Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - sportsAdvertisement
ކުޅިވަރުރެއާލް މެޑްރިޑު

ސީޒަން ނިމުމުން ކެޕާ، ރެއާލް ދޫކޮށްލަނީ

ރެއާލުން ބޭނުންނުވާ ނަމަ، ލޯނު އެއްބަސްވުން ހަމަވުމުން، ކެޕާ އެނބުރި ދާން ޖެހޭނީ ޗެލްސީ އަށް

ޝައިހާން ޒަރީރް
ޝައިހާން ޒަރީރް | 3 އެޕްރީލު 2024 | ބުދަ 07:52
ލޯނު އެއްބަސްވުމެއްގެ ދަށުން ރެއާލަށް ކުޅެމުން އަންނަ ކެޕާ

ލޯނު އެއްބަސްވުމެއްގެ ދަށުން ރެއާލަށް ކުޅެމުން އަންނަ ކެޕާ

ރެއާލް މެޑްރިޑަށް ކުޅެމުން އަންނަ ސްޕެއިންގެ ކެޕާ އަރިއްޒަބަލާގާ، މިހާރު ކުރިއަށްދާ ސީޒަން ނިމުމުން އެ ކުލަބު ދޫކޮށްލަން ނިންމާފައިވާ ކަމަށް މީޑިއާތަކުން ރިޕޯޓުކޮށްފި އެވެ.

އުމުރުން 29 އަހަރުގެ ކުޅުންތެރިޔާ ރެއާލަށް ބަދަލުވީ މިދިޔަ އަހަރު އެވެ. ޗެލްސީގައި ހުރުމަށްފަހު އޭނާ ރެއާލަށް ބަދަލުވީ ލޯނު އެއްބަސްވުމެއްގެ ދަށުންނެވެ. އެއް އަހަރު ދުވަހަށް އެކުލަވާލި އެއްބަސްވުމުގެ މުއްދަތު ހަމަވާނީ މި ސީޒަންގެ ނިޔަލަށެވެ. އެ އެއްބަސްވުމުގެ މުއްދަތު ހަމަވުމުން، ކެޕާ ރެއާލް ދޫކޮށްލާނެ ކަމަށް ރިޕޯޓުތައް ވަނީ ބުނެފަ އެވެ.

ކެޕާ، ރެއާލް ދޫކޮށްލަން ބޭނުން ވަނީ އެ ޓީމުގައި އޭނާ އަށް އެންމެ އެކަށީގެންވާ މިންވަރަށް ފުރުސަތު ނުލިބޭތީ ކަމަށް ވެސް މީޑިއާ ރިޕޯޓުތައް ބުނެ އެވެ. ރެއާލުން އަންނަނީ އެ ޓީމުގެ ދެ ވަނަ ގޯލު ކީޕަރު އެންޑްރޫ ލުނިންގެ އެއްބަސްވުން އައު ކުރުމުގެ މަސައްކަތް ކުރަމުން ކަމަށާއި، ސީޒަންގެ ފަހު ކޮޅު އެއް ނަންބަރު ގޯލު ކީޕަރު ތިބައޫ ކޯޓުއާ އަށް އަނިޔާ އިން އެނބުރި އާދެވުން ގާތް ކަމަށް ވެސް ބުނެފައިވެ އެވެ. އެހެންކަމުން ކެޕާ އަށް ރެއާލްގައި އެންމެ އެކަށީގެންވާ މިންވަރަށް ފުރުސަތު ލިބުމަކީ ދުރު ކަމެއް ކަމަށް ވެސް ބުނެފައިވެ އެވެ.

ލޯނު އެއްބަސްވުން ހަމަވުމުން، ކެޕާ އެނބުރި ދާން ޖެހޭނީ ޗެލްސީ އަށެވެ. ނަމަވެސް މީގެ ކުރިން އޭނާ ބުނެފައި ވަނީ، ރެއާލުން ފުރުސަތު ނުލިބުނު ކަމަށްވީ ނަމަވެސް، އަލުން ޗެލްސީ އަށް ދާން ބޭނުންނުވާ ކަމަށެވެ. އެހެންކަމުން، ރެއާލް ދޫކޮށް އަލުން ޗެލްސީ އަށް ދާނީތޯ ކެޕާ ވަރަށް އަވަހަށް ނިންމާނެ ކަމަށް ވެސް ރިޕޯޓުތައް ބުނެ އެވެ.

ރެއާލް މެޑްރިޑްކެޕާޗެލްސީ

އިތުރަށް ކިޔާލަން

11 ޑިސެމްބަރު 2025

ފަހަތުން އަރައި ސިޓީ އިން ރެއާލް ބަލިކޮށްފި

11 ޑިސެމްބަރު 2025
ފަހަތުން އަރައި ސިޓީ އިން ރެއާލް ބަލިކޮށްފި
10 ޑިސެމްބަރު 2025

އެޓަލަންޓާ އަތުން ޗެލްސީ ބަލިވެއްޖެ

10 ޑިސެމްބަރު 2025
އެޓަލަންޓާ އަތުން ޗެލްސީ ބަލިވެއްޖެ
09 ޑިސެމްބަރު 2025

ވަޒީފާ އިން ވަކި ކޮށްފާނެ ކަމުގެ ބިރެއް އަލޮންސޯގެ ނެތް

09 ޑިސެމްބަރު 2025
ވަޒީފާ އިން ވަކި ކޮށްފާނެ ކަމުގެ ބިރެއް އަލޮންސޯގެ ނެތް
08 ޑިސެމްބަރު 2025

ސެލްޓަ އަތުން ބަލިވެ ފަރަގު ކުޑަ ކުރަން ލިބުނު ފުރުސަތު ރެއާލް އިން ނަގާލައިފި

08 ޑިސެމްބަރު 2025
ސެލްޓަ އަތުން ބަލިވެ ފަރަގު ކުޑަ ކުރަން ލިބުނު ފުރުސަތު ރެއާލް އިން ނަގާލައިފި
04 ޑިސެމްބަރު 2025

އެމްބާޕޭގެ ދެ ލަނޑާ އެކު ބިލްބާއޯ ބަލިކޮށް، ރެއާލް އިން ފަރަގު ކުޑަ ކޮށްފި

04 ޑިސެމްބަރު 2025
އެމްބާޕޭގެ ދެ ލަނޑާ އެކު ބިލްބާއޯ ބަލިކޮށް، ރެއާލް އިން ފަރަގު ކުޑަ ކޮށްފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު