Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - worldAdvertisement
ދުނިޔެއިރާނުން އިސްރާއީލަށް ހަމަލާދޭން ފެށުން

އިރާނުން އިސްރާއީލަށް އަމާޒުކޮށް ޑްރޯން ހަމަލާތަކެއް ފޮނުވާލައިފި

13 އެޕްރީލު 2024 | ހޮނިހިރު 20:57

މިއީ އިރާނުން އިސްރާއީލަށް ހަމަލާދޭ ފުރަތަމަ ފަހަރު

އާއިޝަތު ޝިއުރާ
އާއިޝަތު ޝިއުރާ | 13 އެޕްރީލު 2024 | ހޮނިހިރު 20:57
އިރާންގެ މިސައިލަކާއި ޑްރޯނެއް

އިރާންގެ މިސައިލަކާއި ޑްރޯނެއް

އިރާނުން އިސްރާއީލަށް އަމާޒުކޮށް ޑްރޯން ހަމަލާތަކެއް ފޮނުވާލާފައިވާކަމަށް އިސްރާއީލު އަސްކަރިއްޔާއިން ބުނެފިއެވެ.

މި ހަމަލާތައް އިސްރާއީލާ ހަމައަށް ވާސިލުވުމަށް އަދި ގަޑިއިރުތަކެއް ނަގާނެއެވެ. އިރާނުގެ ހަމަލާތައް އިސްރާއީލަށް އަމާޒުކޮށްފައިމިވަނީ ގާތްގަނޑަކަށް މީގެ ދެ ހަފްތާކުރިން ސީރިއާގައި ހުރި އިރާނުގެ ކޮންސިޔުލޭޓަށް އަމާޒުކޮށް އިސްރާއީލުން ދިން ހަމަލާގައި އިރާނުގެ އިސްލާމިކް ރިވޮލިޔުޝަނަރީ ގާރޑްގެ 7 މެމްބަރުން މަރާލުމާ ގުޅިގެންނެވެ.

އިސްރާއީލު އަސްކަރިއްޔާގެ ތަރުޖަމާން ބުނީ އިރާނުން ވަނީ އިރާނު ސަރަހައްދުން އިސްރާއީލާ ދިމާލަށް ހަމަލާތަކެއް ފޮނުވާލާފައިވާކަމަށެވެ. އަދި އެކަމާއި ގުޅިގެން ވަރަށް ބޮޑަށް އެލާޓަށް އައިސްފައިވާކަމަށްވެސް ވަނީ ބުނެފައެވެ. މި ޑްރޯން ހަމަލާތައް އިސްރާއީލުގެ ވައިގެ ސަރަހައްދަށް އަމާޒުވުމަށް އަދި ގަޑިއިރު ތަކެއް ނަގާނެއިރު އެކަމަށް ތައްޔާރުވަމުން އަންނަކަމަށް ވަނީ ބުނެފައެވެ.

އިރާނުން ވަނީ އިސްރާއީލަށް އަމާޒުކޮށް 50ށް ވުރެ ގިނަ ޑްރޯން ހަމަލާ ފޮނުވާލާފައިވާކަމަށް ޔަގީންކޮށްދީފައެވެ. އިރާނުން ބުނާގޮތުގައި ފޮނުވާލާފައިވަނީ މިސައިލްތަކެކެވެ. އަދި ބައެއް މިސައިލްތައް ފޮނުވާލާފައިވަނީ ޔަމަނާއި ދިމާލުންކަމަށް މީޑިޔާ ރިޕޯޓްތައް ބުނެއެވެ. މިރޭގެ ވަގުތެއްގައި އުރުދުން އިން ވަނީ އެގައުމުގެ ވައިގެ ސަރަހައްދު ބަންދުކޮށްފައެވެ. އަދި މިހާރު އިރާނު، އިރާގު، އުރުދުން އަދި އިސްރާއީލުން ވަނީ އެގައުމުތަކުގެ ވައިގެ ސަރަހައްދު ބަންދުކޮށްފައެވެ.

މިއީ އިރާނުން އިސްރާއީލަށް ހަމަލާދޭ ފުރަތަމަ ފަހަރެވެ.

އޭޕްރީލް މަހުގެ 1 ވަނަ ދުވަހު އިސްރާއީލުން ސީރިއާއަށް ދިން ހަމަލާއަށްފަހު އިސްރާއީލު އޮންނަނީ ހައި އެލާޓްގައެވެ. އިރާނުން ވަނީ އެހަމަލާގެ ބަދަލު ހިފާނެކަމުގެ ވަރުގަދަ އިންޒާރުދީފައެވެ.

ހޮނިހިރު ދުވަހު އިރާނުގެ އަސްކަރިއްޔާއިން ވަނީ އިސްރާއީލާ ގުޅުންހުރި ބޯޓެއްވެސް ހިފަހައްޓާފައެވެ. އިސްރާއީލުގެ ބޮޑުވަޒީރު ބެންޔަމިން ނަތަންޔާހޫ ބުނެފައިވަނީ އިސްރާއީލު އޮތީ އިރާނުން އަތުވެދާނެ ހަމަލާއަކަށް ތައްޔާރަށްކަމަށެވެ. އިސްރާއީލުގެ ޑިފެންސް މިނިސްޓަރވެސް ބުނެފައިވަނީ އިރާނާއި އިރާނުގެ ބައިވެރިން ދީފާނެ ހަމަލާއަކަށް ތައްޔާރަށް އޮތްކަމަށެވެ.

އެންމެ ހިނގާ

1

ސްޕޯޓްސް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު ލަތީފް ކުއްލި ގޮތަކަށް މަޤާމުން ވަކިކޮށްފި

2

"އަދަބުވެރިކަން ނެތުމުގެ" ސަބަބުން ދަނބިދަރިފުޅުގެ ޝާހީ ލަގަބުތައް ބުރޫނާއީގެ ރަސްގެފާނު އަތުލައްވައިފި

3

އެމެރިކާއާއި އީރާނުގެ މަޝްވަރާތައް މަރުތަޅުއެޅިފައި - އެންމެ ފަހުގެ ތަފުސީލު

4

އީރާނުގެ އަސްކަރީ ގާބިލިއްޔަތު އިއާދަކުރަމުންދާ ހަލުވި މިނުގެ ސަބަބުން އިސްރާއީލަށް ސިހުން: ޖެރޫސަލަމް ޕޯސްޓް

5

ލިންކަން މަނަވަރުގައި އެމެރިކާ ސިފައިން ކަނޑަށް ފުންމާލައިގެން އަމިއްލަ އަށް މަރުވާން އުޅުނު ރިޕޯޓުތަކާ އެކު އިތުރު ކަންބޮޑުވުން އުފެދިއްޖެ

އިތުރަށް ކިޔާލަން

27 ޖޫން 2017

އިސްރޭއިލުން ގައްޒާއަށް ވައިގެ ހަމަލާތަކެއް ދީފި

27 ޖޫން 2017
އިސްރޭއިލުން ގައްޒާއަށް ވައިގެ ހަމަލާތަކެއް ދީފި
18 ޖޫން 2017

ސްރީލަންކާގެ މުސްލިމުންނަށް އަމާޒުކޮށް ދޭ ހަމަލާތައް އިތުރުވަނީ

18 ޖޫން 2017
ސްރީލަންކާގެ މުސްލިމުންނަށް އަމާޒުކޮށް ދޭ ހަމަލާތައް އިތުރުވަނީ
07 ޖޫން 2017

ތެހެރާނުގައި ދިން ހަމަލާތަކެއްގައި ހަތް މީހުން މަރުވެއްޖެ

07 ޖޫން 2017
ތެހެރާނުގައި ދިން ހަމަލާތަކެއްގައި ހަތް މީހުން މަރުވެއްޖެ
15 މެއި 2017

މުއައްސަސާތަކަށް ސީދާ ހަމަލާތަކެއް އަމާޒުވެފައިވޭ: ކްލެޕަރ

15 މެއި 2017
މުއައްސަސާތަކަށް ސީދާ ހަމަލާތަކެއް އަމާޒުވެފައިވޭ: ކްލެޕަރ
11 އެޕްރީލު 2017

ކެމިކަލް ހަތިޔާރު ބޭނުން ކުރާ ނަމަ އާ ހަމަލާތަކެއް ދޭން ޖެހިދާނެ: އެމެރިކާ

11 އެޕްރީލު 2017
ކެމިކަލް ހަތިޔާރު ބޭނުން ކުރާ ނަމަ އާ ހަމަލާތަކެއް ދޭން ޖެހިދާނެ: އެމެރިކާ
07 އެޕްރީލު 2017

ކެމިކަލް ހަމަލާގެ ރައްދުގައި އެމެރިކާއިން ސީރިޔާ އަށް މިސައިލް ހަމަލާތަކެއް ދީފި

07 އެޕްރީލު 2017
ކެމިކަލް ހަމަލާގެ ރައްދުގައި އެމެރިކާއިން ސީރިޔާ އަށް މިސައިލް ހަމަލާތަކެއް ދީފި
11 ފެބުރުއަރީ 2017

ފްރާންސަށް ނިސްބަތްވާ އައިއެސްގެ ހަނގުރާމަވެރިއަކަށް އަމާޒުކޮށް 72 ގަޑިއިރުގެ ހަމަލާތަކެއް

11 ފެބުރުއަރީ 2017
ފްރާންސަށް ނިސްބަތްވާ އައިއެސްގެ ހަނގުރާމަވެރިއަކަށް އަމާޒުކޮށް 72 ގަޑިއިރުގެ ހަމަލާތަކެއް
09 ފެބުރުއަރީ 2017

އެމެރިކާއިން ސީރިއާގައި ދިން ހަމަލާތަކެއްގައި އަލްގައިދާގެ 11 މީހުން މަރާލައިފި

09 ފެބުރުއަރީ 2017
އެމެރިކާއިން ސީރިއާގައި ދިން ހަމަލާތަކެއްގައި އަލްގައިދާގެ 11 މީހުން މަރާލައިފި
04 ފެބުރުއަރީ 2017

އިރާނުން އެންމެ ފަހުން ކުރި މިސައިލް ޓެސްޓާ ގުޅިގެން އެމެރިކާއިން ފިޔަވަޅު އަޅައިފި

04 ފެބުރުއަރީ 2017
އިރާނުން އެންމެ ފަހުން ކުރި މިސައިލް ޓެސްޓާ ގުޅިގެން އެމެރިކާއިން ފިޔަވަޅު އަޅައިފި
16 ޖެނުއަރީ 2017

ސީރިއާ ސަރުކާރާ ގުޅިފައިވާ ފައުޖަކުން ދިން ހަމަލާތަކެއްގައި އާއްމުންގެ ހަތް މީހުން މަރާލައިފި

16 ޖެނުއަރީ 2017
ސީރިއާ ސަރުކާރާ ގުޅިފައިވާ ފައުޖަކުން ދިން ހަމަލާތަކެއްގައި އާއްމުންގެ ހަތް މީހުން މަރާލައިފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް