Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރާއްޖެއޭސީސީ ދިރާސާ

ކޮރަޕްޝަނުގެ ކުށްތަކަށް އަރައިގަންނަ ސަބަބުތަކާއި ދުރާލާ އަޅަންޖެހޭ ފިޔަވަޅުތައް ދެނެގަތުމަށް ޚާއްސަ ދިރާސާއެއް ހަދަނީ

ކޮރަޕްޝަން ހިންގާ ފަރާތްތަކުން އެ ކުށްތަކަށް އަރައިގަންނަން ވިސްނާ ސަބަބުތަކާއި، އަރައިގަންނަ ގޮތްތަކާއި، އަރައިގަންނަން ދައުލަތުގެ މަޤާމާއި، ނުފޫޒާއި ބާރު ބޭނުންކުރާ ގޮތް ދެނެގަންނާނެ

ޙުސައިން މަޚްތޫމް
ޙުސައިން މަޚްތޫމް | 16 އެޕްރީލު 2024 | އަންގާރަ 14:43
އޭސީސީން ވަނީ ކޮރަޕްޝަނުގެ ކުށްތަކަށް އަރައިގަންނަ ސަބަބުތަކާއި ދުރާލާ އަޅަންޖެހޭ ފިޔަވަޅުތައް ދެނެގަތުމަށް ދިރާސާއެއް ހެދުމަށް ނިންމާފައި

އޭސީސީން ވަނީ ކޮރަޕްޝަނުގެ ކުށްތަކަށް އަރައިގަންނަ ސަބަބުތަކާއި ދުރާލާ އަޅަންޖެހޭ ފިޔަވަޅުތައް ދެނެގަތުމަށް ދިރާސާއެއް ހެދުމަށް ނިންމާފައި

ދިވެހިރާއްޖޭގައި، ކޮރަޕްޝަނުގެ ކުށްތަކަށް އަރައިގަންނަ ސަބަބު ދެނެގަތުމަށް އެންޓި-ކޮރަޕްޝަން ކޮމިޝަނުން އެކަމަށް ޚާއްޞަ ދިރާސާއެއް ހެދުމަށް ނިންމައި، އެ ދިރާސާއާ ގުޅޭ މަސައްކަތްތައް ފަށައިފިއެވެ.

މި ދިރާސާގެ މައިގަނޑު މަޤްޞަދަކީ ދިވެހިރާއްޖޭގައި ކޮރަޕްޝަންގެ ކުށްތަކަށް އަރައިގަންނަ ގޮތުގެ ތަފުސީލު، ދިރާސާކުރުމުގެ ފަންނީ މިންގަނޑުތަކަށް ރިޢާޔަތްކުރެވި، ދިރާސީ ބުރަދަންދެވޭ ހޯދުންތަކުގެ (އެވިޑެންސް ބޭސްޑް) އަލީގައި އެކަންކަން ހުއްޓުވުމަށް އަޅަންޖެހޭ ފިޔަވަޅުތައް ދެނެގަތުމެވެ.

Advertisement - newsAdvertisement

މިއީ، ކޮރަޕްޝަން ހިންގާ ފަރާތްތަކުން އެ ކުށްތަކަށް އަރައިގަންނަން ވިސްނާ ސަބަބުތަކާއި، އަރައިގަންނަ ގޮތްތަކާއި، އަރައިގަންނަން ދައުލަތުގެ މަޤާމާއި، ނުފޫޒާއި ބާރު ބޭނުންކުރާ ގޮތާއި، އެކަމުގައި އެހެނިހެން މުވައްޒަފުން ބައިވެރިކުރާ ގޮތާއި، އެ ފަރާތްތަކުގެ ދިރިއުޅުމުގެ ފެންވަރާއި، ޚަރަދުބަރަދު ބަލައްޓާ ގޮތް ފަދަ، "ކްރިމިނަލް މައިންޑްސެޓް" އާއި، އެފަދަ އެހެނިހެން ކަންކަން ތަފުސީލުކޮށް ދިރާސާކުރެވޭ ފުރަތަމަ ފަހަރެވެ. އަދި، މިއީ ދިވެހިރާއްޖޭގައި ޖިނާއީ ކުށަށް އަރައިގަތުމުގެ ފަހަތުގައި ހުންނަ ސަބަބުތައް ދެނެގަތުމުގެ މި ފަދަ ފުރަތަމަ ދިރާސާކަންވެސް ފާހަގަކުރެވެއެވެ.

މީގެ އިތުރުން، ކުށްކުރާ ފަރާތްތަކުގެ ސުލޫކާ ގުޅުންހުރި ކަންކަމާއި، ދިވެހި މުޖުތަމަޢުގައި ކޮރަޕްޝަނުގެ ކުށާގުޅޭ ސުލޫކީ ނިންމުންތައް ނިންމާ ގޮތާއި (އެތިކަލް އިންޑިކޭޓަރސް)، ކޮރަޕްޝަނުގެ ކުށަށް އަރައިގަތުމާ ގުޅުންހުންނަ ހެވާއިނުބައި ވަކިކުރުމުގައި ވިސްނުން ގެންގުޅޭ ގޮތް މިދިރާސާގެ އަލީގައި ދެނެގަނެވޭނެއެވެ. އަދި، މީގެ އިތުރުން، ތަކުރާރުކޮށް ކޮރަޕްޝަންގެ ކުށްތަކަށް އަރައިގަންނަ ސަބަބުތަކާއި، ޖުމުލަކޮށް ކޮރަޕްޝަނުގެ ކުށްކުރާ ފަރާތްތަކުގެ ފުދުންތެރިކަމާއި، ތަޢުލީމާއި، އެހެނިހެން ކުށްކުރުމާ ގުޅުންހުންނަ މިންވަރުވެސް މި ދިރާސާގެ ދެތެރެއިން ދެނެވޭނެއެވެ.

މީގެ ކުރީން އޭސީސީން ކުރިޔަށް ގެންދިޔަ، ކޮރަޕްޝަނާމެދު އާންމުން ދެކޭ ގޮތާއި އާންމުން ހޭލުންތެރިވެފައި އޮތް މިންވަރުގެ ދިރާސީ ހޯދުންތަކާއި، މި ދިރާސާގެ ހޯދުންތައް އެއްކޮށްލައިގެން ދިވެހިރާއްޖޭގައި ކޮރަޕްޝަނާ ދެކޮޅަށް މަސައްކަތްކުރާނެ، ފަންނީ މިންގަނޑުތަކުން ބާރުދެވޭ އޮނިގަނޑެއް ޤާއިމްކުރުމަށް ބޮޑު އެހީތެރިކަމެއް ލިބިގެންދާނެއެވެ.

މި ދިރާސާގެ ހޯދުންތަކުން، ނަޒާހަތްތެރިކަން ކުރިއެރުވުމަށް ދިވެހިރާއްޖޭގައި ސުކޫލުތަކުގައި ސަމާލުކަން ދޭންޖެހޭ ކަންކަމާއި، ތަޢުލީމުގެ ތެރެއިން ނަޒާހަތްތެރިކަން ކުދީންގެ ކިބައިގައި އަށަގެންނެވުމަށް ޢަމަލުކުރަންޖެހޭ ގޮތްތަކާއި، ވަޒީފާތަކުގައި ކޮރަޕްޝަން ހުއްޓުވުމަށް ވިސްނުން ގެންގުޅެންޖެހޭ ގޮތްތައް ދެނެގަނެ އެކަންކަން ތަންފީޒުކުރުމަށް ޤާނޫނުތަކާއި، ގަވާއިދުތަކާއި އުސޫލުތައް އެކުލަވައިލާންޖެހޭ ގޮތްތައް ކަނޑައެޅޭނެއެވެ.

އަދި ކޮމިޝަނުން ހިންގާ ކޮރަޕްޝަނާ ދެކޮޅަށް ހޭލުންތެރިކުރުމުގެ ޕްރޮގްރާމާއި، ކޮމިޝަނުގެ މަސައްކަތްތައް އިތުރަށް ހަރުދަނާކުރުމަށް ޢަމަލުކުރަންޖެހޭ ގޮތްތައްވެސް ދެނެގަނެވޭނެއެވެ. އަދި އެންމެ މުހިންމު އެއް ކަމެއްގެ ގޮތުގައި، ކޮރަޕްޝަނުގެ ކުށަށް އަރައިގަތުމުގެ އިހުތިމާލުތައް ދެނެގަނެވި އެކަންކަން ހުއްޓުވުމަށް އަޅަންޖެހޭ ފިޔަވަޅުތައް ދެނެގަނެވި، ދުރާލާ ހިންގަންޖެހޭ އިންޓަވެންޝަން ޕްރޮގްރާމްތައް ބައްޓަންކުރުމަށް މަގުފަހިވެގެންދާނެއެވެ.  

އިތުރަށް ކިޔާލަން

18 ސެޕްޓެމްބަރު 2017

ޖަލު ކުށްތަކަށް ފިޔަވަޅު އެޅުން ހުއްޓުވުމުގެ ވަގުތީ އަމުރަކަށް މުހުތާޒް އެދިވަޑައިގަންނަވައިފި

18 ސެޕްޓެމްބަރު 2017
ޖަލު ކުށްތަކަށް ފިޔަވަޅު އެޅުން ހުއްޓުވުމުގެ ވަގުތީ އަމުރަކަށް މުހުތާޒް އެދިވަޑައިގަންނަވައިފި
22 އޯގަސްޓު 2017

ފާރިސްގެ ހައްގުތަކަށް މަޖިލީހުގެ މުވައްޒަފުން ދަނީ އަރައިގަންނަމުން: މައުމޫން ހަމީދު

22 އޯގަސްޓު 2017
ފާރިސްގެ ހައްގުތަކަށް މަޖިލީހުގެ މުވައްޒަފުން ދަނީ އަރައިގަންނަމުން: މައުމޫން ހަމީދު
15 އޯގަސްޓު 2017

ރައީސް ޔާމީންގެ ވާހަކަތަކުގެ މައްސަލަ އަދި މުއައްސަސާތަކުން ކޮރަޕްޝަނުގެ މައްސަލަތައް ބެލުން ލަސްކުރާ މައްސަލަ ބަލަން މާދަމާ ހުށަހަޅަނީ!

15 އޯގަސްޓު 2017
ރައީސް ޔާމީންގެ ވާހަކަތަކުގެ މައްސަލަ އަދި މުއައްސަސާތަކުން ކޮރަޕްޝަނުގެ މައްސަލަތައް ބެލުން ލަސްކުރާ މައްސަލަ ބަލަން މާދަމާ ހުށަހަޅަނީ!
19 ޖުލައި 2017

ސިޔާސީ ވަކި މަންފާތަކެއް ހާސިލް ކުރުމަށް މިހާރު ދައްކަނީ ކޮރަޕްޝަނުގެ ވާހަކަ:ޓްރާންސްޕޭރެންސީ މޯލްޑިވްސް

19 ޖުލައި 2017
ސިޔާސީ ވަކި މަންފާތަކެއް ހާސިލް ކުރުމަށް މިހާރު ދައްކަނީ ކޮރަޕްޝަނުގެ ވާހަކަ:ޓްރާންސްޕޭރެންސީ މޯލްޑިވްސް
29 ޖޫން 2017

ގާނޫނުތަކަށް ބަދަލު ގެންނަނީ ސަރުކާރުން ހިންގާ ކޮރަޕްޝަނުގެ އަމަލުތައް ފޮރުވުމަށް: ހިސާން

29 ޖޫން 2017
ގާނޫނުތަކަށް ބަދަލު ގެންނަނީ ސަރުކާރުން ހިންގާ ކޮރަޕްޝަނުގެ އަމަލުތައް ފޮރުވުމަށް: ހިސާން
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު