Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރާއްޖެ
ކައުންސިލްތަކަށް ފައިސާ ދިނުން

ޓެކްސް ފައިސާ ކައުންސިލްތަކަށް ދިނުމަށް ރައީސް މުއިއްޒު ނިންމެވިއިރު، އެއީ މިހާރު ވެސް ދެމުންދާ ފައިސާއެއް: ރައީސް ސާލިހު

ޓެކްސް ފައިސާ ކައުންސިލްތަކަށް ދިނުމުން ރައްޔިތުންގެ ފައިދާއަށް ގިނަ ކަންތައްތަކެއް ކޮށްދެވޭނެ

އަމްނާ އިމާދު
އަމްނާ އިމާދު, ރާއްޖެ އެމްވީ | 15 އެޕްރީލު 2024 | ހޯމަ 07:48
އެމްޑީޕީގެ އިސް އެޑްވައިޒަރ އަދި ކުރީގެ ރައީސް އިބްރާހީމް މުހައްމަދު ސާލިހު

އެމްޑީޕީގެ އިސް އެޑްވައިޒަރ އަދި ކުރީގެ ރައީސް އިބްރާހީމް މުހައްމަދު ސާލިހު

ދައުލަތަށް ލިބޭ ޓެކްސް ފައިސާއިން ބައެއް، ކައުންސިލްތަކަށް ދިނުމަށް ރައީސް ޑރ.މުހައްމަދު މުއިއްޒު ނިންމެވިކަމަށް އިއުލާން ކުރެއްވިއިރު އެއީ މިހާރު ވެސް ދެމުންދާ ފައިސާއެއް ކަމަށް އެމްޑީޕީގެ އިސް އެޑްވައިޒަރު އަދި ކުރީގެ ރައީސް އިބްރާހީމް މުހައްމަދު ސާލިހު ވިދާޅުވެއްޖެއެެވެ.

ރައީސް ސާލިހު މިހެން ވިދާޅުވީ ރައީސް މުއިއްޒު ފ.ފީއަލި ރައްޔިތުންނާއި ބައްދަލުކުރައްވައި، ކައުންސިލްތަކުގެ އާމްދަނީ އިތުރުކުރުމަށް ދައުލަތަށް ލިބޭ ޓެކްސް ފައިސާއިން ވަކި އިންސައްތައެއް ކައުންސިލްތަކަށް ޖަމާކޮށްކުރުމަށް ގާނޫނަށް އިސްލާހު ހުށަހަޅުއްވާނެ ކަމަށް ވިދާޅުވުމާ ގުޅިގެންނެވެ. ރައީސް މުއިއްޒު ވިދާޅުވީ ޓެކްސް ފައިސާއިން ބައެއް ކައުންސިލްތަކަށް ދިނުމުން ރައްޔިތުންގެ ފައިދާއަށް ގިނަ ކަންތައްތަކެއް ކޮށްދެވޭނެ ކަމަށެވެ.

Advertisement - newsAdvertisement

އާދިއްތަ ދުވަހުގެ ރޭ ތިމަރަފުށީގައި ބޭއްވި މިސްރާބު ހަމަމަގަށް ޖަލްސާގައި ރައީސް ސާލިހު ވަނީ ރައީސް މުއިއްޒުގެ މިވާހަކަފުޅުތަކަށް ރައްދު ދެއްވާފައެވެ.

ރައީސް ސާލިހު ވިދާޅުވީ ކައުންސިލްތަކަށް ފައިސާ ދިނުމަކީ މިސަރުކާރުން ކުރާ އައު ކަމެއްގެ ގޮތުގައި ރައްޔިތުންނަށް ދައްކަން އުޅޭ ކަމަށާއި، މިކަމުގައި ވެސް ސަރުކާރުން މަސައްކަތް ކުރަނީ ރައްޔިތުންނަށް އޮޅުވާލަން ކަމަށެވެ.

ރައީސް ސާލިހު ވިދާޅުވީ ދައުލަތަށް ލިބޭ ޓެކްސް ފައިސާއިން ބައެއް ކައުންސިލްތަކަށް ދިނުމަށް ނިންމީ އެމަނިކުފާނުގެ ވެރިކަމުގައި ކަމަށެވެ.

އެމްޑީޕީގެ ސަރުކާރުގައި ކައުންސިލްތައް ބާރުވެރިކުރުވުމަށް ވަނީ ގިނަ މަސައްކަތްތައް ކޮށްފައެވެ. އެގޮތުން ލާމަރުކަޒީ ނިޒާމު ތައާރަފްކޮށް، ކައުންސިލްތަކަށް ބާރުވެރިކަން ދީފައިވެއެވެ. ރަށްތައް ތަރައްގީ ކުރުމާއި، ވިޔަފާރި ހިންގުމާއި، އާމްދަނީ ހޯދޭނެ ގިނަ ގޮތްތައް ކައުންސިލްތަކަށް ހުޅުވާލަދީފައިވެއެވެ.

ނަމަވެސް މިސަރުކާރުން މަސައްކަތް ކުރަނީ މިނިސްޓްރީ އޮފް ސިޓީސް ލޯކަލް ގަވަރމަންޓް އެންޑް ޕަބްލިކް ވަރކްސް އުފައްދައި، ލާމަރުކަޒީ ނިޒާމު ފުޑާލައި، ހުރިހާ ބާރުތަކެއް ހިފެހެއްޓުމަށް ކަމަށް އެމްޑީޕީން ތުހުމަތުކުރެއެވެ.

ކޮމެންޓް

އިތުރަށް ކިޔާލަން

ޕިކްނިކް އައިލެންޑެއްގެ ގޮތުގައި ފޭދޫ ފިނޮޅު ކަނޑައަޅައި ދިނުމަށް ރައީސް މައުމޫން އަނެއްކާ ވެސް ގޮވާލައްވައިފި

ޕިކްނިކް އައިލެންޑެއްގެ ގޮތުގައި ފޭދޫ ފިނޮޅު ކަނޑައަޅައި ދިނުމަށް ރައީސް މައުމޫން އަނެއްކާ ވެސް ގޮވާލައްވައިފި

10 ޖެނުއަރީ 2017
ޕީޕީއެމްގެ ރައީސްގެ އޮފީހުގައި އެ ޕާޓީގެ ހަރަކާތްތައް ފަށަނީ

ޕީޕީއެމްގެ ރައީސްގެ އޮފީހުގައި އެ ޕާޓީގެ ހަރަކާތްތައް ފަށަނީ

09 ޖެނުއަރީ 2017
ރައީސް ޔާމީން ވެރިކަން ކުރައްވަމުން ގެންދަވަނީ ޤަދީމީ، ބިރުވެރި މެސެޖުތަކެއް ގެނެސްދޭ އުޞޫލުތަކެއްގެ މަތިން: އަލީ ނިޒާރު

ރައީސް ޔާމީން ވެރިކަން ކުރައްވަމުން ގެންދަވަނީ ޤަދީމީ، ބިރުވެރި މެސެޖުތަކެއް ގެނެސްދޭ އުޞޫލުތަކެއްގެ މަތިން: އަލީ ނިޒާރު

07 ޖެނުއަރީ 2017
ރައީސް ދެއްވާ ޚާއްސަ ފުރުސަތުގައި ކުދިންނަށް މަފުދޭ ގަވާއިދު ނެފެރި

ރައީސް ދެއްވާ ޚާއްސަ ފުރުސަތުގައި ކުދިންނަށް މަފުދޭ ގަވާއިދު ނެފެރި

07 ޖެނުއަރީ 2017
އަންހެނުން ބާރުވެރިކުރުމަށް ރައީސް ޔާމީން ވަނީ ނުކުޅެދިފަ: ޝިދާތާ

އަންހެނުން ބާރުވެރިކުރުމަށް ރައީސް ޔާމީން ވަނީ ނުކުޅެދިފަ: ޝިދާތާ

07 ޖެނުއަރީ 2017

އަހަރުތަކުން މިއަދު

18 ޖޫން
އިސްރާއީލަށް އީރާނުގެ ވަރުގަދަ ހަމަލާއެއް- އެތައް ބަޔަކު މަރުވެ އިމާރާތްތަކަށް ބޮޑެތި ގެއްލުން ތަކެއް
20251 އަހަރު ކުރިން
ދުނިޔެ

އިސްރާއީލަށް އީރާނުގެ ވަރުގަދަ ހަމަލާއެއް- އެތައް ބަޔަކު މަރުވެ އިމާރާތްތަކަށް ބޮޑެތި ގެއްލުން ތަކެއް

ސުމުއްވުލްއަމީރް އަބްދުލްހަންނާން ހަލީމް ދޮށިމޭނާކިލެގެފާނު އަވަހާރަވެއްޖެ
20242 އަހަރު ކުރިން
ރާއްޖެ

ސުމުއްވުލްއަމީރް އަބްދުލްހަންނާން ހަލީމް ދޮށިމޭނާކިލެގެފާނު އަވަހާރަވެއްޖެ

ސުމަކުން ފަށައިގެން ތުޅާދޫގައި 3 ކޮޓަރީގެ 100 ހައުސިންގ ޔުނިޓް ނިމުމަކަށް!
20233 އަހަރު ކުރިން
ރިޕޯޓު

ސުމަކުން ފަށައިގެން ތުޅާދޫގައި 3 ކޮޓަރީގެ 100 ހައުސިންގ ޔުނިޓް ނިމުމަކަށް!

ކުޑަކުދިންނަށް ޖަހާ ކޮވިޑް ވެކްސިނާ ބެހޭ ގޮތުން އެނގެނީ ކިހާ ވަރަކަށް؟
20224 އަހަރު ކުރިން
ރިޕޯޓު

ކުޑަކުދިންނަށް ޖަހާ ކޮވިޑް ވެކްސިނާ ބެހޭ ގޮތުން އެނގެނީ ކިހާ ވަރަކަށް؟

އަސްރާގެ ނަމުގައި ޕީޖީ އޮފީހަށް ސިޓީ ދިޔައީ އީސަގެ ވަކީލުންގެ ފަރާތުން: ޕީޖީ
20215 އަހަރު ކުރިން
ރާއްޖެ

އަސްރާގެ ނަމުގައި ޕީޖީ އޮފީހަށް ސިޓީ ދިޔައީ އީސަގެ ވަކީލުންގެ ފަރާތުން: ޕީޖީ

އެމްއެޗް 370: އޮކްސިޖަން ނުދީ ފަސިންޖަރުން މަރާލުމަށް ފަހު ޕައިލެޓުު ފްލައިޓް ވައްޓާލީ
20197 އަހަރު ކުރިން
ރާއްޖެ

އެމްއެޗް 370: އޮކްސިޖަން ނުދީ ފަސިންޖަރުން މަރާލުމަށް ފަހު ޕައިލެޓުު ފްލައިޓް ވައްޓާލީ

ބަޖެޓެއް ނުލިބޭ، އިންތިހާބެއް ނޯންނާނެ!
20188 އަހަރު ކުރިން
ރިޕޯޓު

ބަޖެޓެއް ނުލިބޭ، އިންތިހާބެއް ނޯންނާނެ!

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު