Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - worldAdvertisement
ދުނިޔެ
ޕާކިސްތާނުގައި ފެންބޮޑުވުން

ޕާކިސްތާނަށް މޫސުން ގޯސްވެ ހިނގި ހާދިސާތަކުގައި 39 މީހުން މަރުވެއްޖެ

ބައެއް މީހުންނަކީ ގޮދަން ދަނޑުތަކުގައި މަސައްކަތް ކުރަނިކޮށް ހޮނުއެޅުމުގެ ސަބަބުން މަރުވި މީހުން

ފާޠިމަތު ޒުހައިރާ
ފާޠިމަތު ޒުހައިރާ, ރާއްޖެ އެމްވީ | 16 އެޕްރީލު 2024 | އަންގާރަ 13:48
ޕާކިސްތާނުގައި ފެންބޮޑުވުން

ޕާކިސްތާނުގައި ފެންބޮޑުވުން

ޕާކިސްތާނުގެ ހުޅަނގުދެކުނު ސަރަހައްދުތަކަށް މޫސުން ގޯސްވެ، އެތައް ދުވަހެއް ވަންދެން އާދަޔާ ޚިލާފަށް ބޯކޮށް ވާރޭވެހި ފެންބޮޑުވުމާ ގުޅިގެން ހިނގި ހާދިސާތަކުގައި މަދުވެގެން 39 މީހުން މަރުވެއްޖެއެވެ.

މަރުވި މީހުންގެ ތެރޭން ބައެއް މީހުންނަކީ ގޮދަން ދަނޑުތަކުގައި މަސައްކަތްކުރަން އުޅެނިކޮށް ހޮނުއެޅުމުގެ ސަބަބުން މަރުވި މީހުންނެވެ. އޮންލައިން ޚަބަރުތަކުން ފެންނަގޮތުގައި ބޯކޮށް ވާރޭވެހުމުގެ ސަބަބުން ބޮޑެތި ދަނޑުބިންތަކުގައި ވަނީ ފެންބޮޑުވެފައެވެ. އަދި ފެންބޮޑުވުމުގެ ސަބަބުން ޕަވަރ ސަޕްލައިއަށާއި ދަތުރުފަތުރުގެ ނިޒާމަށް ވެސް ވަނީ ބުރޫއަރާފައެވެ.

ޕާކިސްތާނަކީ މޫސުމަށް އަންނަ ބަދަލުތަކާ ގުޅިގެން މޫސުމީ ކާރިސާތައް ތަހައްމަލުކުރަން ޖެހިފައިވާ އެއް ގައުމެވެ.

2022 ވަނަ އަހަރު ވެސް ޕާކިސްތާނުގައި ހިނގި ފެންބޮޑުވުމުގެ ބޮޑެތި ހާދިސާތަކުގައި 1،700އެއްހާ މީހުން މަރުވެ އެތައް ބަޔަކަށް ވަނީ އަނިޔާލިބިފައެވެ. މީގެ އިތުރުން އެތައް މިލިއަން މީހުންގެ ގެދޮރު ހަލާކުވެ، ގިނަ ދުވަސްތަކެއް ވަންދެން ސާފު ފެނުން މަހުރޫމްވުމުގެ ސަބަބުން އެތައް ބަލިތަކެއްވެސް ވަނީ ފެތުރިފައެވެ.

އެފަހަރު ފެންބޮޑުވި ބައެއް ސަރަހައްދުތައް ކަމަށްވާ ޚައިބަރު ޕަޚްތުންޚުވާ އަދި ބަލޮޗިސްތާނުގައި މިފަހަރުވެސް ވަނީ ފެންބޮޑުވެފައެވެ.

ކުރިއަށް އޮތް ދުވަސްތަކުގައި ވެސް އިތުރަށް ވާރޭވެހޭނެ ކަމަށް ލަފާކޮށްފައިވާތީ، ބިންގަނޑު ކަނޑައިގެންދިއުމާއި ކިސަޑުކޯރުތައް ހެދުން ހާދިސާތައްވެސް ހިނގާނެކަމަށް ބަލައި، އެކަމަށް ތައްޔާރުވެގެން ތިބުމަށް ޕާކިސްތާން ނެޝަނަލް ޑިޒާސްޓަރ މެނޭޖްމަންޓް އޮތޯރިޓީން ވަނީ އިންޒާރު ނެރެފައެވެ.

މިފަހަރުގެ މޫސުމީ ކާރިސާގައި އެންމެ ބޮޑަށް ގެއްލުން ލިބިފައިވަނީ އެންމެ އާބާދީ ބޮޑު ޕްރޮވިންސް ކަމަށްވާ ޕަންޖާބަށެވެ. ހޮނުއެޅުމުގެ ސަބަބުން ޕަންޖާބުން ހުކުރު ދުވަހުން ފެށިގެން އާދީއްތަ ދުވަހާ ހަމަޔަށް 21 މީހުން މަރުވެފައި ވާކަމަށް އޭއެފްޕީން ރިޕޯޓްކޮށްފައި ވެއެވެ. މީގެ އިތުރުން މިހާރު ސްޓޭޓް އޮފް އިމަރޖެންސީ އިއުލާންކޮށްފައިވާ ބަލޮޗިސްތާން ޕްރޮވިންސުން ވެސް 8 މީހުން ވަނީ މަރުވެފައެވެ.

ފެންބޮޑުވުމުގެ ސަބަބުން މި ދެ ސްޓޭޓުގެ ސްކޫލްތައް ވެސް އަންގާރަ ދުވަހާއި ބުދަ ދުވަހު ވަނީ ބަންދުކޮށްފައެވެ.

ކޮމެންޓް

އިތުރަށް ކިޔާލަން

ކަޝްމީރުގެ އިންޑިއާ ފަޅީގައި ހިނގި ހަމަނުޖެހުންތަކުގައި ހަ މަރު

ކަޝްމީރުގެ އިންޑިއާ ފަޅީގައި ހިނގި ހަމަނުޖެހުންތަކުގައި ހަ މަރު

10 އެޕްރީލު 2017
އަފްޣާނިސްތާނުން ޕާކިސްތާނަށް ވަދެވެން އޮންނަ ދެ މަގު ވަގުތީގޮތުން ހުޅުވާލައިފި

އަފްޣާނިސްތާނުން ޕާކިސްތާނަށް ވަދެވެން އޮންނަ ދެ މަގު ވަގުތީގޮތުން ހުޅުވާލައިފި

07 މާރިޗު 2017
މިޔަންމާ އާއި އިންވެގެން އޮންނަ ޗައިނާގެ ބޯޑަރު ސަރަހައްދުގައި ހިނގި ހަމަނުޖެހުންތަކުގައި 30 މަރު

މިޔަންމާ އާއި އިންވެގެން އޮންނަ ޗައިނާގެ ބޯޑަރު ސަރަހައްދުގައި ހިނގި ހަމަނުޖެހުންތަކުގައި 30 މަރު

07 މާރިޗު 2017
ފިލިޕީންސްގައި ހިނގި ބަސް އެކްސިޑެންޓެއްގައި 15 މަރު

ފިލިޕީންސްގައި ހިނގި ބަސް އެކްސިޑެންޓެއްގައި 15 މަރު

20 ފެބުރުއަރީ 2017
ދެހާސްފަހެއްގައި އިންޑިއާގައި ދެވުނު ބޮން ގޮއްވުމުގެ ހާދިސާތަކުގައި ހައްޔަރު ކުރެވުނު ތިން މީހުން ދޫކޮށްލައިފި

ދެހާސްފަހެއްގައި އިންޑިއާގައި ދެވުނު ބޮން ގޮއްވުމުގެ ހާދިސާތަކުގައި ހައްޔަރު ކުރެވުނު ތިން މީހުން ދޫކޮށްލައިފި

18 ފެބުރުއަރީ 2017

އަހަރުތަކުން މިއަދު

16 މެއި
އައިޖީއެމްއެޗުން އުކުޅުވަޅުގެ އޮޕަރޭޝަނެއް ކުރި މީހެއްގެ ލޮލުގެ ފެނުން ގެއްލި، ނުކުޅެދުންތެރި މީހަކަށް ބަދަލުވި މައްސަލައެއް
20251 އަހަރު ކުރިން
ރާއްޖެ

އައިޖީއެމްއެޗުން އުކުޅުވަޅުގެ އޮޕަރޭޝަނެއް ކުރި މީހެއްގެ ލޮލުގެ ފެނުން ގެއްލި، ނުކުޅެދުންތެރި މީހަކަށް ބަދަލުވި މައްސަލައެއް

އިންތިހާ ތައްޔާރީ ކާބޯތަކެތިން ހަށިގަނޑަށް ވަނީ ގެއްލުންތަ؟ ނޫނީ ފައިދާތަ؟
20242 އަހަރު ކުރިން
ތަފާތު ޚަބަރު

އިންތިހާ ތައްޔާރީ ކާބޯތަކެތިން ހަށިގަނޑަށް ވަނީ ގެއްލުންތަ؟ ނޫނީ ފައިދާތަ؟

12 މެމްބަރުންނާއި އިތުރު ބައެއް ފަރާތްތައް އެމްޑީޕީ އިން ވަކިވެއްޖެ
20233 އަހަރު ކުރިން
ރާއްޖެ

12 މެމްބަރުންނާއި އިތުރު ބައެއް ފަރާތްތައް އެމްޑީޕީ އިން ވަކިވެއްޖެ

އަނެއްކާވެސް ބައްޔަކާމެދު ކަންބޮޑުވުން ފެތުރެން ފަށައިފި
20224 އަހަރު ކުރިން
ރިޕޯޓު

އަނެއްކާވެސް ބައްޔަކާމެދު ކަންބޮޑުވުން ފެތުރެން ފަށައިފި

ބިލް ގޭޓްސްގެ ގިރިޓީކަން ކެނޑި "ކޫޑިކަން" ފާޅުވާން ފަށައިފި
20215 އަހަރު ކުރިން
ތަފާތު ޚަބަރު

ބިލް ގޭޓްސްގެ ގިރިޓީކަން ކެނޑި "ކޫޑިކަން" ފާޅުވާން ފަށައިފި

އަބްދުރަހީމް ފައުންޑޭޝަން ހިމެނޭ ގޮތަށް ވެމްކޯއިން ގިނަ އަދަދެއްގެ ފައިސާ ކުންފުނިތަކަށް ދޫކޮށްފައިވޭ: އާދަމް މުހައްމަދު
20197 އަހަރު ކުރިން
ރާއްޖެ

އަބްދުރަހީމް ފައުންޑޭޝަން ހިމެނޭ ގޮތަށް ވެމްކޯއިން ގިނަ އަދަދެއްގެ ފައިސާ ކުންފުނިތަކަށް ދޫކޮށްފައިވޭ: އާދަމް މުހައްމަދު

ސެއްޅި ބޭސް
20188 އަހަރު ކުރިން
ވާހަކަަ

ސެއްޅި ބޭސް

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު