Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - worldAdvertisement
ދުނިޔެ ޕެރޫގެ ރައީސްގެ ކޮރަޕްޝަން

ރޮލެކްސް ގަޑިތަކެއްގެ ކޮރަޕްޝަންގެ ތުހުމަތުގައި ޕެރޫގެ ރައީސްގެ ގެކޮޅު ފުލުހުން ބަލާފާސްކޮށްފި

ރައީސް ވިދާޅުވީ ބޭނުން ކުރެއްވި ރޮލެކްސް ގަޑިއަކީ އުމުރުފުޅުން 18 އަހަރުން ފެށިގެން މަސައްކަތް ކުރައްވާ އެއްކުރެއްވި ފައިސާ އަށް ހޯއްދަވާފައި އޮތް ދުވަސްވީ އައިޓަމް އެއް ކަމަށެވެ.

ފާޠިމަތު ޒުހައިރާ
ފާޠިމަތު ޒުހައިރާ | 31 މާރިޗު 2024 | އާދީއްތަ 17:13
ޕެރޫ ގެ ރައީސް ޑީނާ ބޮލުއާޓޭ

ޕެރޫ ގެ ރައީސް ޑީނާ ބޮލުއާޓޭ

"ރޮލެކްސްގޭޓް" ގެ ނަމުން ނަންދީފައިވާ ކޮރަޕްޝަން ތަހުގީގެއްގައި ޕެރޫ ގެ ރައީސް ޑީނާ ބޮލުއާޓޭ ގެ ގެކޮޅު ފުލުހުން ބަލާފާސްކޮށްފިއެވެ. އިދާރާތަކުން ހޯދަމުން ދަނީ ރައީސް "ޑިކްލެއަރ" ނުކުރައްވާ ހުރި 12 އަށް ވުރެ ގިނަ ރޮލެކްސް ގަޑި ހޯދުމަށް ކަމަށް ޚަބަރުތައް ބުނެއެވެ. ތަހުގީގު ފަށާފައިވަނީ ޑިސެމްބަރ 2022 ގައި ރައީސް ބޮލުއާޓޭ މަގާމާ ހަވާލުވެވަޑައިގެންނެވި ހަމައިން އަޅުއްވަމުން ގެންދެވި އަގުބޮޑު ގަޑި ތަކަކަށް އާންމުންގެ ސަމާލުކަން އައި ހަމައިންނެވެ. ހޮނިހިރު ދުވަހު ކުރިޔަށް ދިޔަ ރެއިޑް, ސަރުކާރުން ސިފަ ކޮށްފައިވަނީ ގާނޫނާ ޚީލާފަށް ކޮށްފައިވާ ކަމެއްގެ ގޮތުގައެވެ. އަދި ތުހުމަތާ ނުބައްދަލް ވަރަށް ކަންތައް މައްޗަށް ޖައްސާލާފައިވާ ކަމަށް ސަރުކާރުން ބުނެފައިވެއެވެ.

މިކަމާ ގުޅިގެން، ފާއިތުވި ދެއަހަރު ރައީސް ބޮލުއާޓޭ ޑިކްލެއަރ ކުރައްވާފަހުރި އެސެޓް ތައް ރިވިއުކުރާނެ ކަމަށް ސަރުކާރުގެ ކަމާބެހޭ އިދާރާއިން ބުނެފައިވެއެވެ. އަދި މިކަމާގުޅިގެން ރައީސް އިސްތިއުފާދެއްވުމުގެ "ސުވާލެއްވެސް" ނެތް ކަމަށް ބޮޑުވަޒީރުވެސް ވަނީ ވިދާޅުވެވަފައެވެ.

މިދިޔަހަފްތާގައި ރައީސް ބޮލުއާޓޭ ވިދާޅުވެފައިވަނީ އެކަމަނާ ވެރިކަމަށް ވަޑައިގަތީ ސާފު އަތްޕުޅަކާއެކުކަމަށާ އެބުރި ވަޑައިގަންނަވާނީވެސް ސާފު އަތްޕުޅަކާއެކު ކަމަށެވެ. އަދި ބޭނުން ކުރެއްވި ރޮލެކްސް ގަޑިއަކީ އުމުރުފުޅުން 18 އަހަރުން ފެށިގެން މަސައްކަތް ކުރައްވާ އެއްކުރެއްވި ފައިސާ އަށް ހޯއްދަވާފައި އޮތް ދުވަސްވީ އައިޓަމް އެއް ކަމަށެވެ.

ފުލުހުންނާ ޕްރޮސެކިއުޓަރުގެ އޮފީސް ގުޅިގެން ހޮނިހިރު ދުވަހު ފަތިހުގެ ވަގުތު ކުރިޔަށް ގެންދިޔަ ރެއިޑް ވަނީ ޕެރޫގެ ލޯކަލް ޓީވީ ޗެނަލަކުން ދުރަށް ދައްކާފައެވެ. ރެއިޑް ކުރިޔަށް ގެންދިއުމަށް ފުލުހުން އެގެޔަށް ވަދެފައިވަނީ ދޮރުހުޅުވަން އަންގާ ނުހުޅުވުމުން ދޮރުހަލާކު ކޮށްލައިގެންނެވެ. ލީމާ ޑިސްޓްރިކްޓް ގަ ހުންނަ ރައީސްގެ އަމިއްލަ ގެކޮޅާ އެކުއެކީ ރިޔާސީ ގަނޑުވަރުވެސް ވަނީ ރެއިޑް ކޮށްފައެވެ.

ރެއިޑެއް ކުރިޔަށް ގެންދިއުމުގެ ކުރިން ޕްރޮސެކިއުޓަރުވަނީ ގަޑިތައް ބައްލަވައިގަތް ގޮތުގެ ހެކި ހުށަހެޅުއްވުމަށް ރައީސަށް ދަންނަވާފައެވެ. ނަމަވެސް މިކަމަށް އިތުރު ވަގުތު ބޭނުންވާކަމަށް ރައީސް ވިދާޅުވުމުން ޕްރޮސެކިއުޓަރު ވަނީ އެކަމަށް ހުއްދަ ނުދީފައެވެ.  

އިތުރަށް ކިޔާލަން

07 ނޮވެމްބަރު 2017

ސައުދީ ކޮރަޕްޝަންގެ މައްސަލާގައި މީހުން ހައްޔަރު ކުރުމަކީ ފެށުމެއް: އެޓާނީ ޖެނެރަލް

07 ނޮވެމްބަރު 2017
ސައުދީ ކޮރަޕްޝަންގެ މައްސަލާގައި މީހުން ހައްޔަރު ކުރުމަކީ ފެށުމެއް: އެޓާނީ ޖެނެރަލް
05 ނޮވެމްބަރު 2017

ކޮރަޕްޝަންގެ ތުހުމަތުގައި ސައުދީ 11 އަމީރަކާއި 4 ވަޒީރަކު ހައްޔަރުކޮށްފި

05 ނޮވެމްބަރު 2017
ކޮރަޕްޝަންގެ ތުހުމަތުގައި ސައުދީ 11 އަމީރަކާއި 4 ވަޒީރަކު ހައްޔަރުކޮށްފި
04 ނޮވެމްބަރު 2017

ކޮރަޕްޝަންގެ މައްސަލާގައި އާޖެންޓީނާގެ ކުރީގެ ނައިބު ރައީސް ހައްޔަރުކޮށްފި

04 ނޮވެމްބަރު 2017
ކޮރަޕްޝަންގެ މައްސަލާގައި އާޖެންޓީނާގެ ކުރީގެ ނައިބު ރައީސް ހައްޔަރުކޮށްފި
10 އޯގަސްޓު 2017

ކޮރަޕްޝަންގެ ތުހުމަތުތަކާ އެކު ލަންކާގެ ފޮރިން މިނިސްޓަރު އިސްތިއުފާ ދެއްވައިފި

10 އޯގަސްޓު 2017
ކޮރަޕްޝަންގެ ތުހުމަތުތަކާ އެކު ލަންކާގެ ފޮރިން މިނިސްޓަރު އިސްތިއުފާ ދެއްވައިފި
03 އޯގަސްޓު 2017

ކޮރަޕްޝަނުގެ ތުހުމަތުގައި ނެގި ވޯޓުން ބްރެޒިލްގެ ރައީސް ސަލާމަތްވެއްޖެ

03 އޯގަސްޓު 2017
ކޮރަޕްޝަނުގެ ތުހުމަތުގައި ނެގި ވޯޓުން ބްރެޒިލްގެ ރައީސް ސަލާމަތްވެއްޖެ
15 ޖުލައި 2017

މަނީ ލޯންޑަރިންގެ ތުހުމަތުގައި ޕެރޫގެ ކުރީގެ ރައީސްގެ ދެކަނބަލުން ހައްޔަރުކޮށްފި

15 ޖުލައި 2017
މަނީ ލޯންޑަރިންގެ ތުހުމަތުގައި ޕެރޫގެ ކުރީގެ ރައީސްގެ ދެކަނބަލުން ހައްޔަރުކޮށްފި
16 ޖޫން 2017

ޔޫރަޕްގައި އިސްލާމް ދީނާ ގުޅުވައިގެން ޓެރަރިޒަމްގެ އަމަލުތައް ހިންގި ކަމުގެ ތުހުމަތުގައި ހައްޔަރު ކުރި މީހުންގެ އަަދަަދު މައްޗަށް

16 ޖޫން 2017
ޔޫރަޕްގައި އިސްލާމް ދީނާ ގުޅުވައިގެން ޓެރަރިޒަމްގެ އަމަލުތައް ހިންގި ކަމުގެ ތުހުމަތުގައި ހައްޔަރު ކުރި މީހުންގެ އަަދަަދު މައްޗަށް
14 ފެބުރުއަރީ 2017

ޑްރަގް ޓްރެފިކްކުރާ ކަމުގެ ތުހުމަތުގައި ވެނެޒުއޭލާގެ ނައިބު ރައީސްއަށް އެމެރިކާއިން ދަތިކޮށްފި

14 ފެބުރުއަރީ 2017
ޑްރަގް ޓްރެފިކްކުރާ ކަމުގެ ތުހުމަތުގައި ވެނެޒުއޭލާގެ ނައިބު ރައީސްއަށް އެމެރިކާއިން ދަތިކޮށްފި
26 ޖެނުއަރީ 2017

ހެއިޓީގެ އިންތިޚާބީ ރައީސް ޖޮވެނެލް މޮއިސްއާ ދެކޮޅަށް ކޮރަޕްޝަންގެ ތުހުމަތުތަކެއް

26 ޖެނުއަރީ 2017
ހެއިޓީގެ އިންތިޚާބީ ރައީސް ޖޮވެނެލް މޮއިސްއާ ދެކޮޅަށް ކޮރަޕްޝަންގެ ތުހުމަތުތަކެއް
07 ޖެނުއަރީ 2017

ކޮރަޕްޝަންގެ ތުހުމަތުގައި އަނެއްކާވެސް ނަތަންޔާހޫއާ ސުވާލު ކޮށްފި

07 ޖެނުއަރީ 2017
ކޮރަޕްޝަންގެ ތުހުމަތުގައި އަނެއްކާވެސް ނަތަންޔާހޫއާ ސުވާލު ކޮށްފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު