Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެ
މަގޫދޫ އެއާޕޯޓް

މަގޫދޫ އެއާޕޯޓުގެ މަސައްކަތް ހުއްޓާލުމުން އިދިކޮޅު މެންބަރުންގެ ކަންބޮޑުވުންތައް ބަންޑުންކޮށްލައިފި

މި މައްސަލަ އަށް ވާހަކަދެއްކެވި ގިނަ މެންބަރުން ވަނީ މަގޫދޫގެ އެއާޕޯޓްގެ މަސައްކަތް ހުއްޓާލުމުން ސަރުކާރަށް ވަރަށް ބޮޑަށް ފާޑުވިދާޅުވެފައި

ނަޒާހަތު އިބްރާހިމް ރަޝީދު
ނަޒާހަތު އިބްރާހިމް ރަޝީދު, ރާއްޖެ އެމްވީ | 1 އެޕްރީލު 2024 | ހޯމަ 08:35
ރައްޔިތުންގެ މަޖިލީހުގެ ޖަލްސާއެއްގެ ތެރެއިން

ރައްޔިތުންގެ މަޖިލީހުގެ ޖަލްސާއެއްގެ ތެރެއިން

ފ.މަގޫދޫގެ އެއާޕޯޓުގެ މަސައްކަތް ހުއްޓާލުމުން ރައްޔިތުންގެ މަޖިލީހުގެ އިދިކޮޅު މެންބަރުން ސަރުކާރަށް ވަރަށް ބޮޑަށް ފާޑު ވިދާޅުވެއްޖެއެވެ.

މެންބަރުން ފާޑު ވިދާޅުވީ މަގޫދޫގެ އެއާޕޯޓްގެ މަސައްކަތް ހުއްޓާލުމުން ބިލެތްދޫ ދާއިރާގެ މެންބަރު ހަލީމް ހުށަހަޅުއްވާފައިވާ ކުއްލި މައްސަލަ އަށް ބަހުސްކުރައްވަމުންނެވެ.

Advertisement - newsAdvertisement

މަގޫދޫ އެއާޕޯޓް ހުއްޓާލުމަކީ ރައްޔިތުންގެ ޓެކްސް ފައިސާ އިސްރާފުކުރުންކަމަށް އަލިފުށީ ދާއިރާގެ މެމްބަރު އަދި އެމްޑީޕީގެ ޕީޖީ ގްރޫޕްގެ ލީޑަރު މުހައްމަދު ރަޝީދު ހުސައިން (ބިގޭ) ވަނީ ވިދާޅުވެފައެވެ. އޭނާ ވިދާޅުވީ ފ.އަތޮޅުގެ މެންބަރުކަން ކުރިން ކުރައްވާފައިވާ ބޭފުޅަކު ވެސް ދޭތެރެ ތޭރެއިން އޭނާ އަށް ގުޅުއްވާ ކަމަށާއި އެ ފަދަ ޕްރޮޖެކްޓްތައް ހުއްޓާލުމަކީ އެއީ އާއްމުންގެ ވަރަށް ބޮޑު ކަންބޮޑުވުމެއް ކަމަށެވެ. މިފަދަ ކަންކަމާއި ގުޅޭ ޤާނޫނެއް ހުށަހަޅަން ތާއީދުކުރައްވާ ކަމަށް އޭނާ ވަނީ ވިދާޅުވެފައެވެ.

ގަލޮޅު ދެކުނު ދާއިރާގެ މެންބަރު މީކާއީލް ނަސީމް ވަނީ މި މައްސަލަ އަކީ ރައްޔިތުންގެ ކަންބޮޑުވުން އިންތިހާ އަށް އޮތް މައްސަލަ އެއް ކަމަށާއި މަގޫދޫގެ ރައްޔިތުން އަދިވެސް ދަނީ އެ މައްސަލައިގައި މުޒާހަރާކުރަމުން ކަމަށް ވިދާޅުވެފައެވެ. އަދި މިކަމާއި ގުޅުން ހުރި މައްސަލަ އެއް ހުށަހަޅުމުން ސަރުކާރު މެންބަރުން އެކަމާއި މެދު ބަހުސްކުރަން ބޭނުން ނުވުމަކީ ސަރުކާރުން ދެކޭ ގޮތް ސާފުވާ ކަމެއް ކަމަށް އޭނާ ވިދާޅުވިއެވެ. އެކަމުން އެނގެނީ ސަރުކާރު މެންބަރުންނަށް މަޖިލީހުގެ މެޖޯރިޓީ ލިބިއްޖެ ނަމަ ރަބަރު ސްޓޭމްޕަކަށް މަޖިލިސް ހަދާނެކަން ކަމުގައި މީކާއީލް ވިދާޅުވިއެވެ.

ބާރަށު ދާއިރާގެ މެންބަރު އަހުމަދު އަބްދުﷲ ވެސް ވަނީ ބިރުދެއްކުން ހުއްޓާލުމަށާއި މިފަދަ ކަންކަން ހުއްޓުމަށް އެމްޑީޕީ އަށް މަޖިލީހުގެ މެޖޯރިޓީ ދޭން ޖެހޭ ކަމަށް ވިދާޅުވެފައެވެ. އޭނާވެސް ވަނީ މިއީ ދައުލަތުގެ ޚަރަދުތައް އިސްރާފުކުރުން ކަމަށް ސިފަކުރައްވާފައެވެ. އަދި ވަކި ފިކުރެއްގެ ބަޔަކު ވިއްޔާ މަގުމަތިކުރަން މަސައްކަތް ކުރުމަކީ ބަލައިގަނެވޭނެ ކަމެއް ނޫން ކަމަށް ވިދާޅުވިއެވެ. މީގެ އިތުރުން ހުޅުމަލޭ ދާއިރާގެ މެންބަރު އަލީ ނިޔާޒް ވެސް ވަނީ މަގޫދޫ އެއާޕޯޓްގެ މަސައްކަތް ހުއްޓާލުމާ މެދު ވާހަކަދައްކަން ސަރުކާރުން ދެކޮޅު ހަދާ ސަބަބާއި މެދު ސުވާލު އުފައްދަވާފައެވެ. އަދި މަގޫދޫގެ އެއާޕޯޓުގެ މަސައްކަތް ހުއްޓާލުމަށް ފަހު ނިލަންދޫގައި އެއާޕޯޓް އަޅަނީ ކޮން ވިސްނުމެއްގައިތޯ އާއި އެކަމާއި ގުޅޭ ދުރު ރާސްތާ ޕްލޭނަކީ ކޮބާތޯ އޭނާ ވަނީ ސުވާލު އުފައްދަވާފައެވެ.

މި މައްސަލަ އަށް ވާހަކަދައްކަވަމުން ވެލިދޫ ދާއިރާގެ މެންބަރު ޝަފީގް ވިދާޅުވީ މިއީ މުޅި ރާއްޖެ އަށް ދިމާވެފައިވާ މައްސަލަ އެއް ކަމަށެވެ. އެހެން ޕްރޮޖެކްޓްތައް ވެސް ސަރުކާރުން ހުއްޓުވަމުންދާ ކަމަށާއި އެކަމާއި މެދު ސަރުކާރާއި ސުވާލުކުރުމުން އޮޅުވާލަމުންދާ ކަމަށް އޭނާ ވިދާޅުވިއެވެ. އަދި މި މައްސަލައިގައި ސަރުކާރުން މަޖިލީހުގައި ޖަވާބުދާރީވާން ބޭނުން ނުވާ ކަމަށް ޝަފީގް ވަނީ ވިދާޅުވެފައެވެ. މި މައްސަލަ އަށް ވާހަކަދެއްކެވި އެހެން މެންބަރުން ވެސް ވަނީ މަގޫދޫގެ އެއާޕޯޓްގެ މަސައްކަތް ހުއްޓާލުމުން ސަރުކާރަށް ވަރަށް ބޮޑަށް ފާޑު ވިދާޅުވެފައެވެ.

ރައްޔިތުންގެ މަޖިލިސްފ. މަގޫދޫ

ކޮމެންޓް

އިތުރަށް ކިޔާލަން

މިނިސްޓަރު ސައީދަށް އެނގޭ އެކައްޗެއް ވެސް ނެތީތަ؟ ބަންކަރިން އިން ލިބުނު އާމްދަނީ ނޭނގުނުތާ ދެވުނު ވަޒީފާގެ އަދަދު ވެސް ނޭނގުނު!

މިނިސްޓަރު ސައީދަށް އެނގޭ އެކައްޗެއް ވެސް ނެތީތަ؟ ބަންކަރިން އިން ލިބުނު އާމްދަނީ ނޭނގުނުތާ ދެވުނު ވަޒީފާގެ އަދަދު ވެސް ނޭނގުނު!

28 އޮކްޓޯބަރު 2025
ކުރީ ސަރުކާރުން މާލޭ ރައްޔިތުންނަށް ދިން ގޯތިތައް ވެސް މުއިއްޒު ސަރުކާރުން އަތުލަން އުޅޭ ކަމުގެ އިޝާރާތެއް

ކުރީ ސަރުކާރުން މާލޭ ރައްޔިތުންނަށް ދިން ގޯތިތައް ވެސް މުއިއްޒު ސަރުކާރުން އަތުލަން އުޅޭ ކަމުގެ އިޝާރާތެއް

28 އޮކްޓޯބަރު 2025
އިބިލީހުގެ ކައިވެންޏަށް ވީ ޓެކްސީ ލައިނުގެ ޚިދުމަތް، މި ފަހަރު ބަހަނާ އަކީ ރާއްޖެއަށް ލޮނުގެ އަސަރު ކުރާތީ ވެހިކަލް މޮޑިފައި ކުރަން ޖެހުން

އިބިލީހުގެ ކައިވެންޏަށް ވީ ޓެކްސީ ލައިނުގެ ޚިދުމަތް، މި ފަހަރު ބަހަނާ އަކީ ރާއްޖެއަށް ލޮނުގެ އަސަރު ކުރާތީ ވެހިކަލް މޮޑިފައި ކުރަން ޖެހުން

27 އޮކްޓޯބަރު 2025
ދިވެހިންނާ ކައިވެނިކޮށްގެން ރާއްޖޭގައި ދިރިއުޅޭ ބިދޭސީންނަށް އާސަންދަ ދޭން ހުށަހެޅި ގަރާރު ކޮމިޓީއަށް

ދިވެހިންނާ ކައިވެނިކޮށްގެން ރާއްޖޭގައި ދިރިއުޅޭ ބިދޭސީންނަށް އާސަންދަ ދޭން ހުށަހެޅި ގަރާރު ކޮމިޓީއަށް

22 އޮކްޓޯބަރު 2025
"ރައްޔިތުންނަށް ކަމެއް ކޮށްދޭކަށް ލާރިއެއް ނުހުރޭ، ޑްރޯން އެތެރެކޮށްގެން ވަގު ލާރި ހަދަން ވީމަ ލާރި ހުރޭ"

"ރައްޔިތުންނަށް ކަމެއް ކޮށްދޭކަށް ލާރިއެއް ނުހުރޭ، ޑްރޯން އެތެރެކޮށްގެން ވަގު ލާރި ހަދަން ވީމަ ލާރި ހުރޭ"

21 އޮކްޓޯބަރު 2025

އަހަރުތަކުން މިއަދު

19 އެޕްރީލު
ޓެކްސީ ޑްރައިވަރުންގެ އަނެއް ފަރާތް
20251 އަހަރު ކުރިން
ރިޕޯޓު

ޓެކްސީ ޑްރައިވަރުންގެ އަނެއް ފަރާތް

ނައިޖީރިޔާގެ މީހަކު ޗެސްގެ އައު ރިކޯޑެއް ހަދައިފި
20242 އަހަރު ކުރިން
ތަފާތު ޚަބަރު

ނައިޖީރިޔާގެ މީހަކު ޗެސްގެ އައު ރިކޯޑެއް ހަދައިފި

މާއިސާއަށް ނުކުރެވޭ ކަމެއް މަދު، މޮޓޯއަކީ "ވާނެ"، ބޭނުމީ 100 ސެޓްފިކެޓް ހާސިލްކުރަން!
20233 އަހަރު ކުރިން
ރިޕޯޓު

މާއިސާއަށް ނުކުރެވޭ ކަމެއް މަދު، މޮޓޯއަކީ "ވާނެ"، ބޭނުމީ 100 ސެޓްފިކެޓް ހާސިލްކުރަން!

ސަރުކާރު ބަންދު އިތުރު ދުވަސްތަކެއް
20224 އަހަރު ކުރިން
ރާއްޖެ

ސަރުކާރު ބަންދު އިތުރު ދުވަސްތަކެއް

ވަނުއަޓޫއަށް ލައްގާފައިއޮތް، ގޮތް ނޭނގޭ މީހާ ކޮވިޑަށް ޕޮޒިޓިވް
20215 އަހަރު ކުރިން
ދުނިޔެ

ވަނުއަޓޫއަށް ލައްގާފައިއޮތް، ގޮތް ނޭނގޭ މީހާ ކޮވިޑަށް ޕޮޒިޓިވް

މަޖީދިއްޔާގެ ޓައިމް ކެޕްސޫލުން ފެނުނު އަސަރު ގަދަ ސިޓީ
20197 އަހަރު ކުރިން
ރިޕޯޓު

މަޖީދިއްޔާގެ ޓައިމް ކެޕްސޫލުން ފެނުނު އަސަރު ގަދަ ސިޓީ

ފުލުހުންނާއި ސިފައިން ނުކުމެ ރައީސް އަބްދުﷲ ޔާމީނުގެ އަތުގައި ބިޑި އަޅުވަންޖެހޭ ވަރުގެ ވާހަކަތައް ދައްކަވާފައިވޭ: އިންތި
20188 އަހަރު ކުރިން
ރާއްޖެ

ފުލުހުންނާއި ސިފައިން ނުކުމެ ރައީސް އަބްދުﷲ ޔާމީނުގެ އަތުގައި ބިޑި އަޅުވަންޖެހޭ ވަރުގެ ވާހަކަތައް ދައްކަވާފައިވޭ: އިންތި

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު