Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • ލައިފް ސްޓައިލް
ރިޕޯޓު
މަގޭ ރިޕޯޓް

ފަހު 10ގައި ދީނަށްޓަކައި ކަމަށް ވިދާޅުވެ ކެމްޕެއިނުގައި ޕޯޑިއަމްތަކުގައި ހައްދަވަނީ ރޯ ބުހުތާން ބޮޑު ދޮގު

ސޮވެރިން ޑިވަލަޕްމަންޓް ފަންޑާއި ގުޅޭގޮތުން ހެއްދެވީ ދޮގެއް

ޙުސައިން މަޚްތޫމް
ޙުސައިން މަޚްތޫމް, ރާއްޖެ އެމްވީ | 5 އެޕްރީލު 2024 | ހުކުރު 09:31
ރައީސް ޑރ. މުހައްމަދު މުއިއްޒު

ރައީސް ޑރ. މުހައްމަދު މުއިއްޒު

ރޭ އަޅުކަމަކީ ވަރަށް މަތިވެރި ސުންނަތެކެވެ. އަދި ވަކިން ޚާއްޞަކޮށް ރަމަޟާންމަހު އަދާ ކުރާ ރޭ އަޅުކަމުގެ މާތްކަން އިތުރުވެގެން ވެއެވެ. ނަބިއްޔާ صلى الله عليه وسلم ގެ ސުންނަތުގައި މިކަމަށް ވަނީ ވަރަށް ބޮޑަށް ބާރު އަޅުއްވާފައެވެ. އަޅުގަނޑުމެންގެ ރާއްޖޭގައި މިކަމަށް ޢާންމު ރައްޔިތުން ދޭ ސަމާލުކަމަކީ އުފަލާ އެކުގައި ފާހަގަކުރަން ޖެހޭ ކަމެކެވެ. ރާއްޖޭގައި އިހު ޒަމާނުގައި މިކަން ކުރަމުން އައި ގޮތާ އަޅާ ބަލާއިރުގައި މިހާރު މި ނަމާދު ރަމަޟާން މަހުގައި އަދާކުރާ ގޮތަށް މިވަނީ ގިނަ ބަދަލުތަކެއް އައިސްފައެވެ.

ނަމަވެސް ސިޔާސީ ކަންކަމަކީވެސް މިހާރު އަޅުކަމާއި އެއްފަދަ ކަމަކަށް ވަނީ ވެފައެވެ. ވަކިން ހާއްސަކޮށް އަދުގެ ރައީސް ސިޔާސީ ޕޯޑިއަމްތަކުގައި ރޯ ބުހުތާން ބޮޑެތި ދޮގު ހެއްދެވުން ވަނީ އަޅުކަމުގެ ގޮތުގައި ސިފަކުރައްވާފައެވެ. އެމަނިކުފާނު ވިދާޅުވަނީ "މި ބަރަކާތްތެރި ރަމަޟާން މަހުގެ ފަހު ދިހައިގެ މި އޮނަހިރި ރޭ، ތިޔަ ބޭފުޅުން އަޅުކަމުގެ ތެރޭގައި މަސްއޫލުވެ އުޅެމުން ވެސް މި މުހިންމު, ހަމަ އެހާމެ މާތް މުހިންމު މަސައްކަތުގައި އުޅުމަކީ އަޅުގަނޑު ވަރަށް އުފާ ކުރާ ކަމެއް. އަޅުގަނޑުމެންނަށް ޖެހިފައި މިވަނީ ރަމަޟާން މަހެއް ކަމަކު، ފަހު ދިހައެއް ކަމަކު، އޮނަހިރި ރެއެއް ނަމަވެސް މަސަައްކަތް ކުރަން ޖެހިފައި، ގައުމަށްޓަކައި، ދީނުގެ ހައްގުގައި،" ރައީސް ވިދާޅުވިއެވެ.

ޕީއެެންސީގެ ފަރާތުން ގަމު ދާއިރާއަށް ވާދަކުރާ ކެންޑިޑޭޓަށް ތާއިދު ހޯދަން މި މަހުގެ 2 ވަނަ ދުވަހުގެރޭ ބޭއްވި ޖަލްސާގައި ދީނަށްޓަކައި ދޮގު ފޮށައެއް އަޅުއްވައިގެން އުޅުއްވާ ރައީސް ވިދާޅުވި ވާހަކަފުޅަކީ މިއެވެ. ސިޔާސީ ގޮތުން ހިތްޕުޅަށް އަރާވަޑައިގަންނަވާހާ ވާހަކަފުޅެއް ދައްކަވާ، ދޮގު ހައްދަވާ ބޭފުޅަކު، އެއީ އަޅުކަމެއްގެ ގޮތުގައި ސިފަކުރައްވާއިރު، އެ އެމަނިކުފާނު ދެކެވަޑައިގަންނަވާ އެ އަޅުކަމުގައި ވެސް ހައްދަވަނީ ދޮގެވެ. ރޯ ބުހުތާން ބޮޑު ދޮގެވެ.

ދީނީ ކަންކަމުގައި އޮންނަނީ ހެޔޮ ހިތުން އިހްލާސްތެރިކަމާއި އަމާނާތްތެރިކަމާއެކު ހިތް ހާލިސްކޮށްގެން އެކަމެއް ކުރުމެވެ. ދޮގު މައްޗަށް ދޮގު ހަދާ ދޮގުގެ ދާނެގައި ފިތުނަފަސާދަ އުފައްދާކަށް ނޫނެވެ. ދީނޭ ކިޔައިގެން މި ބޭބޭފުޅުން ކޮންމެ ވާހަކައެއްވެސް ދައްކަފާނެއެވެ.

ދެން އަޅުކަމާއި ދީނާއި އެއްވަރުކުރައްވާ ޕޯޑިއަމް ކައިރި ހުންނަވައިގެން ވެސް ހައްދަވަނީ ދޮގެވެ. ސޮވެރިން ޑިވެލޮޕްމަންޓް ފަންޑް (އެސްޑީއެފް) ގެ ވާހަކައަށް ޖެހިލާނަމެވެ. އެ ފަންޑުގައި ހުރި ފައިސާ ބަރިބަރިއަކަށް ފެނިވަޑައިނުގަތުުމުން ފައިސާ ނެތްކަމަށް ވިދާޅުވިއެވެ. އައު ކުކުޅަށް ގާ ބިހެއް އެޅިގެން އުޅުނު ފަދައިން އަލަށް ވެރިކަމުގެ ރާހަތު ލިބިވަޑައިގަތުމުން ދައުލަތުގެ ނިޒާމުގެ ކަންކަން އޮންނަ ގޮތެއް އެނގިވަޑައި ނުގެން ނުވަތަ އެއްޗެއް ބޭނުންވި ވަރުން އެ ނެތްކަމަށް މަސައްކަތް ކުރިކަމަށް ދެއްކީ ކަމަށްވެސް ވެދާނެއެވެ.

ވެރިކަމާއި ހަވާލުވެވަޑައިގެންނެވި އިރު ސޮވެރިން ޑިވެލޮޕްމަންޓް ފަންޑުގައި ހުރީ 2 މިލިއަން ޑޮލަރު ކަމަށް ރައީސް މުއިއްޒު ވިދާޅުވިއެވެ. އަދި މިއަދު އެ އަދަދު ހުންނާނީ 35 މިލިއަން ޑޮލަރުގައި ކަމަށް ވިދާޅުވެ އަމިއްލަފުޅު މޭގައި މެޑަލް ޖައްސަވަން މަސައްކަތް ކުރެއްވިއެވެ. ނަމަވެސް ހަގީގަތަކީ އެއީއެއް ނޫނެނެވެ.

ރައީސް މުއިއްޒު އެ ވެރިކަމެއްގައި ހައުސިންގ މިނިސްޓަރުކަން ކުރެއްވި ވެރިކަން ނިމި އެމްޑީޕީން ވެރިކަމަށް އައި އިރުގައި އެ ފަންޑުގެ ސައިޒަކީ 1.9 ބިލިއަން ރުފިޔާއެެވެ. ނަމަވެސް ވެރިކަމުން ރައީސް ޞާލިހު ފައިބައި ވަޑައިގެންނެވި އިރު އެ އަދަދު 7 ބިލިއަނަށްވުރެ މައްޗަށް އަރައެވެ. މިދިޔަ އަހަރު ތެރޭގައި އެ އެކައުންޓަށް ޑޮލަރުން ފައިސާ ޖަމާކުރަން ފަށައިފިއެވެ. 30 މިލިއަން ޑޮލަރު ހުރީ ރާއްޖޭގެ ބޭންކުތަކުގައި ބޭނުން އިރަކު ނެގޭ ގޮތަށް އިންވެސްޓު ކޮށްފައެވެ.

ރާޖޫފަދަ ބޭބޭފުޅުން އަތުން ނަގުދު ފައިސާ ލިބުނަސް އަދި އެސްޑީއެފް ނަގުދު ފައިސާއިން މަނިިކުފާނުގެ މޭޒުކޮޅުގައި ބަހައްޓަންޖެހޭ ހާލަތެއް ނާދެއެވެ. ނަގުދު ފައިސާ ނެތުމަކީ މަނިކުފާނު ކަންބޮޑުވެވަޑައިގަންނަވާފާނެ ކަމެކެވެ. ނަމަވެސް މިހާރު ޒަމާނީ ފައިސާ ނަގުދުކޮށް ނުހުރެއެވެ.

ދެން ރޯދަ މަހު އަޅުކަމެއްގެ ގޮތުގައި ކެމްޕެއިން ކުރަވަމުން ހެއްދެވި ދޮގަކީ އޭޑީބީގެ ލޯނުގެ ވާހަކަފުޅެވެ. މީގެ 2 އަހަރު ކުރިން އޭޑީބީއާއި މަޝްވަރާކޮށް، އެޕްރޫވްކޮށް އަދި ބިޑްކޮށް އެވޯޑްކޮށް ސޮއިކުރަން ނޯޓިސް ދީފައި އޮތް ޕްރޮޖެކްޓެއް ހޯއްދެވީ ތިމަން މަނިކުފާނުކަމަށް ވިދާޅުވެ 70 މިލިއަން ޑޮލަރުގެ ފައިސާ ހޯއްދެވި ކަމަށް ވިދާޅުވިއެވެ.

ނުވިތާކަށް ކުރީ ސަރުކާރުން ފަށާ ނިމެމުންދާ މަޝްރޫއުތަކަކީ އެމަނިކުފާނުގެ ސަރުކާރުން ނިންމަމުންދާ އަދި ކުރަމުންދާ ކަންކަމުގެ ގޮތުގައި ހައްދަވަން މަސައްކަތް ކުރައްވައެވެ. އެކަމާއި ގުޅޭ ދޮގު ހައްދަވަމުން އަޅުކަމެއްގެ ގޮތުގައި ވިދާޅުވެ 74 ރަށެއްގެ ފެނާއި ނަރުދަމާ ހިންގަމުންދާ ކަމަށް ވިދާޅުވިއެވެ. ނަމަވެސް މިދިޔަ ސަރުކާރުން އެ ހިދުމަތް ލިބެން ނެތް ރާއްޖޭގެ ހުރިހާ ރަށެއްގައި އެ ހިދުމަތް ދިނުމަށް ކޮންޓްރެކްޓަރުންނާއެކު ސޮއިކޮށް މަސައްކަތް އޮތީ ފަށާފައެވެ. 2 ބިލިއަން ރުފިޔާގެ މަޝްރޫއެކެވެ.

މި ސަރުކާރުން ތަރައްގީގެ މަޝްރޫއުތަކަށް 1.1 ބިލިއަން ހަރަދުކުރިކަމަށް ވެސް ވިދާޅުވީ ދޮގު ހައްދަވަމުންނެވެ. މި ސަރުކާރުން ހަރަދުކުރި ކަމަށް ބުނާ 1.1 ބިލިއަން ރުފިޔާގެ ތެރެއިން 70 އިންސައްތައަކީ ކުރީ ސަރުކާރުން ހޯދާފައިވާ ލޯނުގެ ތެރެއިން މަޝްރޫއުތަކަށް ހިންގާ ހަަރަދެވެ. އެއީ 707 މިލިއަން ރުފިޔާއެވެ.

ފަސް އަހަރު ނިމިނުއިރު ފެނާއި ނަރުދަމާގެ 48 ރަށުގެ މަޝްރޫއު ނިމިފައިވެއެވެ، 98 ރަށުގެ މަސައްކަތް ނިމުމާއި ގާތްވެފައިވެއެވެ. ރައީސް ސާލިހުގެ ސަރުކާރު ދައުރު ހަމަވިއިރު، 52 މަޝްރޫއު ނިމި 42 ބަނދަރެއްގެ މަޝްރޫއު ކުރިއަށްދިޔައެވެ.

އަޅުކަމާއި އެއްވަރަށް އަޅުކަމެއްގެ ގޮތުގައި ދެކި، ޕޯޑިއަމްތަކުގައި ދައްކަވަނީ ހުސް ދޮގު ވާހަކަފުޅުތަކެވެ. އެ ނޫން އިތުރުކަމެއް ނުކުރައްވައެވެ. ރޯދަ މަހުގެ ފަހު 10 ގައި ރޭ އަޅުކަމުގެ ބަދަލުގައި ޕޯޑިއަމްތަކުގައި ދޮގު ހައްދަވާއިރު ދެން ވާނެ ގޮތަކާއި މެދު ވިސްނާވެސް ނުލައްވައެވެ. ނަމަވެސް ދީން ހަރިޔާރަކަށް ހައްދަވާ ނުކުރައްވާ ކަންކަން ކުރެއްވި ކަންކަމަށް ހައްދަވާ ރޯ ބުހުތާން ބޮޑު ދޮގު ހައްދަވަމުން ގެންދަވަނީ އެހެނަކުން ނޫނެވެ.

ރައީސުލްޖުމްހޫރިއްޔާ، ޑރ. މުޙައްމަދު މުޢިއްޒުރައްޔިތުންގެ މަޖިލިސްމަޖިލިސް އިންތިޚާބު 2024ޕީ.ޕީ.އެމް-ޕީ.އެން.ސީ ކޯލިޝަން

ކޮމެންޓް

އިތުރަށް ކިޔާލަން

އާދިއްތަ ދުވަހުން ފެށިގެން، މިފްކޯއިން މަސްވެރިންނަށް ތެޔޮ ވިއްކާނީ އެވްރެޖްކޮށް 51 ލާރި އަގުހެޔޮކޮށް: ރައީސް މުއިއްޒު

އާދިއްތަ ދުވަހުން ފެށިގެން، މިފްކޯއިން މަސްވެރިންނަށް ތެޔޮ ވިއްކާނީ އެވްރެޖްކޮށް 51 ލާރި އަގުހެޔޮކޮށް: ރައީސް މުއިއްޒު

13 ޑިސެމްބަރު 2025
ރައީސް މުއިއްޒު ގެ ދެކަނބަލުން ދުވާފަރަށް ވަޑައިގެންފި

ރައީސް މުއިއްޒު ގެ ދެކަނބަލުން ދުވާފަރަށް ވަޑައިގެންފި

13 ޑިސެމްބަރު 2025
މަސްވެރިންގެ ކަންބޮޑުވުންތަކަށް ބީރު ކަންފަތެއް ދެއްވާ، ރައީސް މުޢިއްޒު މަސްވެރިންގެ ދުވަސް ފާހަގަ ކުރެއްވުމަށް ދުވާފަރަށް ވަޑައިގެންފި

މަސްވެރިންގެ ކަންބޮޑުވުންތަކަށް ބީރު ކަންފަތެއް ދެއްވާ، ރައީސް މުޢިއްޒު މަސްވެރިންގެ ދުވަސް ފާހަގަ ކުރެއްވުމަށް ދުވާފަރަށް ވަޑައިގެންފި

13 ޑިސެމްބަރު 2025
ދުވާފަރު ގައި ގަވާއިދާ ޚިލާފަށް ދޫކޮށްފައި އޮތް ބިމެއް ގައި ޕީއެންސީ އިން ޖަގަހައެއް ހަދައިފި

ދުވާފަރު ގައި ގަވާއިދާ ޚިލާފަށް ދޫކޮށްފައި އޮތް ބިމެއް ގައި ޕީއެންސީ އިން ޖަގަހައެއް ހަދައިފި

09 ޑިސެމްބަރު 2025
ރައީސް މުޢިއްޒުގެ ރައްޔިތުންގެ ބައްދަލުވުން: ފުރުސަތު ހޯދަން ޖެހުނީ ހަޅޭ ޖަހައި، އިހުތިޖާޖު ކޮށްގެން

ރައީސް މުޢިއްޒުގެ ރައްޔިތުންގެ ބައްދަލުވުން: ފުރުސަތު ހޯދަން ޖެހުނީ ހަޅޭ ޖަހައި، އިހުތިޖާޖު ކޮށްގެން

09 ޑިސެމްބަރު 2025

އަހަރުތަކުން މިއަދު

22 ޖެނުއަރީ
ސަރުކާރުގެ ސުޕަރމެޖޯރިޓީ އޮތް މަޖިލިސް ދެފަޅިވެ، ދެ ފެކްޝަނަކަށް ބެހިގެން ދަނީއެވެ.
20251 އަހަރު ކުރިން
ރާއްޖެ

ސަރުކާރުގެ ސުޕަރމެޖޯރިޓީ އޮތް މަޖިލިސް ދެފަޅިވެ، ދެ ފެކްޝަނަކަށް ބެހިގެން ދަނީއެވެ.

ރޯދަ މަހު އިންތިޚާބުތައް ނުބޭއްވޭގޮތަށް ގާނޫނަށް އިސްލާހު ހުށަހަޅައިފި
20242 އަހަރު ކުރިން
ރާއްޖެ

ރޯދަ މަހު އިންތިޚާބުތައް ނުބޭއްވޭގޮތަށް ގާނޫނަށް އިސްލާހު ހުށަހަޅައިފި

އަމާޒަށް ދުނި ޖެހުމުގައި އަތީރުގެ ސާބިތުކަން ކަސިޔާރުވުމެއް ނެތް
20233 އަހަރު ކުރިން
ތަފާތު ޚަބަރު

އަމާޒަށް ދުނި ޖެހުމުގައި އަތީރުގެ ސާބިތުކަން ކަސިޔާރުވުމެއް ނެތް

އަދާލަތު ޕާޓީގެ އިސްސަފުގައި، އިޔާޒާއި ޒައިދުގެ ބަހެއް ނުވިކުނު
20224 އަހަރު ކުރިން
ރާއްޖެ

އަދާލަތު ޕާޓީގެ އިސްސަފުގައި، އިޔާޒާއި ޒައިދުގެ ބަހެއް ނުވިކުނު

ފައިސާއަށް ފާރިޝް ހިޔާނާތްތެރިވީ ކަމަށް ވިދާޅުވެ ދިޔާނާ ފުލުހަށް
20215 އަހަރު ކުރިން
ރާއްޖެ

ފައިސާއަށް ފާރިޝް ހިޔާނާތްތެރިވީ ކަމަށް ވިދާޅުވެ ދިޔާނާ ފުލުހަށް

އީސީގެ މެމްބަރުންގެ އިތުބާރު ނެތް ކަމުގެ މައްސަލައެއް މަޖިލީހަށް ވައްދަނީ!
20197 އަހަރު ކުރިން
ރާއްޖެ

އީސީގެ މެމްބަރުންގެ އިތުބާރު ނެތް ކަމުގެ މައްސަލައެއް މަޖިލީހަށް ވައްދަނީ!

ޓެކްސީ ޑްރައިވަރުންނަށް ކޮމާންޑު ކުރުމުގައި ފުރާވަރު އަންހެން ކުއްޖެއް!
20188 އަހަރު ކުރިން
ރިޕޯޓު

ޓެކްސީ ޑްރައިވަރުންނަށް ކޮމާންޑު ކުރުމުގައި ފުރާވަރު އަންހެން ކުއްޖެއް!

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު