Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރިޕޯޓުފުށިދިއްގަރުފަޅުގެ މަޝްރޫއު

ފުށިދިއްގަރުފަޅުގެ މަޝްރޫއު: ސަރުކާރުން އަދިވެސް މަސައްކަތް ކުރަނީ އޮޅުވާލަންތަ؟

4 އެޕްރީލު 2024 | ބުރާސްފަތި 12:47

ފުށިދިއްގަރުފަޅުގެ މަޝްރޫއުގެ މިހާތަނަށް ހިއްކިފައިވަނީ 6.15 ހެކްޓަރުގެ ބިން

އަމްނާ އިމާދު
އަމްނާ އިމާދު | 4 އެޕްރީލު 2024 | ބުރާސްފަތި 12:47
ފުށިދިއްގަރުފަޅު ހިއްކުމުގެ މަސައްކަތް ފެށި ރަސްމިއްޔާތުގެ ތެރެއިން

ފުށިދިއްގަރުފަޅު ހިއްކުމުގެ މަސައްކަތް ފެށި ރަސްމިއްޔާތުގެ ތެރެއިން

ރައީސުލްޖުމްހޫރިއްޔާ ޑރ.މުހައްމަދު މުއިއްޒުގެ ތަރައްގީއަށް ކުރިއަށް ގެންދާ އެންމެ ބޮޑު އެއް މަޝްރޫއަކީ ފުށިދިއްގަރުފަޅުގެ މަޝްރޫއެވެ. މި މަޝްރޫއު ފެށުމުގެ ކުރިން ވެސް ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ސާލިހުގެ ސަރުކާރުގައި ބޯހިޔާވަހިކަމަށް ފަށާފައިވާ މަޝްރޫއުތައް ކުރިއަށް ގެންދިއުމަށް ގިނަ ބަޔަކު ދިޔައީ ގޮވާލަމުންނެވެ. ނަމަވެސް އެމަޝްރޫއުތައް އެކަށީގެންވާ ސްޕީޑެއްގައި ކުރިއަށް ނުގެންދެއެވެ. ބަޖެޓުން އުނި ކުރުމުން ވެސް ފުށިދިއްގަރުފަޅުގެ މަޝްރޫއު ސަރުކާރުން ފަށާފައިވަނީ އިދިކޮޅު ފަރާތްތަކަށް ގޮންޖެހުމަށްފަހުއޭ ބުންޏަސް ދޮގަކަށް ނުވާނެއެވެ.

މިމަޝްރޫއުގެ މަސައްކަތް "ރަސްމާލެ" ނަމުގައި ހިއްކަން ފަށާފައިވަނީ 18 ޑިސެންބަރު 2023 ގައެވެ. އޭރު ސަރުކާރުން ބުނެފައިވަނީ މިމަޝްރޫއު ކުރިއަށް ގެންދަނީ ދައުލަތުގެ ރުފިޔާއިން ނޫން ކަމަށެވެ. ބިން ހިއްކުމަށް ހުރިހާ ޚަރަދެއް ކުރާނީ ސީއެމްސީސީ ކުންފުނިން ކަމަށް ސަރުކާރުން ބުނެފައިވާއިރު، ހަގީގަތަކީ އެ މަޝްރޫއު އަށް އަގު ދައްކަނީ ރާއްޖޭގެ މިބިމުންނެވެ. އެހެނީ މި މަޝްރޫއު ހިންގަނީ ސީއެމްސީސީއަށް ޖުމްލަ 70 ހެކްޓަރުގެ ބިން ދީގެންކަމަށް ވާތީއެވެ. ނަމަވެސް ހަގީގަތް އޮޅުވާލަން ސަރުކާރުން ދަނީ މަސައްކަތް ކުރަމުންނެވެ.

އެއްވެސް ކަމަކާއި ރައްޔިތުން ހާސްވާން ނުޖެހޭނެ ކަމަށާއި، މަސައްކަތް ބާރު ސްޕީޑްގައި ކުރިއަށްދާނެ ކަމަށް ސަރުކާރުން ބުނެއެެވެ. އަދި މިމަޝްރޫއާއެކު، މާލެސިޓީއަށް ދިމާވެފައިވާ ބޯހިޔާވަހިކަމުގެ މައްސަލައަށް ހައްލު ލިބޭނެ ކަމަށް ރައީސް މުއިއްޒު ވައުދުވެވަޑައިގެންނެވިއެވެ. ނަމަވެސް މާ ގިނަ ދުވަހެއް މިމަޝްރޫއުގެ މަސައްކަތް ވަނީ ހުއްޓިފައެވެ. ވަކި ވަރަކަށް ބިން ހިއްކުމަށްފަހު ބިން ހިއްކުން މިހާރު ކުރިއަށް ނުދެއެވެ. އެސަރަހައްދުގައި ޑްރެޖަރެއް ވެސް ނެތް ކަމަށް އިތުބާރު ހުރި ފަރާތްތަކުން ވިދާޅުވެއެވެ. އަދި މިވާހަކަތައް ސަރުކާރުން ދޮގު ކުރެއެވެ. މަޝްރޫއު ކުރިއަށްދާ ކަމަށް ބުނެފައިވާއިރު، މިހާތަނަށް ފުށިދިއްގަރުފަޅުން 10 ހެކްޓަރުގެ ބިން ހިއްކިފައިވާ ކަމަށް ސަރުކާރުން ބުނެއެވެ.

އިތުބާރުހުރި ފަރާތަކުން ވިދާޅުވި ގޮތުގައި ފުށިދިއްގަރުފަޅުގެ މަޝްރޫއުގެ މިހާތަނަށް ހިއްކިފައިވަނީ 6.15 ހެކްޓަރުގެ ބިމެވެ. 10 ހެކްޓަރުގެ ބިން ހިއްކިފައިވާ ކަމަށް ސަރުކާރުން ބުނަނީ މިމަޝްރޫއުގެ މަސައްކަތުގެ ސްޕީޑްގައި ރައްޔިތުންނަށް އޮޅުވާލުމުގެ މަގުސަދުގައެވެ.

ރާއްޖޭގައި ހިންގާ އެންމެ ބޮޑު ބިން ހިއްކުމުގެ މަޝްރޫއުކަމަށް ސަރުކާރުން ބުނެފައިވާއިރު އެ މަސައްކަތް ހަވާލުކުރީ ބިޑްކުރުމަކާއި ނުލައެވެ. މި މަސައްކަތުގެ ސްކޯޕާއި މަސައްކަތުގެ ތަފްސީލްތައް ހިއްސާކޮށްފައިނުވެއެވެ. އަދި ސީއެމްސީސީ އަށް ދޫކުރާ ބިމުގެ އަގު ފަދަ މުހިންމު ތަފްސީލްތައް ސަރުކާރުން ހާމައެއް ނުކުރެއެވެ. އެހެންކަމުން މި މަޝްރޫއުގެ ފަހަތުގައި ފޮރުވިފައިވާ ކަންތައްތަކެއް ހުރިކަމަށް އާއްމުން ދަނީ ތުހުމަތުކުރަމުންނެވެ. ފާޑުކިޔާ ފަރާތްތަކުން ބުނާ ގޮތުގައި މިމަޝްރޫއު ފަށާފައިވަނީ ވެސް ރައްޔިތުންނަށް ވަރަށް ބޮޑެތި އޮޅުވާލުންތަކަށްފަހު އެވެ. އަދި މަޝްރޫއު ކުރިއަށްދާ ގޮތާއި މެދު ސަރުކާރުން ދޮގު ހެދުމުން އެކަމުގެ ސަބަބުން މިސަރުކާރުގެ މަގުބޫލުކަން އޮތީ ވަރަށް ބޮޑަށް ކުޑަ ވެފައެވެ. ރައީސް މުއިއްޒަށް ރައްޔިތުން ކުރި އިތުބާރަށް ވުރެ މިހާރު ސުވާލު އުފައްދާ މިންވަރު އިތުރު ކަމަށް އެމީހުން ބުނެއެވެ.

ފުށިދިއްގަރު ފަޅުރައީސުލްޖުމްހޫރިއްޔާ، ޑރ. މުހައްމަދު މުއިއްޒު

އެންމެ ހިނގާ

1

ޑޮލަރުގެ އަގު ދަށަކަށް ނުދާނެ، އެއީ ސަރުކާރަށް ވެސް ކުރެވޭނެ ކަމެއް ނޫން: އުއްޗު

2

އީރާނުގެ ހަމަލާތަކުން ލިބޭ ގެއްލުންތައް އާންމުވާތީ އެމެރިކާގެ އަސްކަރިއްޔާއިން ކަންބޮޑުވެއްޖެ، މަންޒަރުތައް ރެކޯޑް ނުކުރަން އިންޒާރުދީ، ފޯނުތައް އަތުލަނީ

3

ސައުދީ އަރަބިއްޔާ ތޫފާނެއްގެ މެދުގައި، ތިން ދިމާލަކުން ދެކޮޅުވެރިން ވަށާލައިފި

4

ފޭކް ބުކިންގ ހަދައިގެން ކެންސަލްކުރުމަށްފަހު، ރިފަންޑު ހޯދުމަށް ހިންގާ ސްކޭމްތައް އިތުރުވަނީ!

5

މިނިވަންދުވަހުގެ ކުޅަދާނަ ސްޕީޗާއެކު "ނމކޢވ" ގެ ލަގަބު

އިތުރަށް ކިޔާލަން

07 ޑިސެމްބަރު 2025

މި ސަރުކާރު އައުމާއެކު ފެށުނު ކޮރަޕްޝަންގެ މަޝްރޫއު އަކީ ރަސްމާލެ، ނޭނގި ނަމަވެސް އެކަމަށް އިއުތިރާފު ވެސް ވެއްޖެ: ޔާމީން

07 ޑިސެމްބަރު 2025
މި ސަރުކާރު އައުމާއެކު ފެށުނު ކޮރަޕްޝަންގެ މަޝްރޫއު އަކީ ރަސްމާލެ، ނޭނގި ނަމަވެސް އެކަމަށް އިއުތިރާފު ވެސް ވެއްޖެ: ޔާމީން
11 ނޮވެމްބަރު 2025

ރަސްމާލެ ހިއްކާ ނިމޭނެ ދުވަހެއް ނޭންގެ، ރައީސް ވިދާޅުވީ ރަސްމާލެ އިން 15000 ގޯތި ދޫކުރަން ވަރަށް އަވަހަށް އިއުލާނު ކުރައްވާނެ ކަމަށް

11 ނޮވެމްބަރު 2025
ރަސްމާލެ ހިއްކާ ނިމޭނެ ދުވަހެއް ނޭންގެ، ރައީސް ވިދާޅުވީ ރަސްމާލެ އިން 15000 ގޯތި ދޫކުރަން ވަރަށް އަވަހަށް އިއުލާނު ކުރައްވާނެ ކަމަށް
02 ނޮވެމްބަރު 2025

ބޯހިޔާވަހިކަމުގެ ބަޖެޓު ހުސްވެ ބޯހިކުނު އިރުވެސް މުޢިއްޒު އަށް އެންމެ ގާބުރިއެއް ވެސް އަދި ބާއްވާ ނުލެވޭ!

02 ނޮވެމްބަރު 2025
ބޯހިޔާވަހިކަމުގެ ބަޖެޓު ހުސްވެ ބޯހިކުނު އިރުވެސް މުޢިއްޒު އަށް އެންމެ ގާބުރިއެއް ވެސް އަދި ބާއްވާ ނުލެވޭ!
05 އޮކްޓޯބަރު 2025

ރަސްމާލޭގައި ހުންނާނެ މޮޅެތި ކަންކަމުގެ ވާހަކަ މުއިއްޒު ދެއްކެވީ އެއްވެސް ޕްލޭނެއް ނެތި ކަން ހާމަ ވެއްޖެ

05 އޮކްޓޯބަރު 2025
ރަސްމާލޭގައި ހުންނާނެ މޮޅެތި ކަންކަމުގެ ވާހަކަ މުއިއްޒު ދެއްކެވީ އެއްވެސް ޕްލޭނެއް ނެތި ކަން ހާމަ ވެއްޖެ
26 ސެޕްޓެމްބަރު 2025

ރައީސް މުއިއްޒުގެ ކުލަނުޖެހި އިތުރުވަމުންދާ ވައުދު ލިސްޓު

26 ސެޕްޓެމްބަރު 2025
ރައީސް މުއިއްޒުގެ ކުލަނުޖެހި އިތުރުވަމުންދާ ވައުދު ލިސްޓު
28 ޖޫން 2025

ކުދި އަދި މެދުފަންތީގެ ވިޔަފާރިއަށް އައު ބާޒާރުތައް ހޯދައިދިނުމަށް ދަނީ މަސައްކަތް ކުރަމުން: ރައީސް މުއިއްޒު

28 ޖޫން 2025
ކުދި އަދި މެދުފަންތީގެ ވިޔަފާރިއަށް އައު ބާޒާރުތައް ހޯދައިދިނުމަށް ދަނީ މަސައްކަތް ކުރަމުން: ރައީސް މުއިއްޒު
20 މާރިޗު 2025

ޕީއެންސީގެ މަޖިލިސް މެންބަރުން މުޒާހަރާތަކުގައި ބައިވެރިވާނެ، މިވެރިކަން ވައްޓާލާނަން: މެންބަރު މައުރޫފު

20 މާރިޗު 2025
ޕީއެންސީގެ މަޖިލިސް މެންބަރުން މުޒާހަރާތަކުގައި ބައިވެރިވާނެ، މިވެރިކަން ވައްޓާލާނަން: މެންބަރު މައުރޫފު
26 ފެބުރުއަރީ 2025

ސުޕްރީމް ކޯޓުގެ ފަނޑިޔާރުންގެ އަދަދު މަދުކުރުމަށް ފާސްކުރި ބިލު ތަސްތީގު ނުކުރުމަށް ރައީސް މުއިއްޒުގެ އަރިހުން އެދިއްޖެ

26 ފެބުރުއަރީ 2025
ސުޕްރީމް ކޯޓުގެ ފަނޑިޔާރުންގެ އަދަދު މަދުކުރުމަށް ފާސްކުރި ބިލު ތަސްތީގު ނުކުރުމަށް ރައީސް މުއިއްޒުގެ އަރިހުން އެދިއްޖެ
05 ފެބުރުއަރީ 2025

އުންމީދުން ފުރިގެންވާ ރިޔާސީ ބަޔާން އާޚިރުގައި ވެގެން ދިޔައީ ސަޅިބައިސާ އަށް

05 ފެބުރުއަރީ 2025
އުންމީދުން ފުރިގެންވާ ރިޔާސީ ބަޔާން އާޚިރުގައި ވެގެން ދިޔައީ ސަޅިބައިސާ އަށް
03 ފެބުރުއަރީ 2025

ޓެކްނޯލޮޖީގެ ސިނާއަތުގައި ތަފާތު އީޖާދީ ގޮތްތައް ހޯދައި، ދިރާސާ ކުރުމަށް އިނޮވޭޝަން ހަބެއް ގާއިމްކުރަން ނިންމައިފި

03 ފެބުރުއަރީ 2025
ޓެކްނޯލޮޖީގެ ސިނާއަތުގައި ތަފާތު އީޖާދީ ގޮތްތައް ހޯދައި، ދިރާސާ ކުރުމަށް އިނޮވޭޝަން ހަބެއް ގާއިމްކުރަން ނިންމައިފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް