Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • ލައިފް ސްޓައިލް
ތަފާތު ޚަބަރު
މޮސްކޯއަށް ދިން ޓެރަރިސްޓް ހަމަލާ

މޮސްކޯއަށް ދިން ޓެރަރިސްޓް ހަމަލާގައި 100 އެތައް ބައެއްގެ ފުރާނަ ސަލާމަތް ކޮށްދިނީ މުސްލިމު ކުއްޖެއް!

ހައްދު ފަހަނަ އަޅާފައި ވާ ހަތިޔާރުއެޅި ހަނގުރާމަވެރި އައިސިސް ޖަމާއަތުން ޒިންމާ އުފުލި އެ ހަމަލާއާ ގުޅިގެން ރަޝިއާގެ ތަހުގީގީ ކޮމިޓީއިން މިހާރު ވަނީ 11 މީހަކު ހައްޔަރުކޮށްފައި

ޢާއިޝާ ރީމާ ވަޙީދު
ޢާއިޝާ ރީމާ ވަޙީދު, ރާއްޖެ އެމްވީ | 1 އެޕްރީލު 2024 | ހޯމަ 10:13
ރާވިލް ގައިނުއްދީން؛ ރަޝިއާގެ ގްރޭންޑް މުފްތީ

ރާވިލް ގައިނުއްދީން؛ ރަޝިއާގެ ގްރޭންޑް މުފްތީ

އެއީ މާޗް 22 ވީ ހުކުރު ދުވަހެވެ. ރަޝިޔާގެ ވެރިކަން ކުރާ މޮސްކޯގެ ކްރޯކަސް ސިޓީ ކޮންސެޓް ހޯލުގައި ޓެރަރިސްޓް ހަމަލާދީ 143 މީހަކު މަރާލިއެވެ. ހަތިޔާރު އަޅައިގެން ތިބި ބަޔަކު ހޯލު ތެރެއަށް ވަދެ، ބަޑީގެ ވަޒަންތައް ޖަހަމުން މީހުން މަރަމުން ދިޔަ އިރު، 6000 އަށް ވުރެ ގިނަ މީހުން ޖަމާވެފައި އޮތް އެ ހޯލުން މީހުން ސަލާމަތް ކުރުމުގެ މަސައްކަތުގައި އުޅުނު އެކަކީ އުމުރުން އެންމެ 15 އަހަރުގެ އިސްލާމް ޚަލީލޯފްއެވެ. އިސްލާމް ވަނީ، 100 އަށް ވުރެ ގިނަ މީހުންގެ ފުރާނަ ސަލާމަތް ކުރަން އެހީވެދީފައެވެ. އޭރުވެސް ބަޑީގެ ހަމަލާތައް ކެނޑިނޭޅި ދެމުން ދިޔައެވެ.  

އިސްލާމްއަކީ ކްރޯކަސް ސިޓީ ކޮންސެޓް ހޯލުގެ ބޭސްމަންޓްގައި މަސައްކަތް ކުރާ ކުއްޖެކެވެ. އޭނާގެ މަސައްކަތަކީ، އެ އިމާރާތަށް ވަދެ ނުކުމެ ހަދާ މީހުންގެ ކޯޓުތަކާއި އެފަދަ ސާމާނުތައް އުސޫލެއްގެ ދަށުން ބެލެހެއްޓުމެވެ. ޓެރަރިސްޓް ހަމަލާ ދިން ދުވަހުގެ ވާހަކަތައް ކިޔައިދެމުން އިސްލާމް ބުނީ، ދުވަސް ފެށިގެން އައި އާންމު ދުވަހެއް ފަދައިން ކަމަށެވެ. ކަމެއް ގޯސްވެދާނެ ކަމުގެ ކުޑަނަމަވެސް އިޝާރާތެއް ނެތް ކަމަށް އޭނާ ބުންޏެވެ. ޝޯވ ބަލަން އައި މީހުންނަށް ދޭން ޖެހޭ ޚިދުމަތްތައް ދިނުމަށް ފަހު އިސްލާމް ހިނދެމިލިއެވެ. އޭރު، ހޯލުގެ ދޮރު ލެއްޕުމަށްޓަކާ 3 ވަނަ ރަނގަބީލު އަޅައިފިއެވެ. ކޮންސެޓް ފަށަން ހަމަޖައްސާފައި އޮތީ ރޭގަނޑު 08:00 އެވެ. ޓެރަރިސްޓް ހަމަލާ ފެށީވެސް ހަމަ އެގަޑީގައެވެ.

ހައްދު ފަހަނަ އަޅާފައި ވާ ހަތިޔާރުއެޅި ހަނގުރާމަވެރި އައިސިސް ޖަމާއަތުން ޒިންމާ އުފުލި އެ ހަމަލާއާ ގުޅިގެން ރަޝިއާގެ ތަހުގީގީ ކޮމިޓީއިން މިހާރު ވަނީ 11 މީހަކު ހައްޔަރުކޮށްފައެވެ. އޭގެ ތެރޭގައި، ހަމަލާގެ އޭޖެންޓުންގެ ގޮތުގައި އުޅުނު 4 މީހަކުވެސް ހިމެނެއެވެ. ކަމާ ބެހޭ ފަރާތްތަކުގެ ބެލުމުގެ ދަށަށް އެ މީހުން ގެންގޮސްފައި ވަނީ ޔޫކްރައިންއަށް ފިލަން ދުވަނިކޮށް ކަމަށް ޚަބަރުތައް ބުނެއެވެ.

ޓެރަރިސްޓް ހަމަލާގެ ފެށުން އައި ގޮތުގެ ވާހަކަ ކިޔައިދެމުން އިސްލާމް ބުނީ، ބޭސްމަންޓުގައި ހުންނަ ކޯޓު އަޅުވާ އަލަމާރި ސަރަހައްދުގައި ހުއްޓާ، އާދަޔާ ޚިލާފު އަޑުތަކެއް އިވެން ފެށި ކަމަށެވެ. ފުރަތަމަވެސް ޚިޔާލަށް އައީ ރާބޮއެ، މަސްތުގެ ހާލަތުގައި ތިބި ބައެއްގެ ކަމެއް ކަމަށެވެ. ދެން ހީކުރީ ލިފްޓަށް މައްސަލައެއް ދިމާވީ ކަމަށެވެ. ހާސްވެގެން އެކި ކޮޅުކޮޅަށް މީހުން ދުވާ މަންޒަރު ފެނުނީ އޭގެ ފަހުން ކަމަށާ، ޓެރަރިސްޓް ހަމަލާއެއް ދީގެން އުޅޭ ކަމަށް ކުރެވުނު ޝައްކު، ޔަޤީން ވީ އެހާ ހިސާބުން ކަމަށް އިސްލާމް ބުންޏެވެ.

ވަގުތުން ވަގުތަށް، މީހުން ސަލާމަތް ކުރުމުގެ މަސައްކަތް އޭނާ ފެށިއެވެ. އެފަދަ ހާދިޘާއެއް ހިނގައިފިނަމަ މީހުން ސަލާމަތް ކުރަން ހިންގަން ޖެހޭ އޮޕަރޭޝަންއާ އެއްގޮތަށް، ހޯލު ސަރަހައްދުން މީހުން ދުރަށް ޖެއްސުމުގެ މަސައްކަތް ފެށިއެވެ. އިސްލާމް ބުނި ގޮތުގައި، އެފަދަ ހާދިޘާއަކަށް މުވައްޒަފުން ތަމްރީނު ކުރިތާ އަދި މާ ގިނަ ދުވަހެއް ނުވެއެވެ. ކޮންސެޓް ހޯލަށް ޓެރަރިސްޓް ހަމަލާއެއް ދީފި ހިނދެއްގައި މީހުން ސަލާމަތް ކުރުމުގެ މަސައްކަތް ކުރާނެ ގޮތުގެ ތަމްރީނުތައް ދިނީ މާޗް 8 ވަނަ ދުވަހުއެވެ. ތަމްރީނުތަކެއް ލިބިފައި ހުއްޓެއް ކަމަކު، އަމިއްލަ ނަފުސުވެސް ނުރައްކަލަށް ހުށަހެޅިފައި އޮތް ހާލަތެއްގައި، އެހެން މީހުން ސަލާމަތް ކުރުމުގެ މަސައްކަތުގައި އުޅެވޭނީ ފިސާރި ސާބިތު ހިތެއްގެ ވެރިއަކަށް ކަމާ މެދު ދެބަސް ވާނެ މީހަކު  މަދުވާނެއެވެ.

މުވައްޒަފުންގެ ޔުނީފޯމް އަޅައިގެން ހުރުމުންނާއި، ކޮންސެޓް ހޯލަށް ދިއުމުގެ ކުރިން އަލަމާރި ސަރަހައްދުން އޭނާއާ ބައްދަލުވެފައި ހުރުމުން ގިނަ ބައެއްގެ އިތުބާރު ހޯދަންވެސް ފަސޭހަވި ކަމަށް އިސްލާމް ކިޔައިދިނެވެ. އިމާރާތުން ބޭރަށް މީހުންތައް ނެރުމަށް ފަހު އިތުރު މީހަކު ހުރިތޯ ބަލަން ވަންނަންވެސް އިސްލާމް ހުރީ ތައްޔާރަށެވެ. ނަމަވެސް، ސަލާމަތީ ބާރުތަކުން އޭރު އޮތީ އެކަން މަނާކޮށްފައެވެ.

ޓެރަރިސްޓް ހަމަލާ ދޭން ފެށީ ރޯދަ ވީއްލާ ނިމުނު ފަހުން ކަމުން، ހަށިގަނޑުގައި ފުދޭ ވަރަކަށް ވަރުޖެހިލާފައި ހުރިކަމަށް އިސްލާމް ބުނެއެވެ. އެއްވެސް އަނިޔާއެއް ނުލިބި، ސަލާމަތުން ޢާއިލާ ގާތަށް ދެވުނު ކަމަށްޓަކާ، ﷲ އަށް އޭނާ ޙަމްދު ކުރިއެވެ. ހަމަލާއަށް ފަހު، އޭނާ ފަދަ އެހެން މުސްލިމުންނާ ބައްދަލުކޮށް، ވާހަކަދައްކާ އުޅެލެމުން ނަފްސާނީ ނުތަނަވަސްކަންވެސް ފިލާ ދިޔަ ކަމަށް އިސްލާމް ބުންޏެވެ. ރޭއަޅުކަމާއި، ޛިކްރުން އޭނާ ހިތްހަމަޖެހުން ހޯދައެވެ.

އިސްލާމްގެ ސްކޫލުންވެސް އޭނާއަށް ވަނީ ހޫނު މަރްޙަބާއެއް ކިޔާފައެވެ. އެތައް ޝަރަފެއް ދީފައެވެ. އިސްލާމް މިހާރު ވަނީ، ބަޠަލެއްގެ ދަރަޖާގައި މެޑަލްވެސް ހާސިލުކޮށްފައެވެ. ނަމަވެސް، ފަހަރެއްގައިވެސް އޭނާގެ ކިބައިން ބޮޑާ ކަމުގެ ސިފައެއް ނުފެނެއެވެ.

އިސްލާމް އަކީ އޭނާގެ ބައްޕަ، ބަޚްތިޔޯރް ޚަލީލޯފް ބުނާ ގޮތުން ނަމަ "ބައިނަލްއަޤުވާމީ ޢާއިލާ"އަކަށް ނިސްބަތްވާ ކުއްޖެކެވެ. ބައްޕަ ނިސްބަތް ވަނީ އުޒްބަކިސްތާނަށެވެ. މަންމައަކީ ކިރިގިސްތާނު މީހެކެވެ. މިދިޔަ އަހަރުތަކުގައި އިސްލާމް ވަނީ އެކި ސްކޫލުތަކުގައި ތައުލީމު ހާސިލުކޮށްފައެވެ. ރަޝިއާގެ ސްކޫލުތަކުގެ އިތުރުން އުޒްބަކިސްތާން، ކިރިގިސްތާން އަދި ކަޒަކްސްތާންގެ ސްކޫލުތައް ހިމެނެއެވެ. ޢުމުރުން އެންމެ 12 އަހަރުން ފަށައިގެން އިސްލާމް އަންނަނީ ކިޔެވުމުގެ އިތިރުން، ދިރިއުޅުމަށް ޕަރޓް-ޓައިމް އުސޫލުން ވަޒީފާވެސް އަދާ ކުރަމުންނެވެ. 

ބަޚްތިޔޯރް ޚަލީލޯފް ބުނި ގޮތުގައި އޭނާގެ ދޮށީ ފިރިހެން ދަރިފުޅަށް ނަން ދީފައި ވަނީ، އަހަރެމެން އެންމެންވެސް އެ ދީނަކަށް ތަބާވާ އިސްލާމް ދީނުގެ ނަމުން ކަމަށެވެ. އަދި އިސްލާމް ދީނަކީ އޯގާތެރިކަން ފަތުރާ، ޓެރަރިޒަމްގެ އަމަލުތައް ކުށްވެރި ކުރާ ދީނެއް ކަމަށާއި، ކޮންސެޓް ހޯލަށް ދިން ހަމަލާއަކީ ދީނާ ގުޅުން ހުރި ކަމެއް ނޫން ކަމަށް އޭނާ ބުންޏެވެ. އަނެކާއަށް އެހީތެރިވެދީ، ތެދުވެރިކަމާއި ނަޒާހާތްތެރިކަމާއެކީ މަސައްކަތް ކުރުމުގެ މުހިންމުކަން ދަރިންނަށް ވިސްނައިދީފައި ވާނެ ކަމަށްވެސް ބަޚްތިޔޯރް ޚަލީލޯފް ބުންޏެވެ. އިސްލާމް ވަނީ ކިތަންމެ ރަނގަޅަކަށްވެސް، އެ ބައްޕަގެ ތަރުބިއްޔަތުގެ ފުރިހަމަކަން ސާބިތުކޮށްދީފައެވެ.

ޓެރަރިސްޓް ހަމަލާގައި އިސްލާމް އަދާކުރި ހިތްވަރުގަދަ ދައުރުގެ އަގުވަޒަންކޮށް އޭނާއަށް އެންމެ ހާއްސަ މެޑަލްއެއް އެވޯޑް ކުރީ މާޗް 29 ވަނަ ދުވަހުއެވެ. ހާދިޘާގެ ވަގުތު، އެތައް ބަޔަކު ސަލާމަތް ކުރުމުގެ މަސައްކަތުގައި އިސްލާމް އުޅުނު މަންޒަރު ފެންނަ ވީޑިއޯތަކެއް ސޯޝަލް މީޑިއާގައިވެސް ވަނީ ދައުރުވެފައެވެ. އިސްލާމްގެ މަސައްކަތަށް އެތައް ބައެއްގެ ތައުރީފު ދަނީ އޮހެމުންނެވެ. ބަޑީގެ ހަމަލާތައް ދިން އިމާރާތުގައި ރޯވެ އަނދަމުން ދިޔައިރު، އެ އިމާރާތުގެ ފުރާޅު ވެއްޓި 200 އަށް ވުރެ ގިނަ އަދަދެއްގެ ބަޔަކު މި ދުނިޔެއާ ވަކިވެ ދިއުމުގެ ފުރުޞަތު އޮތް ކަމަށް، ކަމާ ބެހޭ ފަރާތްތަކުން ވަނީ ބުނެފައެވެ.

މޮސްކޯ

ކޮމެންޓް

އިތުރަށް ކިޔާލަން

ރަޝިޔާ އާއި އިންޑިއާގެ ގުޅުން ވަރުގަދަ ކުރަނީ، އަހަރުގެ ފަހު ކޮޅު ޕުޓިން އިންޑިއާ އަށް

ރަޝިޔާ އާއި އިންޑިއާގެ ގުޅުން ވަރުގަދަ ކުރަނީ، އަހަރުގެ ފަހު ކޮޅު ޕުޓިން އިންޑިއާ އަށް

08 އޯގަސްޓު 2025
ޔުކްރެއިން އިން މޮސްކޯ އަށް ހަމަލާ ދީގެން ނުވާނެ ކަމަށް ޓްރަމްޕް ވިދާޅުވެއްޖެ 

ޔުކްރެއިން އިން މޮސްކޯ އަށް ހަމަލާ ދީގެން ނުވާނެ ކަމަށް ޓްރަމްޕް ވިދާޅުވެއްޖެ 

16 ޖުލައި 2025
ޖޯޖްއާއި އަމާލް ކްލޫނީއަށް އެއްމާބަނޑު ދެކުދިން ލިބިއްޖެ

ޖޯޖްއާއި އަމާލް ކްލޫނީއަށް އެއްމާބަނޑު ދެކުދިން ލިބިއްޖެ

06 ޖޫން 2017
ސެލީނާ ޖެއިޓްލީ އަށް އަނެއްކާ ވެސް ލިބެނީ އެއްމާބަނޑު ދެކުދިން

ސެލީނާ ޖެއިޓްލީ އަށް އަނެއްކާ ވެސް ލިބެނީ އެއްމާބަނޑު ދެކުދިން

25 މެއި 2017
ހަމަލާ ދިން މީހުން ރޭޕް ކޮށްފާނެކަމުގެ ބިރު ގަތް، ސަލާމަތްވާނެ ގޮތެއް ނެތް: ކިމް ކާޑޭޝިއަން

ހަމަލާ ދިން މީހުން ރޭޕް ކޮށްފާނެކަމުގެ ބިރު ގަތް، ސަލާމަތްވާނެ ގޮތެއް ނެތް: ކިމް ކާޑޭޝިއަން

20 މާރިޗު 2017

އަހަރުތަކުން މިއަދު

17 ޖެނުއަރީ
ފަލާޙުގެ ރުޅި ގަނޑާއި، މިސްކިތު ހުޅު ޖެހި މީހާގެ ވާހަކަ!
20251 އަހަރު ކުރިން
ރިޕޯޓު

ފަލާޙުގެ ރުޅި ގަނޑާއި، މިސްކިތު ހުޅު ޖެހި މީހާގެ ވާހަކަ!

ކޯ ގްރޫޕް ބައްދަލުވުމުގައި، މަޝްރޫއުތައް ހިންގުން އަވަސްކުރުމާ ބެހޭގޮތުން މަޝްވަރާކުރި - އިންޑިއާ
20242 އަހަރު ކުރިން
ރާއްޖެ

ކޯ ގްރޫޕް ބައްދަލުވުމުގައި، މަޝްރޫއުތައް ހިންގުން އަވަސްކުރުމާ ބެހޭގޮތުން މަޝްވަރާކުރި - އިންޑިއާ

ވިލިމާލޭގައި އެމްޓީސީސީން ބަހުގެ ޚިދުމަތް ފެށުން މުއިއްޒުއަށް ކަމަކު ނުދިޔަ
20233 އަހަރު ކުރިން
ރާއްޖެ

ވިލިމާލޭގައި އެމްޓީސީސީން ބަހުގެ ޚިދުމަތް ފެށުން މުއިއްޒުއަށް ކަމަކު ނުދިޔަ

އަލިފާން ރޯވީ ފްލައިޓްގެ ކޮކްޕިޓްކައިރީގައި ހިނގި ހާދިސާއަކުން: މޯލްޑިވިއަން
20224 އަހަރު ކުރިން
ރާއްޖެ

އަލިފާން ރޯވީ ފްލައިޓްގެ ކޮކްޕިޓްކައިރީގައި ހިނގި ހާދިސާއަކުން: މޯލްޑިވިއަން

ހުވާ ކުރުމާއެކު \'މުސްލިމް ބޭން\' އަމުރު އުވައިލަން ބައިޑެން ނިންމަވައިފި
20215 އަހަރު ކުރިން
ދުނިޔެ

ހުވާ ކުރުމާއެކު \'މުސްލިމް ބޭން\' އަމުރު އުވައިލަން ބައިޑެން ނިންމަވައިފި

ހިންނަވަރު ދާއިރާގެ ޓިކެޓް ޖީހާން ކާމިޔާބުކޮށްފި
20197 އަހަރު ކުރިން
ރާއްޖެ

ހިންނަވަރު ދާއިރާގެ ޓިކެޓް ޖީހާން ކާމިޔާބުކޮށްފި

ދުފުން – އާދަކާދައާއި ގުޅިފައިވާ ނުރައްކާތެރި ދުޝްމަނެއް
20188 އަހަރު ކުރިން
ރިޕޯޓު

ދުފުން – އާދަކާދައާއި ގުޅިފައިވާ ނުރައްކާތެރި ދުޝްމަނެއް

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު