Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - worldAdvertisement
ދުނިޔެ
ތުރުކީގެ ސިޔާސީ ލީޑަރަކު މަރުވުން

ތުރުކީގެ ލޯކަލް އިންތިޚާބު ކާމިޔާބުކުރި ލާދީނީ ލީޑަރަކު ބެލްކަނީގައި އުފާފާޅުކުރަން ހުއްޓައި ވެއްޓި މަރުވެއްޖެ

މި ހާދިސާގައި އިތުރު ހަތް މީހަކު ޒަޚަމްވެފައިވޭ

އަހްމަދު ދާއޫދު
އަހްމަދު ދާއޫދު, ރާއްޖެ އެމްވީ | 2 އެޕްރީލު 2024 | އަންގާރަ 14:22
ބެލްކަނީ ވެއްޓުނު އިމާރާތް

ބެލްކަނީ ވެއްޓުނު އިމާރާތް

ތުރުކީގެ ލޯކަލް އިންތިޚާބު ކާމިޔާބުކުރި ލާދީނީ ސެކިއުލަރ ޕާޓީގެ ޑެޕިއުޓީ ލީޑަރު ބެލްކަނީގައި އުފާފާޅުކުރަން ހުއްޓައި ބެލްކަންޏާއެކު ވެއްޓި އޭނާ މަރުވެއްޖެއެވެ.

ތުރުކީގެ ޑެނިޒްލީ ސިޓީގައި އިދިކޮޅު ރިޕަބްލިކަން ޕީޕަލްސް ޕާޓީ (ސީއެޗްޕީ) އިމާރާތުގެ ބެލްކަންޏެއް ވެއްޓި ހިނގި މި ހާދިސާގައި އިތުރު ހަތް މީހަކު ޒަޚަމްވެފައިވެއެވެ.

ތަވަކްގެ ޑިސްޓްރިކްޓް މޭޔަރުކަމަށް ވާދަކުރައްވާ ކަދިރު ތަޓިކްގެ ކާމިޔާބީ ފާހަގަކުރުމަށް މެހްމެތު ޕަލާޒްއާއި ސީއެޗްޕީގެ ސަޕޯޓަރުން ވަނީ އެއްވެފައެވެ. އޮންލައިން ޕްލެޓްފޯމްތަކުގައި ދައުރުވަމުންދާ ފޫޓޭޖްތަކުން ފެންނަގޮތުގައި، ބެލްކަންޏަށް އަރައިތިބި މީހުންތައް އުފާފާޅުކުރަމުން ދަނިކޮށް ކުއްލިއަކަށް ބެލްކަނި ބިންމައްޗަށް ވެއްޓުނެވެ.

ވެއްޓުމުގެ ސަބަބުން ޕަލާޒްގެ ބޮލަށް ސީރިއަސް އަނިޔާތަކެއް ލިބިފައިވާއިރު، އޭނާ ހޮސްޕިޓަލަށް ގެންދިޔައިރުވެސް ވަނީ މަރުވެފައެވެ. މި އެކްސިޑެންޓުގައި ޒަޚަމްވި އިތުރު ތިން މީހެއްގެ ހާލުވެސް ސީރިއަސްކަމަށް މައުލޫމާތު ލިބެއެވެ.

މި ހާދިސާ ހިނގާފައި މި ވަނީ، ތުރުކީގައި މި މަހުގެ 31 ވަނަ ދުވަހު ބޭއްވުމަށް ހަމަޖެހިފައިވާ ލޯކަލް އިންތިޚާބާ ދިމާކޮށް ތަވަކްގައި ސީއެޗްޕީގެ ކެންޑިޑޭޓް ލޯކަލް އިންތިޚާބު ކާމިޔާބުކުރިކަން އިއުލާނު ކުރިތާ އެއް ދުވަސް ފަހުންނެވެ.

ރައީސް އުރުދުޣާންގެ އޭކޭޕީ ޕާޓީން މުޅި ކޮންޓްރޯލް ދަމަހައްޓާފައިވާއިރު، އަންކާރާއާއި އިސްތަންބޫލް ފަދަ ބޮޑެތި ސިޓީތަކުގައި އިދިކޮޅު ފަރާތްތަކުން ވަނީ މި އިންތިޚާބުގައި ކުރިއެރުންތަކެއް ހޯދާފައެވެ.

ޑެނިޒްލީގެ ގަވަރުނަރު އޮތޯރިޓީން މި މައްސަލަ ބަލަން ފަށާފައިވާއިރު، އެ އޮތޯރިޓީން ބަދަލަމުންދަނީ ބެލްކަނި ވެއްޓުނު އިމާރާތުގެ ސްޓްރަކްޗަރާއި އިމާރާތުގެ ކޮލިޓީ ދަށްކަމުގެ މައްސަލައެވެ.

ތުރުކީގެ ސެކިއުލާ އިދިކޮޅު މައި ޕާޓީ ކަމަށްވާ ސީއެޗްޕީން ވަނީ މުޅި ގައުމުގައި އިންތިޚާބުގެ ނަތީޖާތައް އިއުލާން ކުރެވެމުން ދާއިރު، ޕަލާޒް މަރުވުމުން އެކަމާ ހިތާމަކުރާކަން ހާމަކޮށް، ބަޔާނެއް ނެރެފައެވެ.

އެ ޕާޓީގެ ތަރުޖަމާނު ވިދާޅުވީ މި ހިތާމަވެރި ހާދިސާގައި އަނިޔާ ލިބުނު މީހުންނާއި އެ މީހުންގެ އާއިލާތަކާއެކު ހިތާމައިގައި ބައިވެރިވެ ހެޔޮދުއާ ކުރާކަމަށެވެ.

ތުރުކީ

ކޮމެންޓް

އިތުރަށް ކިޔާލަން

ތުރުކީގެ އަލިފާން ނިއްވާ މަތިންދާ ބޯޓެއް ކޮރޭޝިއާގައި ވެއްޓި، ޕައިލެޓު މަރުވެއްޖެ

ތުރުކީގެ އަލިފާން ނިއްވާ މަތިންދާ ބޯޓެއް ކޮރޭޝިއާގައި ވެއްޓި، ޕައިލެޓު މަރުވެއްޖެ

14 ނޮވެމްބަރު 2025
އަފްޣާނިސްތާން އާއި ޕާކިސްތާންގެ ހަމަނުޖެހުން ވަރަށް އަވަހަށް ޙައްލު ކުރައްވާނެ ކަމަށް ޓްރަމްޕް ވިދާޅުވެއްޖެ

އަފްޣާނިސްތާން އާއި ޕާކިސްތާންގެ ހަމަނުޖެހުން ވަރަށް އަވަހަށް ޙައްލު ކުރައްވާނެ ކަމަށް ޓްރަމްޕް ވިދާޅުވެއްޖެ

27 އޮކްޓޯބަރު 2025
ރައީސް މުއިއްޒު މޭޔަރުކަމުގައި އަހަރެއްހާ ދުވަހުގެތެރޭ 5 ގައުމަކަށް ދަތުރުކުރެއްވި، ހަރަދު މިލިއަނަކަށްވުރެ އިތުރު

ރައީސް މުއިއްޒު މޭޔަރުކަމުގައި އަހަރެއްހާ ދުވަހުގެތެރޭ 5 ގައުމަކަށް ދަތުރުކުރެއްވި، ހަރަދު މިލިއަނަކަށްވުރެ އިތުރު

13 ސެޕްޓެމްބަރު 2025
  ފެނަބާޗޭގެ ކޯޗުކަމުން މޮރީނިއޯ ވަކިކޮށްފި

ފެނަބާޗޭގެ ކޯޗުކަމުން މޮރީނިއޯ ވަކިކޮށްފި

31 އޯގަސްޓު 2025
ޔުކްރެއިންގެ މައްސަލައިގައި ޕުޓިން އާއި އުރުދުޣާން މަޝްވަރާ ކުރައްވައިފި

ޔުކްރެއިންގެ މައްސަލައިގައި ޕުޓިން އާއި އުރުދުޣާން މަޝްވަރާ ކުރައްވައިފި

21 އޯގަސްޓު 2025

އަހަރުތަކުން މިއަދު

6 ޖޫން
އޮސްޓްރޭލިއާ އިން ރާއްޖެ އަންނަ ފަތުރުވެރިންނަށް އިންޒާރެއް
20251 އަހަރު ކުރިން
ރާއްޖެ

އޮސްޓްރޭލިއާ އިން ރާއްޖެ އަންނަ ފަތުރުވެރިންނަށް އިންޒާރެއް

ޕާޓޭން ވަންނަ ކަމަށް ބުނެ، ސަލްމާން މިސްކިތް ރޭގަނޑު 9:00ގައި ބަންދުކުރަން ފަށައިފި
20242 އަހަރު ކުރިން
ރާއްޖެ

ޕާޓޭން ވަންނަ ކަމަށް ބުނެ، ސަލްމާން މިސްކިތް ރޭގަނޑު 9:00ގައި ބަންދުކުރަން ފަށައިފި

މަރުގެ ތުންފަތް މައްޗަށް ދެ ފަހަރު، ހިބައިން ނަގާފައި ދިނީ ކިޑްނީ
20233 އަހަރު ކުރިން
ރިޕޯޓު

މަރުގެ ތުންފަތް މައްޗަށް ދެ ފަހަރު، ހިބައިން ނަގާފައި ދިނީ ކިޑްނީ

ކެންސަރަށް ދެވުނު ފަރުވާއަކުން ޑޮކްޓަރުން ހައިރާންވާފަދަ ނަތީޖާއެއް
20224 އަހަރު ކުރިން
ސިއްހަތު

ކެންސަރަށް ދެވުނު ފަރުވާއަކުން ޑޮކްޓަރުން ހައިރާންވާފަދަ ނަތީޖާއެއް

ފިޔާތޮށި އަހުމަދު މަނިކުގެ ޚުލްގާއި ގައުމީ ޚިދުމަތަށް ބަލައިލުމެއް
20215 އަހަރު ކުރިން
ރިޕޯޓު

ފިޔާތޮށި އަހުމަދު މަނިކުގެ ޚުލްގާއި ގައުމީ ޚިދުމަތަށް ބަލައިލުމެއް

ހުކުރު ނަމާދުގައި ހުއްޓަ އަނބުރައިގަނެގެން ވެއްޓުނު މީހާ ނިޔާވެއްޖެ
20197 އަހަރު ކުރިން
ރާއްޖެ

ހުކުރު ނަމާދުގައި ހުއްޓަ އަނބުރައިގަނެގެން ވެއްޓުނު މީހާ ނިޔާވެއްޖެ

ފައިސަލްގެ ލޮލަށް ނުރައްކާތެރި ބައްޔެއް ޖެހިފައިވާއިރު ޕާސްޕޯޓު ނުދިނުމަކީ ކަންބޮޑުވާ މައްސަލައެއް: އިދިކޮޅު ފަރާތްތައް
20188 އަހަރު ކުރިން
ރާއްޖެ

ފައިސަލްގެ ލޮލަށް ނުރައްކާތެރި ބައްޔެއް ޖެހިފައިވާއިރު ޕާސްޕޯޓު ނުދިނުމަކީ ކަންބޮޑުވާ މައްސަލައެއް: އިދިކޮޅު ފަރާތްތައް

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު