Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރާއްޖެފުލުހުންގެ ރިޕޯޓާ ގުޅިގެން ސަރުކާރުގެ ބަޔާން

އެސްއޯ އޮޕަރޭޝަންތަކަށް ސީޕީގެ ހުއްދަ ހޯދަން ސަރުކާރުން އަންގައިފި

މި ރިޕޯޓާ ގުޅިގެން ރައީސުލްޖުމްހޫރިއްޔާ ވަނީ 5 ފިޔަވަޅެއް ވަގުތުން ވަގުތަށް އެޅުމަށް ހޯމް މިނިސްޓަރ މެދުވެރިކޮށް ސީޕީ އަށް އަންގަވާފައި

އާއިޝަތު ޝިއުރާ
އާއިޝަތު ޝިއުރާ | 11 އެޕްރީލު 2024 | ބުރާސްފަތި 00:34
ސީޕީ އަލީ ޝުޖާއު

ސީޕީ އަލީ ޝުޖާއު

ސްޕެޝަލިސްޓް އޮޕަރޭޝަންސް(އެސްއޯ)ގެ ފުލުހުން ހަރަކާތްތެރިވާންޖެހޭ އޮޕަރޭޝަނަލް ހާލަތްތަކަށް ނެރޭއިރުގައި ކޮމިޝަނަރ އޮފް ޕޮލިސް (ސީޕީ)ގެ ސީދާ ހުއްދައިގެ ދަށުން މެނުވީ އެކަން ނުކުރުމަށް ސަރުކާރުން ފުލުހުންނަށް އަންގައިފިއެވެ.

އެގޮތަށް ސަރުކާރުން ފުލުހުންނަށް އަންގާފައިވަނީ ޣިޔާސުއްދީން ސްކޫލްގައި ކުރީގެ ރައީސް އަބްދުﷲ ޔާމީން އިސްވެހުންނަވާ އުފައްދަވަން މަސައްކަތްކުރާ ޕީއެންއެފް އުފެއްދުމުގެ ޖަލްސާ ބޭއްވުމަށް ފުލުހުންގެ ފަރާތުން ކުރިމަތިކުރި ހުރަސްތަކުގެ ސަބަބުން އެކަން ހިނގާދިޔަގޮތުގެ ރިޕޯޓް ރައީސުލްޖުމްހޫރިއްޔާ ރިވިއުކުރުމަށްފަހުއެވެ. ރައީސް ވިދާޅުވެފައިވަނީ ޣިޔާސުއްދީން ސްކޫލްގައި ޕީއެންއެފް އުފެއްދުމަށް ކުރިޔަށްދިޔަ ޖަލްސާއަށް ފުލުހުން ހުރަސްއަޅާފައިވަނީ އެފަދަ ކަންކަން ނުކުރުމަށް ފުލުހުންނަށް އެމަނިކުފާނު އިރުޝާދު ދެއްވާފައިވަނިކޮށްކަމަށެވެ. އަދި އެކަން ހިނގިކަން އޭރު އެނގިވަޑައިނުގަންނަވާކަމަށެވެ.

Advertisement - newsAdvertisement

އެކަން ހިނގާދިޔަ ގޮތުގެ ރިޕޯޓް ބުދަ ދުވަހުގެ އިރުއޮއްސި 6 ޖެހުމުގެ ކުރިން ރައީސަށް ފޮނުވުމަށް ވަނީ އަންގާފައެވެ. ރިޕޯޓް ރިވިއުކުރުމަށްފަހު މިނިސްޓްރީ އޮފް ހޯމް ލޭންޑް ސެކިޔުރިޓީ އެންޑް ޓެކްނޮލޮޖީން ނެރުނު ނޫސްބަޔާނުގައި ބުނެފައިވަނީ މި ރިޕޯޓާ ގުޅިގެން ރައީސުލްޖުމްހޫރިއްޔާ ވަނީ 5 ފިޔަވަޅެއް ވަގުތުން ވަގުތަށް އެޅުމަށް ހޯމް މިނިސްޓަރ މެދުވެރިކޮށް ސީޕީ އަށް އަންގަވާފައިކަމަށެވެ.

އެގޮތުން އަޅުއްވަން އެންގެވި ފިޔަވަޅު ތަކަކީ:

ރައީސް މުއިއްޒު ވިދާޅުވެފައިވަނީ އެކަން ހިނގިއިރު އެމަނިކުފާނު އުޅުއްވީ ކެމްޕެއިން ދެ އިވެންޓެއްގައިކަމަށާއި އެކަން ހިނގިކަން އެނގިވަޑައިގަތީ ނޫހުން ފޮޓޯ ފެނުމުންކަމަށެވެ.

ރައީސް މިމޭރުމުން ވާހަކަދެއްކުވުމުން ޕީއެންއެފްގެ ސެނެޓަރ ޑރ. މުހައްމަދު ޖަމީލް އަހުމަދު ވިދާޅުވީ އީ ކަނޑައެޅިގެން ޑެމޭޖް ކޮންޓްރޯލް ކުރެވޭތޯ ހަދާ ބުހުތާނު ދޮގުތަކެއް ކަމަށެވެ. އަދި ސަރުކާރުން ކަންތައް ކުރީ ދުރާލާ ރާވައިގެން ކަމަށެވެ. އެގޮތުން ސްޓެލްކޯއިން ކަރަންޓް ނުދިނުމާއި، އެޑިއުކޭޝަން މިނިސްޓްރީން ޣިޔާސުއްދީނަށް ބިރު ދައްކާ އިންޒާރު ދިން ކަމަށާއި، އެކަންތައް މުޅިދުވަހު ތަކުރާރު ކުރަމުން ދިޔަ ކަމަށެވެ.

މޯލްޑިވްސް ޕޮލިސް ސަރވިސްހައުސިންގ މިނިސްޓްރީރައީސުލްޖުމްހޫރިއްޔާ، ޑރ. މުހައްމަދު މުއިއްޒު

އިތުރަށް ކިޔާލަން

08 ޑިސެމްބަރު 2025

ފަޒުލް ލިޔެކިޔުންތައް ނައްތާލާފައިވާ މައްސަލަ ހެކި ނެތިގެން ދައުވާ ނުކުރަން ނިންމައިފި

08 ޑިސެމްބަރު 2025
ފަޒުލް ލިޔެކިޔުންތައް ނައްތާލާފައިވާ މައްސަލަ ހެކި ނެތިގެން ދައުވާ ނުކުރަން ނިންމައިފި
04 ޑިސެމްބަރު 2025

ސަރުކާރުގެ ފުލް ކޮންޓްރޯލް އޮތް މީހަކު ސީޕީއަށް ގެނައުމަށް 241 ކޮމެޓީން ދަނީ މަސައްކަތް ކުރަމުން: މެންބަރު މީކާއީލް

04 ޑިސެމްބަރު 2025
ސަރުކާރުގެ ފުލް ކޮންޓްރޯލް އޮތް މީހަކު ސީޕީއަށް ގެނައުމަށް 241 ކޮމެޓީން ދަނީ މަސައްކަތް ކުރަމުން: މެންބަރު މީކާއީލް
03 ޑިސެމްބަރު 2025

ނަތީޖާއާ ހަމައަށް މަސައްކަތް ނުކުރެވޭނަމަ އެ ފުލުހަކަށް ހިދުމަތުގައި ނުހުރެވޭނެ: ވަޒީރު

03 ޑިސެމްބަރު 2025
ނަތީޖާއާ ހަމައަށް މަސައްކަތް ނުކުރެވޭނަމަ އެ ފުލުހަކަށް ހިދުމަތުގައި ނުހުރެވޭނެ: ވަޒީރު
28 ނޮވެމްބަރު 2025

ޕްރެޝަރ ބޮޑުވެ ޕްރިޒަންސް އޮފިސަރުންނާއި ވަޒީރު ބައްދަލުކުރައްވައިފި: މުސާރަ ބޮޑުކުރުމާއި އެ ނޫނަސް އިތުރު ވައުދުތައް ވެވަޑައިގެންނެވި

28 ނޮވެމްބަރު 2025
ޕްރެޝަރ ބޮޑުވެ ޕްރިޒަންސް އޮފިސަރުންނާއި ވަޒީރު ބައްދަލުކުރައްވައިފި: މުސާރަ ބޮޑުކުރުމާއި އެ ނޫނަސް އިތުރު ވައުދުތައް ވެވަޑައިގެންނެވި
22 ނޮވެމްބަރު 2025

ފުލުހުންގެ ބެލުމުގެ ދަށުގައި ހުރި ގިނަ އަދަދެއްގެ ސިނގިރޭޓު ވަގަށް ނަގައިފި

22 ނޮވެމްބަރު 2025
 ފުލުހުންގެ ބެލުމުގެ ދަށުގައި ހުރި ގިނަ އަދަދެއްގެ ސިނގިރޭޓު ވަގަށް ނަގައިފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު