Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - sportsAdvertisement
ކުޅިވަރުޗެމްޕިއަންސް ލީގް

ތަދަކާއި ނުލައި ފުޓްބޯޅަ ކުޅުނު ހަނދާނެއްވެސް ނެތް: ޖެސޫސް

ބަދަލުގައި އެހެން ފޯވަޑެއް ހޯދުމަކީ ޓީމުގެ ކަމެއް: ޖެސޫސް

ރާއްޖެ އެމްވީ | 9 އެޕްރީލު 2024 | އަންގާރަ 02:57
އާސެނަލްގެ ފުރަތަމަ ލަނޑު ޖެހުމަށްފަހު ޖެސޫސް

އާސެނަލްގެ ފުރަތަމަ ލަނޑު ޖެހުމަށްފަހު ޖެސޫސް

ކޮންމެވެސް ވަރެއްގެ އަނިޔާގައި ހުރެގެން ނޫނީ އޭނާ ފުޓްބޯޅަ ކުޅުނު ދުވަހެއް ހަނދާންނުވާ ކަމަށް އާސެނަލްގެ ފޯވަޑް ގަބްރިއަލް ޖެސޫސް ބުނެފި އެވެ.

އޭނާ މިހެން ބުނީ ޗެމްޕިއަންސް ލީގުގައި ޖަރުމަނުގެ ބަޔާން މިއުނިކާ ދެކޮޅަށް ކުޅޭ މެޗުގެ ކުރިން ވާހަކަ ދައްކަމުންނެވެ. ޖެސޫސްގެ ކަކުލަށް ލިބުނު އަނިޔާގެ ސަބަބުން އޭނާ އަށް އެންމެ ފަހުން ގެއްލުނު ބޮޑު މުބާރާތަކީ 2022ގެ ވޯލްޑްކަޕެވެ. އެއަނިޔާއިން ރަނގަޅުވެގެން އެނބުރި ކުޅެން ފެށުނީ 99 ދުވަސް ފަހުންނެވެ.

އަދި ފާއިތުވެދިޔަ އަހަރެއްހާ ދުވަހު އޭނާ އަށް ވަނީ ތިން ފަހަރެއްގެ އެކި ވަރުގެ އަނިޔާތައްވެ، ގިނަ މެޗުތަކެއް ގެއްލިފަ އެވެ. މި ސީޒަނުގައި އާސެނަލްގައި މިހާތަނަށް ކުޅެވުނީ 15 މެޗެވެ.

އުމުރުން މިހާރު 27 އަހަރުގެ ފޯވަޑް އާސެނަލް އަށް ބަދަލުވީ މެންޗެސްޓާ ސިޓީގައި 159 މެޗު ކުޅެފަ އެވެ. އަދި ގިނަގިނައިން އަނިޔާވާތީވެ އާސެނަލްއިން އޭނާގެ ބަދަލުގައި ފޯވަޑަކު ހޯދަން އުޅޭ ވާހަކަ އެހުމުން ޖެސޫސް ބުނީ އެކަން ކޮށްފާނެ ކަމަށް އޭނާ ވެސް ގަބޫލުކުރާ ކަމަށެވެ.

އާސެނަލްއިން ހޯދަން މަސައްކަތް ކުރާ ފޯވަޑަކީ ބެރެންޓްފޯޑްގެ ފޯވަޑް އިވާން ޓޯނޭ ކަމަށްވެ އެވެ.

ޗެމްޕިއަންސް ލީގުއާސެނަލްގަބްރިއެލް ޖީސޫސް

އިތުރަށް ކިޔާލަން

11 ޑިސެމްބަރު 2025

ހަ ވަނަ މޮޅާ އެކު އާސެނަލް އެއް ވަނައިގައި

11 ޑިސެމްބަރު 2025
ހަ ވަނަ މޮޅާ އެކު އާސެނަލް އެއް ވަނައިގައި
07 ޑިސެމްބަރު 2025

އެސްޓަން ވިލާ އަތުން ބަލިވެ، ލީޑު ފުޅާ ކުރަން ލިބުނު ފުރުސަތު އާސެނަލް އިން ނަގާލައިފި

07 ޑިސެމްބަރު 2025
އެސްޓަން ވިލާ އަތުން ބަލިވެ، ލީޑު ފުޅާ ކުރަން ލިބުނު ފުރުސަތު އާސެނަލް އިން ނަގާލައިފި
04 ޑިސެމްބަރު 2025

ބްރެންޓްފޯޑް ބަލިކޮށް، އާސެނަލް އިން ލީޑު ފުޅާ ކޮށްފި

04 ޑިސެމްބަރު 2025
ބްރެންޓްފޯޑް ބަލިކޮށް، އާސެނަލް އިން ލީޑު ފުޅާ ކޮށްފި
27 ނޮވެމްބަރު 2025

ބަޔާން ބަލިކޮށް އާސެނަލް އަށް ފަސް ވަނަ މޮޅު

27 ނޮވެމްބަރު 2025
ބަޔާން ބަލިކޮށް އާސެނަލް އަށް ފަސް ވަނަ މޮޅު
05 ނޮވެމްބަރު 2025

އާސެނަލްގެ މޮޅުވުމުގެ ރެކޯޑު ކުރިއަށް

05 ނޮވެމްބަރު 2025
އާސެނަލްގެ މޮޅުވުމުގެ ރެކޯޑު ކުރިއަށް
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު