ކ. މާލެ
|
13 އޭޕްރިލް 2024 | ހޮނިހިރު 16:10
އެމްޑީޕީގެ އިސް އެޑްވައިޒަރ އަދި ކުރީގެ ރައީސް އިބްރާހީމް މުހައްމަދު ޞާލިހު ވާހަކަފުޅު ދައްކަވަނީ
އެމްޑީޕީގެ އިސް އެޑްވައިޒަރ އަދި ކުރީގެ ރައީސް އިބްރާހީމް މުހައްމަދު ޞާލިހު ވާހަކަފުޅު ދައްކަވަނީ
އެމްޑީޕީ
މާލެސިޓީ ތޮއްޖެހުމުގެ މައްސަލަ
ރަސްމާލެ ތަރައްގީ ކުރި ނަމަވެސް މާލެސިޓީ ތޮއްޖެހުމުގެ މައްސަލައަށް ހައްލެއް ނާންނާނެ: ރައީސް ޞާލިހު
 
ކުރިއަށް އޮތް 20 އަހަރަށް އަމާޒުކޮށްގެން 65000 ހައުސިން ޔުނިޓް ރަސްމާލޭގައި ތަރައްގީކުރާނެ ކަމަށް ސަރުކާރުން ބުނޭ
 
މިމައްސަލަ ހައްލު ކުރުމަށް އައްޑޫ ސިޓީ، ތިނަދޫ ސިޓީ، ކުޅުދުއްފުށި، ފުވައްމުލައް ސިޓީ ތަރައްގީ ކުރަންޖެހޭ

މިސަރުކާރުގެ ތަރައްގީގެ ތަސައްވުރުގައި މާލެސިޓީ ތޮއްޖެހުމުގެ މައްސަލައަށް ހައްލެއް ނާންނާނެ ކަމަށް އެމްޑީޕީގެ އިސް އެޑްވައިޒަރ އަދި ކުރީގެ ރައީސް އިބްރާހީމް މުހައްމަދު ޞާލިހު ވިދާޅުވެއްޖެއެެވެ.

ހުކުރު ދުވަހުގެ ރޭ އައްޑޫސިޓީގައި ކުރިއަށް ގެންދިޔަ މިސްރާބު ހަމަމަގަށް ޖަލްސާގައި ރައީސް ސާލިހު ވިދާޅުވީ ރަސްމާލެ ތަރައްގީ ކުރުމަށް ނިންމާފައިވަނީ މާލެސިޓީ ތޮއްޖެހުމުގެ މައްސަލައަށް ހައްލު ގެނައުމުގެ ގޮތުން ކަމަށް މިސަރުކާރުގެ ބޭފުޅުން ވިދާޅުވަމުން ގެންދަވާ ކަމަށެވެ. ނަމަވެސް އެމަޝްރޫއާއެކު މިމައްސަލައަށް ހައްލު ނުލިބޭނެ ކަމަށް ރައީސް ސާލިހު ވިދާޅުވިއެވެ.

ރައީސް ޞާލިހު ވިދާޅުވީ މާލެސިޓީ ތޮއްޖެހުމުގެ މައްސަލަ ހައްލު ކުރުމަށް އައްޑޫ ސިޓީ، ތިނަދޫ ސިޓީ، ކުޅުދުއްފުށި، ފުވައްމުލައް ސިޓީ އަދިވެސް އަތޮޅުތެރޭގެ އާބާދީ ބޮޑެތި ރަށްތައް ތަރައްގީ ކުރަންޖެހޭ ކަމަށެވެ.

އެއަކުން ކުރައްވާ މަސައްކަތަކުން މާލެއަށް ވާނެ ތޮއްޖެހިފައި ތޮއްޖެހުމަކަށް އެއްވެސް ހައްލެއް އޮތް ކަމަކަށް އަޅުގަނޑަށް ނުފެނޭ. މިތަންތަން ފުރަތަމަ ތަަރައްގީ ކުރައްވަންވީ. އައްޑޫސިޓީ ތަރައްގީ ކުރަންވަންވީ. ތިނަދޫ ސިޓީ ތަރައްގީ ކުރައްވަންވީ. ފުވައްމުލައްސިޓީ ތަރައްގީ ކުރައްވަންވީ. ކުޅުދުއްފުށި ވެސް ތަރައްގީ ކުރައްވަންވީ. އެއީ މާލެއަށް ހައްލު އޮތް ކަމަކީ. އެ ފުށިދިއްގަރުފަޅު ރާޖޫ ލައްވާ ނުހިއްކާށެކޭ ނޫން އަޅުގަނޑު މިދަންނަވަނީ. ކޮންމެވެސް ކަހަލަ ހެޔޮ ނިޔަތެއްގައި ނޫނަސް އޮންނާނެ ރާޖޫއާ ދޭތެރޭގައި ކޮންމެވެސް ކަހަލަ ހިތެއް. އެހެންނޫންތޯ ވާނީ. ކުރީގައި މަސައްކަތް ކުރެއްވީ ރާޖޫގެ ކުންފުނީގައި ކަމަށްވަނީ. އެއީ އިންސާނީ ތޮބީއަތު. އެހެންވެ ކަންނޭނގެ އެހެން އެގޮތަށް ގޮސްފައި އޮތީ. މިސަބަބަށްޓަކައި އެމްޑީޕީން އަޅުގަނޑުމެން މަސައްކަތް ކުރަމުން ގެންދިޔައީ މި އައްޑޫ ސިޓީއަށް ޖުމްލަ ހައްލެއް ހޯދައިދިނުމަށް. އެއީ މިތަނަކީ ރައްޔިތުންނަށް ފަސޭހައިން ދިރިއުޅު ވަޒީފާ އަދާކުރެވޭނެ . ވިޔަފާރި ކުރެވޭ މާހައުލެއް އޮތްތަނަކަށް ހެދުމަށްޓަކައި.
އެމްޑީޕީގެ އިސް އެޑްވައިޒަރ އަދި ކުރީގެ ރައީސް އިބްރާހީމް މުހައްމަދު ޞާލިހު

ޗައިނާއާއެކު ވެވުނު އެއްބަސްވުމުގެ ދަށުން ރަސްމާލޭގައި 30،000 ހައުސިންގ ޔުނިޓް ތަރައްގީކުރުމަށް ވަނީ ނިންމާފައެވެ. މި 30،000 ހައުސިންގ ޔުނިޓް ތަރައްގީކުރުމުގެ މަސައްކަތް ކުރިއަށްގެންދާނީ ފިޔަވަހިތަކަކަށް ބަހާލައިގެން ނޫން ކަމަށާއި، އެ މަސައްކަތް ކުރިއަށްދާނީ އެއްފަހަރާ ހުރިހާ ޔުނިޓްތަކެއްގެ މަސައްކަތް ކުރިއަށްދާގޮތަށް ކަމަށް މީގެ ކުރިން ހައުސިން މިނިސްޓަރު ޑރ.އަލީ ހައިދަރު ވިދާޅުވެފައިވެއެވެ. 30،000 ހާސް ހައުސިން ޔުނިޓް އަޅާދޭ އަގުވެސް ސަރުކާރުން ހާމަކޮށްފައެއް ނުވެއެވެ.

ފުށިދިއްގަރުފަޅު ހިއްކަނީ ސްރީލަންކާގެ ކެޕިޓަލް މެރިން އެންޑް ސިވިލް ކޮންސްޓްރަކްޝަން ކޮމްޕެނީ (ސީއެމްސީސީ)އަށް ޖުމްލަ 70 ހެކްޓަރު، ދިގު މުއްދަތަށް ދީގެންނެވެ. ބިން ދޫކުރުމަށް ނިންމައި، މަޝްރޫއު ފަށާފައިވާއިރު، ހުޅުމާލެއިން ދޫކުރި 10 ހެކްޓަރުގެ ބިމުގެ އަަގާއި ރަސްމާލެއިން ދޭ 60 ހެކްޓަރުގެ ބިމުގެ އަގަކީ ކޮބައިކަން، ނޫސްވެރިން ތަކުރާރުކޮށް ސުވާލުކުރި ނަމަވެސް ސަރުކާރުން އޮޅުންފިލުވައިދީފައެއް ނުވެއެވެ. އެންމެ ބޮޑުކަމަކީ މިގޮތަށް ބިން ދިނުމަށް މަޖިލީހަށް ހުށަހަޅާފަވެސް ނުވާކަމެވެ. މަޖިލީހުގެ ރުހުމާ ނުލާ ކުރިކަމެކެވެ.

މާލޭ ސަރަހައްދަށް ދިމާވެފައިވާ ބޯހިޔާވަހިކަމުގެ މައްސަލައަށް ހައްލު ގެނައުމުގެ ގޮތުން ރައީސް ޑރ. މުއިއްޒުގެ ސަރުކާރުން މަސައްކަތްކުރައްވަނީ ފުށިދިއްގަރުފަޅު ހިއްކައިގެން ރަސްމާލެ ގޮތުގައި އެ ސަރަހައްދު ތަރައްގީކުރުމަށެވެ. އެގޮތުން ކުރިއަށް އޮތް 20 އަހަރަށް އަމާޒުކޮށްގެން 65000 ހައުސިން ޔުނިޓް ރަސްމާލޭގައި ތަރައްގީކުރާނެ ކަމަށް މިސަރުކާރުން ބުނެއެވެ.

ކުރީ ސަރުކާރުން ގޯތި ދޫކޮށްފައިވާ ސަރަހައްދުތައް އާބާދުކުރުމަށް މިސަރުކާރުން މަސައްކަތް ނުކުރާތީ ގިނަ ބައެއްގެ ފާޑުކިޔުން ވަނީ އަމާޒުވެފައެވެ. ގިރާވަރުފަޅު، ގުޅީފަޅު އަދި އުތުރުތިލަފަޅު ހިއްކާފައި އޮތްނަމަވެސް އެ ރަށްތައް ތަރައްގީކުރުމުގެ މަސައްކަތެއް މިސަރުކާރުން ނުކުރެއެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 3 ހަފްތާ ކުރިން
ރިވިއު ކުރީ: ފާޠިމަތު ޒުހައިރާ
0%
0%
0%
0%
0%
0%
ކޮމެންޓް
ގުޅުންހުރި
މަސައްކަތްތެރިންގެ ހައްގުތައް ކަށަވަރުކޮށް ސިޔާސީ ފިކުރަށް ބަލައި މުވައްޒަފުން ވަޒީފާއިން ވަކިނުކުރުމަށް އެމްޑީޕީން ގޮވާލައިފި
އެމްޑީޕީން އަބަދުވެސް މަސައްކަތްތެރިންގެ ހައްގުގައި މަސައްކަތްކުރާނެ: ރައީސް ސާލިހު
ޑިމޮކްރެޓްސް އާއި އެމްޑީޕީއިން ގުޅިގެން މަޖިލިސް އިންތިޚާބަށް ނުކުތް ނަމަ ފުދޭވަރެއްގެ ގިނަ ގޮނޑިތައް ކާމިޔާބުކުރެވުނީސް: މެންބަރު އާޒިމް
ރާއްޖޭގެ ކުރިމަގަށް ކުރީގެ ރައީސް ސާލިހާއި ކުރީގެ ރައީސް ނަޝީދު އެކުގައި މަސައްކަތް ކުރައްވަންޖެހޭ: މެންބަރު އާޒިމް
މަޖިލިސް ތެރެއިންނާއި ބޭރުން ސަރުކާރު ޖަވާބުދާރީ ކުރުވުމުގައި އެމްޑީޕީ ދެމިއޮންނާނެ: ޑީޑީ
އެދެނީ 20 ވަނަ ރައްޔިތުންގެ މަޖިލީހުން ދިވެހިރާއްޖޭގެ ޑިމޮކްރަސީގެ ހަމަތައް ނެގެހެއްޓުން - އެމްޑީޕީ
ސާފު އަޣްލަބިއްޔަތު އެމްޑީޕީއަށް ލިބޭތަން ފެނޭ: ރައީސް ޞާލިހު
ކެމްޕެއިންގައި އަރާ ކޮންމެ ރަށަކުން ފެންނަނީ ވަޒީފާގެ ބިރުވެރިކަން އޮތް މިންވަރު: ފައިސަލް