Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެއޭސީސީން ފޯރަމެއް ބޭއްވުން

ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބާ ގުޅިގެން އޭސީސީން ފޯރަމެއް ބާއްވައިފި

18 އެޕްރީލު 2024 | ބުރާސްފަތި 17:21

މި ފޯރަމްގައި 45 މުވައްޒަފުން ބައިވެރިވި

އާއިޝަތު ޝިއުރާ
އާއިޝަތު ޝިއުރާ | 18 އެޕްރީލު 2024 | ބުރާސްފަތި 17:21
އޭސީސީ ފޯރަމް

އޭސީސީ ފޯރަމް

2024 ވަނައަހަރުގެ ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބާ ގުޅިގެން އެންޓި ކޮރަޕްޝަން ކޮމިޝަން އޭސީސީ)ން ފޯރަމެއް ބާއްވައިފިއެވެ.

2024 ވަނަ އަހަރުގެ މަޖިލިސް އިންތިޚާބަށް ތައްޔާރުވުމުގެ ގޮތުން އެންޓި ކޮރަޕްޝަން ކޮމިޝަނުން ވަނީ އިލެކްޝަންސް ސްޓްރެޓެޖީއެއް އެކުލަވާލައި ތަންފީޒުކުރަން ފަށާފައެވެ. މި ސްޓްރެޓެޖީގެ ދަށުން އިންތިޚާބީ ކޮރަޕްޝަނުގެ މައްސަލަތައް ތަހުގީގުކުރުމުގެ މަގުސަދުގައި، އިންތިޚާބީ ކޮރަޕްޝަނުގެ ކުށް ތަހުގީގުކުރުމުގައި ގާނޫނީގޮތުންނާއި އިޖްރާއީގޮތުން، އަދި ހެކި ހޯދުމާ ގުޅޭގޮތުން އެންޓި ކޮރަޕްޝަން ކޮމިޝަނުން ވަނީ 17 އެޕްރީލްވީ ބުދަ ދުވަހު ފޯރަމްއެއް ބާއްވާފައެވެ.

Advertisement - newsAdvertisement

މި ފޯރަމްގައި އެންޓި ކޮރަޕްޝަން ކޮމިޝަންގެ ރެޖިސްޓްރޭޝަން، އިންވެސްޓިގޭޝަން، ލީގަލް އަދި ޕްރިވެންޝަން ޑިޕާޓްމެންޓްގެ 45 މުވައްޒަފުން ވަނީ ބައިވެރިވެފައެވެ.

މި ފޯރަމް ފެށުމުގެ ހަފްލާ ތައާރަފްކުރުމުގެ ގޮތުން ވާހަކަފުޅު ދައްކަވާފައިވަނީ އެންޓިކޮރަޕްޝަން ކޮމިޝަނުގެ ޑިރެކްޓަރ އޮފް ޕްރިވެންޝަން ފާޠިމަތު އިބްނާއެވެ. އަދި މިފޯރަމް ޝަރަފުވެރިކޮށްދެއްވައި ވާހަކަފުޅުދައްކަވާފައި ވަނީ އިލެކްޝަންސް ކޮމިޝަނުގެ ރައީސް ފުއާދު ތައުފީގެވެ. އަދި އޭގެ ފަހުގައި އެ ކޮމިޝަނުގެ ރައީސް އަލްއުސްތާޒް އާދަމް ޝާމިލް ވަނީ ފޯރަމްގެ ބައިވެރިންނާ މުޚާތަބް ކުރައްވާފައެވެ.

ރައްޔިތުންގެ މަޖްލިސް އިންތިޚާބާ ގުޅިގެން މި ބޭއްވުނު ފޯރަމްގައި ކޮމިޝަނުގެ ފަސް ޕެނަލަކުން، އިންތިޚާބާ ގުޅުންހުރި ސެޝަންތަކެއް ކުރިއަށްގެންގޮސްފައި ވެއެވެ. ސެޝަންތައް ކުރިއަށް ގެންގޮސްފައިވަނީ އެންޓި ކޮރަޕްޝަން ކޮމިޝަނުގެ އެކި ޑިޕާޓްމެންޓްތަކާއި ޕްރޮސެކިއުޓަރ ޖެނެރަލް އޮފީހުގެ ފަރާތުންނެވެ.

މި ފޯރަމްގައި އަލިއަޅުވާލާފައިވަނީ އިންތިޚާބުތަކުގައި ދައުލަތުގެ މުދާ ނަހަމަގޮތުގައި ބޭނުންކުރުމަކީ ކޮބައިކަމާއި، އިންތިޚާބާގުޅޭ ގާނޫނީ އޮނިގަނޑު އެކުލަވާލާލައިފައިވާ ގޮތާއި، އިންތިޚާބާ ގުޅިގެން ހުށަހަޅާ މައްސަލަތައް ކޮމިޝަނުގައި ރަޖިސްޓަރީކުރުމާއި، އިންތިޚާބާ ގުޅިގެން ހުށަހަޅާ މައްސަލަތައް ތަހުގީގުކުރުމާއި، އަދި އިންތިޚާބާގުޅޭ ކޮރަޕްޝަންގެ މައްސަލަތަކުގައި ދައުވާ އުފުލުމާ ބެހޭގޮތުންނެވެ.

މޯލްޑިވްސް ނޭޝަނަލް އެންޓި ކޮރަޕްޝަން އެކަޑަމީއިން ރާވައި ހިންގި މި ފޯރަމަކީ ގާނޫނީގޮތުންނާއި އިޖުރާއީގޮތުން ހެކި ހޯދުމުގައި ހިނގާ އިންތިޚާބީ ކޮރަޕްޝަންގެ އަމަލުތައް ދެނެގަތުމުގައި ހުރި ގޮންޖެހުތަކާ ބެހޭގޮތުން މުވައްޒަފުން އިތުރަށް ހޭލުންތެރިކުރުމުގެ މަގުސަދުގައި ބޭއްވި މިފަދަ ފުރަތަމަ ފޯރަމެވެ. 

އެންމެ ހިނގާ

1

ލަންކާ އެމްބަސީގައި ހުރި ތަރޑް ސެކެޓަރީއެއްގެ ބޭއަދަބީ ވީޑިއޯއެއް އާންމުވެ، އޭނާ ވަކިކުރަން ރައީސް އޮފީހުން ފޮރިން މިނިސްޓްރީއަށް އަންގައިފި

2

އީރާނު ހަނގުރާމައިގައި ބައިވެރިވި އެމެރިކާގެ 5000 މީހުންގެ މަނަވަރު އަބްރަހަމް ލިންކަން ތައިލެންޑްގައި މަޑުކުރާތީ ހަށިވިއްކުން ހުއްޓުވަން ފުލުހުން ނެރެފި

3

އޮޑި އަށް ގެނައި ރެއާލް އަށް ކުޅުނު ރޮޑްރިގޭޒް، ކުލަބު ދޫކޮށް ގޮސްފި

4

ވިހައިގެން ހޮސްޕިޓަލުން ނުނިކުމެވި އުޅެނިކޮށް ލިބުނީ ފެނަކައިގެ ވަޒީފާއިން ވަކިކުރިކަމުގެ ޗިޓު!

5

ލޯބިވާ ކުޑަކުޑަ ހިތާއެވެ! ލޯބިވާ ދަރިފުޅާއެވެ!: ތުއްތު ޒީވާގެ ވަކިވުމާއެކު އަޝްރަފްގެ އައު ޅެމަކުން ރޮއްވާލައިފި!

އިތުރަށް ކިޔާލަން

20 ޖެނުއަރީ 2017

އެމެރިކާގެ ރައްޔިތުންގެ ރައްކާތެރިކަން ކަށަވަރު ކުރުން އެއީ އެންމެ އިސްކަންދޭ ކަންތައް: އެމެރިކާ އެމްބަސީ

20 ޖެނުއަރީ 2017
އެމެރިކާގެ ރައްޔިތުންގެ ރައްކާތެރިކަން ކަށަވަރު ކުރުން އެއީ އެންމެ އިސްކަންދޭ ކަންތައް: އެމެރިކާ އެމްބަސީ
18 ޖެނުއަރީ 2017

ރައްޔިތުންގެ މަޖިލީހުން ކުރަނީ އިހްލާސްތެރި މަސައްކަތްތަކެއް ނޫން: ޝިފާ

18 ޖެނުއަރީ 2017
ރައްޔިތުންގެ މަޖިލީހުން ކުރަނީ އިހްލާސްތެރި މަސައްކަތްތަކެއް ނޫން: ޝިފާ
16 ޖެނުއަރީ 2017

ކަދުރުގެ މައްސަލަ އޭސީސީން ނިންމީ ހިންޏަށް ހަކުރު އޮޅުވާލާ އުސޫލުން: އިންތި

16 ޖެނުއަރީ 2017
ކަދުރުގެ މައްސަލަ އޭސީސީން ނިންމީ ހިންޏަށް ހަކުރު އޮޅުވާލާ އުސޫލުން: އިންތި
16 ޖެނުއަރީ 2017

ކަންކަން ހައްލުކުރެވޭނީ ހަމައެކަނި ރައްޔިތުންގެ އިންޤިލާބަކުން: ޑރ. މުސްތަފާ

16 ޖެނުއަރީ 2017
ކަންކަން ހައްލުކުރެވޭނީ ހަމައެކަނި ރައްޔިތުންގެ އިންޤިލާބަކުން: ޑރ. މުސްތަފާ
14 ޖެނުއަރީ 2017

އިސްލާމްދީނާ ޚިލާފު ޤާނޫނެއް ފާސްކޮށްފިނަމަ އެކަން އެޅޭނީ މަޖިލީހުގެ މެމްބަރުންގެ ބޮލުގައި:އައްސަދު

14 ޖެނުއަރީ 2017
އިސްލާމްދީނާ ޚިލާފު ޤާނޫނެއް ފާސްކޮށްފިނަމަ އެކަން އެޅޭނީ މަޖިލީހުގެ މެމްބަރުންގެ ބޮލުގައި:އައްސަދު
13 ޖެނުއަރީ 2017

ލޯކަލް ކައުންސިލް އިންތިހާބު ފަސްކުރުމާ ގުޅިގެން އަންނަ އާދިއްތަ ދުވަހު ކޯޓަށް މައްސަލަ ހުށަހަޅާނަން: ނިޔާޒް

13 ޖެނުއަރީ 2017
ލޯކަލް ކައުންސިލް އިންތިހާބު ފަސްކުރުމާ ގުޅިގެން އަންނަ އާދިއްތަ ދުވަހު ކޯޓަށް މައްސަލަ ހުށަހަޅާނަން: ނިޔާޒް
12 ޖެނުއަރީ 2017

އެމްޕީއެލް އިން ރިޒާ އަށް 2.9 މިލިއަން ރުފިޔާ ދިން މައްސަލަ އޭސީސީން ބަލަން ފަށައިފި

12 ޖެނުއަރީ 2017
އެމްޕީއެލް އިން ރިޒާ އަށް 2.9 މިލިއަން ރުފިޔާ ދިން މައްސަލަ އޭސީސީން ބަލަން ފަށައިފި
11 ޖެނުއަރީ 2017

ފުލުހަށް ހާޒިރު ކުރީ ޕީޕީއެމްގެ ހާޑްޑިސްކެއް ގެއްލިގެން ހުށަހެޅި މައްސަލައާ ގުޅިގެން: ޔުމްނާ

11 ޖެނުއަރީ 2017
ފުލުހަށް ހާޒިރު ކުރީ ޕީޕީއެމްގެ ހާޑްޑިސްކެއް ގެއްލިގެން ހުށަހެޅި މައްސަލައާ ގުޅިގެން: ޔުމްނާ
07 ޖެނުއަރީ 2017

ރަށްރަށް ތަރައްގީ ކުރެވޭނީ ރައްޔިތުންގެ އިހުސާސް އެނގިގެން: ތޯރިގް

07 ޖެނުއަރީ 2017
ރަށްރަށް ތަރައްގީ ކުރެވޭނީ ރައްޔިތުންގެ އިހުސާސް އެނގިގެން: ތޯރިގް
04 ޖެނުއަރީ 2017

ދިވެހި ޓީޗަރުން ހޯދުމަށް ކުރި އިއުލާނާއި ގުޅިގެން ކުރިމަތީ 26 ފަރާތަކުން: އެޑިއުކޭޝަން

04 ޖެނުއަރީ 2017
ދިވެހި ޓީޗަރުން ހޯދުމަށް ކުރި އިއުލާނާއި ގުޅިގެން ކުރިމަތީ 26 ފަރާތަކުން: އެޑިއުކޭޝަން
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް