Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - sportsAdvertisement
ކުޅިވަރު
އެމިލިއާނޯ މާޓިނޭޒް

މާޓިނޭޒަށް ސެމީ ފައިނަލްގައި ނުކުޅެވޭނެ: ޔޫއޭފާ

އޭނާ އަށް ވަނީ ތިން ކާޑު ހަމަވެފައި

ރާއްޖެ އެމްވީ | 20 އެޕްރީލު 2024 | ހޮނިހިރު 10:07
އެސްޓަންވިލާގެ ކީޕަރު މާޓިނޭޒް

އެސްޓަންވިލާގެ ކީޕަރު މާޓިނޭޒް

ޔޫއޭފާ ކޮންފަރެންސް ލީގުގެ ސެމީ ފައިނަލުގައި އެސްޓަންވިލާގެ ކީޕަރު އެމިލިއާނޯ މާޓިނޭޒަށް ނުކުޅެވޭނެ ކަަމަށް ޔޫއޭފާއިން ބުނެފި އެވެ.

ޔޫރަޕުގެ ފުޓްބޯޅައިގެ އެންމެ އިސް އިދާރާއިން މިހެން ބުނީ ކުއާޓާ ފައިނަލްގެ ދެ މެޗުގައި އޭނާ އަށް ތިން ރީނދޫ ކާޑު ދައްކާފައިވާތީ އެވެ. ފްރާންސްގެ ލިއްލެއާ ދެކޮޅަށް ކުޅުނު ފުރަތަމަ ލެގުގައި އޭނާ އަށް ރީނދޫ ކާޑެއް ދެއްކި އެވެ. ދެ ވަނަ ކާޑު ދެއްކީ ބުރާސްފަތި ދުވަހުގެ ރޭ ކުޅުނު ދެ ވަނަ ލެގުގައި މެޗު ހިނގަމުންދަނިކޮށް ވަގުތު ބޭކާރު ކުރާތީ އެވެ. ތިން ވަނަ ކާޑު ދެއްކީ ދެ ޓީމު 3-3އިން އެއްވަރުވުމުން މޮޅުވާ ޓީމެއް ބަލަން ނަތީޖާ ކަނޑައަޅަން ޕެނަލްޓީ ޖަހަން އުޅުމުގެ ތެރޭގައި އެވެ. މި މެޗުގައި ދެ ރީނދޫ ކާޑު ދެއްކި ނަމަވެސް އޭނާ ދަނޑުން ފޮނުވާނުލައި ޕެނަލްޓީ ޖެހުމުގައި ބައިވެރިކުރިވި އެވެ. އެއީ މުބާރާތުގެ ގަވާއިދާއި ފުޓްބޯޅަ ގަވާއިދުގެ 10 ވަނަ މާއްދާގެ ދަށުން އިތުރު ވަގުތުގައި ދައްކާ ކާޑުތައް ޕެނަލްޓީ ޖަހަންދާއިރު ނުގުނާތީ އެވެ.

ނަމަވެސް ޔޫއޭފާއިން ބުނީ ތިން ރީނދޫ ކާޑު ހަމަވުމުން ޖެހިގެން އަންނަ މެޗަށް ސަސްޕެންޑްވާތީވެ އާޖެންޓީނާގެ ކީޕަރަށް ސެމީ ފައިނަލްގައި ނުކުޅެވޭނެ ކަމަށެވެ.

އެންމެ ފަހުގެ ވޯލްޑްކަޕުގައި މޮޅަށް ކުޅެ، އާޖެންޓީނާ އަށް ތަށި ހޯދައިދިން ކީޕަރު މެޗަށް ފަހު ވާހަކަ ދައްކަމުން ބުނީ ވަގުތު ބޭކާރުކުރާ ކަމަށް ބުނެ އޭނާއާ މެދު އަބަދުވެސް ޕެނަލްޓީ ޖަހާއިރު ގޯސް ތަސައްވުރެއް އުފެދިފައި އޮންނަނީ ޓީމު މޮޅުކޮށްދޭން އުޅޭތީ ކަމަށެވެ.

އޭނާ ބުނީ ޗެމްޕިއަންސް ލީގުގައި ބުރާސްފަތި ދުވަހުގެރޭ ރެއާލް މެޑްރިޑާއި މެންޗެސްޓާ ސިޓީ ޕެނަލްޓީ ޖަހަން ޖެހުމުން މި މެޗުގައި ވެސް އެފަދަ ގޮތެއް ވެދާނެ ކަމަށް އޭނާ ވިސްނަމުން ދިޔަ ކަމަށެވެ.

މާޓިނޭޒަކީ ފްރާންސްގެ ސަޕޯޓަރުން އެހާ ގަޔާވާ ކީޕަރެއްނޫނެވެ. އެއީ 2022ގެ ވޯލްޑްކަޕުގައި ފްރާންސް ބަލިވީ ވެސް އޭނާގެ ޕެނަލްޓީތަކުގެ ސަބަބުންނެވެ. އެ ފައިނަލް މެޗުގެ ޝޫޓްއައުޓްގައި ވެސް އޭނާ އަށް ރީނދޫ ކާޑެއް ދެއްކި އެވެ. މާޓިނޭޒް ބުނީ ރޭ ފްރާންސްގެ ޓީމެއްގެ ސަޕޯޓަރުންގެ އަނގަ ބަންދުކޮށްލެވުމުން އުފާކުރާ ކަމަށެވެ.

އެމިލިއާނޯ މާޓިނޭޒް

ކޮމެންޓް

އިތުރަށް ކިޔާލަން

މޮޅު ކީޕަރަކަށް މާޓިނޭޒް ހޮވުނުއިރު، މޮޅު ކޯޗަކީ އަންޗެލޮޓީ

މޮޅު ކީޕަރަކަށް މާޓިނޭޒް ހޮވުނުއިރު، މޮޅު ކޯޗަކީ އަންޗެލޮޓީ

18 ޑިސެމްބަރު 2024
އެންމެ މޮޅު ކީޕަރަކަށް މާޓިނޭޒް، މޮޅު ޒުވާން ކުޅުންތެރިޔާ އަށް ޔަމާލް

އެންމެ މޮޅު ކީޕަރަކަށް މާޓިނޭޒް، މޮޅު ޒުވާން ކުޅުންތެރިޔާ އަށް ޔަމާލް

29 އޮކްޓޯބަރު 2024
މެސީގެ ޕެނަލްޓީ ނާކާމިޔާބު ވީއިރު، އާޖެންޓީނާ ސެމީ އަށް ގެން ގޮސްދިނީ މާޓިނޭޒް

މެސީގެ ޕެނަލްޓީ ނާކާމިޔާބު ވީއިރު، އާޖެންޓީނާ ސެމީ އަށް ގެން ގޮސްދިނީ މާޓިނޭޒް

05 ޖުލައި 2024
ބެލޮންޑިއޯ އެވޯޑު: އެންމެ މޮޅު ގޯލް ކީޕަރަކަށް އާޖެންޓީނާގެ މާޓިނޭޒް

ބެލޮންޑިއޯ އެވޯޑު: އެންމެ މޮޅު ގޯލް ކީޕަރަކަށް އާޖެންޓީނާގެ މާޓިނޭޒް

30 އޮކްޓޯބަރު 2023
ނުވާނެ ކަންކަން ވޭތޯ ބެލި ކީޕަރު: މާޓިނޭޒަކީ ދަ ބެސްޓް!

ނުވާނެ ކަންކަން ވޭތޯ ބެލި ކީޕަރު: މާޓިނޭޒަކީ ދަ ބެސްޓް!

01 މާރިޗު 2023

އަހަރުތަކުން މިއަދު

16 މެއި
އައިޖީއެމްއެޗުން އުކުޅުވަޅުގެ އޮޕަރޭޝަނެއް ކުރި މީހެއްގެ ލޮލުގެ ފެނުން ގެއްލި، ނުކުޅެދުންތެރި މީހަކަށް ބަދަލުވި މައްސަލައެއް
20251 އަހަރު ކުރިން
ރާއްޖެ

އައިޖީއެމްއެޗުން އުކުޅުވަޅުގެ އޮޕަރޭޝަނެއް ކުރި މީހެއްގެ ލޮލުގެ ފެނުން ގެއްލި، ނުކުޅެދުންތެރި މީހަކަށް ބަދަލުވި މައްސަލައެއް

އިންތިހާ ތައްޔާރީ ކާބޯތަކެތިން ހަށިގަނޑަށް ވަނީ ގެއްލުންތަ؟ ނޫނީ ފައިދާތަ؟
20242 އަހަރު ކުރިން
ތަފާތު ޚަބަރު

އިންތިހާ ތައްޔާރީ ކާބޯތަކެތިން ހަށިގަނޑަށް ވަނީ ގެއްލުންތަ؟ ނޫނީ ފައިދާތަ؟

12 މެމްބަރުންނާއި އިތުރު ބައެއް ފަރާތްތައް އެމްޑީޕީ އިން ވަކިވެއްޖެ
20233 އަހަރު ކުރިން
ރާއްޖެ

12 މެމްބަރުންނާއި އިތުރު ބައެއް ފަރާތްތައް އެމްޑީޕީ އިން ވަކިވެއްޖެ

އަނެއްކާވެސް ބައްޔަކާމެދު ކަންބޮޑުވުން ފެތުރެން ފަށައިފި
20224 އަހަރު ކުރިން
ރިޕޯޓު

އަނެއްކާވެސް ބައްޔަކާމެދު ކަންބޮޑުވުން ފެތުރެން ފަށައިފި

ބިލް ގޭޓްސްގެ ގިރިޓީކަން ކެނޑި "ކޫޑިކަން" ފާޅުވާން ފަށައިފި
20215 އަހަރު ކުރިން
ތަފާތު ޚަބަރު

ބިލް ގޭޓްސްގެ ގިރިޓީކަން ކެނޑި "ކޫޑިކަން" ފާޅުވާން ފަށައިފި

އަބްދުރަހީމް ފައުންޑޭޝަން ހިމެނޭ ގޮތަށް ވެމްކޯއިން ގިނަ އަދަދެއްގެ ފައިސާ ކުންފުނިތަކަށް ދޫކޮށްފައިވޭ: އާދަމް މުހައްމަދު
20197 އަހަރު ކުރިން
ރާއްޖެ

އަބްދުރަހީމް ފައުންޑޭޝަން ހިމެނޭ ގޮތަށް ވެމްކޯއިން ގިނަ އަދަދެއްގެ ފައިސާ ކުންފުނިތަކަށް ދޫކޮށްފައިވޭ: އާދަމް މުހައްމަދު

ސެއްޅި ބޭސް
20188 އަހަރު ކުރިން
ވާހަކަަ

ސެއްޅި ބޭސް

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު