއެވެ.

އޭނާ ވިދާޅުވީ، އިންތިޚާބު އޮބްޒަރވް ކުރައްވަން ވަޑައިގެންނެވި ބޭރުގެ އެހެން ފަރާތްތަކުންވެސް އެކަންކަން ފާހަގަކުރި ކަމަށެވެ.

އޭގެ އިތުރުން، ޖަލުތަކުގައި ވޯޓު ލުމުގެ ކަންކަން ރޭވިފައިވާ ގޮތަށްވެސް އޭނާ އަލިއަޅުވާލެއްވިއެވެ.

ވަކިން ޚާއްސަކޮށް އިންޑިއާއާ ޚިލާފަށް ރާއްޖޭގައި ޖަލު ބަންދުގައި ތިބޭ މީހުންނަށް ވޯޓު ލެވޭކަން ފާހަގަ ކުރައްވައި އޭނާ ވިދާޅުވީ، މިއީ އިންޑިއާއިން ރާއްޖެ ނަމޫނާއަކަށް ބަލައިގެން ދަސްކުރަންޖެހޭ ކަމެއް ކަމަށެވެ. އެގޮތުން އިންޑިއާގައި ޖަލުބަންދުގައި ތިބޭ މީހުންނަށް ވާދަ ކުރެވޭއިރު، އެމީހުންނަށް ވޯޓު ނުލެވެންވީ ސަބަބެއް ނެތްކަން އޭނާ ފާހަގަ ކުރެއްވިއެވެ.

އޭނާ ވިދާޅުވީ، ރާއްޖޭގައި ފޯރުކޮށްދޭހެން ޖަލުގައި ތިބޭ މީހުންނަށްވެސް އެ ޙައްޤު ލިބެންޖެހޭނެ ކަމަށެވެ.

މަޖިލިސް އިންތިޚާބު

ކޮމެންޓް

އިތުރަށް ކިޔާލަން

މަޖިލީހަށް ކުރިމަތިލި ހުރިހާ ކެންޑިޑޭޓުން އަންނަ މަހުގެ 21 ގެ ކުރިން މާލީ ބަޔާން ހުށަހަޅަންޖެހޭ: ހަބީބު

މަޖިލީހަށް ކުރިމަތިލި ހުރިހާ ކެންޑިޑޭޓުން އަންނަ މަހުގެ 21 ގެ ކުރިން މާލީ ބަޔާން ހުށަހަޅަންޖެހޭ: ހަބީބު

26 އެޕްރީލު 2024
ރިޔާސީ އިންތިޚާބާއި މަޖިލިސް އިންތިޚާބު އެކުއެކީގައި ބާއްވަންޖެހޭ: ހަބީބު

ރިޔާސީ އިންތިޚާބާއި މަޖިލިސް އިންތިޚާބު އެކުއެކީގައި ބާއްވަންޖެހޭ: ހަބީބު

25 އެޕްރީލު 2024
މަންފާއަށް ވޯޓުލާ މައްސަލަ ބޮޑު، މި ޓްރެންޑް ބަދަލުކުރުމަށް ގާނޫނުން ހައްލު ހޯދަންޖެހޭ: ހަބީބު

މަންފާއަށް ވޯޓުލާ މައްސަލަ ބޮޑު، މި ޓްރެންޑް ބަދަލުކުރުމަށް ގާނޫނުން ހައްލު ހޯދަންޖެހޭ: ހަބީބު

24 އެޕްރީލު 2024
މަޖިލިސް އިންތިޚާބުގެ ދާއިމީ ނަތީޖާ އަންނަ އާދިއްތަ ދުވަހުގެ ކުރިން އިއުލާންކުރުމަށް ދަނީ މަސައްކަތްކުރަމުން: އީސީ

މަޖިލިސް އިންތިޚާބުގެ ދާއިމީ ނަތީޖާ އަންނަ އާދިއްތަ ދުވަހުގެ ކުރިން އިއުލާންކުރުމަށް ދަނީ މަސައްކަތްކުރަމުން: އީސީ

22 އެޕްރީލު 2024
ވޯޓުލުމަކީ ގައުމީ ވާޖިބެއް: ފުއާދު

ވޯޓުލުމަކީ ގައުމީ ވާޖިބެއް: ފުއާދު

21 އެޕްރީލު 2024

އަހަރުތަކުން މިއަދު

10 ޖޫން
ފީއަލީގައި އީދު ފާހަގަކުރުމަށް ނުކުތް ބައެއް މުވައްޒަފުން ވަޒީފާއިން ކަނޑާލާނެކަމުގެ އިންޒާރު ވަނީ ދީފައި: ކައުންސިލް
20251 އަހަރު ކުރިން
ރާއްޖެ

ފީއަލީގައި އީދު ފާހަގަކުރުމަށް ނުކުތް ބައެއް މުވައްޒަފުން ވަޒީފާއިން ކަނޑާލާނެކަމުގެ އިންޒާރު ވަނީ ދީފައި: ކައުންސިލް

ޔާމީންގެ މައްސަލަ ލިބިއްޖެ، ތާވަލުކުރާނެ ދުވަހެއް އަދި ނޭނގޭ
20242 އަހަރު ކުރިން
ރާއްޖެ

ޔާމީންގެ މައްސަލަ ލިބިއްޖެ، ތާވަލުކުރާނެ ދުވަހެއް އަދި ނޭނގޭ

ޗެމްޕިއަންސް ލީގަށް ފަހު ގާޑިއޯލާގެ އިންޒާރެއް ރެއާލަށް، "އަހަރަމެން އެބަ އަންނަން!"
20233 އަހަރު ކުރިން
ކުޅިވަރު

ޗެމްޕިއަންސް ލީގަށް ފަހު ގާޑިއޯލާގެ އިންޒާރެއް ރެއާލަށް، "އަހަރަމެން އެބަ އަންނަން!"

ޣަރަގުވިތާ 3 ގަރުނަށްވުރެ ގިނަ ދުވަސްވީ މަނަވަރެއްގެ ވާހަކަތައް ލޮނުގަނޑުން މައްޗަށް!
20224 އަހަރު ކުރިން
ތަފާތު ޚަބަރު

ޣަރަގުވިތާ 3 ގަރުނަށްވުރެ ގިނަ ދުވަސްވީ މަނަވަރެއްގެ ވާހަކަތައް ލޮނުގަނޑުން މައްޗަށް!

އަލިފުށީ ދާއިރާގެ މެންބަރަށް "ބިގޭ" ކިޔުނީ ކީއްވެކަން އެނގޭތަ؟
20215 އަހަރު ކުރިން
ރާއްޖެ

އަލިފުށީ ދާއިރާގެ މެންބަރަށް "ބިގޭ" ކިޔުނީ ކީއްވެކަން އެނގޭތަ؟

ޑރ އަފްރާޝީމް އާއި ރިލްވާނުގެ މަައްސަލާގައި އަދީބާ ސުވާލުކޮށްފި
20197 އަހަރު ކުރިން
ރާއްޖެ

ޑރ އަފްރާޝީމް އާއި ރިލްވާނުގެ މަައްސަލާގައި އަދީބާ ސުވާލުކޮށްފި

މޭޖަރ މުހްސިން ސިފައިންގެ ވަޒީފާ އިން ވަކި ކޮށްފި!
20188 އަހަރު ކުރިން
ރާއްޖެ

މޭޖަރ މުހްސިން ސިފައިންގެ ވަޒީފާ އިން ވަކި ކޮށްފި!

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު