Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - sportsAdvertisement
ކުޅިވަރުޓޮޓެންހަމް

ހަމައެކަނި ޗެމްޕިއަންސް ލީގު ކުޅެން ބޭނުންވާ ކުޅުންތެރިން ބޭނުމެއް ނޫން: ޕޮސްޓެކޮގްލޫ

7 އެޕްރީލު 2024 | އާދީއްތަ 00:27

ބޭނުން ވަނީ ކުލަބަށްޓަކައި ކުޅެ، ކުލަބާއެކު ކުރިއަށް ދާން ބޭނުންވާ ކުޅުންތެރިން

ޝައިހާން ޒަރީރް
ޝައިހާން ޒަރީރް | 7 އެޕްރީލު 2024 | އާދީއްތަ 00:27
ޓޮޓެންހަމްގެ ކޯޗު އަންގޭ ޕޮސްޓެކޮގްލޫ

ޓޮޓެންހަމްގެ ކޯޗު އަންގޭ ޕޮސްޓެކޮގްލޫ

ހަމައެކަނި ޔުއެފާ ޗެމްޕިއަންސް ލީގު ފުޓުބޯޅަ މުބާރާތް ކުޅެން ބޭނުންވާ ކުޅުންތެރިން އޭނާ ބޭނުން ނުވާ ކަމަށް، ޓޮޓެންހަމްގެ ކޯޗު އަންގޭ ޕޮސްޓެކޮގްލޫ ބުނެފި އެވެ.

އޭނާ މިހެން ބުނީ އިނގިރޭސި ޕްރިމިއާ ލީގުގައި ޓޮޓެންހަމުން ނޮޓިންހަމް ފޮރެސްޓާ ދެކޮޅަށް ކުޅޭ މެޗުގެ ކުރިން އޮތް ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަ ދައްކަމުންނެވެ. ޓޮޓެންހަމާ ހަވާލުވެ ޕޮސްޓެކޮގްލޫ އަންނަނީ، އިނގިރޭސި ޕްރިމިއާ ލީގުގެ ގަދަ ހަތަރަކުން އެ ޓީމަށް ޖާގަ ހޯދުމުގެ މަސައްކަތް ކުރަމުންނެވެ.

ޕޮސްޓެކޮގްލޫ ބުނީ، ހަމައެކަނި ޗެމްޕިއަންސް ލީގު ކުޅެން ބޭނުންވާ ކުޅުންތެރިން އެއްވެސް ގޮތަކަށް އޭނާ ބޭނުން ނުވާ ކަމަށެވެ. އޭގެ ބަދަލުގައި ބޭނުން ވަނީ ކުލަބަށްޓަކައި ކުޅެ، ކުލަބާއެކު ކުރިއަށް ދާން ބޭނުންވާ ކުޅުންތެރިން ކަމަށް ވެސް އޭނާ ވަނީ ބުނެފަ އެވެ. އަދި ހަމައެހެންމެ، މަސައްކަތް ކުރަމުން ދަނީ ލީގުގެ ގަދަ ހަތަރެއްގެ ތެރޭގައި އޮވެ، އަންނަ ސީޒަންގައި އިތުރު ކާމިޔާބުތަކެއް ހޯދުމުގެ ޢަޒުމުގައި ކަމަށް ވެސް ޕޮސްޓެކޮގްލޫ ވަނީ ބުނެފަ އެވެ.

އިތުރަށް އޭނާ ބުނީ، އެފަދަ ކުޅުންތެރިން ބޭނުން ވާނީ ހަމައެކަނި ޗެމްޕިއަންސް ލީގު ކުޅެން ކަމަށާއި، ޓޮޓެންހަމަށް ކަމެއް ކޮށްދިނުމުގެ ރޫޙެއް އެ ކުޅުންތެރިންގެ ކިބައިގައި ނުހުންނާނެ ކަމަށެވެ. އެކަން ފާހަގަކޮށް އޭނާ ބުނީ، ޓޮޓެންހަމާ އޭނާ ހަވާލުވި ފަހުންވެސް ބައެއް ކުޅުންތެރިންގެ ސޮއި އެ ކުލަބުން ހޯދި ކަމަށެވެ. އެ ކުޅުންތެރިން ކުލަބުގައި ރަނގަޅަށް ކުޅޭކަން ވެސް އޭނާ ފާހަގަ ކުރި އެވެ. އެހެން ނަމަވެސް، ޓޮޓެންހަމް އޮތީ ޗެމްޕިއަންސް ލީގުގައި ނޫން ކަމަށް ޕޮސްޓެކޮގްލޫ ބުންޏެވެ.

މިވަގުތު ޓޮޓެންހަމް އޮތީ އިނގިރޭސި ޕްރިމިއާ ލީގު ތާވަލްގެ ފަސް ވަނައިގަ އެވެ. އެއީ މިހާތަނަށް ލީގުގައި ކުޅުނު 30 މެޗުން 57 ޕޮއިންޓާއެކު އެވެ. ހަތަރު ވަނައިގައި އެސްޓަން ވިލާ އޮތީ ޓޮޓެންހަމަށް ވުރެ އިތުރަށް ދެ މެޗު ކުޅެގެންނެވެ.

ޔުއެފާ ޗެމްޕިއަންސް ލީގުޓޮޓްނަމް ހޮޓްސްޕަރއަންގޭ ޕޮސްޓެކޮގްލޫ

އެންމެ ހިނގާ

1

އާރްޑީސީން މަގު ކޮނުމުގެ ތެރޭގައި ފާރެއް ވެއްޓި އުމުރުން ދުވަސްވީ މީހަކު "ވަޅުލެވިއްޖެ"

2

ޓްރަމްޕް ފަދަ ރައީސްއަކާ އީރާން އަށް ކުރިމަތިލާާން ޖެހިފައި ނުވޭ، އީރާންގެ ވެރިކަން ބަދަލުވާން ޖެހޭ: ރޫބިއޯ

3

ޚާމަނާއީ އަވަހާރަކޮށްލި ހާދިސާއަށްފަހު ފުރަތަމަ ހިނގި ކަންތައްތަކުގެ ތަފުސީލު ޣާލީބާފް ހާމަކުރައްވައިފި

4

އިދިކޮޅުން ދޭ އިންޒާރުތަކަކީ ހަގީގީ ނުރައްކަލުގެ ގޮތުގައި ބަލާނަން: އީރާންގެ ވަގުތީ ޑިފެންސް މިނިސްޓަރު

5

އީރާނުގެ ހަމަލާތަކުން އިސްރާއީލު ދިފާއުކުރެވޭނެ ގާބިލުކަމެއް އެމެރިކާ އަކު ނެތް ކަމަށް އެމެރިކާގެ އިސް ކޮމާންޑަރަކު ވިދާޅުވެއްޖެ

އިތުރަށް ކިޔާލަން

11 ޑިސެމްބަރު 2025

ފަހަތުން އަރައި ސިޓީ އިން ރެއާލް ބަލިކޮށްފި

11 ޑިސެމްބަރު 2025
ފަހަތުން އަރައި ސިޓީ އިން ރެއާލް ބަލިކޮށްފި
11 ޑިސެމްބަރު 2025

ހަ ވަނަ މޮޅާ އެކު އާސެނަލް އެއް ވަނައިގައި

11 ޑިސެމްބަރު 2025
ހަ ވަނަ މޮޅާ އެކު އާސެނަލް އެއް ވަނައިގައި
10 ޑިސެމްބަރު 2025

ފަހު ވަގުތު އިންޓަ އަތުން މޮޅުވެ ލިވަޕޫލް އަށް ހަމަ ނޭވާއެއް

10 ޑިސެމްބަރު 2025
ފަހު ވަގުތު އިންޓަ އަތުން މޮޅުވެ ލިވަޕޫލް އަށް ހަމަ ނޭވާއެއް
10 ޑިސެމްބަރު 2025

އެޓަލަންޓާ އަތުން ޗެލްސީ ބަލިވެއްޖެ

10 ޑިސެމްބަރު 2025
އެޓަލަންޓާ އަތުން ޗެލްސީ ބަލިވެއްޖެ
10 ޑިސެމްބަރު 2025

ފަހަތުން އަރައި ބާސެލޯނާ އިން ފްރޭންކްފާޓް ބަލިކޮށްފި

10 ޑިސެމްބަރު 2025
ފަހަތުން އަރައި ބާސެލޯނާ އިން ފްރޭންކްފާޓް ބަލިކޮށްފި
27 ނޮވެމްބަރު 2025

ބަޔާން ބަލިކޮށް އާސެނަލް އަށް ފަސް ވަނަ މޮޅު

27 ނޮވެމްބަރު 2025
ބަޔާން ބަލިކޮށް އާސެނަލް އަށް ފަސް ވަނަ މޮޅު
27 ނޮވެމްބަރު 2025

އެމްބާޕާގެ ހަތަރު ލަނޑާ އެކު ރެއާލް މޮޅުވެއްޖެ

27 ނޮވެމްބަރު 2025
އެމްބާޕާގެ ހަތަރު ލަނޑާ އެކު ރެއާލް މޮޅުވެއްޖެ
26 ނޮވެމްބަރު 2025

އަމިއްލަ ދަނޑުގައި ލެވަކޫސަން އަތުން ސިޓީ ބަލިވެއްޖެ

26 ނޮވެމްބަރު 2025
އަމިއްލަ ދަނޑުގައި ލެވަކޫސަން އަތުން ސިޓީ ބަލިވެއްޖެ
26 ނޮވެމްބަރު 2025

ޗެލްސީ އިން ބާސެލޯނާ ލަދު ގަންނަވާލައިފި

26 ނޮވެމްބަރު 2025
ޗެލްސީ އިން ބާސެލޯނާ ލަދު ގަންނަވާލައިފި
18 ނޮވެމްބަރު 2025

ޗެމްޕިއަންސް ލީގު މެޗެއް ބަލައިލަން ދިއުމުގެ ފުރުސަތު ލިބޭ ޕްރޮމޯޝަނެއް ބީއެމްއެލް އިން!

18 ނޮވެމްބަރު 2025
ޗެމްޕިއަންސް ލީގު މެޗެއް ބަލައިލަން ދިއުމުގެ ފުރުސަތު ލިބޭ ޕްރޮމޯޝަނެއް ބީއެމްއެލް އިން!
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް