Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެ
އައްޑޫސިޓީގެ ކުރިއެރުން

ފެހި ޤާނޫނު އަސާސީގެ ތަޖުރިބާއަކީ އެމްޑީޕީގެ ވެރިކަމުގައި ނޫނީ އަޅާލެވޭ އެއްވެސްކަމެއް ނެތްކަން، ހުރިހާ ކަމެއް ކުރަނީ ގަޑުބަޑު - ނިޒާރު

މި ސަރުކާރަކީ ލާމަރުކަޒީ ނިޒާމަށް އިޙުތިރާމް ކުރާ ބައެއް ނޫން ކަމަށް ނިޒާރު ވިދާޅުވި

ނަޒާހަތު އިބްރާހިމް ރަޝީދު
ނަޒާހަތު އިބްރާހިމް ރަޝީދު, ރާއްޖެ އެމްވީ | 5 އެޕްރީލު 2024 | ހުކުރު 08:05
އައްޑޫސިޓީ މޭޔަރު ނިޒާރު

އައްޑޫސިޓީ މޭޔަރު ނިޒާރު

ފެހި ޤާނޫނު އަސާސީގެ ތަޖުރިބާ އަކީ އެމްޑީޕީ ވެރިކަމުގައި ނޫނީ އަޅާލެވޭ އެއްވެސްކަމެއް ނެތުން ކަމަށާއި، ތަރައްޤީ ގަޑުބަޑު ކުރަމުންދާކަމަށް އައްޑޫ ސިޓީގެ މޭޔަރު އަލީ ނިޒާރު ވިދާޅުވެއްޖެއެވެ.

ނިޒާރު މިހެން ވިދާޅުވީ މަޖިލިސް އިންތިޚާބުގައި އައްޑޫގެ ދާއިރާތަކަށް އެމްޑީޕީން ވާދަކުރާ ކެންޑިޑޭޓުންނަށް ތާއީދު ހޯދުމުގެ ގޮތުން ބުރާސްފަތި ދުވަހުގެރޭ ބޭއްވި ކެމްޕެއިން ޖަލްސާއެއްގައި ވާހަކަދައްކަވަމުންނެވެ.

Advertisement - newsAdvertisement

ޕީޕީއެމް/ޕީއެންސީ އަކީ އެހާ ޑިމޮކްރަސީ އަށް ފަރިތަ ޕާޓީއެއް ނޫން ކަމަށާއި ޕީއެންސީ އަށް ވެރިކަން ހިންގުމާއި ޤާނޫނު ހަދާ މަޖިލީހުގެ ހުރިހާ ބާރެއް ދިނުން ރަނގަޅު ނޫން ކަމަށް މޭޔަރު ނިޒާރު ވިދާޅުވިއެވެ. އަދި ޕީޕީއެމް/ޕީއެންސީން ވެރިކަަމަށް ހަވާލުވެ ކަންކަން ގަޑުބަޑުކޮށްފައިވާ ކަމަށް އޭނާ ވިދާޅުވިއެވެ. އެގޮތުން ތަނެއްގައި އުޅުމަކީ ހަމަޖެހުމާއި ތަނަވަސްކަމާ އެކު އުޅުން ނަމަވެސް، ކަންކަން ކުރަންވީ ގޮތް ނޭނގި ވެރިކަން ލިބޭ ކޮންމެ ފަހަރު ޕީޕީއެމް/ޕީއެންސީން ހަދަނީ ގޯސް ކަަމަށް މޭޔަރު ނިޒާރު ވިދާޅުވިއެވެ.

އޭނާ އިތުރަށް ވިދާޅުވީ 2018ގައި ވެސް އެމްޑީޕީ ވެރިކަމަށް ނައި ނަމަ އޭރުވެސް ގައުމުގެ ހާލަތު އިތުރަަށް ގޯސް ހަރުފަތަކަށް ދިޔައީސް ކަމަށެވެ. އެގޮތުން އެމްޑީޕީގެ ސަރުކާރެއްގައި މެނުވީ އައްޑޫ ސީޓީ އަށް އަޅާނުލެވޭ ކަމަށާއި ހެޔޮ ވެރިކަމުގެ ނިޒާމެއްގެ ފޮނިމީރުކަން އައްޑޫ އަށް ލިބޭނީ ވެސް އެމްޑީޕީގެ ސަރުކާރެއްގައި ކަމަށް އޭނާ ވިދާޅުވިއެވެ. އަދި ސަރުކާރުގައި އެމްޑީޕީ ނެތް ނަމަ، މަޖިލީހުގައި ސަރުކާރު ޖަވާބުދާރީވާން އެމްޑީޕީގެ މެންބަރުން ތިއްބެވުން ކޮންމެހެން މުހިންމު ކަަމަށް ނިޒާރު ވިދާޅުވިއެވެ.

މީގެއިތުރުން ތަރައްޤީގެ ކަންކަން ރަށްރަށާއި ހަމައަށް ގެންދިއުމުގައި މި ސަރުކާރަކީ ވަރަށް ބީރަށްޓެހި ސަރުކާރެއް ކަަމަށާއި މި ސަރުކާރަކީ ލާމަރުކަޒީ ނިޒާމަށް ވެސް އިހުތިރާމް ކުރާ ސަރުކާރެއް ނޫން ކަމަށް ނިޒާރު ވިދާޅުވިއެވެ.

އައްޑޫސިޓީ މޭޔަރ ޢަލީ ނިޒާރު

ކޮމެންޓް

އިތުރަށް ކިޔާލަން

"އައްޑޫ ޖަންކްޝަންތަކުން ނަޖިސް ނުނެގޭތާ 2 ދުވަސްވީ، މުވައްޒަފުންނާއި ވެރިން ވަނީ ދިވެހިންގެ ރާއްޖެ ބަލަން މާލޭގައި"

"އައްޑޫ ޖަންކްޝަންތަކުން ނަޖިސް ނުނެގޭތާ 2 ދުވަސްވީ، މުވައްޒަފުންނާއި ވެރިން ވަނީ ދިވެހިންގެ ރާއްޖެ ބަލަން މާލޭގައި"

14 ނޮވެމްބަރު 2025
ލާމަރުކަޒު ކުރުމުގެ ޗެމްޕިއަނަކަށް ވާން ރައީސް ވަރަށް މަސައްކަތް ކުރަންޖެހޭ، އަދި ސެމީއަށް ވެސް ނުދެވޭ: މޭޔަރު ނިޒާރު

ލާމަރުކަޒު ކުރުމުގެ ޗެމްޕިއަނަކަށް ވާން ރައީސް ވަރަށް މަސައްކަތް ކުރަންޖެހޭ، އަދި ސެމީއަށް ވެސް ނުދެވޭ: މޭޔަރު ނިޒާރު

26 އޮކްޓޯބަރު 2025
ހުށަހަޅާފައިވާ ބަޖެޓުން މުސާރަ ދެވޭނެ ގޮތެއްވެސް ނުވިސްނޭ: މޭޔަރު ނިޒާރު

ހުށަހަޅާފައިވާ ބަޖެޓުން މުސާރަ ދެވޭނެ ގޮތެއްވެސް ނުވިސްނޭ: މޭޔަރު ނިޒާރު

01 ނޮވެމްބަރު 2024
އައްޑޫ އަށް އިންވެސްޓްކުރަން ޖެހިލުންވާން ޖެހޭ އެއްވެސް ސަބަބެއް ނެތް - ނިޒާރު

އައްޑޫ އަށް އިންވެސްޓްކުރަން ޖެހިލުންވާން ޖެހޭ އެއްވެސް ސަބަބެއް ނެތް - ނިޒާރު

26 އޮކްޓޯބަރު 2024
ތަރައްޤީގެ ލަނޑުދަނޑިތައް ޙާސިލު ކުރުމަށް ބޭންކިންގ ނިޒާމަށްވެސް ބަދަލުތަކެއް އަންނަންޖެހޭ: ނިޒާރު

ތަރައްޤީގެ ލަނޑުދަނޑިތައް ޙާސިލު ކުރުމަށް ބޭންކިންގ ނިޒާމަށްވެސް ބަދަލުތަކެއް އަންނަންޖެހޭ: ނިޒާރު

22 ސެޕްޓެމްބަރު 2024

އަހަރުތަކުން މިއަދު

22 މެއި
ހުކުރު ދުވަހު ހެނދުނު ޔަމަނުން އިސްރާއީލަށް މިސައިލު ހަމަލާ އެއް ދީފި
20251 އަހަރު ކުރިން
ދުނިޔެ

ހުކުރު ދުވަހު ހެނދުނު ޔަމަނުން އިސްރާއީލަށް މިސައިލު ހަމަލާ އެއް ދީފި

ދާއިމީ އެކަނިވެރިކަމުން ސިކުނޑިއަށް ބޮޑު ގެއްލުމެއް... ދެވޭ ލަފާއަކީ އެންމެ ރަނގަޅު ހައްލުބާ؟
20242 އަހަރު ކުރިން
ތަފާތު ޚަބަރު

ދާއިމީ އެކަނިވެރިކަމުން ސިކުނޑިއަށް ބޮޑު ގެއްލުމެއް... ދެވޭ ލަފާއަކީ އެންމެ ރަނގަޅު ހައްލުބާ؟

ނިލަންދޫ ދާއިރާގެ މެންބަރު މުހުސިން އެމްޑީޕީއަށް ސޮއިކުރައްވައިފި
20233 އަހަރު ކުރިން
ރާއްޖެ

ނިލަންދޫ ދާއިރާގެ މެންބަރު މުހުސިން އެމްޑީޕީއަށް ސޮއިކުރައްވައިފި

މާވިން: މީހަކު ހޭނައްތާލާނެ ގޮތް ފޯނުން ސާރޗް ކުރީ ބަޔަަކު ބިރުދަައްކާތީ
20224 އަހަރު ކުރިން
ރިޕޯޓު

މާވިން: މީހަކު ހޭނައްތާލާނެ ގޮތް ފޯނުން ސާރޗް ކުރީ ބަޔަަކު ބިރުދަައްކާތީ

ބްލެކް ފަންގަސް ފެތުރެމުން ދަނިކޮށް ވައިޓް ފަންގަސް ވެސް ފެނިއްޖެ
20215 އަހަރު ކުރިން
ދުނިޔެ

ބްލެކް ފަންގަސް ފެތުރެމުން ދަނިކޮށް ވައިޓް ފަންގަސް ވެސް ފެނިއްޖެ

ބިދޭސީން ގަވާއިދާ ހިލާފަށް މަސައްކަތް ކުރަނީ އެ މީހުން ގެންނަ މީހާގެ އިހުމާލުން: ތޮލާލް
20197 އަހަރު ކުރިން
ރާއްޖެ

ބިދޭސީން ގަވާއިދާ ހިލާފަށް މަސައްކަތް ކުރަނީ އެ މީހުން ގެންނަ މީހާގެ އިހުމާލުން: ތޮލާލް

ކުރުނބާގެ އަގު ބޮޑުވިއިރު ކޮޕީ ފަތް ލިބުމަށް ދަތިވެއްޖެ!
20188 އަހަރު ކުރިން
ވިޔަފާރި-އިގްތިސާދު

ކުރުނބާގެ އަގު ބޮޑުވިއިރު ކޮޕީ ފަތް ލިބުމަށް ދަތިވެއްޖެ!

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު