Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރިޕޯޓުޕީޕީއެމް-ޕީއެންސީ

ފަސޭހަ ގޮނޑި މިވީ ބޮޑު ބޮލު ރިހުމަކަށް؟

ކޮއްކޯފުޅުގެ މަޖިލިސް ގޮނޑިއަށް ޓަކައި، އެހެން ދާއިރާއެއް ޤުރުބާން ކުރެއްވީ

ޝައިހާން ޒަރީރް
ޝައިހާން ޒަރީރް | 1 އެޕްރީލު 2024 | ހޯމަ 06:21
ނިލަންދޫ ދާއިރާ އަށް ވާދަކުރައްވާ ރައީސް މުޢިއްޒުގެ ކޮއްކޯފުޅު، ފާތިމަތު ސައުދާ

ނިލަންދޫ ދާއިރާ އަށް ވާދަކުރައްވާ ރައީސް މުޢިއްޒުގެ ކޮއްކޯފުޅު، ފާތިމަތު ސައުދާ

ދައްކަން މިއުޅޭ ވާހަކަ އަކީ އެއްބަޔަކަށް އަޑު އަހާލަން އެހާ ފަސޭހަ ވާހަކަ އަކަށް ނުވެދާނެ އެވެ. ވާނީ ވެސް އެހެން ނޫންތޯ އެވެ. ދޮގާއި މަކަރުން ހުރިހާ ކަމެއް ކުރަމުން، އެ ބުނާ މުއިއްޒު ސްޕީޑުގައި އެހެރަ ވަޒީފާތައް އޮއްސަނީ އެވެ. ދާއިރާ މީހަކު އެތައް މޭލު ދުރުގަ ހުއްޓަސް، އެހެން ފިކުރެއްގެ މީހަކަސް، އިދިކޮޅު ކެންޑިޑޭޓެއްގެ މީހެއް ކަމުގައި ވިއަސް ޖެހެނީ ވަޒީފާ ހަމަޖައްސާ ދޭށެވެ. މިހުރިހާ ކަމެއް ވެސް ކޮށްދޭން މިޖެހެނީ ކޮއްކޮގެ ގޮނޑި ކަށަވަރުކުރާށޯލަ އެވެ. އާނއެކެވެ. ރައީސް ޑޮކްޓަރު މުޙައްމަދު މުޢިއްޒު އަށް މިފަހަރު މިޖެހުނީ ކަމަކާ އެވެ.

ނިލަންދޫ ދާއިރާގެ ގޮނޑި އަކީ އަބަދު ވެސް ޕީޕީއެމް ނުވަތަ ޕީއެންސީގެ ފިކުރަށް ލިބޭ ގޮނޑި އެކެވެ. އެ ދާއިރާ އަށް އަމިއްލަ ގޮތުން ވާދަކުރައްވާ، ކާމިޔާބުކުރެއްވި ކެންޑިޑޭޓުންނަކީ ވެސް އެ ފިކުރަށް ތާއީދު ކުރެއްވި ބޭފުޅުންނެވެ. މަޖިލީހަށް އިންތިޚާބުގެ، ވަކި ހިސާބަކުން އެ ފިކުރާ ގުޅިވަޑައިގަންނަވަ އެވެ. މީގެ ކުރިން ނިލަންދޫ ދާއިރާގެ ގޮނޑި ކާމިޔާބު ކުރެއްވުމަށް، ސަރުކާރުން މާ ޕްރެޝަރު ނަންގަވާކަން ނުޖެހެ އެވެ.

މީގެ ކުރިން 2014 ވަނަ އަހަރު އޮތް ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބާ ކުރިމަތިލީއިރު، ވެރިކަމުގައި އޮތީ ޕީޕީއެމް އެވެ. އެ ފަހަރު ނިލަންދޫ ދާއިރާގެ ގޮނޑި ކާމިޔާބު ކުރެއްވީ ވެސް ޕީޕީއެމް ފިކުރުގެ އަމިއްލަ ކެންޑިޑޭޓެކެވެ. އިންތިޚާބުގެ ފަހުން ހުވާ ކުރައްވައި، ޕީޕީއެމާ ގުޅިވަޑައިގެން، އެ ޕާޓީގެ ސެކްރެޓަރީ ޖެނަރަލްގެ މަގާމު ވެސް ފުރުއްވި އެވެ. އެ ފަހަރުގެ އެ އިންތިޚާބު ކާމިޔާބު ކުރުމަށް، ސަރުކާރުން މާ ބޮޑު މަސައްކަތެއް ކުރާކަށް ނުޖެހުނެވެ. ވަރުވަރުން ސިޔާސީ މަޤާމުތައް ނުބައްސަވަ އެވެ. އަނެއްކޮޅުން، އެހެން ދާއިރާއެއްގެ ތަރައްޤީގެ މަޝްރޫއެއް ވެސް "ޖަހައިގެންފައެއް" ނުވެ އެވެ.

ނަމަވެސް، މިއަދު ވެރިކަމުގައި އޮތް ޕީޕީއެން-ޕީއެންސީން އުޅޭނީ ވަރަށް ޕްރެޝަރުގަ އެވެ. މީގެ ކުރިން ފެން ފޮދެއް ބޯލުންހާ ފަސޭހަކަމާއެކު ކާމިޔާބު ކުރާ ގޮނޑި ހޯދުމަށް، މިފަހަރު ލައްކަ ކަންތައް އެބަ ކުރެ އެވެ. މިފަހަރު އެ ދާއިރާ އަށް ވާދަކުރައްވަނީ ވެސް ރައީސުލްޖުމްހޫރިއްޔާ އަދި ޕީއެންސީގެ ރައީސް ޑޮކްޓަރު މުޙައްމަދު މުޢިއްޒުގެ އެއްބަނޑު ކޮއްކޯފުޅު ފާތިމަތު ސައުދާ އެވެ. އެހެންކަމުން، ސަރުކާރަށް މި ގޮނޑި މުހިންމުވާނެ މިންވަރު ހިތައް ގެންނާށެވެ.

ނިލަންދޫ ދާއިރާ އަށް އަމިއްލަފުޅު ކޮއްކޯފުޅު ނެރުއްވައިގެން ފަސޭހަ ކަމާއެކު ކާމިޔާބު ކުރަން ސަރުކާރުން ޖެހި ހިސާބު ގޯސްވެއްޖެ އެވެ. އެ ގޮނޑި ކާމިޔާބު ކުރުމަށް ސަރުކާރުން ޖަހާ މަޅިތައް އެ ހުރީ ހަމަ ލޮލަށް ވެސް ފެންނާށެވެ. އެ ދާއިރާ އަށް ސިޔާސީ މަޤާމުތައް އޮއްސާލީ، ކިހިނަކުން ހެއްޔެވެ؟ ބަރިބަރި އަށް ބަހާލީ، ސިޔާސީ މަަޤާމުތަކެވެ. ޑެޕިއުޓީ މިނިސްޓަރުންގެ މަގާމާއި، ސީނިއާ ޕޮލިޓިކަލް ޑިރެކްޓަރުން އަދި ކޯޑިނޭޓަރުންނެވެ. އަމިއްލަ ކޮއްކޯފުޅަށް ގޮނޑި ކާމިޔާބު ކުރުމަށް ފަސޭހަ ކުރުމުގެ ގޮތުންނެވެ.

ދެން ކުރެއްވީ މާ ހުތުރު ކަމެކެވެ. ދައުލަތެއްގެ ސިފަ ވެސް ގެއްލިއްޖެ އެވެ. ކޮއްކޯފުޅުގެ މަޖިލިސް ގޮނޑިއަށް ޓަކައި، އެހެން ދާއިރާއެއް ޤުރުބާން ކުރެއްވީ އެވެ. ބިލެތްދޫ ދާއިރާ އަށް ނިސްބަތްވާ ފ.މަގޫދޫގައި ކުރީ ސަރުކާރުން ފަށާފައިވާ ވައިގެ ބަނދަރުގެ މަސައްކަތް ހުއްޓުވާލެއްވީ އެވެ. އެއަށްފަހު ދަންވަރު ޤަރާރެއް ނެރެއްވައި، ނިލަންދޫގައި އެއާޕޯޓު އަޅަން އިއުލާން ކުރެއްވި އެވެ. ކުރީ ސަރުކާރުގައި މަސައްކަތް ފަށައި، ބޮޑު ބައެއް ނިންމާފައި އޮތް އެއާޕޯޓެއް ޤުރުބާން ކުރެއްވީ ވެސް ކޮއްކޯފުޅުގެ މަޖިލިސް ގޮނޑިއަށްޓަކަ އެވެ. އިތުރަށް ދެން ދައްކާނެ ވާހަކައެއް ނުވަަތަ ބުނާނެ އެއްޗެއް އެބަ އޮތް ހެއްޔެވެ؟

ދަންނަވަން މި އުޅޭ ވާހަކަ އަކީ، މީގެ ކުރިން ނިކަން ފަސޭހަ އިން ކާމިޔާބު ކުރެވޭ ގޮނޑިއެއް ކާމިޔާބު ކުރުމަށް، މިފަހަރު ސަރުކާރުން ތެޅެނީ ރޯ މަހެއްހެންނެވެ. ރައީސުލްޖުމްހޫރިއްޔާ އަދި ސަރުކާރުން މަރުފަލި ޖައްސަވަނީ އެވެ. އެއްވެސް ޔަގީންކަމެއް އޮތް މަންޒަރެއް ނުފެނެ އެވެ.

ޕީ.ޕީ.އެމް-ޕީ.އެން.ސީ ކޯލިޝަންޕީޕީއެމް-ޕީއެންސީރައީސުލްޖުމްހޫރިއްޔާ، ޑރ. މުޙައްމަދު މުޢިއްޒުފ. ނިލަންދޫމަގޭ ރިޕޯޓް

އިތުރަށް ކިޔާލަން

09 ޑިސެމްބަރު 2025

ދުވާފަރު ގައި ގަވާއިދާ ޚިލާފަށް ދޫކޮށްފައި އޮތް ބިމެއް ގައި ޕީއެންސީ އިން ޖަގަހައެއް ހަދައިފި

09 ޑިސެމްބަރު 2025
ދުވާފަރު ގައި ގަވާއިދާ ޚިލާފަށް ދޫކޮށްފައި އޮތް ބިމެއް ގައި ޕީއެންސީ އިން ޖަގަހައެއް ހަދައިފި
09 ޑިސެމްބަރު 2025

ރައީސް މުޢިއްޒުގެ ރައްޔިތުންގެ ބައްދަލުވުން: ފުރުސަތު ހޯދަން ޖެހުނީ ހަޅޭ ޖަހައި، އިހުތިޖާޖު ކޮށްގެން

09 ޑިސެމްބަރު 2025
ރައީސް މުޢިއްޒުގެ ރައްޔިތުންގެ ބައްދަލުވުން: ފުރުސަތު ހޯދަން ޖެހުނީ ހަޅޭ ޖަހައި، އިހުތިޖާޖު ކޮށްގެން
08 ޑިސެމްބަރު 2025

ގޮނޑި ގެއްލޭ އިސްލާހު ފާސްކުރީ ރައްޔިތުންގެ ނިންމުމަށް އިހުތިރާމް ކުރުމަށް ކަމަށް ރައީސް ވިދާޅުވުމުން މެންބަރު އަބްދުއްރަޙްމާންގެ ސުވާލެއް

08 ޑިސެމްބަރު 2025
ގޮނޑި ގެއްލޭ އިސްލާހު ފާސްކުރީ ރައްޔިތުންގެ ނިންމުމަށް އިހުތިރާމް ކުރުމަށް ކަމަށް ރައީސް ވިދާޅުވުމުން މެންބަރު އަބްދުއްރަޙްމާންގެ ސުވާލެއް
08 ޑިސެމްބަރު 2025

ހަފްތާއަކު ހަތަރު ރޭ ބޯޅަ ކުޅެން އާރަށަށް ވަޑައިގެންނެވޭ، ރައްޔިތަކާ ބައްދަލު ކުރައްވަން ވަގުތެއް ނެތް!

08 ޑިސެމްބަރު 2025
ހަފްތާއަކު ހަތަރު ރޭ ބޯޅަ ކުޅެން އާރަށަށް ވަޑައިގެންނެވޭ، ރައްޔިތަކާ ބައްދަލު ކުރައްވަން ވަގުތެއް ނެތް!
08 ޑިސެމްބަރު 2025

ރައީސް މުއިއްޒު ގެ މެނިފެސްޓޯ އަކީ ގައުމީ ތަރައްގީގެ ޕްލޭން ކަމަށް ވިދާޅުވެ، މެނިފެސްޓޯ ގައި ހުރި ވައުދު ތަކަކީ ޕްލޭނު ގައި ހުންނާނެ ވައުދުތައް ކަމަށް ވިދާޅުވެއްޖެ

08 ޑިސެމްބަރު 2025
ރައީސް މުއިއްޒު ގެ މެނިފެސްޓޯ އަކީ ގައުމީ ތަރައްގީގެ ޕްލޭން ކަމަށް ވިދާޅުވެ، މެނިފެސްޓޯ ގައި ހުރި ވައުދު ތަކަކީ ޕްލޭނު ގައި ހުންނާނެ ވައުދުތައް ކަމަށް ވިދާޅުވެއްޖެ
08 ޑިސެމްބަރު 2025

ރައްޔިތުންގެ ޚިޔާލު ނުހޯދާ ކަންކަން ކުރައްވަމުން، މި ހުންނެވީ ރައްޔިތުންގެ ފަޅީގައި ކަމަށް ރައީސް މުއިއްޒު ވިދާޅުވާތީ އާއްމު މީހެއްގެ ކަންބޮޑުވުން!

08 ޑިސެމްބަރު 2025
ރައްޔިތުންގެ ޚިޔާލު ނުހޯދާ ކަންކަން ކުރައްވަމުން، މި ހުންނެވީ ރައްޔިތުންގެ ފަޅީގައި ކަމަށް ރައީސް މުއިއްޒު ވިދާޅުވާތީ އާއްމު މީހެއްގެ ކަންބޮޑުވުން!
07 ޑިސެމްބަރު 2025

އިސް ރަށްވެއްސެއްގެ ޝުޢޫރު: އިސް ފަޑީގައި ވައްކަމާއި ޚިޔާނާތްތެރިކަމުގެ މައްސަލަތައް އޮތް މީހުން ތިބުމުގެ ކަންބޮޑުވުން

07 ޑިސެމްބަރު 2025
އިސް ރަށްވެއްސެއްގެ ޝުޢޫރު: އިސް ފަޑީގައި ވައްކަމާއި ޚިޔާނާތްތެރިކަމުގެ މައްސަލަތައް އޮތް މީހުން ތިބުމުގެ ކަންބޮޑުވުން
07 ޑިސެމްބަރު 2025

މައްޗަށް ނުދާނެ ކަމަށް މުޢިއްޒު ވިދާޅުވި ޑޮލަރު ރޭޓު 20 ރުފިޔާ އިން މަތީގައި

07 ޑިސެމްބަރު 2025
މައްޗަށް ނުދާނެ ކަމަށް މުޢިއްޒު ވިދާޅުވި ޑޮލަރު ރޭޓު 20 ރުފިޔާ އިން މަތީގައި
07 ޑިސެމްބަރު 2025

މި ސަރުކާރަކީ ރައްޔިތުންގެ ނިކަމެތިކަމުގެ "އެޑްވާންޓޭޖް" އިންތިހާ އަށް ނަގާ ސަރުކާރެއް: ޝިފާޒް

07 ޑިސެމްބަރު 2025
މި ސަރުކާރަކީ ރައްޔިތުންގެ ނިކަމެތިކަމުގެ "އެޑްވާންޓޭޖް" އިންތިހާ އަށް ނަގާ ސަރުކާރެއް: ޝިފާޒް
06 ޑިސެމްބަރު 2025

އާދީއްތަ ދުވަހުގެ ރޭ ރައީސް މުއިއްޒު ހެންވޭރު ރައްޔިތުންނާ ބައްދަލު ކުރައްވަނީ

06 ޑިސެމްބަރު 2025
އާދީއްތަ ދުވަހުގެ ރޭ ރައީސް މުއިއްޒު ހެންވޭރު ރައްޔިތުންނާ ބައްދަލު ކުރައްވަނީ
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު