Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރާއްޖެޔާމީންގެ ފާޑުވިދާޅުވުން މުއިއްޒަށް

ރައީސް ޔާމީން ރަސްމާލެ މަޝްރޫއު ސިފަކުރެއްވީ ކަތިވަޅިޔާއި މަރިޔަނބާއި ކޮށި ދަނޑު ގެއްލިގެން ދާ މަޝްރޫޢެއްގެ ގޮތުގައި

ކުންފުންޏަށް ދޭ ބިމުގެ އަގު 72،000 މިލިއަން ރުފިޔާއަށް އަރާކަމަށް ޔާމީން ވިދާޅުވި

އާއިޝަތު ޝިއުރާ
އާއިޝަތު ޝިއުރާ | 1 އެޕްރީލު 2024 | ހޯމަ 15:48
ޔާމީނު ހުޅުމާލެ ވަޑައިގެން ކެމްޕެއިން ހަރަކާތެއްގައި ބައިވެރިވެވަޑައިގަންނަވަނީ

ޔާމީނު ހުޅުމާލެ ވަޑައިގެން ކެމްޕެއިން ހަރަކާތެއްގައި ބައިވެރިވެވަޑައިގަންނަވަނީ

މިސަރުކާރުން ހިންގާ އެންމެ ބޮޑު މަޝްރޫޢުކަމަށް ވާ ރަސްމާލެ މަޝްރޫޢުން ހަމައެކަނި ކަރުދާހުގައި އޮތް ކުންފުންޏަކަށް ހުޅުމާލެއިން ބޮޑު ބިމެއް ވިއްކާލުމަކީ މަރިޔަނބާއި ކަތިވަޅި އާއި ކޮށި ދަނޑު ގެއްލިގެންދާ ކަމެއްގެ ގޮތުގައި ކުރީގެ ރައީސް އަބްދުﷲ ޔާމީން ސިފަކުރައްވައިފިއެވެ.

ރައީސް ޔާމީން އިސްވެހުންނަވާ އުފައްދަވާފައިވާ ޕީޕަލްސް ނޭޝަނަލް ފްރޮންޓް (ޕީއެންއެފް)ގެ ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން ޔާމީން ވިދާޅުވީ ރަސްމާލެ ނަމުގައި ފުށިދިއްގަރު ފަޅު ހިއްކުމުގެ މަސައްކަތް މިސަރުކާރުން ފެށިނަމަވެސް އެމަސައްކަތް މިހާރު ހުއްޓިފައިވާކަމަށެވެ. އަދި އެމަޝްރޫޢު ހިންގުމަށް ހަވާލުުކުރި ކުންފުންޏަކީ ހަމައެކަނި ކަރުދާހުގައި ލިޔެފައި އޮތް ކުންފުންޏަކަށްވާއިރު އެކުންފުންޏަށް ދޭ ބިމަކީ ހުޅުމާލޭގެ ތިންބައިކުޅަ އެއްބައި ވަރުގެ ބިމެއްކަމަށެވެ. އެއީ 90 ހެކްޓަރުގެ ބިމެއްކަމަށާއި އެވާހަކަ ދައްކާ މީހުންގެ އަނގަ ބަންދުކުރުމަށް ވަޒީފާ ދިންނަމަވެސް އެއީ ތެދެއްކަމަށް ޔާމީން ވިދާޅުވިއެވެ. އެކުންފުންޏަށް ދޭ ބިމުގެ އަގު 72،000 މިލިއަން ރުފިޔާއަށް އަރާކަމަށް ޔާމީން ވިދާޅުވިއެވެ.

ޔާމީން ވިދާޅުވީ މަޝްރޫޢު ހިންގަން ހަވާލުކުރި ކުންފުނީގައި ފައިސާ ނެތުމުން އެކުންފުންޏަށް ދޭ ބިން ވިއްކާލާނަމަ އެގެއްލެނީ މަރިޔަނބާއި، ކަތިވަޅި އާއި ކޮށިދަނޑުކަމަށެވެ. އަދި ހުޅުމާލެ ބިން ހިއްކާފައިވަނީ ބިދޭސީންގެ ފައިސާއަކުން ނޫންކަމަށް ޔާމީން ވިދާޅުވިއެވެ.

ޔާމީން ވިދާޅުވީ މިސަރުކާރުގެ ކެންޑިޑޭޓުން ރައްޔިތުންގެ މަޖިލީހަށް ހޮވަންނުޖެހެނީ މިފަދަ ކަންކަން މިސަރުކާރުން ހިންގާތީކަމަށެވެ. ސަރުކާރުން ހިންގާ މިފަދަ ކަންކަން ހުއްޓުވުމަށްޓަކައި ސަރުކާރުގެ މެންބަރުން މަޖިލީހަށް ނުހޮވުމަށް ޔާމީން އެދިވަޑައިގެންނެވިއެވެ.

ފުށިދިއްގަރުފަޅު ހިއްކުމުގެ މަޝްރޫޢު ފެށުމަށް ބޭއްވި ރަސްމިއްޔާތުގައި ރައީސުލްޖުމްހޫރިއްޔާ ޑރ މުހައްމަދު މުއިއްޒު އެމަޝްރޫޢު މެދުނުކެނޑި ކުރިޔަށްދާނެކަމަށް ވިދާޅުވިނަމަވެސް ދާދިފަހުން މީޑިޔާއަކަށް ދެއްވި އިންޓަރވިއުއެއްގައި ރައީސް މުއިއްޒު ވަނީ އެމަޝްރޫޢު ހުއްޓިފައިވާކަމަށް ވިދާޅުވެފައެވެ. މިއަހަރުގެ އޮކްޓޯބަރު މަހު އެމަޝްރޫޢުގެ ބިން އެއްކޮށް ހިއްކާ ނިންމަންޖެހޭއިރު އަދި މިހާތަނަށް ހިއްކާފައިވަނީ 10 ހެކްޓަރުގެ ބިމެވެ. މިމަޝްރޫޢުގެ ދަށުން 1153 ބިން ހިއްކަން ވަނީ ހަމަޖެހިފައެވެ. މަޝްރޫޢު ފެށިތާ ތިން މަހަށްވުރެ ގިނަ ދުވަސްވަނީ ވެފައެވެ. މިމަޝްރޫޢު ހިންގަން ހަވާލުކޮށްފައިވަނީ ސްރީލަންކާގެ ކެޕިޓަލް މެރިން އެންޑު ކޮންސްޓަރަކްޝަން ކޮމްޕެނީ (ސީއެމްސީސީ) އަށެވެ. އެއީ ފައިސާގެ ބަދަލުގައި ބިންދޭ ގޮތަށެވެ.

ކުރީގެ ރައީސް ޢަބްދުﷲ ޔާމީންރައީސުލްޖުމްހޫރިއްޔާ، ޑރ. މުޙައްމަދު މުޢިއްޒުޕީ.ޕީ.އެމް-ޕީ.އެން.ސީ ކޯލިޝަންޕީޕަލްސް ނެޝަނަލް ފްރަންޓް (ޕީއެންއެފް)

އިތުރަށް ކިޔާލަން

13 ޑިސެމްބަރު 2025

އާދިއްތަ ދުވަހުން ފެށިގެން، މިފްކޯއިން މަސްވެރިންނަށް ތެޔޮ ވިއްކާނީ އެވްރެޖްކޮށް 51 ލާރި އަގުހެޔޮކޮށް: ރައީސް މުއިއްޒު

13 ޑިސެމްބަރު 2025
އާދިއްތަ ދުވަހުން ފެށިގެން، މިފްކޯއިން މަސްވެރިންނަށް ތެޔޮ ވިއްކާނީ އެވްރެޖްކޮށް 51 ލާރި އަގުހެޔޮކޮށް: ރައީސް މުއިއްޒު
13 ޑިސެމްބަރު 2025

ރައީސް މުއިއްޒު ގެ ދެކަނބަލުން ދުވާފަރަށް ވަޑައިގެންފި

13 ޑިސެމްބަރު 2025
ރައީސް މުއިއްޒު ގެ ދެކަނބަލުން ދުވާފަރަށް ވަޑައިގެންފި
13 ޑިސެމްބަރު 2025

މަސްވެރިންގެ ކަންބޮޑުވުންތަކަށް ބީރު ކަންފަތެއް ދެއްވާ، ރައީސް މުޢިއްޒު މަސްވެރިންގެ ދުވަސް ފާހަގަ ކުރެއްވުމަށް ދުވާފަރަށް ވަޑައިގެންފި

13 ޑިސެމްބަރު 2025
މަސްވެރިންގެ ކަންބޮޑުވުންތަކަށް ބީރު ކަންފަތެއް ދެއްވާ، ރައީސް މުޢިއްޒު މަސްވެރިންގެ ދުވަސް ފާހަގަ ކުރެއްވުމަށް ދުވާފަރަށް ވަޑައިގެންފި
09 ޑިސެމްބަރު 2025

ދުވާފަރު ގައި ގަވާއިދާ ޚިލާފަށް ދޫކޮށްފައި އޮތް ބިމެއް ގައި ޕީއެންސީ އިން ޖަގަހައެއް ހަދައިފި

09 ޑިސެމްބަރު 2025
ދުވާފަރު ގައި ގަވާއިދާ ޚިލާފަށް ދޫކޮށްފައި އޮތް ބިމެއް ގައި ޕީއެންސީ އިން ޖަގަހައެއް ހަދައިފި
09 ޑިސެމްބަރު 2025

ރައީސް މުޢިއްޒުގެ ރައްޔިތުންގެ ބައްދަލުވުން: ފުރުސަތު ހޯދަން ޖެހުނީ ހަޅޭ ޖަހައި، އިހުތިޖާޖު ކޮށްގެން

09 ޑިސެމްބަރު 2025
ރައީސް މުޢިއްޒުގެ ރައްޔިތުންގެ ބައްދަލުވުން: ފުރުސަތު ހޯދަން ޖެހުނީ ހަޅޭ ޖަހައި، އިހުތިޖާޖު ކޮށްގެން
08 ޑިސެމްބަރު 2025

ގޮނޑި ގެއްލޭ އިސްލާހު ފާސްކުރީ ރައްޔިތުންގެ ނިންމުމަށް އިހުތިރާމް ކުރުމަށް ކަމަށް ރައީސް ވިދާޅުވުމުން މެންބަރު އަބްދުއްރަޙްމާންގެ ސުވާލެއް

08 ޑިސެމްބަރު 2025
ގޮނޑި ގެއްލޭ އިސްލާހު ފާސްކުރީ ރައްޔިތުންގެ ނިންމުމަށް އިހުތިރާމް ކުރުމަށް ކަމަށް ރައީސް ވިދާޅުވުމުން މެންބަރު އަބްދުއްރަޙްމާންގެ ސުވާލެއް
08 ޑިސެމްބަރު 2025

ހަފްތާއަކު ހަތަރު ރޭ ބޯޅަ ކުޅެން އާރަށަށް ވަޑައިގެންނެވޭ، ރައްޔިތަކާ ބައްދަލު ކުރައްވަން ވަގުތެއް ނެތް!

08 ޑިސެމްބަރު 2025
ހަފްތާއަކު ހަތަރު ރޭ ބޯޅަ ކުޅެން އާރަށަށް ވަޑައިގެންނެވޭ، ރައްޔިތަކާ ބައްދަލު ކުރައްވަން ވަގުތެއް ނެތް!
08 ޑިސެމްބަރު 2025

ރައީސް މުއިއްޒު ގެ މެނިފެސްޓޯ އަކީ ގައުމީ ތަރައްގީގެ ޕްލޭން ކަމަށް ވިދާޅުވެ، މެނިފެސްޓޯ ގައި ހުރި ވައުދު ތަކަކީ ޕްލޭނު ގައި ހުންނާނެ ވައުދުތައް ކަމަށް ވިދާޅުވެއްޖެ

08 ޑިސެމްބަރު 2025
ރައީސް މުއިއްޒު ގެ މެނިފެސްޓޯ އަކީ ގައުމީ ތަރައްގީގެ ޕްލޭން ކަމަށް ވިދާޅުވެ، މެނިފެސްޓޯ ގައި ހުރި ވައުދު ތަކަކީ ޕްލޭނު ގައި ހުންނާނެ ވައުދުތައް ކަމަށް ވިދާޅުވެއްޖެ
08 ޑިސެމްބަރު 2025

ރައްޔިތުންގެ ޚިޔާލު ނުހޯދާ ކަންކަން ކުރައްވަމުން، މި ހުންނެވީ ރައްޔިތުންގެ ފަޅީގައި ކަމަށް ރައީސް މުއިއްޒު ވިދާޅުވާތީ އާއްމު މީހެއްގެ ކަންބޮޑުވުން!

08 ޑިސެމްބަރު 2025
ރައްޔިތުންގެ ޚިޔާލު ނުހޯދާ ކަންކަން ކުރައްވަމުން، މި ހުންނެވީ ރައްޔިތުންގެ ފަޅީގައި ކަމަށް ރައީސް މުއިއްޒު ވިދާޅުވާތީ އާއްމު މީހެއްގެ ކަންބޮޑުވުން!
07 ޑިސެމްބަރު 2025

އިސް ރަށްވެއްސެއްގެ ޝުޢޫރު: އިސް ފަޑީގައި ވައްކަމާއި ޚިޔާނާތްތެރިކަމުގެ މައްސަލަތައް އޮތް މީހުން ތިބުމުގެ ކަންބޮޑުވުން

07 ޑިސެމްބަރު 2025
އިސް ރަށްވެއްސެއްގެ ޝުޢޫރު: އިސް ފަޑީގައި ވައްކަމާއި ޚިޔާނާތްތެރިކަމުގެ މައްސަލަތައް އޮތް މީހުން ތިބުމުގެ ކަންބޮޑުވުން
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް