Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެ
އެސްޑީއެފްސީ ލޯނު ކަނޑާލުން

ކޮވިޑާއި ގުޅިގެން ނަގާފައިވާ ލޯނުތަކުގެ އިންޓަރެސްޓް މިދިޔަ ސަރުކާރުން ވަނީ ކަނޑާލާފައި: ފައްޔާޒު

އިންޓަރެސްޓް ކަނޑާލުމަށް އެދި 15 ނޮވެމްބަރ 2023 ގައި ރައީސުލްޖުމްހޫރިއްޔާ އޮފީހުން ފިނޭންސް މިނިސްޓްރީއަށް ވަނީ ސިޓީ ފޮނުވާފައި

އާއިޝަތު ޝިއުރާ
އާއިޝަތު ޝިއުރާ, ރާއްޖެ އެމްވީ | 11 އެޕްރީލު 2024 | ބުރާސްފަތި 20:09
އެމްޑީޕީގެ ޗެއަރޕާސަން ފައްޔާޒު އިސްމާއީލު

އެމްޑީޕީގެ ޗެއަރޕާސަން ފައްޔާޒު އިސްމާއީލު

ކޮވިޑް-19 އާ ގުޅިގެން ނަގާފައިވާ ލޯނުތަކަށް އަރާފައިވާ އިންޓަރެސްޓަކީ އެމްޑީޕީގެ ސަރުކާރުން މަޢާފްކޮށްފައިވާ އެއްޗެއްކަމަށް އެމްޑީޕީގެ ޗެއަރޕާސަން ފައްޔާޒު އިސްމާއީލު ވިދާޅުވެއްޖެއެވެ.

ލ. ފޮނަދޫ ރައްޔިތުންނާ ބައްދަލުކުރައްވާ ބުރާސްފަތި ދުވަހުގެ ރޭ ރައީސުލްޖުމްހޫރިއްޔާ ޑރ މުހައްމަދު މުއިއްޒު ދެއްކެވި ވާހަކަފުޅުގައި ވިދާޅުވީ އެސްޑީއެފްސީ މެދުވެރިކޮށް ނެގި ލޯނުތަކަށް ފައިސާ ނުދެއްކިފައި ގިނަ ބަޔަކު އެބަ ތިބި ކަމަށާއި އެހެންވެ، އެމީހުންނަށް ލުޔެއް ދިނުމުގެ ގޮތުން އެ ލޯނުތަކުގެ އިންޓަރެސްޓް މައާފުކުރަން ސަރުކާރުން ނިންމާފައިވާ ކަމަށެވެ. އެކަމަށް ރައްދުދެއްވާ އައްޑޫ ސިޓީގައި ކުރިޔަށްދިޔަ މިސްރާބު ހަމަމަގަށް ކެމްޕެއިން ޖަލްސާގައި ވާހަކަދައްކަވަމުން ފައްޔާޒު ވިދާޅުވީ މިސަރުކާރުންވެސް ރަނގަޅުކަމެއް ކޮށްފިނަމަ އެކަމެއް ފާހަގަކުރަންވާނެކަމަށެވެ.

އެގޮތުން މި ލޯނުތަކުގެ އިންޓަރެސްޓް މަޢާފްކުރުމަކީ ރަނގަޅުކަމެއްކަމަށް ވިދާޅުވެ ފައްޔާޒު ވަނީ 15 ނޮވެމްބަރ 2023 ގައި ރައީސުލްޖުމްހޫރިއްޔާ އޮފީހުން ފިނޭންސް މިނިސްޓްރީއަށް ފޮނުއްވާފައިވާ ސިޓީއެއް ވިދާޅުވެދެއްވާފައެވެ. އެގޮތުން އެ ސިޓީގައި ވަނީ ކޮވިޑް ރިލީފް ލޯންތަކުގެ އިންޓަރެސްޓަށްވާ 22 މިލިއަނަށްވުރެ ގިނަ ރުފިޔާ އެއީ ދައުލަތަށް އަނބުރާ ނުލިބޭނެ ފައިސާތަކެއްކަމަށް ކަނޑައެޅުމަށާއި ކުރިން ދައްކާފައިވާ 23 މިލިއަން ރުފިޔާ އެއީ ނެގި ލޯނުގެ އަދަދުކަމށް ބަދަލުކޮށް ބާކީ ނުދެއްކި އޮތް ލޯނުގެ އަދަދު ބަހާލަދިނުމަށެވެ.

ނިމިގެންދިޔަ ރިޔާސީ އިންތިޚާބުގެ ކެމްޕެއިން ތެރޭގައި ސެޕްޓެމްބަރ މަހުގެ 21 ވަނަ ދުވަހު އޭރުގެ ރައީސް އިބްރާހީމް މުހައްމަދު ޞާލިހު ވަނީ ހުވަދޫ ޖަގަހައިގައި ބޭއްވި ކެމްޕޭން ޖަލްސާގައި ކޮވިޑުގައި އެސްއެމްއީ ޑިވެލޮޕަމަންޓް ފައިނޭންސް ކޯޕަރޭޝަން (އެސްޑީއެފްސީ) ދިން ވިޔަފާރީގެ އެހީގެ ލޯނުތަކުގެ އިންޓްރަސްޓް ކަނޑާލާ، ލޯނު އަނބުރާ ދައްކަންޖެހޭ މުއްދަތު އިތުރުކޮށްދެއްވާފައިވާކަމަށް ވިދާޅުވެފައެވެ.

އެސްޑީއެފްސީއެމްޑީޕީއެމްޑީޕީގެ ޗެއާޕަރސަން، ފައްޔާޒު އިސްމާއީލް

ކޮމެންޓް

އިތުރަށް ކިޔާލަން

މަޢުރޫފް ހައްޔަރުކުރީ އަނިޔާވެރިކޮށް، އޭނާ ވަގުތުން ދޫކޮށްލާން ގޮވާލަން: އެމްޑީޕީ ގެ ޕީޖީ

މަޢުރޫފް ހައްޔަރުކުރީ އަނިޔާވެރިކޮށް، އޭނާ ވަގުތުން ދޫކޮށްލާން ގޮވާލަން: އެމްޑީޕީ ގެ ޕީޖީ

11 ޑިސެމްބަރު 2025
ކައުންސިލް އިންތިޚާބަށް ފުރިހަމަ އަށް މަސައްކަތް ނުކުރެވިއްޖެ ނަމަ ގެއްލިދާނެ ކިތަންމެ ކަމެއް އެބަ ހުރި، ފާރަވެރިވާން ޖެހޭ : ނާޒިލް

ކައުންސިލް އިންތިޚާބަށް ފުރިހަމަ އަށް މަސައްކަތް ނުކުރެވިއްޖެ ނަމަ ގެއްލިދާނެ ކިތަންމެ ކަމެއް އެބަ ހުރި، ފާރަވެރިވާން ޖެހޭ : ނާޒިލް

09 ޑިސެމްބަރު 2025
ހޯރަފުށީ ކައުންސިލްގެ ރައީސް ސަސްޕެންޑު ކުރުމުން އިހްތިޖާޖް

ހޯރަފުށީ ކައުންސިލްގެ ރައީސް ސަސްޕެންޑު ކުރުމުން އިހްތިޖާޖް

09 ޑިސެމްބަރު 2025
އެމްޑީޕީ އަކީ ޚިޔާލު ތަފާތު ވުންތަކާއެކު ދިރި ދެމި އޮންނަ ޕާޓީއެއް، އެއީ ޕާޓީ ބައިބައި ވުމެއް ނޫން: ޣަފޫރު

އެމްޑީޕީ އަކީ ޚިޔާލު ތަފާތު ވުންތަކާއެކު ދިރި ދެމި އޮންނަ ޕާޓީއެއް، އެއީ ޕާޓީ ބައިބައި ވުމެއް ނޫން: ޣަފޫރު

09 ޑިސެމްބަރު 2025
އެއްވާނެ ތަނެއް ނުދީ ރިޝްވަތު ނަގައިގެން އެކަން ހުއްޓުވީ ކަމަށް ބުނެ ސަރުކާރުން ވާހަކަ ފަތުރަނީ ޕާޓީގެ ތެރޭ ނަފްރަތު އުފައްދަން: އިބުރޭ

އެއްވާނެ ތަނެއް ނުދީ ރިޝްވަތު ނަގައިގެން އެކަން ހުއްޓުވީ ކަމަށް ބުނެ ސަރުކާރުން ވާހަކަ ފަތުރަނީ ޕާޓީގެ ތެރޭ ނަފްރަތު އުފައްދަން: އިބުރޭ

09 ޑިސެމްބަރު 2025

އަހަރުތަކުން މިއަދު

31 މާރިޗު
އިސްލާމީ ގައުމަކަށް އެމެރިކާއިން ހަމަލާދޭން ރާއްޖޭގެ ވައިގެ ސަރަހައްދު ތަން މިނަށް ހުޅުވާފައި، ސަރުކާރުގެ ބަހެއް ނެތް!
20251 އަހަރު ކުރިން
ރާއްޖެ

އިސްލާމީ ގައުމަކަށް އެމެރިކާއިން ހަމަލާދޭން ރާއްޖޭގެ ވައިގެ ސަރަހައްދު ތަން މިނަށް ހުޅުވާފައި، ސަރުކާރުގެ ބަހެއް ނެތް!

ފަސޭހަ ގޮނޑި މިވީ ބޮޑު ބޮލު ރިހުމަކަށް؟
20242 އަހަރު ކުރިން
ރިޕޯޓު

ފަސޭހަ ގޮނޑި މިވީ ބޮޑު ބޮލު ރިހުމަކަށް؟

"ކޮންމެ ރޯދަ މަހަކަށް ދަރިއަކު ގެއްލޭ"
20233 އަހަރު ކުރިން
ތަފާތު ޚަބަރު

"ކޮންމެ ރޯދަ މަހަކަށް ދަރިއަކު ގެއްލޭ"

ސްރީލަންކާގެ ހާލަތު ގޯހުން ގޯހަށް
20224 އަހަރު ކުރިން
ރިޕޯޓު

ސްރީލަންކާގެ ހާލަތު ގޯހުން ގޯހަށް

ކަރަންޓީން އަދި ޕޮޒިޓިވް މީހުންނަށް ވޯޓުލެވޭނީ އެންމެން ވޯޓުލާ ނިމުމުން، އެހީތެރިއަކު ގެންނަންޖެހޭނެ
20215 އަހަރު ކުރިން
ރާއްޖެ

ކަރަންޓީން އަދި ޕޮޒިޓިވް މީހުންނަށް ވޯޓުލެވޭނީ އެންމެން ވޯޓުލާ ނިމުމުން، އެހީތެރިއަކު ގެންނަންޖެހޭނެ

ބުލީ ކުރުން- ޤައުމީ ފެންވަރުގެ ހައްލެއް ކޮންމެހެން ބޭނުންވާ ހިސާބުގައި !
20197 އަހަރު ކުރިން
ރިޕޯޓު

ބުލީ ކުރުން- ޤައުމީ ފެންވަރުގެ ހައްލެއް ކޮންމެހެން ބޭނުންވާ ހިސާބުގައި !

ފަޤީރު ޤައުމުތަކުގެ ސަފީރުން ގެނެސްގެން ސަރުކާރުން ކީއްކުރަނީ؟
20188 އަހަރު ކުރިން
ރިޕޯޓު

ފަޤީރު ޤައުމުތަކުގެ ސަފީރުން ގެނެސްގެން ސަރުކާރުން ކީއްކުރަނީ؟

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު