Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - sportsAdvertisement
ކުޅިވަރުމެންޗެސްޓަރ ސިޓީ

ރެއާލާ ދެކޮޅަށް ވޯކާ އަށް ނުކުޅެވިދާނެ

ވޯކާ އަށް އަނިޔާވީ ބައިނަލްއަޤުވާމީ ރަޙުމަތްތެރިކަމުގައި އިންގްލެންޑުން ބްރެޒިލާ ދެކޮޅަށް ކުޅުނު މެޗުގައި

ޝައިހާން ޒަރީރް
ޝައިހާން ޒަރީރް | 3 އެޕްރީލު 2024 | ބުދަ 07:45
މެންޗެސްޓަރ ސިޓީ އަށް ކުޅެމުން އަންނަ ވޯކާ، އެ ޓީމުގެ އެހެން ކުޅުންތެރިޔަކާއެކު

މެންޗެސްޓަރ ސިޓީ އަށް ކުޅެމުން އަންނަ ވޯކާ، އެ ޓީމުގެ އެހެން ކުޅުންތެރިޔަކާއެކު

ޔުއެފާ ޗެމްޕިއަންސް ލީގުގެ ކުއާޓާ ފައިނަލްގެ ފުރަތަމަ ލެގުގައި އަންނަ ހަފުތާގައި ރެއާލް މެޑްރިޑާ ދެކޮޅަށް ކުޅޭ މެޗުގައި، އެންމެ ފަހުގެ ޗެމްޕިއަން މެންޗެސްޓަރ ސިޓީގެ ކައިލް ވޯކާ އަށް ނުކުޅެވިދާނެ ކަމަށް އެ ޓީމުގެ ކޯޗު ޕެޕް ގާޑިއޯލާ ބުނެފި އެވެ.

ރެއާލްގެ ދަނޑުގައި ސިޓީން އެ ޓީމާ ދެކޮޅަށް ނިކުންނާނީ އޭޕްރީލް ނުވަ ވަނަ ދުވަހުގެ ރޭ އެވެ. އިނގިރޭސި ޕްރިމިއާ ލީގުގައި ސިޓީން އެސްޓަން ވިލާއާ ދެކޮޅަށް ކުޅޭ މެޗުގެ ކުރިން އޮތް ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަ ދައްކަމުން ގާޑިއޯލާ ބުނީ، ޑޮކްޓަރުން އިރުޝާދު ދީފައިވާ ގޮތުން، ރެއާލް މެޗުގަައި ވޯކާ އަށް ނުކުޅެވޭނެ ކަމަށެވެ. އޭނާ ބުނީ އެ މެޗު ކުޅެން އެންމެ އެކަށީގެންވާ ވަރަށް ވޯކާގެ އަނިޔާ އިން ރަނގަޅު ނުވާނެކަން ޑޮކްޓަރު އަންގާފައިވާ ކަމަށެވެ.

ނަމަވެސް ގާޑިއޯލާ ބުނީ، ވޯކާ އަކީ ވަރަށް ޚާއްސަ ހުނަރުތަކެއް ލިބިގެންވާ ކުޅުންތެރިޔެއް ކަމަށެވެ. ގާޑިއޯލާ އިޝާރާތް ކުރި ގޮތުން، އެ މެޗުގައި ވޯކާ ކުޅުމާއި، ނުކުޅުމާމެދު އޭނާ ގޮތެއް ނިންމާނީ އަދި ފަހުންނެވެ. ޑޮކްޓަރުންނާ ހަވާލާދީ ގާޑިއޯލާ ބުނީ ވޯކާގެ އަނިޔާ ސީރިއަސް ކަމަށާއި، ނަމަވެސް ވޯކާ އަކީ އެހެން ފެންވަރެއްގެ ކުޅުންތެރިޔެއް ކަމަށެވެ.

ވޯކާ އަށް އަނިޔާވީ ބައިނަލްއަޤުވާމީ ރަޙުމަތްތެރިކަމުގައި އިންގްލެންޑުން ބްރެޒިލާ ދެކޮޅަށް ކުޅުނު މެޗުގަ އެވެ. 1-0 އިން އިންގްލެންޑު ބަލިވި މެޗުގެ ފުރަތަމަ ހާފުގައި ވޯކާ އަށް ވަނީ އަނިޔާވެފަ އެވެ. އަނިޔާގެ ސަބަބުން އޭނާ ވަނީ ބަދަލު ވެސް ކޮށްފަ އެވެ. އޭގެ ފަހުން އިންގްލެންޑުން ބެލްޖިއަމާ ދެކޮޅަށް ކުޅުނު މެޗާއި، ސިޓީން ކުޅުނު މެޗުގައި ވެސް އޭނާ ކުޅެފައެއް ނުވެ އެވެ. ވޯކާ އަންނަނީ އަނިޔާ އިން ރަނގަޅުވުމުގެ ކަންކަން ކުރިއަށް ގެންދަމުންނެވެ.

މެންޗެސްޓަރ ސިޓީރެއާލް މެޑްރިޑްކައިލް ވޯކާޕެޕް ގާޑިއޯލާ

އިތުރަށް ކިޔާލަން

11 ޑިސެމްބަރު 2025

ފަހަތުން އަރައި ސިޓީ އިން ރެއާލް ބަލިކޮށްފި

11 ޑިސެމްބަރު 2025
ފަހަތުން އަރައި ސިޓީ އިން ރެއާލް ބަލިކޮށްފި
09 ޑިސެމްބަރު 2025

ވަޒީފާ އިން ވަކި ކޮށްފާނެ ކަމުގެ ބިރެއް އަލޮންސޯގެ ނެތް

09 ޑިސެމްބަރު 2025
ވަޒީފާ އިން ވަކި ކޮށްފާނެ ކަމުގެ ބިރެއް އަލޮންސޯގެ ނެތް
08 ޑިސެމްބަރު 2025

ސެލްޓަ އަތުން ބަލިވެ ފަރަގު ކުޑަ ކުރަން ލިބުނު ފުރުސަތު ރެއާލް އިން ނަގާލައިފި

08 ޑިސެމްބަރު 2025
ސެލްޓަ އަތުން ބަލިވެ ފަރަގު ކުޑަ ކުރަން ލިބުނު ފުރުސަތު ރެއާލް އިން ނަގާލައިފި
04 ޑިސެމްބަރު 2025

އެމްބާޕޭގެ ދެ ލަނޑާ އެކު ބިލްބާއޯ ބަލިކޮށް، ރެއާލް އިން ފަރަގު ކުޑަ ކޮށްފި

04 ޑިސެމްބަރު 2025
އެމްބާޕޭގެ ދެ ލަނޑާ އެކު ބިލްބާއޯ ބަލިކޮށް، ރެއާލް އިން ފަރަގު ކުޑަ ކޮށްފި
03 ޑިސެމްބަރު 2025

ފުލަމް އަތުން ސިޓީ މޮޅުވި މެޗުގައި ހާލަންޑް އަށް ރެކޯޑެއް

03 ޑިސެމްބަރު 2025
ފުލަމް އަތުން ސިޓީ މޮޅުވި މެޗުގައި ހާލަންޑް އަށް ރެކޯޑެއް
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު